ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް
26 އޮކްޓޯބަރ 2020 - 15:41
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް އަމިއްލަ އަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށާއި އެ އަމަލަށް ފަހު އޭނާ އަށް އެ މަގާމުގައި ދެމިނުހުންނެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ 11 މެމްބަރެއްގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު، މަޖިލީހުގެ އިދާރާގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އިމްރާން ވަނީ ގާނޫނާ ހިލާފު ވެފައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ދޮގު މައުލޫމާތު ދިނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި ދޮގު މައުލޫމާތު ދެއްވި ކަމަށް އިމްރާން އަމިއްލަ އަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހު މަޖިލީހުގައި އިމްރާން ވިދާޅުވީ، މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ހެކި ހުރި ލިޔެކިޔުންތައް މޭޑޭގެ މުޒާހަރާ އަށް ފަހު އޭނާ ހައްޔަރު ކުރިއިރު، އެ ލިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ، އޭގެ އެއް ދުވަސް ފަހުން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި އިމްރާން ބައިވެރިވެވަޑައިގެން، މަޖިލީހުގައި ދެއްކެވީ ދޮގު ވާހަކަ ކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ. އެކި ފޯރަމްތަކުގައި އެކި ގޮތަށް ވާހަކަ ދައްކަވަމުން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިދިޔަ ޖޫން މަހުގެ ފަހުކޮޅު ސަފާރީއެއްގައި ހިނގައިދިޔަ ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު އިމްރާން އެ ޕްރޮގްރާމުގައި ދެއްކެވި ވާހަކަ ވެސް ޝިޔާމް ފާހަގަކުރެއްވި އެވެ. ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ، ސަފާރީގައި ހިނގީ "އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހިނގި އެ ހާދިސާ މާ ބޮޑު ކަމަކަށް ވީ އެކަން ރިޕޯޓްކުރި ގޮތުންނެވެ.
އަޅުގަނޑުމެން ވެސް އަދި ދިވެހި ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި މި ދެކަންތަކުން އެކަނި ވެސް ޝޭހް އިމްރާން އިސްތިއުފާ ދޭން ޖެހޭ
އިމްރާން، އޭނާ ދެއްކެވި ވާހަކައަށް މާފަށް އެދިވަޑައިގެން ވިދާޅުވީ އެ ވާހަކައިގެ މާނަ އޮޅިވަޑައިގަތީ މީޑިއާ އިން ރިޕޯޓުކުރި ގޮތުން ކަމަށެވެ.
އެ މައްސަލައިގައި ޝިޔާމް ވިދާޅުވީ، ސަފާރީގައި ހިނގައިދިޔަ ޖިންސީ ފުރައްސާރައިގެ ހާދިސާ އަކީ ނުހިނގާ ކަމެއް ގޮތަށް ދޭހަވާ މޭރުމަކުން ވާހަކަ ދެއްކެވުމަކީ ދައުލަތުގެ ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން އިމްރާން ދެއްކެވި ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ.
"އަޅުގަނޑުމެން ވެސް އަދި ދިވެހި ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި މި ދެކަންތަކުން އެކަނި ވެސް ޝޭހް އިމްރާން އިސްތިއުފާ ދޭން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.
"ވަކިން ހާއްސަކޮށް އަންހެނުންނަށް އެހާ ކުޑައިމިސްކޮށް ވާހަކަ ދެއްކެވި ބޭފުޅަކު މިއަދު އެ މަގާމުގައި ހުންނަން ޖެހޭނެ ކަމަކަށް ދިވެހި އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެ."
ޝިޔާމް ވިދާޅުވި ގޮތުގައި، މަރު އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ ތަހުގީގު ނުނިމޭ މައްސަލަތައް ކަމުން އިމްރާން ދެއްކެވި ވާހަކަތަކަކީ ތަހުގީގަށް ހުރަސް އެޅުމުގެ ނިޔަތުގައި އޮޅުވައިލުމަށް ގަސްދުގައި ދެއްކެވި ވާހަކަ އެކެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ހުށަހަޅާފައިވާއިރު، އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް މަދުވެގެން 10 މެމްބަރުންގެ ސޮއި ބޭނުންވާނެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޯލިޝަން ތަމްސީލްކުރާ ތިބެނީ ނުވަ މެމްބަރުންނެވެ.
އިދިކޮޅުން ބުނީ އެ މައްސަލަ ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ވެސް ސޮއިކުރައްވާފައިވާ ކަމަށެވެ. އެކަމުން ވެސް ދޭހަ ވަނީ މަޖިލީހުގެ އިތުރު މެމްބަރުން ވެސް މި މައްސަލައިގެ ސީރިއަސް ކަމަށް ބަލައިގަނެ، އިދިކޮޅާ އެކު މިކަމުގައި ކުރިއަށް ދާން ބޭނުންވާ ކަން ކަމަށް އިދިކޮޅުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭ
26 October 2020
ތީ ސޭހު އިމްރާނެއް ނޫން. ތީ ސިޔާސީ ސޭހު
ޙަޤީޤީ ހައްލު
26 October 2020
ހަމަ އެކަނި އިދިކޮޅުން ކުރަން އުޅޭ ޕްެރޮޑަކްޓިވް ކަންތައް. ރައީސް ޔާމިން މިނިވަން ކުރަން ނުގޮވާ އަދުރޭ މެންކަހަލަ ޕްރޮފެޝަނަލް ނޫން އަގެއްނެތް މީހުން އެއްފަރާތް ކޮށްލުމުން މިފަދަ ކަންކަމުގައި ގުޅިގެން މަސައްކަތްކުރަން ނުކުންނާނެ ބައިވަރު ޒުވާނުން ވާނެކަން ޔަގީން. މިސަރުކާރަކަށް އަދި ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް އިތުބާރެއްނެތް. ރާއްޖެ ބޭނުންވަނީ އާ ފެށުމެއް، މާޒީގެ ދަރަނި ދައްކާ ރާއްޖެ ކޮޅަށް ނަގާނެ އާ ޒުވާން ވެރިއެއް. ދިވެހިން ވިސްނަންވެއްޖެ
ބައިރޯ
26 October 2020
އަވަސް، އަވަސް، އަވަސް
ކަނބިލި
26 October 2020
ތިޔަ ކަ މަށް އަޣުލިބިއްޔަތު ނުލިބޭނެ. ބާކާރުކަ މެއް
ކަނދިކަމަނާ
26 October 2020
އިދިކޮޅުން މިހާރު ތިކުރާ ކަމަކީ ރީދޫ ކުދިން ބޭނުންވެގެން އުޅޭކަންތައް , އމީހުން ބޭނުންވަނީ ރީދޫކުދިން ނޫން މިނިސްޓަރުން ވަކިކޮށްފަ މުޅިކެބިނެޓް ރީދޫކުރަން
ޙަސަން އަޙްމަދު
26 October 2020
އިދިކޮޅުން ވެސް ބޭނުންވާ ކަންތައް ހާސިލްވާން އޮތީ ފުރަތަމަ ރީނދޫކުދިން ބޭނުންވާ ގޮތަށް އެކަން ވުމަށްފަހު. ރީނދޫކުދިންނަކީ ހާލުގައި ޖެހުނީމަ ކޯލިޝަން ހަދާފަ ބާރުލިބުނީމަ އޭގައި އޭނދަ ލާމު ޅަވިޔަންޏަކަށް ބަދަލުކުރާ ބައެއް
ދިއްދޫމީހާ
26 October 2020
ދީނީ ތާކިހާ އަޅާގެން މިބައި މީހުން ކުރާކަމަކީ މީހުންގެ ބޮލުގާ ބޮޑެތި ތުހުމަތު އެޅުވުން، މިބައި މީހުން ދެކޭ ގޮތުގާ އީބަ ބުނުން އެއީ ވަރަށްވެސް ކުޑަކަމެ، އިމްރާންއަ ހޯމް މިނިސްޓަރކަން ދިން ހިސާބުން އަހުން އިބްރާހިމްއަ ކުރާ ތާއީދު ހުއްޓާލާފިން، އަހުންނަ ވަރަށް ރަނގަޅަ އިމްރާން އެއީ ކާކުކަން އިންގުނީ މޭޑޭގަ މިހުރީ ހެކިތަކޭ ކިޔާފަ އުކާލީ ހަވީރު ނޫހުގާ އެއިރު ފަޒީނާ މެން ހަމްދޫން މެން ލިޔެފަހުރި ރިޕޯޓްތައް، މިވަރު މީހުންގެ ވިސްނުން ހުންނާނީ ކިހެނެއް..
ޝޮކްތެރަޕީ
26 October 2020
ވަތަނީ މިކަކައް ވެގެން އުޅުނުމީހާ. މިހާރު އެހެރީ އަނެއް އަތައް އެބުރިފަ.
މީމަގޭ ހިޔާލު
26 October 2020
ދިވެހި ދައުލަތް މިހާރު އޮތްހާލަތުން އަރައިގަންނަން ގައު މުއެދިގޮވާކަހަލަ މީހެއްނޫން މިހާރު އިމްރާންއަކީ އަމިއްލަ އެދުމަށް ހިތަށް އައިކޮންމެވާހަކައެއްދާއްކަމުންދާ މީހެއް އިމްރާންއަކީ އޭނަގެ ދުލުން ކާފަރެއްކަމަށް ކަމަށް ބުނިމީހުންނާވެސް އެދަނީ ޑީލްހަދަމުން އަވަހަށް ބޭރުކުރޭ އެއަށްފަހު ރަނގަޅު މީހަކުލައުދީ ތިތަނަށް
1828
26 October 2020
އިމްރާންނަށް އެ މަޤާމުގައި ހުރެވޭނެ ޖިނާއީ ބޮޑެތި ކުށްކޮށްފައިވެސް. ސަބަބަކީ މިސަރުކާރު ގެންނާށާއި ދިފާއުކުރުމުގައި އިމްރާން ހުންނާތީ. އެއީ އެމްޑީޕީގެ ލޮޖިކް.
ގާނޫނު
26 October 2020
މިގައުމުގައި މީހުންނަށްލިބޭ އަނިޔާތައް ބޭނުންކުރަނީ ސިޔާސީ ހަތިޔާރަކަށް. އެކަކު އަނެކަކު ބޮލުގަ އަޅުވައިގެން ފައިދާ ހޯދުމަށް. އެއްދޮގު ހަދައިފިއްުޔާ އެދޮގު ފޫބައްދަން 40 ދޮގު ހަދާނޭ ބުނެއުޅޭ