ޚަބަރު / ދިވެހި ސަރުކާރު

އަބްދުﷲ ކަމާލުއްދީނާއި ޑރ. ސައްތާރު މުހިއްމު ފަސް ކަމެއްގައި ރައީސް އަރިހަށް

އަބްދުﷲ ކަމާލުއްދީނާއި ޑރ. ސައްތާރު: ދެ ބޭފުޅުން ވަނީ ރައީސާ ބައްދަލުކުރައްވައި ފަސް ކަމެއް ހުށަހަޅުއްވާފައި.

ކޮވިޑް-19ގެ މި ދަނޑިވަޅުގައި، ގައުމާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތާ ގުޅޭ މުހިއްމު ފަސް ކަންބޮޑުވުމަކާ އެކު ރާއްޖޭގެ ޚިދުމަތުގައި ވަރަށް ސީނިއަ ދެ ބޭފުޅުން ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީނާއި ހެލްތުގެ ތަޖުރިބާކާރު ޑރ. އަބްދުއްސައްތާރު ޔޫސުފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން "މިހާރު"އަށް މިއަދު ވިދާޅުވީ މީގެ ދެ ހަފުތާ ކުރިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ފަސް ކަމެއް ރައީސަށް ހުށަހެޅުއްވި ކަމަށެވެ. އެ ކަންތައްތަކަކީ، ގައުމުގެ މިހާރުގެ ހާލަތަށް ބަލައި، ހައްލު ހޯދުމުގައި އެންމެ އިސް އަމާޒު ކަމުގައި ދެކެންޖެހޭ ކަންތައްތަކުގެ ތެރެއިން ކުރު ބައްދަލުވުމެއްގައި ހުށަހެޅުއްވޭނެ ފަސް ކަންބޮޑުވުމެއް ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.

ރައީސަށް ހުށަހެޅުއްވި ކަންކަން:

- ގައުމުގެ އެއްބައިވަންތަކަން ގެއްލުނަ ނުދޭން ފިޔަވަޅުތަކެއް އެޅުއްވުން.

- ދަތި މި ދުވަސްވަރު ޚަރަދުތައް މެނޭޖްކުރައްވާއިރު އެންމެ ނިކަމެތި ކަމުގައި ތިބި އިތުރު ބަޔަކަށް އެހީ ލިބޭނެ ގޮތެއް ހައްދަވައި ދެއްވުން.

- ވަޒީފާގެ ބާޒާރަށް ދިރުމެއް ގެނެސްދެއްވުން.

- އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުން.

- ލާމަރުކަޒީ ނިޒާމް ހަރުދަނާ ގޮތެއްގައި ހިންގުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކެބިނެޓު ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް

އަބްދުﷲ ކަމާލުއްދީން ވިދާޅުވި ގޮތުގައި، ކޮވިޑުގެ ހާލަތާ އެކު ގިނަ ބައެއްގެ ވަޒީފާ ގެއްލެމުންދާއިރު، މިހާތަނަށް ވެސް ގާތްގަނޑަކަށް 40،000 މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިވަޑައިގެންފަ އެވެ. އިގްތިސާދު ކޮޅަށް ޖެހުމުގެ ޕްލޭންތަކުގައި ބައެއް ވަޒީފާތައް ހަމަޖެހެމުން ދިޔައަސް ގިނަ ބައެއްގެ ވަޒީފާތަކަށް ވާނެ ގޮތެއް ނޭނގުމުގެ ކަންބޮޑުވުން އަދިވެސް އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވަޒީފާގެ ބާޒާރުގައި އޮތް ނިކަމެތިކަން ހައްލުކޮށްދެއްވައި ދިރުމެއް ގެނެސްދެއްވަން އެދި ރައީސަށް ދެންނެވިން." ކަމާލުއްދީން ވިދާޅުވި އެވެ.

އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތަކުގެ ވާހަކަ ރައީސަށް ދެންނެވީ، އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު އިރުއަރާ އޮއްސޭއިރު ނޫސްތަކުން ފެންނަ ޚަބަރުތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ހައްގެއް ގެއްލިގެން ރިޕޯޓްކޮށްފައި އޮންނަ ތަން ފެނި ކަންބޮޑުވެގެންނެވެ. އެއީ، ގައުމެއްގެ ގޮތުގައި ލަދުގަންނަން ޖެހޭ ވަރުގެ އަމަލުތަކެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ތޮއްޖެހުން ހައްލުކުރުމާ އެކު އަތޮޅުތަކަށް ޚިދުމަތްތައް ބަހާލައި އެކަށީގެންވާ ގޮތެއްގައި ލާމަރުކަޒީ ނިޒާމު ހިންގައިގެން ނޫން ގޮތަކަށް ގައުމު ދާން އުޅޭ ހަރުފަތަކަށް ނުދެވޭނެ ކަމަށް ވެސް ރައީސަށް ދަންނަވާފައިވާ ކަމަށެވެ.

"އެ ނޫން ކަންކަން ވެސް ހުރި، އެކަމަކު މި ވަގުތަށް އެންމެ މުހިއްމު ފަސް ކަމެއްގެ ގޮތުގައި ރައީސަށް ދެންނެވީ މި ވާހަކަތައް،" ކަމާލުއްދީން ވިދާޅުވި އެވެ.

ޑރ. ސައްތާރު ވިދާޅުވި ގޮތުގައި ވަރަށް އަމާން އަދި ވަރަށް ހަލަބޮލި ދުވަސްތަކެއް އެ ބޭފުޅުން ތަޖުރިބާކުރައްވާފައިވާތީއާ އެކު ދެ ބޭފުޅުންނަށް ވެސް ގަބޫލުކުރެއްވުނީ މިހާރު ފެންނަ ކަންކަމުގެ ތެރެއިން ވެސް މާޔޫސްވެ، ކަންބޮޑުވާންޖެހޭ ކަންކަން ރައީސަށް ދެންނެވުން އެއީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވީ އެއްބައިވަންތަކަމަކީ މުހިއްމު އުސޫލަކަށްވާ އިރު، އެ މަގުން އެއްކިބާވާ ކޮންމެ ފަހަރަކު ރައްޔިތުންނާއި ގައުމަށް އޮތީ ގެއްލުން ކަމަށެވެ. އެއްބައިވަންތަކަށް ބުރޫއަރައި އިޖުތިމާއީ ފޭރާން ވީދިގެން ދިއުމަކީ ހުރިހާ މައްސަލައެއްގެ ފެށުން ކަމަށްވާތީ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދެންނެވެން އޮތީ މިކަންތައް ކުޑަކުރެއްވޭތޯ ބައްލަވާށޭ. ޑިމޮކްރަސީގައި އެހެން ގައުމުތަކުގައި ވެސް ޕާޓީތައް އޮވޭ. ނަމަވެސް ޑިމޮކްރެސީ އުފެދެނީ ރުޅިވެރިކަމާއި ޖަދަލުކުރުމާއި އަނިޔާކުރުމާއި ތަޅާފޮޅުންތަކަށެއް ނޫން އަޅުގަނޑަށް އެނގޭ ޑިމޮކްރަސީގައި. އެންމެން އެކުވެރިވެ އެއްބައިވަންތަކުރުވަން އޮތް އެއްޗެކޭ ޑިމޮކްރަސީއަކީ،" އޭނާ ވިދާޅުވި އެވެ.

އިގްތިސާދީ ހާލަތު ރަނގަޅު ކުރެވެން އޮތީ އުފެއްދުންތެރިކަން އިތުރުކޮށްގެން ކަން ފާހަގަކުރައްވައި ވިދާޅުވީ ޓޫރިޒަމާއި މަސްވެރިކަމަށް އެކަނި ބަރޯސާވެގެން ފުއްދެން ނެތް ކަމަށެވެ. އޭގެ އިތުރުން ކުރެވޭނެ އާ ކަންތައްތަކެއް ހުންނާނެ ކަމަށާއި އެކަމުގައި ގޮތްތަކެއް ހޯއްދަވަން އެދިވަޑައިގަތް ކަމަށް ސައްތާރު ވިދާޅުވި އެވެ.

އަބްދުﷲ ކަމާލުއްދީނާއި ޑރ. ސައްތާރު ވިދާޅުވީ އެޕޮއިންޓްމެންޓަކަށް އެދިވަޑައިގަތުމާ އެކު ވަރަށް އަވަހަށް ބައްދަލު ކުރައްވައި ވާހަކަތައް އަޑުއައްސަވައި ރައީސްގެ ފަރާތްޕުޅުން އަޑުއިވިވަޑައިގަތް ކަންކަމުން "ވަރަށް އުފާވެ، ހިތްހަމަޖެހުން" ލިބިވަޑައިގަތް ކަމަށެވެ.

"ވަރަށް ސާދާކޮށް، ވަރަށް ރީއްޗަށް މައްސަލަތަކުގައި ވާހަކަފުޅު ދެއްކެވި. އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ އިޖާބައެއް ދެއްވި،" ކަމާލުއްދީން ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވި ގޮތުގައި އެދިވަޑައިގަތް ވަގުތަށް ވުރެން ގިނައިރު ހޭދަކުރައްވައި ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުން ފަދަ ކަންކަމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމާއި އެ ކަންކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"ޓޫރިޒަމް ޑައިވަސިފައިކުރުމާއި ވަޒީފާގެ ބާޒާރަށް ޕްލޭންތަކާއި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރަން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވި. އެ ވާހަކަފުޅުން، އުއްމީދު އާވި، ހިތްވަރު ލިބުނު،" ސައްތާރު ވިދާޅުވި އެވެ.

ދެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އުފެދިފައި އޮތީ ރައްޔިތުންގެ ސަރުކާރެއް ކަމުން، ގައުމުގެ ކަންކަން ހައްލުކުރުމުގައި ފަރުދީ ގޮތުން ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ފަރުދީ ޒިންމާގައި ދެ ބޭފުޅުންގެ ފުރަތަމަ ފިޔަވަޅަކީ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވައި، ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހައްލުތަކަކާ އެކު ރައީސާ މަޝްވަރާ ކުރެއްވުމެވެ.

"ފަރުދީ ޒިންމާގެ ގޮތުން ކުރިއަށް އޮތް ތަނގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިއީ، ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ސަރުކާރަށް ވެސް އެއްބާރުލުންދީގެން މި ދަތިކަމުން އަރައިގަތުމަށް ކުރަން ޖެހޭ ކަންކަން ހުންނާނެ. ނަތީޖާ ނެރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން،" ކަމާލުއްދީން ވިދާޅުވި އެވެ.

"ކުއްލިއަކަށް ނަތީޖާ ނުނެރެވިދާނެ. އެކަމަކު އަޅުގަނޑުމެން އުއްމީދުކުރަން އެދެވޭ ބަދަލެއް ފެންނާނެ ކަމަށް."

57 ކޮމެންޓް, 138 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 1%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބިރިހިންބެއްޔާ

01 October 2020

ކޮމެންތްތައް ކިޔާލާފައި ހިތައްއެރީ މިޤައުމުގައި ހެޔޮނިޔަތެއްގައި ކަމެއްކޮއްލުމުގެ ފުރުސަތުވެސް ސީނިއަރ ސިޓިޒަނުންނަށް ނެތޭ. މިއުޅޭ ޕާޓީ ޕާޓޭއިންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާފާދޭވެ. އާމީން.

The name is already taken The name is available. Register?

ގުދުގުދާ

01 October 2020

މި ދެމީހުން ބުނީ ވަޒީފާ އެއް ބޭނުމޯ! އެހެން ވީމާ ކޮންމެ ވެސް ސްޓަންޓެއް ޖައްސައިގެނޯ ލިބެން އޮތީ!

The name is already taken The name is available. Register?

އިންޑިޔާ އައުޓް

01 October 2020

ތިޔަވާނީ އެޑްވައިޒަރެއް ނުވަތަ ކޮންމެވެސް ގައުމެއްގެ ސަފިރުކަން ލިބޭތޯ ޖަހާލި ރޮކެޓެއް.

The name is already taken The name is available. Register?

ބަނާނާ

01 October 2020

އެއްވެސް ކަ މެއްގެ ހައްލެއް ހުށައެޅިންތަ ؟ ނާޅާ. ދެންވެސް ކިޔަންވީ ތަޖުރިބާކާރުންނޭ؟

The name is already taken The name is available. Register?

Sailorman

02 October 2020

ހިނިއަންނަ ކަހަލަ ކަމެއްދޯ! ބައްދަލުވުމުގެ ކުރިން މެނިފެސްޓޯ ބަލައިލިނަމަ، އެގޮތައްއެ ވާހަކަތައް ދައްކާކައް ނުކެރުނީސް ކަންނޭންގެ، ބައްދަލުވުމައްފަހު ދެން މެނިފެސްޓޯ ނުބެލުން ރަންގަޅުވާނީ އެއީއެ ބަލައިފިނަމަ އަމިއްލަ ނަފްސު ވެސް މިކުރެވުނު ކަމާހެދި ލަދުވެތިވާނެތީ، ތައުލީމެއް ނެތް މީހުންވެސް ގަބޫލް ކުރޭ ކުރެވޭނެ އެހެން ކަންކަން އެބަ ހުރި ކަމައް އެކަމަކު ވެގެންއުޅޭގޮތް ފަހުމް ނުވާބަޔަކު ފަދަވާހަކަ ތަކެއް ދެއްކުނުކަމީ ތަޖުރިބާޔާ މެދު ބޮޑު ސުވާލެއް

The name is already taken The name is available. Register?

އަހަންމާބެ

01 October 2020

ލީޑަރު އެންމެފަހުން ކާވެނި ބައްލަވައިގެންނެވި އަނބިކަނބަލުންނަށް މިނިސްޓްރުކަމުގެ މަޤާމެއް އުފެއްދުމުގެ މަޝްވަރާތައް ކުރިޔަށް ނުދޭބާ! މިހާރު ޕާޓީއަށް އެންމެ މުހިންމު ކަމަކަށްވާނީ އެކަންތައްނޫންތޯ؟

The name is already taken The name is available. Register?

ހޔ67

01 October 2020

ތެދެއް..

The name is already taken The name is available. Register?

Sailorman

02 October 2020

މިނިސްޓްރީ އޮފް ޓިޕެކްސް އެންޑް ކަރެކްޓިން މަސްއޫލިއްޔަތު ގައުމުގަ ހިނގާ އަދި ހިންގާ ހުރިހާ ގޯސް ކަންތައްތަކުގައި ޓިޕެކްސް ޖަހާ އެކަންކަން ރަންގަޅު ކުރުން ،މިސާލު: (1) ވައްކަން ކުރުން، (2) ރިބާކެއުން (3) މަސްތުވާ ތަކެތި ބޭނުން ކޮއްގެން މަސްތުވުން (4) ޒިނޭ ކުރުން (5) އެއްޖިންސުން ޖިންސީ އެދުން ފުއްދުން (6) މީހުން މެރުން (7) އެކިއެކި ހަތިޔާރު ނުވަތަ ތަކެތިން އަނިޔާކުރުން މިހަތް ކަމައް މިޒަމާނާ ގުޅޭ ނަމައް ބަދަލުކުރުން

The name is already taken The name is available. Register?

އާދަމް ޝަރީފް

01 October 2020

މިކަހަލަ ތަޖުރިބާކާރުންގެ ސެނެޓެއް ރަސްމީކޮށް އުފައްދަން ފެނޭ. އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި ގައުމުގެ ލަޑުދަނޑި އެކުލަވާލަން ޖެހޭ. ސަރުކާރުތަކުން ކުރަން ޖެހޭނެކަމަކީ މިއަމާޒަށް ވާސިލުވުމަށް ތަންފީޒްކުރާނެ ސިޔާސަތުތަކެއް ކަނޑައަޅާ އެ މަގަށް މަސައްކަތް ކުރުން. އެކި ސަރުކާރުތަކުން ލަނޑުދަނޑި ހާސިލުކުރުމަށް ގެންގުޅުއްވާ ސިޔާސަތު ތަފާތު ވެދާނެ . އެކަމަކު ކޮންމެ ސަރުކާރަކުންވެސް ތަންފީޒްކުރާނީ ގައުމުގެ ލަނޑުދަނޑިތައް ކަމަށް ގާނޫނަކުން ކަނޑައެޅުން.

The name is already taken The name is available. Register?

Sailorman

02 October 2020

ތިގޮތެއް އަދި ކަމަކު ނުދޭ ތަން ކޮޅެއް ތަފްސީލް ކުރަންވޭ 65 އަހަރުން މަތީގެ ހުރިހާ އެންމެންގެ ސެނެޓެއް ވިޔަސް މަޖުލީހެއްވިޔަސް ހަދާފަ އަދި މިއެންމެން ދިރިއުޅުމައް ވަރައްބޮޑު ސަރަހައްދެއްގަ ވަރައްއުސްކޮން އިމާރާތެއް ހެދުން ކޮންމެ މީހަކައް މިނިސްޓރަކައް ލިބޭމުސާރަޔާ އިނާއަތް ލިބެންވާނެ، މިމީހުން ކުރާނެ މަސައްކަތްތައް: (1) ސަރުކާރުން ކަމެއް އިއުލާން ކުރުމުން އެކުރި އިއުލާން ޓީވީން ކުރުންތޯ ނުވަތަ ރޭޑިޔޯއިން ކުރުންތޯ 6 މަސްހުގެ މަޝްވަރާކުރުން

The name is already taken The name is available. Register?

ޝައްފަ

01 October 2020

އަމީނު ވަޒީފާއިން ވަކިކުރަންވާ އިރަށް ޅިއަނު ކަމާލުއްދީން ގޮވައިގެން ސައްތާރު ދިޔައީ ދޯ އިބޫ ކައިރިއަށް. ސައްތާރު އަކީ ކަމެއްކުރެވުނު މީހެއް ނޫން. ސައްތާރު މެންނަށް ކަމެއް ކުރެވުނު ނަމަ ރާއްޖޭގެ ހެލްތު ސިސްޓަމް މިދަރަޖަ އަކަށް ނުދާނެ.

The name is already taken The name is available. Register?

ދަރަނި ދަންތުރަ

30 September 2020

ދެ ބޭފުޅުން އާދޭސް ދަންނަވާފައި ރައީސް އޮފީހުން ނުކުތުމާއެކު އިބޫ ދެބޭފުޅުންނަށް ޖޯކުޖަހާނެ ޔަގީން

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

30 September 2020

ތިޔަށް ކިއަން ފެންނަ ނަމަކީ ( ހަރުދަނާ ) އެހެންވީމާ ތިޔަ އެރުއްވީ ރައީސް އަށް ހަރުދަނާ ދެއްތޮ

The name is already taken The name is available. Register?

ދޭންވީއޭ

30 September 2020

މާލޭގައި އޮތް އާބާދީ އަދި މާލޭގައި އޮތް ޕޮޕިއުލޭޝަން ޑެންސިޓީ އެއް ނުވެސް އުފެއްދޭނެ ރާއްޖެތެެރެ އަކު ތިޔާއީ ކުރީގައި މައުމޫނުގެ ވެރިކަމުގައި ވެސް އެމެން އެރުވި އަޑޭ މީގައި އޮތް އެންމެ ކުޑަ އިންވެސްޓަކުްނ އޮތް އެންމެ ރަނގަޅު އެންމެ ފައިދާ ކުރަނިވި ހައްލަކީ ކުރިއަށް އޮތް 10 އަހަރަށް ރާއްޖެތެރޭ ރަށްރަށުގެ އިންފްރާ އަށް ތަރައްގީ ނުކޮށް އެފައިސާ އިން މާލެ ސަރަހައްދުގެ ފަޅު ތައް ހިއްކާ ކުއްޔަށް ދޭންވީއޭ ބިންތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް 100 އަހަރަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454