ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ
03 ނޮވެމްބަރ 2016 - 11:16
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނިކޮށް، ގާސިމްގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސަރުކާރަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމްގެ ސިޔާސީ ފިކުރާ ގުޅުވައި މުދަލަށް އަރައިގަތުމުގެ ވަސީލަތަކަށް ރައީސް އަބްދުﷲ ޔާމީން ހައްދަވަނީ، ރާއްޖޭގެ ކޯޓުތައް ކަމަށެވެ. އެ ޓްވީޓްގައި ނަޝީދު ދެން ވިދާޅުވެފައި ވަނީ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދުމަށެވެ.
ރައީސް ޔާމީން ވެރިކަމަށް ގެންނަން 2013 ގައި އުފެއްދި ކޯލިޝަނުން ވަކިވެ، ގާސިމް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެމްޑީޕީއާ އެކުގަ އެވެ. ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ވިދާޅުވެ އެއްބަސްވުމެއް އެކުލަވާލައި ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ވެސް ހިންގި އެވެ. އެކަމަކު ގާސިމްގެ ވިޔަފާރި އަށް ދަތިވާ ގޮތަށް ސަރުކާރުން އަޅަންފެށި ފިޔަވަޅުތަކާ އެކު އޭނާ ވަނީ އެމްޑީޕީއާ އެކު މަސައްކަތް ކުރުން ހުއްޓާލައްވައިފަ އެވެ. އޭގެ ފަހުން ގާސިމް އަނެއްކާ ވެސް ފެނުނީ، ސަރުކާރުން ބޭނުންވާ ބައެއް ކަންކަމުގައި މަޖިލީސް ތެރެއިން ވެސް އެއްބާރުލުން ދެއްވާ ތަނެވެ.
މިހާރު އަނެއްކާ ވެސް ސަރުކާރާ ދެކޮޅަށް ގާސިމް ވަނީ ނިކުންނަވައިފަ އެވެ. ރައްޔިތުންނާ ދެކޮޅަށް ސަރުކާރުން ހިންގާ ކަންކަން ހުއްޓުވަން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ ގާސިމް މިހާރު ވަނީ މައުމޫންގެ އިސްލާހީ މަސައްކަތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ގާސިމްގެ ދިފާއުގައި ވާހަކަ ދައްކަވަމުން މައުމޫން އިއްޔެ ވިދާޅުވެފައި ވަނީ ކިތަންމެ ފިއްތުމަކާއި ދަތިތަކެއް ކުރިމަތިކުރިޔަސް، ގާސިމަށް އަސަރެއް ނުކުރާނެ އެވެ. ޕީޕީއެމްގެ ހުރިހާ މެމްބަރުން ތިބީ ގާސިމްއާ އެކު ކަމަށާއި އޭނާ އަށް ކުރިމަތިކުރާ ހުރިހާ ކަމެއް ހައްލުކޮށްދޭން ޕީޕީއެމުން މަސައްކަތް ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
ގާސިމަށް ދަތިކުރަނީ ކޮން ކަމަކުން ކަމެއް މައުމޫން ސާފުކޮށް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ މަނިކުފާނު މިގޮތަށް ވިދާޅުވިއިރު ގާސިމްގެ ވިޔަފާރިއާ ގުޅޭ ގޮތުން ކޯޓުގައި ކުރިއަށް ގެންދާ މައްސަލަތަކެއްގެ ޝަރީއަތް އަވަސްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރުފާނު
05 November 2016
ސާބަހޭ! ޖަމަލު ފޮޑިޔަށް މިފަހަރު ހޭއަރުވާލާތި.
އަސްލުވެސްތޯ؟
03 November 2016
ބައްލަވާ މަނިކުފާނުގެ ވެރިކަމުގައިވެސް ކަންތައް ކުރެއްވީ ހަމަ މި ބީދައިންނެއްނޫންތޯ؟ ތަފާތަކީ، މިހާރު ކަންތައްތައް ދަނީ ވަކި އުޞޫލުތަކެއްގެ ދަށުން ވަކި ނިޒާމެއްގެ ތެރެއިން. މަނިކުފާނުގެ ވެރިކަމުގައި، މިނިސްޓްރީތަކުން ފިޔަވަޅު އަޅަނީ. އެހެންވީމައި، މާ ގޯހެއްނޫންތޯ؟ހަނދުމަފުޅު ނެތުނީތޯ ވިލާ އެއަރ ހުއްޓުވި ކަން. ހަނދުމަފުޅު ނެތުނީތޯ މަނިކުފާނުގެ ޓުއަރިޒަމް މިނިސްޓަރ ޒުލްފާގެ އެންގުމަށް ޤާސިމްގެ ރިސޯޓުތަކުގެ ސްޕާތަށް ބަންދުކުރުމަށް އެ ރިސޯޓުތަކަށް ފުލުހުން ފޮނުވިކަން؟
އިބްރާހިމް
03 November 2016
އެހެންވީމައޭ އަޅުގަނޑު ދަންނަވަނީ ހަމަ ކޮންމެ މީހަކުވެސް އުޅެނީ ވެރިކަމާއި ހެދިއޭ.
ތަކުރުފާނު
05 November 2016
ދިވެހިން ވަރަށް ގަބުވާނެ. އެހެނވީމާ ދިވެހިންނަކަށް މިނޫންބަޔަކު ނުވެސް ފެންނާނެ.
ހަބީބު
03 November 2016
އެހެން ނުހަދާ ގާސިމު ފިތުނީމަ އެކަމުގެ ހިތާމަ ކުރާނެ އެތައް ބަޔަކު ގާސިމަކީ ޖެހޭ ދިމާލަކައް ދަތުރުކުރާ ފަރާތެއް މިކޮޅުން ޖެހީމަ އެދިމާލައް އެދިމާލުން ޖެހީމަ މިދިމާލައް
ޝާއިރުގެ ޝުއޫރު
03 November 2016
ވިސްނުމެއްނެތި ކޮޢްފި ކަމަކުން އެންމެ ފަހަރަކު ދޭހުގައި، ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދެޔޭ އުމުރަށް މުޅީން....ހާދަހާވާ ބޮޑު ތެދެކެވެ! ދެއްވާ ހިތާމައިން ކުރެވޭ ފިކުރުގައި ގެއްލޭ ގޮތޭމީ ރޭދުވާ ... ދެއްވޭ ހިތާމައިން ޢާދޭސް ކުރީމޭ ދެންވެސް ނުދެއްވާށޭ ތިއަނިޔާ! ....ޝާއިރުގެ ނަސޭހަތަކީ ކުރިންފަހަރު ސޭޓު އުޅުއްވަންޖެހު ހާލާދޭތެރޭ ތަންކޮޅެއް ފުންކޮށް ވިސްނާލާފަ އަމިއްލަ ވިޔަފާރި އާއިގެން ކުރިއަށް ވަޑައިގަތުމެވެ. ....އަދު ރޫހުވަނީ ވޭނުގެ ކޯރުގައި...ޔާރާއޭ ކަރުނުން ދެލޯ ފުރޭތީ މިހާލުގައި.....ހިތާއޭ އަހާށޭށޭ....ހިތާއޭ އަހާށޭށޭށޭ....
އައްޑޫ ރަދުން
03 November 2016
ރައީސް ޔާމީންގެ އެޕްރޯޗު އިނގޭހާލުގަ ހާމަގޮތެއްގައި ނުކުތުމަށްވުރެން އަންޑަކަވަރކޮށް ކުރިއަށް ދިއުން ބުއްދިވެރި
ޢަލީ
03 November 2016
ތިވާހަކަދައްކަން އެންމެރަނގަޅީ މީނަ. ޤާސިމަސް މީނަހެދީ ކިހިނެތްތަ
ބުރުމާ
03 November 2016
ޢިލްޔާސް ހެދި ގޮތައް ހުރިހާ މުދަލެއް މައުމޫނުގެ ދަރިންނަށް މިލްކުކޮށްދިނީމަ ތިކަންކަން ދާނީ ރަނގަޅަށް.
ވައްކަން ޔަގީން
03 November 2016
މުދަލަށް އަރައިގަތުމުން ގިނަ ވޯޓު ލިބޭ ކަމަށް ޔާމިނުގެ ދިރާސާތަކުން ދައްކައިފި . ވިމާ ވިހާވެސް ގިނަ ވިޔަފާރިވެރިންނާއި ސަރުކާރު މުވައްޒަފުންގެ މުދަލަށް އަރައިގަތުމަށް އެދެން ...
ބަލްކު އެންޑް ބަލަކް
03 November 2016
ސިޔާސީ ދާއިރާގައި އުޅެނީ ހުސް މުނާފިގުންނޭ މަށަށް ހީވަންފަށައިފި.
މުނާފިގު
03 November 2016
ކަލޯ އަދި އަވަސް
ތަކުރުފާނު
05 November 2016
ގިނަ އެއްޗެހި ހުރިހާ ތަނެއްގައިވެސް ގިނަވާނެ، ސިއްޙީ ދާއިރާއެއް ސިޔާސީ ދާއިރާއެއް ވަކި ތަފަަތެއް ނުވާނެ.
ނެތްބޯ
03 November 2016
ބުރުމާގެ ބޮލަކީ ދެކޮޅަށްވެސް އެނބުރޭ އެއްޗެކެވެ