ރައީސް މަބްރޫކްއާ ބައްދަލުކުރައްވަނީ: މާދަމާ ރައީސް ދެއްވާނީ އުއްމީދީ ރިޔާސީ ބަޔާނެއް ކަމަށް ވިދާޅުވި --ފޮޓޯ/ރައީސް އޮފީސް
03 ފެބުރުއަރީ 2021 - 16:31
ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ދެއްވާ ރިޔާސީ ބަޔާނުގައި އިސްކަން ދެއްވާނީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ ގައުމު ކުރިއަށް ގެންދަވާނެ ތަރުތީބަށް ކަމަށް ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
މަބްރޫކް ވިދާޅުވީ ރައީސް ދެއްވާނީ ރައްޔިތުންނަށް އުއްމީދީ ބަޔާނެއް ކަމަށެވެ. ރައްޔިތުންނާއި ގައުމުގެ ހާލަތު ރަނގަޅުކުރަން ސަރުކާރުގެ އިގްތިސާދީ ވިސްނުމާއި މިސްރާބު ސާފުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާ އިން 2019ގެ ޑިސެމްބަރުގައި ފެނުނު ކޮވިޑް-19 ރާއްޖޭގައި މިދިޔަ މާޗް މަހުގެ ތެރޭގައި ފެތުރެން ފެށީ އެ އަހަރުގެ ރިޔާސީ ބަޔާނަށް ފަހު އެވެ. އެ ބަޔާނުގައި މިދިޔަ އަހަރަށް ގައުމު ކުރިއަށް ގެންދާނެ މިސްރާބު ރައްޔިތުންނަށް ވިދާޅުވެދެއްވި ނަމަވެސް، އިސްކަން ދޭން ޖެހުނީ ކޮވިޑުން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"ދުނިޔޭގެ އެއްވެސް ގައުމަކުން ލަފާކޮށްގެން ތިބި ގޮތަކަށް ނޫން އިކޮނޮމީ މިދިޔަ އަހަރު ދިޔައީ. އެހެންވީމަ މި އަހަރު ހުންނާނެ އަލުން ކަންކަން ތަރުތީބުކުރަން. ކަންކަން ދޫކޮށްލުމަށް ވުރެން މިހާރު އަލުން ކުރަން ޖެހޭ ކަންތައް ބަދަލުވެއްޖެ. ދަސްވި ފިލާވަޅުތަކެއް އެބަހުރި،" މަބްރޫކް ވިދާޅުވި އެވެ.
ނެޝަނަލް ރިކަވަރީ އެންޑް ރިޒިލިއަންޓް ޕްލޭނެއް އެކުލަވާލާފައި އޮންނަކަން ފާހަގަކުރައްވައި ވިދާޅުވީ އެ ޕްލޭނާ އެއްގޮތަށް މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިގްތިސާދު ކުރިއަރުވާނެ މަގުޗާޓު ވެސް އެނގޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ މި ހާލަތުގައި، ޖަޒީރާވަންތަ ތަރައްގީގެ މުހިއްމުކަން ސިއްހީ ދާއިރާއަށް އެކަނި ބަލައިލިއަސް ފެންނާނެ އެވެ. މި އަހަރު ވެސް ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެ ދާއިރާ ވެސް ކުރިއެރުވުން ކަން ފާހަގަކުރެއްވި އެވެ.
"އަލުން ތަރުތީބުކޮށް އަލުން މި ބިނާކުރާ އިގްތިސާދަކީ މި ކަހަލަ [ކޮވިޑް-19 ފަދަ ކަމުން] އަރައިގަތުމަށް ވިސްނައިގެން، މި ކަހަލަ ކަމެއް ދެން ދިމާވެއްޖިއްޔާ މިވަރުގެ އިމްޕެކްޓެއް ނުކުރާނެ ގޮތަކަށް ބިނާކުރާ އިގްތިސާދަކަށް ވުން،" އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް ކުރި މަސައްކަތުން ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރިކަމާ އެކު އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލި އެއް ގައުމު ކަމަށާއި ދެ ވަނަ ރާޅުން ލޮކްޑައުންއަކާ ނުލައި އަރައިގަނެ ތިން ވަނަ ރާޅުގައި ތިއްބަސް މިކަމުން އަރައިގަނެވޭނެ ވަރަށް ތަޖުރިބާއިން ކަންކަން ތަރުތީބުކުރެވިފައިވާ ކަމަށެވެ. ކޮރަޕްޝަނާއި ހުދުމުހުތާރުކަން ގައުމުތަކުގައި ގޯސްވެގެން ދިޔައަސް ރާއްޖޭގައި އެކަމުން އަރައިގަތުމަށް ފިޔަވަޅު އަޅައި ކާމިޔާބު ލިބެމުން އަންނަ ކަމަށް މަބްރޫކް ފާހަގަކުރެއްވި އެވެ.
ރައީސްގެ ބަޔާނުގައި، ގައުމުގެ ހާލަތު އޮތް ގޮތް ރައްޔިތުންނަށް ވިދާޅުވާނީ އަދަދުތަކުން ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
03 February 2021
ތަރުތީބް ނަމްބަރު 1-ރޯޔަލް މީހަކު ކަމެއްކުރުމުން ކީރިތި ކުރައްވާފަ ނިންމާލުން 2- ކޮތަރު ކޮށީގަ ހުރި ފުލެޓްތައް ކުޑައަގުގާ ދޫކުރަން ނުކެރުން އެއީ މާލޭގަ ބޮޑުއަގުގާ ތަންތަން ކުޔަދީފަ ތިބި ގާތް މީހުން ކޯފާ އިސްކުރައްވާފާނެތީ 3- އޮޅިގެން އޮޅިގެން ކަންތައްކުރުން،،
ޙަބީބު
03 February 2021
މަށައްވަރިހަމަ 3 އަހަރު މިދިޔައީ ބަރުބާދުވެގެން ހދ އަތޮޅުގަ ރި ސޯޓުގަނޑެއް ނުހުޅުވުންތާ ބީލަމައްވެ ސް ނުލެވުނު ވަރައް ނިކަމެތި އަހަރުތަކެއް މިދިޔައީ ދުވަހަކުވެ ސް މިހާދަތި ނިކަމެތި ކަމެއްނުޖެހޭ ދެންދުވަހަކުވެ. ސް އެމްޑީޕީޔަކައް ވޯޓެއްނުދޭނަން
ގައްޓޭ
03 February 2021
ތީގަ އޮންނާނީ މިގައުމުގަ ވަގަށްއުޅޭ ބިދޭސީންގެ ހައްގުތައް ހިމާޔަތްކޮށްދީ ވަޒީފާދީ ހިލޭވެކްސިންޖަހާދޭވާހަކަ ދިވެހިން ތި އަޑުއަހާނެކަމެއްނެތް
ޖަމަލު
03 February 2021
ގައުމު ކުރިޔަށް ގެންދަން މަސައްކަތެއް ނުކުރާ ބޭކާރު ސިޔާސީ މަގާމުތަކުގަ ތިބި މީހުން މަދު ކުރާނަންތޯ؟ ޓެކްނިކަލް މީހުންގެ އަގު ވަޒަން ކުރާނަންތޯ؟ މަތި ބަރުކަން ލުއި ކުރާނަންތޯ؟ މަޖުލިސް މެންބަރުންގެ ގައުމާ ނުބައްދަލު މުސާރަ ތިރިކުރަން ވަކާލާތުކުރާނަންތޯ؟ ޑޮލަރު ހިފައްޓަން ލީގަލްޓެންޑަ ގެ ގާނޫން ތަންފީޒު ކުރާނަންތޯ؟ ކަންމަތީ ޖަމިއްޔާތަކަށް އެއްވެސް އުސޫލެއް ނެތި ދީފައިވާ ފުޓްސެލް ދަނޑުތަ އަތުލާނަންތޯ؟ މިނޫނީ ޒުވާނުން ތިބިކަމަށް ގަބޫލު ކުރާނަންތޯ
ނެތީމޭ
03 February 2021
ތަމެންގެ ވެރިކަމުގައި ތަމެންނަށް ދެވޭނެ އުއްމީދީ ބަޔާނެއް އޮންނާނެ ކަމަށް މަމެން ނުދެކެމޭ ބުނަން މަމެން ނެތީމޭ...