ހައި ކޯޓް: މަދަނީ މައްސަލަތަކުގައި މާ ބޮޑެތި ޖޫރިމަނާތައް ނަގައިދީގެން ނުވާނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
01 ނޮވެމްބަރ 2020 - 12:26
މަދަނީ މުއާމަލާތްތަކުގައި ފައިސާ ނުދެއްކުމުން ކޯޓުތަކުން ނަގައިދޭ ޖޫރިމަނާ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު ނަމަ އެ އަދަދު ކޯޓުތަކުން ކުޑަކުރަން ވާނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ބައެއް މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ކޯޓުތަކުން ޖޫރިމަނާ ނަގައިދީފައިވެ އެވެ. އެފަދަ މައްސަލަތަކުގައި ޖޫރިމަނާތައް މާ ބޮޑުވާ ނަމަ އެ އަދަދުތައް ކޯޓުތަކުން ކުޑަކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ އިމާރާތެއްގެ އެތެރޭގެ މަސައްކަތެއް ކުރުމަށް ފަހު، އެއަށް ފައިސާ ނުދެއްކި މައްސަލަައެއްގަ އެވެ. އެ މަސައްކަތުގެ އަގަކީ 150،000ރ. ކަމަށް ވިޔަސް، ފައިސާ ނުދައްކާ ހޭދަވި މުއްދަތަކަށް ޖޫރިމަނާއާ އެކު 889،000ރ. އަރަ އެވެ.
ފައިިސާ ދައްކަން ޖެހުނު ކުންފުނިން އެ މައްސަލަ އިސްތިއުނާފު ކުރުމުން މިިދިޔަ ހަފުތާގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ ފައިސާ ނުދެއްކުމުން ޖޫރިމަނާ ނަގައިދެވޭނެ މިންވަރާ މެދު ރާއްޖޭގެ ކޯޓުތަކުގައި އެކި ގޮތްގޮތަށް ބަހުސް ކުރެވެމުންދާ ކަމަށެވެ. އަދިި ބައެއް ގައުމުތަކުގައި ދައްކަންޖެހޭ އަސްލު ފައިސާ އަށް ވުރެ ޖޫރިމަނާގެ އަދަދު ބޮޑުވާ ނަމަ ނުވަތަ އާދަޔާ ޚިލާފަށް ޖޫރިމަނާ ބޮޑުވާ ނަމަ، ޖޫރިމަނާގެ އަދަދު ބައެއް ގައުމުތަކުގެ ކޯޓުތަކުން ދަށް ކުރަމުންދާ ކަމަށް އެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން ކުރިން ނިންމި ދެ މައްސަލައެއްގައި ވެސް ޖޫރިމަނާގެ އަދަދު އެކަށީގެންވާ މިންވަރަށް ބޮޑުވެގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އަދި ބޮޑު އަދަދުން ޖޫރިމަނާ ނަގައި ދިނުމަކީ ނާޖާއިޒު ފައިދާ ހޯދައިދޭން ހުޅުވާލެވޭ ދޮރެއް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ޖޫރިމަނާގެ އަދަދުތަކަކީ އެކަށީގެންވާ އަދަދުތަކެއް ތޯ ކޯޓުތަކުން ބަލަން ވާނެ ކަމަށާއި އަދި އެ މައްސަލާގައި ނަގައިދިން ޖޫރިމަނާއަކީ މަސައްކަތުގެ އަގަށް ވުރެ ފަސް ގުނަ ބޮޑު ޖޫރިމަނާއެއް ކަމަށްވާތީ އެ އަދަދު ކުޑަކުރަން ޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި ހައި ކޯޓުން ނިންމީ އެ މައްސަލާގައި ނަގައިދޭ ޖޫރިމަނާގެ އަދަދު މަސައްކަތުގެ އަގާ އެއް މިންވަރަށް ދަށްކޮށް، އެ ފައިސާ އެއް މަސް ތެރޭގައި ކޯޓަށް ދެއްކުމަށެވެ.
އެގޮތަށް ހައި ކޯޓުން ހުކުމްކުރީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުންނެވެ. އެ ބެންޗުގައި ދެން ހިމެނިވަޑައިިގަތް ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔަކީ މި މަރުހަލާގައި ހައި ކޯޓަށް ޖޫރިމަނާގެ އަދަދަށް އުނި އިތުރެއް ނުގެނެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަައްމަދު އިބުރާހިމް
02 November 2020
ޖޫރިމައިނާ އަކީ ބޮޑުވިއަސް ނަގައިދޭންޖެހޭ އެއްޗެއް އެ ފައިސާ ލިބުނުނަމަ ފައިދާވާނެ ވަރުވެސް ބައްލަވަންވާނެ، އަދި ޖޫރިމައިނާ ކުޑަކޮށްފިނަމަ ފައިސާ ނުދީ ހިފެހެއްޓުން އިތުރުވެދާނެ. ދެަފަރާތުގެ ދެނެދުގައި ކުރިން ހެދި އެއްބަސް ވެފައިވާ ގޮތް ބަދަލު ކުރުން ރަގަޅު ނުވާނެ. އެފަރާތުން ފައިސާ ދެއްކިނަމަ އެ ޖޫރިމައިނާއެއް ދައްކާކަށް ނުޖެހޭނެ.
ޙަބީބު
01 November 2020
ޖޫރިމަނާ ހައްދުފަހަނަ އަޅާފަ އޮވެގެންނުވާނެ ބަކަރިތައް މަގޭދަނޑު ކައިހުސްކޮއްފިނަމަ ބަކަރިތައް މަށާހަވާލު ކުރާނީ ބަކަރިތައް ކާންދީ ބަލަހައްޓާ ކިރުފެލާނީ ބަކަރިތަކުގެވެރިޔާ މަގޭދަނޑު ގޮވާންކަނޑާ ހިސާބައް ދަންދެން މީގަ ވަކީލަކައް ބައި އަޅާކައްނުޖެހޭ އަދުލުވެރި ހުކުންކުރާ ފަނޑިޔާރަކު އިނުމުން ނިމުނީ
އެމްސް
01 November 2020
މީރާ އަކީވެސް ތިކަމުގަ ހައްދުން ނެއްޓިފަ އޮތް ތަނެއް!
ޢެޑްމުންޑޯ
01 November 2020
ރަގަޅު ނިންމުމެއް
އެހާރާ މިހާރު
01 November 2020
ކުއްޔަށް ގެންދާ ބުރުމާ ކައްޓެއްގެ ކުއްޔަށް ލައްކައެއް އަރާގެން ދާއިރު ވެސް އެކަމާ ކޯޓް ތަކުން ހަދާނެ ގޮތް ހުސްވެފައި ތިއްބާ އެކަމަށް ހައްލު ހޯދާ ދެއްވީ އޭރު ގެ މަދަނީ ކޯޓްގައި ހުންނެވި ޤާޒީ އަކު ހަދާ ދެއްވި ޤަވާއިދެއްގެ ސަބަބުން ނެވެ. އަދި އަދަށް ވެސް އޮތީ އެ ޤަވާއިދެވެ.
އަހަންމާބެ
01 November 2020
ޖަޒާއީ ޝަރުޠަކީ އެއްބަސްވުންތަކުގެ ބޭރުން ނުވަތަ އެއްބަސްވުންތަކުގެ ތެރެއިން ވެވޭ އެއްޗެއް، ފައިސާ ދައްކަން ފޮނުވާ ބިލުގައި "މިބިލުގައިވާ ފައިސާ މިތެއް ދުވަހުގެ ތެރޭގައި ނުދެއްކިއްޖެނަމަ، ދުވާލަކަށް މިވެނިވަރެއް ޖޫރިމަނާ ވަމުންދާނެ" ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް އަޅާނުލާ ދޫކޮށްލާތީ އެއަށް ޢަމަލުން އެއްބަސްވާ ކަމަށް ބަލައި ލިބޭ ލަނޑެއް! ބިލާމެދު މައްސަލަޖައްސައި އެއްބަސްވުމުގައި ނެތިއްޔާ އެއަށް އެއްބަސްނުވާންވީ، އޭރުން ޙައްލުވީ!
ހަމްދާން ޝަކީލް
01 November 2020
ޖޫރިމަނާ ކުޑަކުރުމުގެ ބާރުވިޔަސް، އަދި އެނޫން ބާރެއްވިޔަސް ގާނޫނަކުން ކޯޓަށް ލިބިނުދޭ ބާރެއް ކޯޓަށް ބޭނުންކުރެވިދާނެތަ؟ ފެންނަ ގޮތަކީ މިޔޭ ކިޔާފަ ނިންމީމަ ކަމަކު ނުދާނެ. ކޯޓަށްވެސް ބޭނުންކުރެވޭނީ ލިބިދީފަ އޮންނަ ބާރެއް
ވަފިއްޔާ އިބްރާހީމް
01 November 2020
އައިންއެންޓީ މައްސަލައިގެ ސުޕްރީމް ކޯޓުން 03 އޮކްޓޯބަރ 2016 ގެ ނިންމި ނިންމުމުގެ ފަހުން އޮޅުވެލި ވ. ރަފީޤު މައްސަލައިގަ 2017 ވަނަ އަހަރު ޖޫރިމަނާ އެތައް ގުނައެއް ބޮޑުކޮށް ސުޕްރީމް ކޯޓުން ނަގައިދިންކަން ފަނޑިޔާރު ފައިސަލްއާ ފަނޑިޔާރު ޝަހީދަށް ނޭނގި އޮތީކަމަށްވެދާނެ
ޢިޒްމިޔާ ޖަމީލް
01 November 2020
ސުވާލަކީ ހައިކޯޓުން މިހެން ނިންމިއިރު، ސުޕްރީމް ކޯޓުން އޮޅުވެލިލާމް މަައްސަލައިގަ 2014/އެސްސީއޭ/01 ކޭސް (19 އޮކްޓް 2017) ކޭސްގަ ޖޫރިމަނާ ނަގައިދިން އުސޫލު ނުބައްލަވަނީތޯ؟ އެކޭސްގަ 3 ބިލެއްގެ ޖޫރިމަނާ 3 ބިލްގެ ފައިސާގެ އަދަފަށްވުރެ 03 ގުނަ ބޮޑު، އަނެއްކަ ހައިކޯޓުންވެސް ނިންމީ ހަމައެހެން އެ މައްސަލައިގަ، ހަމަހަމަ އުސޫލު ގެންގުޅެން އެބަޖެހޭ، ސުޕްރީމް ކޯޓުގެ ނިންމުމަކާ ހައިކޯޓުން ބޮލާލާޖަހައިގެންނުވާނެ