ގާޒީ އިބްރާހިިމް އަލީ: އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
07 އޮކްޓޯބަރ 2020 - 22:08
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައި، އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ގާޒީ އިބްރާހިމް ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާލިބޭ 10 މީހަކު ބަންދުން ދޫކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ނިންމައި، އަދި ކްރިމިނަލް ކޯޓުގެ ނިންމުން މުރާޖާކުރަން ހައި ކޯޓު އަމުރު ކުރުމުން އެކަމާ މެދު ގޮތެއް ނިންމުން އޭނާ ލަސް ކުރައްވާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
ދޫކޮށްލި މީހުންގެ ތެރެއިން އެކަކުގެ މައްސަލާގައި ފަސް ދުވަސް ތެރޭގައި އެ ނިންމުން މުރާޖާ ކުރަން ހައި ކޯޓުން އެންގުމުން ގާޒީ އިބްރާހިމް އަލީ އެކަމާ މެދު ގޮތެއް ނުނިންމައި، ލަސް ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ. އަދި އެކަމާ މެދު ގޮތެއް ނިންމުން ލަސްވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް ގަސްތުގައި އެކަން ލަސް ކޮށްފައިވާ ކަމަށާއި އެކަމާ މެދު އެންމެ ފަހުން ގޮތެއް ނިންމީ ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ނިންމުން މުރާޖާ ކުރަން ބޭއްވި އަޑުއެހުމުގައި ގާޒީ އިބްރާހިިމް އަލީ ވަނީ ދައުވާ ލިބޭ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ. އަދި ދައުވާ ލިބޭ މީހުން ބަންދު ކުރަނީ އޭނާ ބޭނުންވެގެން ނޫން ކަމަށާއި ހައި ކޯޓުން އެގޮތަށް އެންގުމުން މަޖުބޫރުވެގެން ކަމަށް ދޭހަވާ ފަދައަކުން ވެސް އޭނާ އެ އަޑުއެހުމުގައި ވާހަކަ ދެއްކެވި ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، ގާޒީ އިބްރާހިމް އަލީ ވަކި ކުރަން މަޖިލީހަށް ފޮނުވުމުގެ އިތުރަށް ޝަރުއީ ދާއިރާގެ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި 60 ދުވަހަށް އޭނާ ސަސްޕެންޑް ކުރަން ނިންމީ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތަށް ނިންމިއިރު، އޭނާއާ ގުޅޭ އިތުރު ތިން މައްސަލައެއް ވެސް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ގާޒީ އިބްރާހިިމް އަލީ ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު، އެހެން ބައެއް ފަނޑިޔާރުން ވެސް ވަކިކުރަން މަޖިލީހަށް ޖޭއެސްސީން ކުރިން ފޮނުވި އެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ މަޖިލީހުން އެގޮތަށް ފާސް ކުރުމުގެ ކުރިން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލިކާއްޓޭ
08 October 2020
ކަލޯ ތިމީހުންގެ ބަލަންވީ ނުހައްގު މުއްސަދިކަން. މެލޭސިޔާ ގަ 2 އެޕާޓްމެންޓް ގަނެފަ ޕްލެޓިނަމް އިން 2 އެޕާޓްމެންޓް ގަތީމަ އެބަޖެހޭ ދޯ ސުވާލުކުރަން ހަރާމާ ހަލާލު ނޭގޭމީހުން
މުޖުނޫ
08 October 2020
އިސްލާހޭ ކިޔާ އެމްޑީޕީ ކުދިން ގުނބޯ ހެއްދޭނީ. އިސްލާހެއްނޫން ކޯޓުތަކުގެ ކުލަ ބަދަލުވުން ކަމަކީ. މިހާރު ސަރުކާރުގެ ތިންބާރު ތެރެއިން 2 ބާރަކީ އެކައްޗެއް. ދެންވެސް އެކަށްޗެއް ކިޔާގެން ކައުންސިލް އިންތިހާބު މޮޅުވޭތޯ ބަލާ.
މެކް
08 October 2020
މި ހާރު ކޯޓްތަކުގެ ފަޑިއާރުންނަކީ ކައްމަތީ ފިހާރަ ތަކުގައި ގެންގުލޭ ބޮންދުންނައްވުރެންވެސް ދަށުދަރަޖައިގެ ބައެއް ބޮސް ނުރުހޭއިރައް ނަގާ އެއްލައި ލަނީ .ހެެހެހެހެހެހެހެެހެ
ފާތާނިކެ
08 October 2020
ހެޔޮނުވާނެ ތިފަދަ ބޭފުޅަކު ތިމަގާމްގައި އެއްމިނިންޓަށްވެސް ބަހައްޓަން.
ރަބަރު
08 October 2020
އެންމެން މިތިބީ އެއް އޮޑިއެއްގައި.
ޢަބްދުﷲ އިބުރާހީ މް ބިން
08 October 2020
ކޮންތްރޯލް ނަގައިފި ، ޖުޑިޝަރީގެ މިނިވަންކަން ކަށަވަރެއްނޫން. ޥިސްނުންފުޅު ކިރިޔާވެސް ތަފާތުވިޔަސް ދެން. ޜައްޔިތިންނާ ހިސާބަށް ސަރުކާރުވެސް އައިމާ، ފިޔަވަޅު އަޅާނެ. ކުއްވެރިން ދޫވުމަކީ ދެރަކަމެއް. ދީލް ހެއްދުމަކީވެސް ދެރަކަމެއް
ވަތުބަތާނަ
07 October 2020
ޖުޑިސަރީގަ ތިއޮތީ އޮބި އަޅާފަ ނުވަތަ ލޮކްޑައުން ކޮއްފަދޯ؟ ވާން ވާ ހއ ވާ ހް!!!
ހަސަނު
07 October 2020
ފަނޑިޔާރުގެ ރަނގަޅުވާތަން އެބަ ފެނޭ.. ަ
ކޮލަމާފުށި
07 October 2020
ރަނގަޅު ނިންމުމެއް..ޖުޑިޝަރީ އެބަޖެހޭ ސާފްކުރަން.
އަނދަވަޅު
07 October 2020
ޖުޑީޝަރީގެ އެެއް ވެސް އިތުބާރެއް ނެތެވެ. ޖުޑީޝަރީ އިތުރަށް ވީ ގޯހެވެ. ހުކުމް ކުރިމިގެ ކުރިން ޖޭއެސްސީގެ މެޖޯރިޓީ މި ހުކުމަށް ރުހޭނެތޯ ފަނޑިޔާރުން ވިސްނަން ޖެހޭ ހިސާބަށް ހާލަތު ދިއުމަކީ ކިހާ ބޮޑަށް ފަނޑިޔާރުން މިނިވަން ވީމާ ވާ ގޮތެއް ތޯއެވެ؟
ޖައިސާމް
07 October 2020
ސަރުކާރުވެސް މަޖިލިސްވެސް ރަނގަޅެކޭ ނުބުނަމެވެ. އެހެންނަމަވެސް، ވަކިކުރަމުންދަނީ ހަމަ ހަގީގަތުގައިވެސް ވަކިކުރަން ޖެހޭ ފަނޑިޔާރުންނެވެ.
ނެތޭ އިތުބާރެއް
08 October 2020
ސުޕްރީމް ކޯޓް ބެންޗް ރަގަޅުތަ؟ރައްޔިތުންގެ އިތުބާރާ އިހްތިރާމް އެބަ އޮތްތަ؟
ޖައިސާމް
08 October 2020
ސުޕްރީމް ކޯޓުގެ މިހާރުގެ ބެންޗަކީ މިހާތަނަށް ގެނައި އެންމެ ރަނގަޅު އިލްމުހުރި ބެންޗު. ސޫދުވެސް ޖުމްލަކޮށް ރަނގަޅު. އެކަމު އޭނަ ކުރިން ސިޔާސީ ކަންކަމުގަ އުޅެފަ ހުރީމަ ސުޕްރީމް ކޯޓުގެ ބެންޗަކަށް ކަމަކު ނުދޭ. ސޫދަކީ އެކަމު އިލްމީ، ކޮރަޕްޓް ނޫން މީހެއް.