ޖަޕާނުން ރާއްޖެއަށް ސިއްހީ އާލާތް ހަދިޔާކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އެ ގައުމުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ޖަޕާން އެމްބަސީ
19 ޖެނުއަރީ 2021 - 16:31
ޖަޕާނުން 86 މިލިއަން ރުފިޔާގެ ސިއްހީ އާލަތްތައް ރާއްޖެ އަށް މިއަދު ހަދިޔާކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ގައި ބޭއްވި ރަސްމިއްޔާތުގައި، 5.6 މިލިއަން ޑޮލަރު (86 މިލިއަން ރުފިޔާ) ގެ ސިއްހީ ސާމާނު ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
އެ އާލާތްތަކުގެ ތެރޭގައި ބެޑްސައިޓް 65 މޮނީޓަރާއި 19 ޕޯޓަބްލް އަލްޓްރާ ސައުންޑް މެޝިނާއި 19 ޑީފައިބްރިލޭޓާސް އާއި 10 ޕޯޓަބްލް އެކްސްރޭ މެޝިނާއި 132 ސިރިންޖު ޕަމްޕު އަދި 132 ސިރިންޖު ޕަމްޕު އެސެސެރީސް ހިމެނެ އެވެ.
ޖަޕާނު އެމްބަސީން ބުނީ އެއީ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕޓަލްތަކުގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށާއި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅުކުރަން ދިން އެހީ އެއް ކަމަށެވެ.
އެހީގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާވެ، ތަރައްގީ ވާނެ ކަމުގެ އުންމީދު ޖަޕާނުގެ އެމްބަސީން ކުރެ އެވެ.
ކޮވިޑުގެ ސަބަބުން ރާއްޖެ އަށް ދިމާފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިން އެއް ގައުމަކީ ޖަޕާނެވެ. އެގޮތުން، 0.01 ޕަސެންޓް އިންޓްރެސްޓުގައި 732 މިލިއަން ރުފިޔާގެ ބޮޑު ލޯނެއް ދީފައި ވެ އެވެ.
އޭގެ އިތުރުން ޔުނިސެފު މެދުވެރިކޮށް 356،400 ޑޮލަރުގެ އެހީއަކާއި ރެޑް ކްރެސެންޓް މެދުވެރިކޮށް 185،000 ޑޮލަރުގެ އެހީއެއް އަދި ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ޖަޕާނުން ވަނީ މީގެ ކުރިން ރާއްޖެ އަށް ދީފަ އެވެ. މި އަހަރުން ފެށިގެން ކޮންމެ އަހަރަކު، މަތީ ތައުލީމު ހާސިލްކުރަން ދިވެހި ހަ ދަރިވަރަކު ޖަޕާނަށް ފޮނުވަން ވެސް އެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 24 ދަރިވަރަކަށް މި ފުރުސަތު ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރި
20 January 2021
އަބަދުވެސް އަހަރެންގެ ހިތުތެރޭގައި އެއްމެ ބޮޑު ޝުކުރެއް އޮތްނަނީ ޖަޕާނަށް
ވާންޗޯބެ
20 January 2021
އެންމެ ނުބައި ދަނޑިވަޅުގައި ހެލްތްގެ ބޮޑަކަށް ލެވިފަ މީހާގެ ގޮތް އެންމެނަށް ރަގަޅަށް އެނގޭނެ.
ނާޒްލީ2
20 January 2021
ތީ މޭން އެއް...އޯކޭ ވާނެ....ހާސް ކަނޑާލާ
ޑިޑިން
20 January 2021
ތިވެސް ކާލާ ދެން
ނަންނުަޖހާ
19 January 2021
މިހާރު މުޅި މިނިސްޓްރީ އަކީ އާދިލް ކޮޔާމީހަކާއި ހަންނާންކިޔާ މީހެއް. މިދެމީހުންގެ ކަމަކީ ހެނދުނުފަށާގޮތަށް ޕްރޮކިއުމަންޓް ކަންތަކާ އުޅުން. ހަންނާންފެ ކަމަކީ މެޑިކަލް ކޮންސިއުމަބްލްސް. އާދިކް އެހެންހުރިހާޑީލެއް. ބޮޑުމީހާ ހެދުނުބުނާ އެއްޗެއް ހަވީރު ހަނދާނެއްނުހުރޭ. ތަންބޮއްސުންލާ ނިމިއްޖެ. އަތޮޅުތެރެ ހާލިގަޖެހިއްޖެ.
ދެރުއްޕާރކް
19 January 2021
ޖަޕާނުން އެހީ ދިނީ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕޓަލްތަކުގެ ސިއްހީ ހިދުމަތް ރަނގަޅު ކުރަން ކަމުގައި ވިޔަސް އެއްރަށް ދައުލަތް ސިޔާސަތު ގެންގުޅޭ މާލެއިން ތިއިން އެއްވެސް އެއްޗެއް މާލެއިން ބޭރަކަށް ނުގެންދާނެ.
ޝޮކްތެރެޕީ
19 January 2021
ރާއްޖެއަ ހެޔޮހިތުން އެހީއެއް ދެނީ ޖަޕާނުން. އިންޑީޔާއިން އުޅެނީ ރައްޖޭގެ ކުރިމަކު ގެއްލުވާލަން.
ގަދަހަސަނު
19 January 2021
މިގައުމަށް ބޭނުންވަނީކީ އިންޑިޔާ ޗައިނާ އިނގިރޭސީންގެ އެހީއެއްނޫން. މިގައުމަށް ބޭނުންވަނީ ޖަޕާނުގެ އެހީ.
1234
19 January 2021
ތީގެން ގިނަ އެއްޗެހިތައް ގިނަ އަތޮޅުތަކާ ހަމައަށް ނުވެސް ފޯރާ ގެއްލޭނީ. އަދި ފޯރާ މަދު ސާމާނުކޮޅުވެސް ބޭނުންނުކޮށް ހުރެ ވީރާނާވާނީ.. މީ ހާމަ މީގެ ކުރީގެ ތަޖުރިބާ. ކިތަންމެ ރަށެއްގަ އެބަހުރި ޓެލެމެޑިސިން ސާމާނުތައް ދަބަރަށްވެފަ، ވެންޓިލޭޓަރުތައް ހަލާކުވެ ގެއްލިފަ އަދި ބޭނުން ކުރަން ތަމްރީވެފަ ތިބި މީހަކު ނެތިފަ.