ހައި ކޯޓްގެ ނަންބޯޑު. ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަަކު ހަމަޖައްސަން ޖޭއެސްސީން ވަނީ ނިންމާފައި.
23 ސެޕްޓެމްބަރ 2020 - 20:28
ހަައި ކޯޓުގެ ފަަނޑިޔާރުކަމަށް ސ. ފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ފާތިމަތު ފަރުހީޒާ އަދި ސިވިލް ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިފި އެވެ.
ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބޭފުޅުން ހަ އިކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ކޮމިޝަނުން ނިންމީ މިދިޔަ އާދީއްތަދުވަހު ބޭއްވި އެކޮމިޝަންގެ ޖަލްސާއިން ކަމަށެވެ. ހައި ކޯޓަށް އެ ދެ ބޭފުޅުން އައްޔަންކުރަން ކޮމިޝަނުން ނިންމީ ކޮމިޝަނަށް ލަފާދޭ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް" ނަމެއްގެ ގޮތުގައި ފަރުހީޒާ އަދި "ރިކޮމެންޑެޑް" ބޭފުޅެއްގެ ގޮތުގައި ޝަފީއުގެ ނަން ފޮނުވުމުންނެވެ.
ސިވިލްކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު
ފަރުހީޒާ އަކީ މެލޭޝިއާ އިސްލާމިކް ޔުނިވާސިޓީން، ކޯޕަރޭޓް ލޯގެ ދާއިރާގެ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ކުރިން ފެމިލީ ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ޝަފީއު އަކީ ކޯޓުތަކުގައި މަސައްކަތްކުރަައްވާތާ 14 އަހަރު ވެފައިވާ ބޭފުޅެކެވެ. އަދި ގާނޫނީ ދާއިރާ އިން ކިޔަވައިވެސް ދެއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތްވަރުދީ
24 September 2020
މަރުހަބާ ފަރުހީޒާ! ފަރުހީޒާ ކަހަލަ އަންހެން ކަނބަލުން ކޯޓުތަކުގެ އިސް މަޤާމުތަކަށް ވަޑައިގެންނެވުމަކީ ޤައުމަށް އޮތް ފަހުރެއް
އެތެރޭ ހަބަރު
24 September 2020
އެހެންވެގެން ދެއްތޯ 21 މައްސަލަ ޖޭއެސްސީގައި އޮއްވާ ޕްރޮމޯޝަން ދިނީ.
ހިތްވަރުދީ
24 September 2020
"އެތެރޭ ހަބަރު" އަށް. ސާބިޠުވެފައިވާ މައްސަލަތަކެއްތޯ؟ މަށަށްވެސް މީހަކާ ދެކޮޅަށް ހަދަހަދާގެން މައްސަލަ ހުށަހެޅިދާނެ. ލޮލްސް
ހިތްވަރެއް ނުދެވުނު
24 September 2020
އުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ސުޕްރީމް ކޯޓުން ވަކިކުރީ ކޮން ކަމެއް ސާބިތު ވެގެންތޯ؟ އުސްތާޛު ޢަބްދުއްރަޢޫފު އިބްރާހިމް ސުޕްރީމް ކޯޓަށް ނުނެގީ ކޮން ކަމެއް ސާބިތު ވެގެންތޯ؟ އުސްތާޛު ޢަރީފުއަށް ރިޓަޔަމެންޓް ދިނީ ކޮން ކަމެއް ސާބިތު ނުވެގެންތޯ؟
ޝަފީ
24 September 2020
ޝަފީއު ސިވިލް ކޯޓުގައި ކޮށްފައިވާ ބައެއް ޙުކުމްތަކަކީ ސީދާ ޤާނޫނާ ޚިލާފު ޙުކުމްތަކެއް. ޤާނޫނުން އުވާލާފައިވާ ކޯޓު ޕްރިސިޑަންޓް އެޕްލައިކޮށްފަ އެބަ ހުރި. އަދި މައްސަލައިގަ ނުދައްކާ އަދި ސުވާލުވެސް ނުކުތާތަކެއް އަމިއްލައަށް ނަގައި، ސުވާލުވެސް ނުކޮށް ޙުކުމްކޮށްފަވެސް އެބަ ހުރި.
އުދެލި
23 September 2020
ހައިލީ ރެކޮމެންޑް އޭ ކިޔާ އިއްޔެ މެންދުރު މެޖިސްޓްރޭޓަކަށް ވީ ކުއްޖަކު ތިޔަ ލަނީ ހައި ކޯޓަށް. ޖުޑިޝަރީ ތިޔަ ކުރާ އިސްލާހަށް ވަރަށް ވެދުން.
އެނގޭތޯ
23 September 2020
މި ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އިނގިލައްވާނެ ފަރުހީޒާއަކީ އަކީ މިކުރަނީ ކީއްކަން އެނގިގެން ކަމުގެ އިލްމާއި ހުނަރު ހުރެގެން މަސައްކަތްކުރައްވާ ބޭފުޅެއްކަން. އެބޭފުޅާގެ ޤާބިލްުކަމާއިމެދު ޝައްކު އުފައްދާނެ ޖާގައެއްނެތް.
ސަންތި މަރިޔަމބު
24 September 2020
ލޯޔަރެެއްގެ ވައިފް ފަނޑިޔާރުކަމަށް. ސަޅިއޭ