ދިވެހި މަހުން ތަައްޔާރުކުރި ބައެއް ތަކެތި: މަހުގެ ބާވަތްތައް ލަންކާއިން މަނާކުރިކަން އަންގާފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނޭ -- ފޮޓޯ/މިހާރު
06 ނޮވެމްބަރ 2020 - 23:12
ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާ އަށް އެތެރެ ކުރުން މަނާކޮށްފައިވާ ކަން އެ ގައުމުން އަންގާފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާ އަށް އެތެރެކުރުން މަނާކުރި ކަމަށް ބައެއް މީޑިއާތަކުން ބުންޏަސް، ރަސްމީ ގޮތެއްގައި އެ ގައުމުގެ ސަރުކާރުން ރާއްޖެ އަށް އެކަން އަންގާފައި ނެތް ކަމަށެވެ. އަދި ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރަން ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން މިދިޔަ މަހު ވެސް އެ ގައުމުން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ލަންކާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ލަންކާ އަށް ބައެއް ބާވަތުގެ މުދާ އިމްޕޯޓް ކުރުން އެ ގައުމުން މިދިޔަ އަހަރު ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަނާ
08 November 2020
ދިވެހި މަސައްކަތްތެރިން މިސަރުކާރަށް ނޫނެކޭ ބުނަންޖެހޭ ކޮވިޑްގެ ސަބަބުން ހުރިހާ ދިވެހިންގެ ވަޒީފާގެއްލިފަ ގަވާއިދާ ހިލަފަށް އުޅޭ ހުރިހާބިދޭސީން ވަޒީފާގަ ހުރިހާ ވިޔަފާރިއެއްގެ ހައްދެންނެތި ކުރެވޭ ސީދާ ސަރުކާރުގެ ހިމާޔަތާއެކު މިގައުމުގަ ބޭނުންގޮތަކަށް ބޭނުންމަސައްކަތެއްކޮށްގެން ބޭނުންވަރަކަށްލާރި ނަގާއިރު ސަރުކާރުން އެމީހުންގެ ހިމާޔަތުގަ އެމީހުންގެ ހައްގުހޯދާދޭން ފޫގަޅާފަ ސަރުކާރު މީ ގޮތްކުޑަ ސަރުކާރެއް
Ali Gasim
08 November 2020
މުޅިދުނިޔޭގަވެސް މިސަރުކާރު އެކަނިއޮންނާނީ ދިވެހި މަސައްކަތްތެރިންނާ ދިވެހި އިންޑަސްޓްރީތައް ހިމާޔަތް ކޮށްނުދޭ މިސަރުކާރަށް މުހިއްމުވަނީ މަގައުމުގަ ވަގަށް އައިސް ހުރިހާ އިންޑަސްޓްރީ ހިސޯރުކޮށްގެން އުޅޭ ވަގު ބިދޭސީންގެ މައްސަލަ އެކަމާ މުޅިދައުލަތް އުޅެނީ ކޮވިޑްގަވެސް ވަޒީފާގެއްލުނު އެއްވެސް ދިވެއްސެއްގެ މައްސަލަ ނުބެލިތާގަ ހުރިހާ ވަޒީފާތަކެއްގަ މިހާރުވެސް ވަގު ބޭރުމީހުން އެމީހުންގެ ދިފާއުގަ ސަރުކާރުން މުޅިއެޖެންޑާގައޮތީ އެމީހުންގެ ހައްގު
ދޮންމަނިކެ
08 November 2020
ކޮބާތޭ ލަންކާ ބަނދަރަށްގޮސް މަސްކިރާން ބުނި ޑޮލަރު ވައުދު
ޝައްފަ
07 November 2020
ޒަހާ މިވަރުވާ އިރު ވެސް މަޤާމުގަ ބަހައްޓަންވީތަ؟
ފަހުދު
07 November 2020
އަދިވެސް ޗައިނާފަދަ ބޮޑެތި ގައުމުތަކާއި ޖައްސާލާ. އެއިރުން އަދިވެސް ސީދާކޮއް އަދި ނުސީދާކޮއް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ. ލަންކާއަކީ ޗައިނާގެ ބޯއީއެއް.
ލަނޑާބެ
07 November 2020
އެއީ ކޮންމެ ގައުމަކަށް ވަކި ވަކިން އަންގާ ކަމެއްނޫން ..
ކަކުނިބޯ
07 November 2020
ލަންކާ ކަސްޓަ މްސް ގެ ޓެރިފް ޝީޓްބަލާފަ އެގިގެން ކިޔާބަލަ ކިޔާއެއްޗެއް
އަލީ އަންމަ
07 November 2020
އަތްޖެހިދާނެ ހަމަ ކޮނޑުހުޅުން ނައްޓަންދެން...ކަލެއަށް ފައިދާ ވާނެ؟
ދޮން މޮހޮނު
07 November 2020
އިއްޔެވެސް މަސްފޮށިގަނޑެއް ރާއްޖެއިން ލަންކާއަށް ގެނައިން. ހޮޅި ވާހަކަ ނުދައްކާ. މިހާރަކު ގަބޫލެއް ނުކުރާނެ.
ފަހުދު
07 November 2020
އެދައްކަނީ ޖީބައްލައިގެން އެތެރެކުރާ މަސްކިބައެއްގެ ވާހަކައެއްނޫން
ދިއްދޫމީހަ
07 November 2020
ސާބަސް ދަރިފުޅާ، އަމާ ބުނީމަ ފަރަށްދާ އުސޫލުން ދުނިޔޭގަ ކަންހިންގާ ގޮތް ތިޔަބަލަނީ، ޖީބަށް ލާގެން ގެންދާ މަސް ގަނޑުގެ ވާހަކައެ ނޫނޭ މިކިޔަނީ ވިޔަފާރީގެ އުސޫލުން މަހުގެ އެއްވެސް ބާވާތެއް ކޮވިޑްއާ ގުޅިގެން ލަންކާއަ އެތެރެ ނުކުރެވޭ ވާހަކަ، އެއީ ލަންކާގެ މަސްވެރިން ބާނާ މަހުގެ އަގު ހިފެހެއްޓުމަށް، އިންޑިޔާ އިންވެސް ކުރިން ޑޮލަރު ތާށިވީމަ އެއްފަހަރު ކުރިކަމަކީ އިންޑާއަ އަންނަ ބޭރުގެ ކޮންމެ މީހަކު އެއާޕޯޓުން 100 ޑޮލަރު މާރުކުރަން މަޖުބޫރު ކުރީ، ސާފްދޯ
ފިޔާ
07 November 2020
ލަންކާ ޔަށް އެއްވެސް ގައު މެއްގެ އެއްޗެއް އެތެރެކުރުން މަނާ މިވަގުތު. ދާއި މީ ކޮށް ކަނޑު މަސް ވިއްކުން މަނާވުން އެކށީ ގެންވޭ
ކަކުނިބޯ
07 November 2020
ސަފްޓާ އުވާލާ ހަމަ މިހާރު. އޭފައިދާއޮތީ އިންޑިޔާ އަދި ލަންކާއަށް. ސަފްޓާގެދަށުން އެތެރެކުރުމުން ތާއްޖެއަށް އެޤައުމުތަކުގެ އުފެއްދުންތަކުން ބޮޑު ޕަރސަންޓކުން ރިޑަކްޝަން އަންނައިރު ރާއްޖޭގެ އުފެއްދުންތަކަށް އެއްވެސް ސަމާލުކަ މެއްްދެވިފައިނުވޭ ލަންކާއިންވެސް އެއްވެސް ކުޑކުރުމެއް ހިކިމަހުގެބާވަތްތަކަކަށްވެސް ނެތް މިހަރު ޑިޔުޓީ ބޮޑުކުރީ ކިލައަކުން 25ރ ލަންކާރުފިޔަ 302ރުޕީސްއަށް ދެންކކިހިނެއް ވިއްކަނީ