29 ޖެނުއަރީ 2021 - 20:20
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި މިއަދު ކުރިޔަށް ގެންދިޔަ މުޒާހަރާ އިން 11 މީހަކު ހައްޔަރުކޮށްފި އެވެ.
"އިންސާފު ކޮބާ" ގެ ނަމުގައި މިއަދު ހަވީރުން ފެށިގެން މާލޭގައި ކުރިޔަށް ދިޔަ މުޒާހަރާގައި ގޮވާލާފައި ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި މިނިވަން އިންތިހާބަކަށް ފުރުސަތު ދިނުމަށެވެ. މާލޭގެ އިތުރުން އެކި ރަށްތަކުގައި ވެސް އިދިކޮޅުގެ މި ގޮވާލުން ކުރިއަށް ގެންދިޔަ އެވެ.
މާލޭގައި ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވި އެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްފަ އެވެ. އެކަމުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުންނާއި ބައެއް ނޫސްވެރިންނަށް ވެސް އަނިޔާވި އެވެ. އަދި މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މުޒާހަރާއިން މިއަދު ހައްޔަރު ކުރީ 11 މީހުންނެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރަކާއި ބައެއް ކޮމިޓީޓަކުގެ ވެރިން ހިމެނޭ ކަމަށެވެ. މުޒާހަރާގެ ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް ހީނާ ވިދާޅުވި އެވެ. އަދި އެކަކަށް ވަރަށް ބޮޑަށް އަނިޔާވެ ހޭނިތިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެެ ކުށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދު ކުރުމާއެކު އިދިކޯޅު ފަރާތްތަކުން ވަނީ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމައިފަ އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯއި - ކުޑަހުވަދޫ
30 January 2021
ތިޔަ 11 މީހުން ދޫކުރަންވީ ވެކްސިން ޖަހާފަ. ޕީޕީއެމް މުޒާހަރާއިން ހައްޔަރު ކުރާ އެންމެން ގަޔަށް އިންޑިޔާގެ ވެކްސިން ޖަހާލަންވީ.
1828
31 January 2021
ނާތަހުޒީބު ވިސްނުމެއް
ގައިޑްލައިން
30 January 2021
ޕެޕަރ ސްޕްރޭ ޖަހާ ހައްޔަރުކުރީ ގޭގަ ތިއްބަތަ؟
1828
31 January 2021
މުޒާހަރާ ކުރުމަކީ ޕޭޕަރ ސްޕްރޭ ޖަހަން ޖެހޭ ސަބަބެއް ނޫން އަދި ހައްޔަރުކުރަން ޖެހޭ ސަބަބެއްވެސް ނޫން. އެއީ ޤާނޫނޫ ކުށެއްނޫން. އެކަމަކު އެއީ ޤާނޫނު އަސާސީއިން ލިބިދީފައިވާ 'އަސާސީ'ހައްޤެއް.
ފާރޫގު/ފާރޫ
30 January 2021
މުޒާހަރާގައި ބައިވެރިވި މީހުންގެ އަދަދު ހިމަނާލި ނަމަ އެނގޭނީ ތިއީ ނިއުސްވޯތީ މުޒާހަރާއެއްކަން. އިދިކޮޅު މީހުން އަދުރޭމެންގެއަށް ކާންވެސް ދޭ އެކަމަކު އެވަހަކައެއް ނޫހަށް ނާރުވައެއްނު
ށަވިޔަނި
30 January 2021
މިއީ ބަލިފަތުރަން ކުރާކަމަކާ ވައްތަރީ. މިބަލިން ސަލާމަތްވަންދެން މިކަހަލަ ހަރަކާތްތައް ހުއްޓުވަންޖެހޭ. މަމީ ވަކި ސިޔާސީ ފިކުރެއްގެ މީހެއްހެން. އަދި މިގައުމުގައި މިހާރު މިހިނގަނީ ސިޔާސީ ފިކުރަކާ ގުޅިފަވާކަމެއްނޫން. އަމިއްލަ އެދުންތަކާ ގުޅިފަވާކަމެއް. ދައުލަތުގެ ފައިސާއިން ކޮންމެމީހަކަށް ނެގުނުވަރެެއް ނަގަން ކުރާކަމެއް. ބަދަލުހިފުން.
މޯޑޭ
30 January 2021
އިންސާފް ކޮބާހޭ ކިޔާ މުޒާހަރާ މި ކުރަނި ގާނޫނުއަސާސީވެސް އެފުން މިފުށަށް ޖެހިބަޔަކު. ލަދުގެ ކަންފުޅެއް ވެސް ނެތެ.
ރަށްއިތުމީހާ
30 January 2021
އަދިވެސް ޓޮމްއަށް އިތުރު 12 ދަނޑް ޓާފަ އަޅަށް ދީފަ ބަހަށްޓާ. މަހޭ މެން ސަރުކާރުގަ ތިބެގެން އިދިކޮޅު އެކުޓްވިސްޓުންނަށް ބޮނޑެތި ފްރޮޖެކްޓް ތައް ދީގެން އެމީހުން އެފައިސާ އެ ހަރަދު ކުރަނި މުޒާހަރާތައް ބާންވާ ސަރުކާރު ބަލިކަށި ކުރެވޭތޯ.
1828
31 January 2021
ބަޔަކު މުޒާހަރާ ކުރުމަކީ ސަރުކާރު ބަލިކަށިވާން ޖެހޭ ސަބަބެއް ނޫން. ސަރުކާރު ބަލިކަށިވާނީ ސާރުކާރުން ގޯސް ހަދަން ފެށީމައި. ޤާނޫނާ ޤަވައިދާ ޚިލާފްވާން ފެށީމައި. ރައްޔިތުންނަށް ޚިދުމަތަށް ފޯރުކޮށް ނުދެވުނީމައި.
އާރީ
30 January 2021
11 މީހުން މުޒާހަރާ ކުރީވެސް. މިހާރު އެއްކަ ގަޓް އަދުރޭ ނުފެނެ. ކަކުލުގަ ރިންސަނީއޭ ކިޔާފަ ފިލައިފި.
މޯޑ
30 January 2021
"ކުށްވެރިން ދޫކޮށްލައިގެން ޤައުމު ތަރައްޤީއެއް ނުކުރެވޭނެ." ރައީސް ޔާމީންޚުދު ރައީސް ޔާމީންވެސް ޤަބޫލުކުރަށްވާ އެމަނިފާނުކުވެސް އޮންނަވަންޖެހެނީ ޖަލުގަ ކަމަށް!
1828
31 January 2021
އަދީބް އަކީ މިނިވަނެކޭ ތޯ؟
ހޯރަބޭ
30 January 2021
'ނުކުތީ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރަން، ކަކުލުގައި ރިއްސައިގަތީ އަބްދުއްރަހީމް'
ޝޮކްތެރެޕީ
29 January 2021
ސަރުކާރުގެ އަނިޔާވެރިކަން ހައްދުން ނައްޓައިފި. ދިވެހި ވަންތަކަން ގެއްލިއްޖެ. ދެރަ
އަރުތަ
30 January 2021
ސަރުކާރުދޯ އަދިވެސް އަނިޔާވެރި މިވަނީ، އަދުރޭ މެން މަގުތަކަށް އެއްވެގެން އެހެން އާއްމު ރައްޔިތުންނަށް ދެމުންދާ އަނިޔާއެއް ނުފެނޭދޯ، މީހަކު ބީތާވެދާނެނު.......