ޚަބަރު / ޕީޕީއެމްގެ ކޯޅުން

ޕީޕީއެމްގެ ލިޔެކިޔުންތަކެއް ނައްތާލި ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރިފް (ކ) ބައިވެރިވެވަޑައިގަންނަވާއިރު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (މ) އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން.--- ފޮޓޯ: ޓުވިޓާ

ހ. ތެމާގައި ހިންގި ޕީޕީއެމްގެ އޮފީހުގައި ހުރި ލިޔެކިޔުންތައް ބަޔަކު ނައްތާލި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިރޭ ބުނެފި އެވެ.

ދަރުބާރުގޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވި ގޮތުގައި، ކޯޓު އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ އެހީތެރިކަމާއެކު، ޕީޕީއެމްގެ އޮފީހަށް ވަދެ ތަކެތި ގެންދިޔައިރު، ޕާޓީގެ އޮފީހުން ކޮންމެހެން ލިބެން ޖެހޭ މުހިއްމު މައުލޫމާތު ނައްތާލާފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ. އެ ގޮތުން ބައެއް ކޮމްޕިއުޓަރުތަކުގައި ހާޑް ޑްރައިވް ނެތްއިރު، ހާޑްޑްރައިވް ހުރި ކޮމްޕިއުޓަރުތަކުގައި ހުރި އެއްޗެހި ފޮހެލާފައިވުމަކީ ހިންގި ބޮޑު ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީގައި ބޭނުންކުރަމުންދިޔަ ހުރިހާ ކޮމްޕިއުޓަރުތަކެއްގެ ހުރިހާ އެއްޗެއްގެ ހާޑް ޑިސްކު ހުރީ ނަގާފައި. ހާޑްޑިސްކެއްގައި ވެސް ހުރި ހުރިހާ އެއްޗެއް ވަނީ ފޯމެޓް ކޮށްލާފައި،" އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ހިސާބުތަކާއި ޖަލްސާތަކުގެ ޔައުމިއްޔާތަކާއި އެކި ފަރާތްތަކާއެކު ހަދާފައި ހުރި އެއްބަސްވުންތައް ފަދަ މުހިންމު ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށެވެ. އަދި ޕާޓީ ހިންގުމުގެ ކަންކަމުގައި ހަރަކާތްތެރިވާ މީހުންނާ ހަވާލުކުރަން ޖެހޭ ބައެއް ތަކެތި އޮފީހުން ނެރެގެން ގެންގޮސްފައިވާ ކަމަށް އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގެ ބާރުގެ ދަށުގައި ހުރި އެ ޕާޓީގެ އޮފީހުގެ ބައެއް ލިޔެކިޔުންތައް ނައްތާލީ މައްސަލަ ފުލުހުންނަށް ހުށަހެޅީ އާންމު މެމްބަރުންގެ ހައްގުތަކަށް ބަޔަކު އަރައިގެންފައިވާތީ އެވެ.

ތެމާގައި ހިންގި ޕީޕީއެމްގެ އޮފީހުގެ ލިޔެކިޔުންތަކެއް ނައްތާލި ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ބުނާއިރު، މައުމޫންގެ ފެކްޝަނުން ބުނެފައި ވަނީ އެ އޮފީހުގައި ހުރި ތަކެތި ރައީސް ޔާމީންގެ ފެކްޝަނުން ގެންގޮސްފައިވާ ކަމަށެވެ. ޕީޕީއެމްގެ އޮފީސް ހިންގި ތަން މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް މިއަދުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް ދޫކުރުމަށް، ގޭގެ ވެރިފަރާތުން ވަނީ އެއްބަސްވެފަ އެވެ. ޔުމްނާ ވިދާޅުވެފައިވާ ގޮތުގައި އެތަނުގައި ދެން ހިންގާނީ "ޕީޕީއެމްގެ ރައީސްގެ އޮފީސް" އެވެ. އަދި ވަރަށް އަވަހަށް މައުމޫންގެ މަސައްކަތްތައް ތެމާގައި ފައްޓަވާނެ ކަމަށް ޔުމްނާ ވިދާޅުވެފައިވެ އެވެ.

ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި އޮތް ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތައް މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ދަރުބާރުގެއަށް ގެންގޮސްފަ އެވެ. އެހެންވެ، ޕީޕީއެމް އޮފީހުގައި އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

26 ކޮމެންޓް, 91 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 1%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިހާން އަބްދުއްރަހީމް

02 November 2016

ދެން ތިއީ އެއްބައެއްނު. ޕޮލިހަކީ ތިފެންޝަންގެ ކުދިންކޮޅެއްނޫންތަ

The name is already taken The name is available. Register?

އައިއީޑީ

02 November 2016

އައިއީޑީ ހޯދަންކުރި މަސައްކަތަށްވުރެ ބުރަ މަސައްކަތްކުރަންޖެހޭނެ ދެން ތިޔަ ތަކެތި ހޯދަން.

The name is already taken The name is available. Register?

މުހަންމަދު

02 November 2016

ދެބެންގެކޯޅުން އައު އުސްމިނަކަށް ދިޔައީކަހަލައެވެ! ޤަބޫލުކުރަން ދަތިނަމަވެސް، ނިއުޅިގެންމިދަނީ ވިސްނުންތެރިކަމާއިއެކު ރޭވިތަރުތީބުވެގެން ނިޔުޅަމުންގެންދާ ޑުރާމާއެއްގޮތުގައި ފެނެއެވެ. ކޮންމެއަކަސް، "އަޞްލު" ވީތަނެއްނޭނގެއެވެ. އިވެނީ ދެފަރާތުގެ ޝަކުވާއެވެ! ޢިބުރަތްތެރި ފިލާވަޅުތަކެކެވެ.

The name is already taken The name is available. Register?

ބަބާ

02 November 2016

އަނެއްކާވެސް ފިސްތޯލައެއް ފެންނަންއުޅެނީބާ!!!

The name is already taken The name is available. Register?

ކީކޭ

02 November 2016

މަ ހީހީ ހަލާކުވެއްޖެ...ހެހެހެހެހެ...

The name is already taken The name is available. Register?

އަލީ

02 November 2016

އަނެއްކާ ކޯންޗެއްހޯދަންބާ ތިވަރަކުން ތިއުޅެނީ. ތިވާނީ އަދުރޭމެންނައް ތިހޯދަންއުޅޭއެއްޗެއް ބެހެއްޓުނުތަނެއް ހަދާންނެތުނީކަމައް، ތި ފެކްޝަނުން މިހުރިހާދުވަހު ޕާޓީގެކަންކަން ހިންގީ މެޑަމް އޮފީހުގަ ދެން ކިހިނެއް އަދުރޭމެންގެ އެއްޗެއް އަނެއްފެކްޝަން އޮފީހުގަހުންނާނީ.

The name is already taken The name is available. Register?

1234

02 November 2016

އެހެންވެއޭ ބުނަނީ ގޫގުލް ކުލައުޑުގައި ފައިލްތައް ސްޓޯކުރާށޭ. ހާޑުގަ ހުރީމަ ފޯމެޓްކޮށްލެވުނީ.

The name is already taken The name is available. Register?

ކެނެޑީ

02 November 2016

ހޯހޯ މިރާއްޖެ ކޯޓުން އަމުރު ކޮށްފާނެ ގޫގަލް ޑްރައިވް ކޯޓު އަމުރަކުން ކޯޓަށް ހާޒިރު ކުރަން ލޮލް

The name is already taken The name is available. Register?

ވގ

02 November 2016

ހުސް ދޮގު!

The name is already taken The name is available. Register?

އިޙްތިރާމް

02 November 2016

ކޮންމެ ފަހަރަކު ވާހަކަ ފައްޓަވަމުން ވިދާޅުވާނެ، މަޢުމޫނުގެ ޚިދުމަތް ތިމަންނަމެން ބަލައިގަންނަމޭ. އެއީ ޒަޢިމޭ، މަޢުމޫނަށް ވަރަށް އިޙްތިރާމް ކުރަމޭ. އެކަމަކު، މަޢުމޫނު ގޮވައިގެން ކޯޓަށް ހިނގައްޖެ. މަޢުމޫނު ގެ ބާރު ޕާޓީ އިން ކަނޑުވާލައިފި. މަޢުމޫނު ބާއްވަވަން އުޅުނު ޖަލްސާ ހުއްޓުވައިފި. ވާހަކައިގެ މެދުތެރެއިން އަނެއްކާވެސް ވިދާޅުވާނެ މަޢުމޫނަކީ މި ޤަޢުމު ތަރައްޤީކޮށްދެއްވި ޒަޢީމޭ. މަޢުމޫނަށް ނިހާޔަތަށް އިޙްތިރާމް ކުރަމޭ. އެކަމަކު، މަޢުމޫންގެ އޮފީސް ބަންދުކޮށް ތަޅުއަޅުވައިފި. އެ އޮފީސްގެ ފާރުތަކުގައި ފާޑު ފާޑުގެ ޖޫހާއި ކޮކްޓެއިލްތައް މަޢުމޫނަށް ވެދުމަށް އަރުވައިފި. މަޢުމޫނު ބާކީކޮށް މުޅިން އެކަހެރިކޮށްލައިފި. އަނެއްކާވެސް، ވާހަކަކޮޅު ނިންމާލަމުން ވިދާޅުވާނެ މަޢުމޫނާ ދެކޮޅަށް ކަމެއް ކުރާކަށްވެސް އަދި ވާހަކަ އެއް ދައްކާކަށްވެސް ބޭނުމެއް ނޫނޭ. މަޢުމޫނަށް އިންތިހާއަށް އިޙްތިރާމް ކުރަމޭ. އެއި ޒަޢީމޭ. މިއޮތީ ވާ ލާމަސީލު އިޙްތިރާމެއް. އަޅުގަނޑަށް ރަނގަޅީ، އަޅުގަނޑުގެ ދަރިޔަކުވެސް، ތިމާގެ މީހަކަުވެސް، އަވަށްޓެރިޔަކުވެސް، ދަންނަ މީހަކުވެސް، ނުވަތަ ހަތުރަކުވެސް މިގޮތަށް އަޅުގަނޑަށް ދުވަހެއްގެ ކޮޅުންވެސް އިޙްތިރާމު ނުކުރިއްޔާ.

The name is already taken The name is available. Register?

އެންތަނީ

02 November 2016

މިކިޔަނީ ފަލޮލޭތަ! އާރިފް ކޮބާ ލަދު

The name is already taken The name is available. Register?

ހަޤީޤީ ފަޅި.

02 November 2016

ޕޕއެމް "ފްރޭމް" ފެކްޝްންގެ 3 "ފްރޭމް" އެކްސްޕާޓުން. ތިބުނާ ތަކެތި ފަހަރެއްގައި ޕޕ އެމް ގެ ރައީސް އަލްއުސްތާޒް މަޢުމޫން ޢަބްދުލް ޤައްޔޫމް ނިދިކުރައްވާ ކޮޓަރިޔަށް ނުފޯރައިފިއްޔާ ކިތައްމެހާވެސް ރަނގަޅު. މިކަމާ ވިސްނާތިބުން މުހިއްމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454