އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 އޮކްޓޯބަރ 2020 - 18:25
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖު ހެދުމުގެ މަޝްރޫއުގެ ޓެންޑާ ޕްރޮސެސްގެ މަސައްކަތް ދެތިން ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު މިއަދު ވިދާޅުވެއްޖެ އެވެ.
ބްރިޖު އެޅުމުގެ މަޝްރޫއަށް އެކްސްޕޯޓު އިމްޕޯޓު ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އާ އެކު ވެވުނު ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގައި، 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ނިންމާފައި ވެ އެވެ. މި ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓު ކަމަށް އެގްޒިމް ބޭންކުން ބުންޏެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވަން ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާ ސަފީރު ވިދާޅުވީ މި މަޝްރޫއުގެ ޓެންޑާ ޕްރޮސެސް ދެތިން ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.
މި މަޝްރޫއުގެ ކޮންސަލްޓަންސީ މަސައްކަތް ކުރަން ކަނޑައަޅާފައިވާ "އެމްއެސް އަރޫޕް" ހޮވާފައި ވަނީ ދިވެހި ސަރުކާރުންނެވެ. އަދި އެ ފާމް އިން ތައްޔާރު ކުރި ޕްރޮޖެކްޓް ޑީޓެއިލް ރިޕޯޓަށް ދެ ގައުމުގެ ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީތަކުން މިހާރު ވަނީ އެޕްރޫވަލް ދީފަ އެވެ. ޓެންޑާ ކަރުދާސްތަކުގެ މަސައްކަތް ފަށާނީ ދިވެހި ސަރުކާރާއި އެގްޒިމް ބޭންކު ގުޅިގެން ކުރިއަށް ގެންދާ ކޮންސަލްޓަންސީ މަޝްވަރާތަކަށް ފަހު އެވެ.
"އިންޖިނިއަރިން ޕްރޮކިއުމަންޓާއި ކޮންސްޓްރަކްޝަން (އީޕީސީ) ކޮންޓްރެކްޓަރުން ހޮވުމުގެ އެންމެ ފަހު ޓެންޑާ އިޝޫ ކުރާނީ ދިވެހި ސަރުކާރުން،" ސަންޖޭ ވިދާޅުވި އެވެ.
ނަމަވެސް މި މަޝްރޫއަށް ބޭނުންވާ ސާމާނުގެ 65-75 ޕަސެންޓް ސާމާނަކީ އިންޑިއާގެ ކުންފުނިން ހޯދާ ތަކެތި ކަމަށް، އިންޑިއާއާ ރާއްޖެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ޝަރުތުކޮށްފައި ވެ އެވެ.
- ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރީން ވިއަޑެކްޓެއް ހެދުން
- ތިލަ ހިސާބުތަކުގަ އާއި އެއްގަމު ސަރަހައްދުތަކުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑެކްޓް ހެދުން
- ރަށްރަށުގައި 2.96 ކިލޮމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހެދުން
- ރަށްރަށުގެ މެދުގައިވާ ކަނޑުގައި 140 މީޓަރުގެ ތިން ނެވިގޭޝަން ބްރިޖެއް ހެދުން
- ވިލިމާލެ ލޭންޑް އިންޓަޗޭންޖް ސަރަހައްދުގައި ސިގްނަލައިޒްޑް ޖަންކްޝަން ހެދުން
- ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއަބައުޓްތަކެއް ހެދުން
- ކޮންމެ ރަށެއްގެ ބްރިޖް ޖަންކްޝަން ކައިރި ބަސް ޓާމިނަލެއް ހެދުން
- ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން އަދު ސީސީޓީވީ ފަދަ އެހެން ތަކެތި ބޭނުން ކުރާނީ އިރުން އުފައްދާފައި ހުންނަ ހަކަތަ
- ލޭމްޕް ޕޯސްޓާއި ބްރިޖްގެ ޕަރަޕެޓްގައި ސޯލާ ޕެނަލްސް ހަރުކުރާނެ
ހުޅުމާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅުވައިދޭ މި ބްރިޖާއި އެކު މާލެ ސަރަހައްދުގެ ޓްރެފިކަށް ލުއިއެއް ލިބޭނެ ކަމަށް ބެލެވެ އެވެ. މިކަމާއި އެކު ގުޅީފަޅު ޕޯޓާއި ތިލަފުށި އިންޑަސްޓްރިއަލް ޒޯނު ވެސް އެއްގަމު ދަތުރުފަތުރުން ގުޅުވާލެވޭނެތީ، އިގްތިސާދަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ.
މިއީ މިހާތަނަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ އެންމެ ބޮޑު އުމްރާނީ މަޝްރޫއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީޝާ1
14 October 2020
އިންޑިޔާގެ އަވަށަކަށް ނުވެ މިނިވަން ޤައުމެއްގެ ގޮތުގައޮވެ އިންޑިޔާގެ ފަރާތުން ކޮންމެސިފައެއްގަ ނަމަވެސް ފައިދާތަކެއް ދިވެހިންނަށް ލިބެންޏާ ހަމަރަނގަޅު ނަމަވެސް މަސައްކަތަށް ވުރެ ވަހަކަ ގިނަވެ ކުރާމަސަތްކަތް ފެށުމުގެ ކުރިން މީޑިޔާގައި އެކަމެއް އިސްތިހާރުކޮށް ހަމަކަމެއްނުވެ 2 އަހަރު ނިމި މިދަނީ ހިތާމަހުރި ކަމެއް 2023 ވާއިރު ކިތައްމީހުންނަށް ބާ ބޯހިޔާވަހިކަން ލިބޭނީ އަވަހަށް ކަންކަން ނުވާނަމަ 2023 ވާނީ ސުމެއް
އަންކަލް
13 October 2020
ރާއްޖެއަށް ކަނޑައަޅާފަ ހުންނަ ސަފީރަކު މިހާވަރަށް ގައުމުގެ ދުސްތޫރު ތެރަށް ވަނުމަކީ، ކޮންމެވެސް ބަޔެއްގެ ފެއިލިޔާއެއް، ބޭންކުން ލޯނެއް އަމިއްލަ ފަރުދަކަށް، ދީފަ އެބޭންކުގެ އެމްޑީ ލޯނު ލިބުނު ފަރާތުން 3 ދުވަސް ތެރޭ ވިޔަފާރި ފަށާ ވާހަކަ ބުނުން ކަހަލަ ކަމެއް ވެފަ މިއޮތީ!
ިޮބުނާނީ
13 October 2020
އިންޑިޔާ މިލިޓަރީ އައުޓް.
މިސްޓޭކު
13 October 2020
އެމެރިކާގައި އޮންނަނީ 4 އަހަރުގެ 2 ޓާރމް.
އަޖައިބުމަވީ
13 October 2020
މީ ރާއްޖޭގެ ރައީސްތަ ނޫނީ މިނިސްޓަރު ތަ!
ރަދީފްއޮފިޝިއަލް
13 October 2020
ވަރަށް ރަނގަޅުކަމެއް.މި ބްރިޖްގެ ސަބަބުން ގިނަބަޔަކަށް ފަސޭހަތަކެއް ލިބޭނެކަން އެއީ ކަށަވަރުވެ ޔަގީންވާކަމެއް.
ޙަސަނުގެ ދަރި
14 October 2020
ކީއްވެހޭ ކަމާބެހޭ ވުޒާރާއެއް ރާއްޖޭގައި ހުންނައިރު މިފަދަ ވާހަކަތައް އިންޑިއާގެ ސަފިރު ދައްކަން ޖެހޭގޮތެއް ވެގެން މިއުޅެނީ
މަގޭ ބަސް
13 October 2020
އަޅުވެތި ނުވާށޭ..ފައްޅި ނާޅާށޭ.. ބްރިޖް އަޅާށޭ..
ތުރުކީއޭ
13 October 2020
އެއްބަޔަކު ކިޔަނީ ޗައިނާއޭ އަނެއް ބަޔަކު ކިޔަނީ އިންޑިއާ އޭ..މީ ދެން ބޮޑުވެއްޖެ ކަމެއް ނު.. ހުރިހާ އެއްމެން ވެސް އަމިއްލަ އެދުމަށް ..
ކަދުރު މެޑަމް
13 October 2020
މާލޭ އިރުމަތީ ކޮޅުގައި ޗައިނާ ބްރީޖް ފެންނަ ގޮތަށް ޔާމީނު ހަދާ ގެ ފެނިފައި މަގޭ ހިތަށް އަރި ޔާމީނު ހާދަ ލާރިއެއް ބޭނުން ވާނެއޭ. ކޮންތާލުން ހޭ އެ ހަދާ ގެ އަޅަން ޔާމީނު ފައިސާ ހޯދީ؟
ފާކަދުރު
13 October 2020
މާލޭގަ އެއަށްވުރެ މާ ރީތި އުސް އިމާރާތްތައް އެބަހުރި. ކަލޭ ނުވިސްނަންތަ އެމީހުން އެހާ ރީތި އުސް ގޭގެ ހެދީ ކިހިނެތްތޯ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޔާމީނާ އެއްވަރުގެ މުސާރައެއް އެއް އިރަކުވެސް ލިބުނު ބައެއް ނޫން. އެމީހުންނަކީވެސް ނުގޮތުގައި ފައިސާ ހޯދި މީހުންކަމަށް ކަލޭމެން ކަހަލަ މީހުންނަށް ނިންމަން އެނގޭނީ. ފެންނަ މަންޒަރު އެކަނި ބަލަން އެނގެނީ. ކަމެއްގެ ހަގީގަތް އެނގޭތޯ އުޅުމެއް ނޯވޭ.
ޔާމީނު
13 October 2020
ތި ބްރިޖް ފެންނަ ގޮތަށް މާލޭގެ ހުޅަގު ކޮޅުގައި އިބޫ ވެސް ވާނެ 7 ސްޓާރ ބިލްޑިންގ އެެއް އަޅުއްވަން..