ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޣައްސާން ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
28 ނޮވެމްބަރ 2020 - 19:39
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި، އެކަހެރިކޮށްފައި ބަހައްޓަވަނީ ސިޔާސީ މައިދާނުގައި އެ މަނިކުފާނު ހޯއްދަވާނެ ކާމިޔާބީ އަށް ސަރުކާރުން ޖެހިލުވާތީ ކަމަށް، ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ޖަލުގައި ހުންނަވާތާ މިއަދަށް އަހަރެއް ފުރޭއިރު، އެކަން ފާހަގަކޮށް ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި އެ މަނިކުފާނު ކާމިޔާބީތައް ހޯއްދަވާނެކަން ކަށަވަރު ކަމަށެވެ. އަދި އެކަމާ ސަރުކާރުން ޖެހިލުންވާ ކަމަށާއި ޔާމީން ޖަލަށް ލާފައިވަނީ "މެކުނަށް ގާހަކައިގެ ހަސަދަ ބޮޑުކަމުން" ވިދާޅުވި އެވެ.
އޭނާ އިޝާރާތް ކުރެއްވީ، މެކުނު ފުމުނަސް ގާހަގަކަށް ނުފުމެވޭނެ ކަމަށް އޮންނަ ހަރުބަހަށެވެ.
Raees Yameen jaluga hunnavaatha 1 aharu vee. Nuhaggun dhemun thi gendha aniya huttaalaa, minivan kuran govaalan! Emanikfaan ekaheri koffa vanee hama hama siyaasee maidhaaneggai RY hoadhdhavaane kan kashavaruva kaamiyaabee ah vaa jehilumakun. Mekunah gaahakaige hasadha bodu kamun. pic.twitter.com/WzdUDVgDBN
— Mohamed Ghassan Maumoon (@mgmaumoon) November 28, 2020
"ރައީސް ޔާމީން ޖަލުގައި ހުންނަތާ އެއް އަހަރުވީ. ނުހައްގުން ދެމުން ތި ގެންދާ އަނިޔާ ހުއްޓާލާ،" ކުރީގެ ރައީސް އަދި ޔާމީންގެ ބޮޑުބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ ހަގު ދަރިކަލުން ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ވެސް ޔާމީންއާ އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި އަދި ބައްޕާފުޅު މައުމޫން ޖަލަށް ލުމުން ވެސް ފެޔަށް ޖެހިވަޑައިނުގެންނެވި ޣައްސާން ގަބޫލު ކުރައްވާ ގޮތުގައި ޔާމީންގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ހުކުމެވެ. މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އިއްވި ނަމަވެސް، އެއީ އިންސާފުން ކުރި ކަމެއް ކަމަށް އޭނާ ދެކިވަޑައެއް ނުގަންނަވަ އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ޣައްސާން ވިދާޅުވީ މި ސަރުކާރުގެ ކޯލިޝަން ރޫޅުމާ އެކު އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫން، ޔާމީންގެ ދިފާއުގައި ނިކުންނަވާނެ ކަމަށެވެ. ތަފާތު ފިކުރުތަކުގެ ޕާޓީތައް އެކުވެފައިވާ ކޯލިޝަނަކީ ތެލާއި ފެނުގެ ގުޅުން ކަމަށް ސިފަކުރައްވައި، މައުމޫނާއި ޔާމީނަކީ ލޭގެ ގުޅުން ކަމަށާއި އެ ގުޅުން މާ ވަރުގަދަވާނެ ކަމަށް ވެސް ޣައްސާން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
02 December 2020
ޣައްސާނު ވެރިކަމައް ކުރިމަތި ލައިފިނަމަ ރައްތުން ބުނާނީ މުސްކުޅި ބައްފަޔައްނެއް ކުލުނެއް ރައްޔިތުންގެ މައްޗަކައް ނޯންނާނޭ ހަގީގަތާއެކު ޣައްސާނު ފެލިކުރަން ވެއްކޭނެ އެއްޗެއް
ފާފުހާހާ
29 November 2020
އާރާބާރާ ވެރިކަމާ ކޯޓާބޯޓާ އޮއްވަ ޖެހިޖެހިގެން 3 އިންތިހާބުން ބަލިކޮށްފަ އޮންނާނީ. ދެން ބިރެއް މަމެން ގަންނާނީ
ކޮލަމާފުށި
29 November 2020
އޭނަ ހޯދި ކާމިޔާބިއާއި އެއޮތީ ޖަލުގަ..
އެބުރި އައުމެއް ނެތް
29 November 2020
ޕިޕީއެމް އަކީ ޔާމީނު ކަމަށް ބަލާއިގެން 2023 ލިބޭކަށް ނެތެވެ. ވަޤުތު އޮއްވައި މި ކަމަށް ސަމ ާލުކަން ދޭށެވެ.
ނަޖްވާ
29 November 2020
ފުރަތަަމަ އައިޖީއެޗްއެމުން ހޯދި ނާޖާއިޒު ފައިދާގެ ވާހަކަ ދައްކަބަ؟ އެކަމާ ޖޭ ވާތީ އޭ ބުނިއްޔާ މާ ތާހިރުވާނެ އެއްނު!
ބޮން
29 November 2020
ހުދު ޣައްސާނަށްވެސް ސާފުކޮށް އެނގޭނެ ޔާމީނަކީ އެއްވެސް އިރެއްގަ ރައްޔިތުން ތާއީދު ކުރި މީހެއް ނޫންކަން. ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ ޔާމީނަށް މި ރާއްޖޭގެ ރައްޔިތުން ތާއީދު ލިބޭނެ ގޮތެއް. ޣައްސާނުމެންވެސް ދެން ރަގަޅުވާނީ އާ ލީޑަރެއް ދައްކައި އޭނަ ޕްރޮމޯޓްކުރަން އުޅުން ނުވަތަ ތި ޕާޓީގެ ސިޔާސަތުތައް ވިއްކަން އުޅުން. ޔާމީނަކީ މި ރާއްޖޭގައި ޕްރޮމޯޓް ކުރެވޭނެ މީހެއް ނޫނެވެ.
ޖަބަލްނޫރު
29 November 2020
ވަރަށް ރަގަޅު ވާހަކައެއް
ބަގަޅޭމެން
29 November 2020
ނާކާމިޔާބުވީމަދޯ ޖަލަށް ވަންނަން ޖެހުނީވެސް ކާމިޔާބު މީހެއްނަމަ އަދިވެސް ހުންނާނީ ވެރިކަމުގަ ވައްކަން ކޮށްލަ ކޮށްލާ ހެހެހެ
ރަމަ
29 November 2020
ކަލޯތިވެސް ހަމައޭގެ މީހެއް މަނީ މަނީ ޔޭސް ޔޭސް ބޭބޭފުޅު ހޯދި ކާމިޔާބީއަކީ މަނީ ލޯންޑްރީންގެ 2 ވަނަ މައްސަލަ ވަނީ ކޯޓައްވައްދާ 3 ވަނަ މައްސަލަވެސް މިހާރުދަނީ ހިގަމުންނެވެ.
މޮހއްމާ
29 November 2020
ގައްސާން އަކީ ޕީޕީއެމް ކޮޅަށް ނެގޭވަރުގެ ގާބިލް ލީޑަރެއްކަމަށް ނުދެކެން. މިބޭފުޅާ ގެ އަމިއްލަ ލީޑަރޝިޕް ދައްކާނަމަ ޔާމީން ގެ ވާހަކަ ނުދައްކާނެ. ޔާމީން އެހުއްނެވީ ޖަލުގައި .
12134
29 November 2020
ހުރިހާ ބާރެއް އަތުގައޮވެ ރައްޔިތުން ނޫނެކޭ ބުނި މީހަކު އެބާރުނެތް އިރު ވެރިކަމަށް އައުމަކީ ވުމަށްވުރެ ނުވުން ގާއިމުކަމެއް ؟