އެނގިފައިވާ ގޮތުގައި، އޭނާ ދުބާއީ އަށް ދިޔައީ އަމިއްލަ ދަތުރެއްގައި. ދުބާއީގައި މިދިއަ ހަފުތާގައި ވެސް ވަނީ ދިވެއްސަކު މަރުވެފައި.
ދުބާއީގައި މަރުވި އަބްދުﷲ އިޔާދު
07 ފެބުރުއަރީ 2021 - 09:59
ކޮވިޑް-19 ޖެހިގެން ދުބާއީގައި ދިވެއްސަކު މަރުވެއްޖެ އެވެ.
އެ ބަލީގައި މަރުވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) ގެ ސީނިއާ ޓެކްނިކަލް އޮފިސަރު އަބްދުﷲ އިޔާދު އަހުމަދު 38، އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ދުބާއީ އަށް ދިޔައީ އަމިއްލަ ދަތުރެއްގަ އެވެ.
އެޗުޑީސީގެ މުނިސިޕަލް ސާވިސަސްގައި މިހާރު މަސައްކަތްކުރާ އިޔާދު އެ ކުންފުންޏާ ގުޅުނީ މާޗު 19، 2017 ގަ އެވެ.
ދުބާއީގައި މިދިއަ ހަފުތާގައި ވެސް ވަނީ ދިވެއްސަކު މަރުވެފަ އެވެ. އިބްރާހިމް ހާމިދު، 52، މަރުވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެކަމަކު މަރުވި އިރު ކޮވިޑަށް ވެސް ޕޮޒިޓިވް ކަމަށް، މައުލޫމާތު ހުރި، ފަރާތްތަކުން ބުނެ އެވެ.
ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިހާރު ދުބާއީއަށް ދެ އެވެ. ހާއްސަކޮށް ބޮޑެތި ފަރުވާ ބޭނުންވާ ބަލިތަކަށް ފަަރުވާ ހޯދާށާއި ވިޔަފާރީގެ ދަތުރުތަކުގަ އެވެ. އެކަމަކު ދުބާއީގައި ވެސް މި ދުވަސްވަރު ކޮވިޑް ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
08 February 2021
ވަރަށް ހިތާމަވެރި ޚަބަރެއް. اللهم اغفر له وارحمه وادخله في الجنة آمين ޝަހީދެއްގެ ދަރަޖަ މަރްޙޫމަށް ދެއްވުން އެދި ދުޢާކުރަން.
މިސްރުބޯކިބާ
07 February 2021
ކޮވިޑްގެ ސީރިޔަސްކަން ވިސްނާ.! އަޅާނުލާ ފަރުވާ ކުޑަނުކުރޭ. ގައިދުރުކުރުމާއި އެކު ގިނައިން އަތްދޮވެ އުޅޭ. އަދިއިންކެކްޝަން ލިބުމުމާއި އެކު ވެކްސިން ޖަހައިގެން ދިރިއުޅެން އާދޭ. މަރުހޫމާގެ ފުރާނަޔަށް ހޮޔޮ ރަހްމަތް ލައްވާދޭވެ.إنا لله وإنا إليه راجعون
އެލެން މުސްކު
07 February 2021
އަމިއްލަ ގައުމުން ބޭރުގައި ރާއްޖޭން މިލިބޭ ފަރުވާއެއް ނުލިބޭނެ ފަސޭހަކޮށެއް ކޮވިޑް ޖެހިފައި ތިބޭ މިހުންނަކަށް ، މަރުވި މީހަޔަށް ފާފަ ފުއްސަވާ ސުވަރުގެ ދެއްވާށި ، އާމީން
އ.އ.ބ.މ.ސ
07 February 2021
إنا لله وإنا إليه راجعون އާއިލާއަށް ކެއްތެރިކަން ދެއްވާ މަރުހޫމް ފުރާނަ އަށް ހެޔޮ ރަހުމަތް ލައްވާށި
އެކުވެރިއެއް
07 February 2021
إنا لله وإنا إليه راجعون ވަރަށް އަޚުލާގު ރަނގަޅު ހިތްހެޔޮ ހިތްތިރި ކުއްޖެއް. އެހާމެ ރަނގަޅު ރަހުމަތްތެރިއެއް. އިޔާދަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
ފާރަގެމަ
07 February 2021
إنا لله وإنا إليه راجعون އާއިލާއަށް ކެއްތެރިކަން ދެއްވާ މަރުހޫމް ފުރާނަ އަށް ހެޔޮ ރަހުމަތް ލައްވާނ ދޭވެ.އިޔާ ދު އަކީ މީހުންނާގުޅޭ ވަރައް ހިތްހެޔޮ އަބަ ދުވެސް ހިނިތުންވެ މީހުނާ ވާހަކަ ދައްކާ ކުއްޖެއް