ޚަބަރު / ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް

ޣިޔާސުއްދީނުން އޮންލަައިންކޮށް ކިޔަވައިދޭން އުޅުނީ ދަރިވަރަކާއި ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމުން

ޣިޔާސުއްދީން ސްކޫލުގެ ލައިބްރަރީގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ގްރޭޑް 10 ނޫން އެހެން ހުރިހާ ގްރޭޑެއްގެ ކިޔެވުން އޮންލައިންކޮށް ގެންދަން މިދިއަ ބުރާސްފަތިދުވަހު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ނިންމީ، ދަަރިވަރަކާއި ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށް، "މިހާރު"އަށް އެނގިއްޖެ އެވެ.

އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ކިޔެވުން ކުރިއަށް ގެންދަން އެންގުމުން، މިއަދު އަނެއްކާ ވަނީ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ވެސް ސްކޫލަށް ގެންގޮސް ކިޔަވައިދޭން ފަށައިފަ އެވެ.

އަލުން ސްކޫލުގެ ނިންމުން ބަދަލުކޮށް، މިދިއަ ހުކުރުދުވަހު ބެލެނިވެރިންނަށް ފޮނުވި ސިޓީގައި ބުނީ މިހާތަނަށް ދެ މުވައްޒަފަކާއި ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވް ވުމުގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުން ކަމަށް ބެލެވޭ 16 ދަރިވަރަކާއި ހަ މުވައްޒަފަކު ކަރަންޓީނުގައި ތިބި ކަމަށެވެ. އެކަމަކު އެ ދަރިވަރުންނާއި މުވައްޒަފުންނަކީ، ޕޮޒިޓިވްވި ދަަރިވަރާއި ދެ މުވައްޒަފުންނާ ކޮންޓެކްޓްވި ބައެއްކަން ނުވަތަ އެ ކޭސްތަކާ ގުޅުމެއް ނެތް އެހެން ކޭސްތަކެއްގެ ކޮންޓެކްޓުން ކަމެއް، ސިޓީގައި ތަފުސީލުކޮށްފައެއް ނުވެ އެވެ.

ޣިޔާސުއްދީންގެ އިތުރުން ބައެއް އެހެން ސްކޫލްތަކުން ވެސް ކޮވިޑް ކޭސްތައް މަދުމަދުން އެބަ ފެނެ އެވެ. އެކަމަކު އެއިން ކުއްޖަކަށް/މީހަކަށް ކޮވިޑްގެ ވައިރަސް އެރީ ސްކޫލު ތެރެއިންކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި އެއްވެސް ސްކޫލެއްގައި ކޮވިޑް ކޭސްތައް ފެތުރިފައެއް ވެސް ނުވެ އެވެ.

ޕްރިންސިޕަލް އަލީ މުސްތަފާ ސޮއިކުރައްވައި ބެލެނިވެރިންނަށް ފޮނުއްވި ސިޓީގައި ބުނެފައިވާ ގޮތުގައި ސްކޫލުން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރާށެވެ. ނަމަވެސް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ސްކޫލުން އަޅާފައި ހުރި ނަމަވެސް މާލޭގައި ވައިރަސް ފެތުރެމުންދާ ގޮތުން އެ ރައްކާތެރިކަން ކަށަވަރުކުރަން އުނދަގޫ ކަމަށް ބުނެފައިވެ އެވެ.

ގްރޭޑް 9-1އާ ދެމެދު ދަރިވަރުންނަށް ހަމައެކަނި އޮންލައިންކޮށް ކިޔަވައިދޭން ބުރާސްފަތި ދުވަހުން ފެށި ނަމަވެސް އަންނަ މޭ/ޖޫންގައި އޮންނަ އޯ ލެވެލް އިމްތިހާނު ހަދާ ގްރޭޑު 10ގެ ދަރިވަރުންނަށް ކިޔަވައިދޭން އޮތީ ސްކޫލަށް ހާޒިރުކޮށްގެންނެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް ދުވަސްވަރު އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިޔަ އިރު އެކަން އެންމެ ރަނގަޅަށް ކުރި އެއް ސްކޫލަކީ ވެސް ޣިޔާސުއްދީނެވެ.

އެކަމަކު ކޮވިޑް ކޭސްތަކާ ގުޅިގެން އަލުން އޮންލައިންކޮށް ކިޔަވާ ގޮތަށް ސްކޫލުން އަމިއްލައަށް ހަމަޖެއްސުމުން އެޑިއުކޭޝަން މިނިސްޓްރީން އެންގީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ސްކޫލު ހުޅުވައިގެން ކިޔެވުން ކުރިއަށް ގެންދާށެވެ.

ޣިޔާސުއްދީނުން ބެލެނިވެރިންނަށް ފަހުން ފޮނުވި ސިޓީގައި ބުނީ ވަގުތީ ގޮތުން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ސީނިއަ މެނޭޖްމަންޓާއި އެގްޒެކެޓިވް މެނޭޖްމަންޓް އަދި ބެލެނިވެރިންގެ މަންދޫބުން ނިންމީ ވެސް ހާލަތު ބަދަލުވުމުން އަލުން ހުޅުވައިގެން ކިޔަވައިދޭން ފަށަން ކަމަށެވެ.

ޣިޔާސުއްދީން ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭނީ ކުރިން ވެސް އޮތް ޓައިމްޓޭބަލާ އެއްގޮތަށެވެ.

"މި ނިންމުމާ އެކު [ދަރިވަރުންގެ] ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކަން އެންމެ ރަނގަޅަށް ފިޔަވަޅު އަޅާނަމެވެ،" ސިޓީގައި ބުންޏެވެ.

13 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 15%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަހީރާ

01 February 2021

ޣގިޔާސުއްދީން ސްކޫލު ކިތަންމެހާވެސް ޓެކްނޮލޮޖީއަށް މޮޅު، އޮންލައިން ކްލާސް ހިިންގި އިރު އެއަށްވުރެ މޮޅަށް ތިކަން ކުރި ބަޔަކުވެސް ނެތް. ޢެކަމަކު ނެޓް ސްލޯވެގެން އެކުދިންވެސް ލައްކަ ހާލެއްގަ އުޅެޔޭ. ހަމަ ދިރާގާ އޫރިދޫއާ ހުރީ. ސްކޫލުގެ ބޮޑު ފީ ދައްކާފަ ކިހިނެއް އިންޓަނެޓަށް އެވަރަށް ޚަރަދުކުރާނީ. ޕްރައިވެޓް ސްކޫލަކަށްވިޔަސް މަހުޖަނުންގެ ދަރިން އެކަންްޏެއް ނޫން އެތަނަށް ދަނީ.

The name is already taken The name is available. Register?

ނަޖްވާ

01 February 2021

އެޑިޔުކޭޝަނުގަ ތިބޭ މީހުންގެ ކަންފަތަށް ހުންނަނީ ރީ އެޅިފަތަ އަޅެފަހެ؟ މި އޮތް ވަރަށް ކޮމިިޔުނިޓީ ސްޕްރެޑް އުޅޭ އިރު ކީއްކުރާކަށްހޭ ސްކޫލަށް ކުދިން ނެރެންވީކީ އެއް! ދެން ހަމަ ބުނެވޭނީ ސަރުކާރު ސްކޫލް ތަކަށް އޮންލައިން ކޮށް ރަނގަޅަށް ކްލާސްތައް ނުހިންގޭތީވެ، ޕްރައިވެޓް ސްުކޫލަތަކަށްވެސް އެ ގޮތަށް އަމަލު ކުރުމަށް އަންގަނީކަމަށް ބެލެވެނީ!

The name is already taken The name is available. Register?

ބެލެނިވެރިއެއް

01 February 2021

17 ކުދިން ޑައިރެކްޓް ކޮންޓެކްޓްވިއޭ ބުނީމަ ހިތަށް އަރަނީ އެ ހުރިހާ ކުދިންނާ ކޮންޓެކްޓްވީ ސްކޫލުން ބާއޭ! އަދި މާސްކް ނާޅާ ބާއޭ ތިބީ! މިކަން ސާފުކޮށްލަން ބޭނުން.

The name is already taken The name is available. Register?

ބެލެނިވެރިއެއް

31 January 2021

ޣިޔާސުއްދީން ސްކޫލްގެ މެނޭޖްމެންޓްގެ ނިންމުމަކީ އެންމެގިނަ ބެލެނިވެރިންވެސް ބޭނުންވިނިންމުމެއް. އޭގެ ހެއްކަކީ މިއަދު ކްލާސްރޫމްގަ ކުދިން ތިބި ޢަދަދު. މާދަމާ އެކުދިންވެސް ސްކޫލަށް ހިނގައިދާނެ ކަމާމެދު ޝައްކު. ހައިބްރިޑްކްލާސް އޮންލައިން ކްލާހަށް ވުރެ މާއުނދަގޫ. ޢެޑިކޭޝަންމިނިސްޓްރީގެ ނިންމުމަކީ ތަޢުލީމީސިޔާސަތާ ދިމާއިދިކޮޅު އަދި މިޙާލަތަށްބަލާއިރު ވަރަށްދެކޮޅުނުޖެހޭ ނިންމުމެއް. ބެލެނިވެރިއެއްގެޙައިސިއްޔަތުން އެޑިއުކޭޝަންގެނިންމުން ކުއްވެރިކުރަން.

The name is already taken The name is available. Register?

ބެލެނިވެރިއެއް.

01 February 2021

ސްކޫލުގަައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު އަޅުގަނޑުގެ ފުރިހަމަ ޔަގީނަކަން އެބައޮތް. ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭނަމަ އަޅުގަނޑު ފޮނުވާނީ ސްކޫލަށް. އަޅުގަނޑުގެ ދަރިފުޅު ބޭނުންވަނީވެސް އެ ގޮތް. ޢޮންލައިންކޮށް ކިޔަވަން އުނދަގޫކަމުގެ ޝަކުވާ އަޅުގަނޑުގެ ދަރިފުޅު އަބަދުވެސް ކުރޭ.

The name is already taken The name is available. Register?

ފުރެންޑު

31 January 2021

މީ ސަރުކާރު ސްކޫލްތަކުގެ ނާގާބިލުކަން ފޮރުވަން އެޑިޔުކޭޝަން މިނިސްޓްރީން ކުރާކަމެއް. ޕްރައިވެޓް ސްކޫލްތަކުގައި އޮންލައިން ކޮށްވަރަށް ފުރިހަމަކޮށް ސްކޫލު ހިންގޭނެ ގޮތްތަށް ހަދާފަ ހުންނަނީ. ސަރުކާރު ސްކޫލުް ތަކުގައި މީގެ ކެޕޭސިޓީ ނެތީމަ އެހެން ސްކޫލްތަށް ވެސް އެގޮތަށް ހިންގަން މަޖުބޫރު ކުރާކަށް ނުޖެހޭ.

The name is already taken The name is available. Register?

މީހެެއް

01 February 2021

ސަރުކާރު ސްކުލްގެ ނާގާބިލް ކަމެއްނޫން. ޕްރައިވެޓް ސްކޫލްތަކަށް ފޮނުވާ ދަރިވަރުންގެ މައިންބަފައިންނާއި ސަރުކާރު ސްކޫތަކަށް ފޮނުވާ ދަރިވަރުންގެ މައިންބަފައިންގެ ފަރަގު އެ ފެންނަނީ. ގަބޫލް ކުރަންޖެހޭން އެންމެންނަކީ ކުދިންނަށް ލެޕްޓޮޕާއި އަންލިމިޓަޑް އިންޓަނެޓް ފޯރުކޮށްދެވޭނެ ބައެއްް ނޫންކަން.

The name is already taken The name is available. Register?

ބެލެނިވެރިޔާ

31 January 2021

ކީއްވެތޯ ޕޮޒިޓިވްވި ކުއްޖާއާ އެއް ކްލާހުގެ ބެލެނިވެރިންނަށް އަދިވެސް އެއްޗެއް ނާންގަނީ؟

The name is already taken The name is available. Register?

ފިނރުޓޭ

31 January 2021

ބަލަގަ އަމިއްލަ މަދަރުސާތަކާ ސަރުކާރު މަދަރުސާތަކާ ތަފާތު ވަނީ ކަމެއް ވެގެން! ސަރުކާރުގެ ތިބޭ ޓީޗަރުންގެ ނުހުރޭ ގޭގަ އެއް އެ ވަރުގެ ނެޓް ފެސިލިޓީ އެއް އޮންލައިން ކޮށް ކިޔަވާދެވޭވަރުގެ! އެހެންވީމަ، ސަރުކާރު ސުކޫލު ޓީޗަރުން ބޭނުންވަނީ ކުދިން ސުކޫލަށް ގެންދަން! ގިޔާސުއްދީނުގަ ވަނީ އޮންލައިން ކޮށް ސިލަބަސް ކަވަރު ކޮށް ކިޔަވާދީ ނިންމާފަ! މީ އިތުރު ސެމެސްޓަރެއް! ކިހިނެއްވެގެންތަ އެޑިޔުކޭސަނުން އެ އުޅެނީކީއެއް!

The name is already taken The name is available. Register?

އަންމާނު

31 January 2021

ދެން ތިހެން ކިޔާ. ބެލެނިވެރިންކޮޅެއްގެ ޕްރެޝާއަށް ލެނބުނީ.މެނޭޖުމަންތުގެ މިކަމާ ކުރިމަތިލާން ހިތްވަރެއްނެތީ!

The name is already taken The name is available. Register?

ހުސޭނުބެ2323232

31 January 2021

ނަންވާނީ މައުމޫނުގެ ވެރިކަން. އަނެއްކާ ރާއްޖެމިއޮތީ ހަމަ އެކަހަލަ ގޮށްމުށު ސިސްޓަމަކަށް ފައްކާކޮށްފައި. ހުރިހާ ބާރެއް މިނިސްޓްރީތަކާއި ރައީސް އޮފީހަށް ޖަމާކޮށްގެން މިއުޅެނީ. ގާނޫނު އަސާސީން ކިތަންމެ ބޮޑު މިނިވަންކަމެއް 2008ގައި ހޯދައިދިނަކަސް، އޭގެ ފަހުން އައި ސަރުކާރުތަކުން މިވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަމިއްލަ ފަރުދުންގެ މިނިވަންކަން ހަލާކުކޮށްފައި. އަމިއްލަ ކްރިއޭޓިވިޓީއަށް ޖާގައެއް ނެތް. ވެރީން ބުން ގޮތަކަށް ހަދައިގެން ތިބެން ޖެހެނީ

The name is already taken The name is available. Register?

ޛިމް

31 January 2021

ބަލަ ތި ސްކޫލް ކުދިން ނޫނީ ޓީޗަރުން އެކަނިތޯ ޕޮޒިޓިވް ވަނީ؟

The name is already taken The name is available. Register?

ފާތިގާ

31 January 2021

ނޫން، އެކަމަކު ސަރުކާރު ސްކޫލް ތަކަށްވުރެ ދަރިވަރުންނާ ޓީޗަރުންގެ ރައްކާތެރިކަމަށް ވިސްނާ ބައެއްކަމަށް ފާހަގަކުރެވޭ. ކޮވިޑްބަންދުތެރޭގައި ހުރިހާ ގްރޭޑެއްގެ ކުލާސްތަކަށް ވަރަށް ހިއްވަރާއެކު ކިޔަވާދިން. ދެ ޓާރމް އެއްކޮށް ނިންމާފަ ރިޕޯޓުވެސްދިން. މުބާރާތްތައްވެސް ބޭއްވި. ހުރިހާ ކަމެއްވެސް އޮންލައިންކޮށް އޭރު ކުރިއިރު ތިޔަބުނާ އެޑިއުކޭޝަން މިނިސްޓަރ ކޮބާބާ؟ އޭރު ކީއްވެބާ މައްސަލަ ނުޖެއްސީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454