ޖަމާއަތުގައި ނަމާދު ކުރަނީ: ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރަން ވަނީ އެދިފައި
07 ފެބުރުއަރީ 2021 - 18:52
މިސްކިތަށް ނަމާދަށް ދާއިރު، ކޮވިޑުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ގޮތުން، އަމިއްލަ އަށް މުސައްލަ ގެންދިއުމާއި ނަމާދަށް ފަހުު މިސްކިތުގައި މަޑުނުކުރަން އިސްލާމިކް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މިސްކިތަށް ދާއިރު މާސްކު އެޅުމާއި ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމުގެ އިތުރުން އަމިއްލަ އަށް މުސައްލަ ގެންދިއުމާއި އެހެން މީހެއްގެ މުސައްލަ މަތީގައި ނަމާދު ނުކުރުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ނަމާދަށް ފަހު މިސްކިތުގައި މަޑު ނުކުރުމަށާއި މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި އެންމެ ކުރީ ސަފުން ފެށިގެން ފުރަމުން ގެންދިއުމަށް އެދޭ ކަމަށެވެ.
ފުއްޕާމޭގެ ބަލިތަކާއި ރޯގާ ޖެހިފައިވާ މީހުންނާއި ކެއްސާ މީހުން އަދި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދާން އެ އިއުލާނުގައި އިލްތިމާސް ކޮށްފައިވެ އެވެ. މިސްކިތުގައި އަތާ އަތް ޖޯޑުކޮށް ސަލާމް ނުކުރުމަށާއި މިސްކިތުގައި ހުންނަ ޚަތިމުތައް ބޭނުން ނުކުރަން ވެސް އެދިފައިވެ އެވެ.
އެ އިއުލާނުގައި ވަނީ މި ދުވަސްވަރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ނަމާދުތައް ބަރާބަރަށް އަދާ ކުރުމުގެ އިތުރުން ގުރުއާން ކިޔަވައި، މާތްﷲ އަށް ވަކީލުކޮށް، ގިނައިން ދުއާ ކުރުން މަތީގައި ދެމިތިބުމަށް އެދޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނ
08 February 2021
އިސްލާމިކު މިނިސްޓަރ ބުނީ. ބުނީ ގިނައިރު މަޑުނުކުރާށޭ. އެއީ ނަސޭހަތެއް. ދީނުގަ ތިމާ ބަލިތަކުން ރައްކާތެެރިވުމަށާއި، އެހެންމީހުން،ގެރައްކާތެރިކަމށް ބަލަން އަނގަވާފަވެސް އޮންނާތީ. ވައިރަސް ނުބަލާ، ނަސްލަކަށް، ދީނަކަށް، ހައިބަތަކަށް.
ހައްޤު ބަސް
08 February 2021
ރަމަޟާން މަހަށް ކޮއްމެ ގޮތެއް ހަދާފަވިޔަސް މިސްކިތްތައް ބަންދު ކުރަން ސަރުކާރުން ދަމާ ހާސަރުގަނޑެއް! ކޮވިޑް ބަލީގެ އެއްމެ މީހަކުވެސް ނެތް ކިތައް ރަށުގެ މިސްކިތް ރަމަޟާން މަހަށް މިދިޔަ އަހަރުވެސް ބަންދު ކުރީ! މިއަދުވެސް ކެފޭތައް ފުރިފަ! މާސްކްވެސް އަޅާކަށް ނުޖެހޭ! ކޮވިޑް ފްރީ! ހަތިމުގަ އަތްލީމަ ކޮވިޑް ޖެހޭނީ! މިސްކިތުގަ ޒިކުރު ކުރަން އިނީމަ ކޮވިޑް ޖެހޭނީ! ކެފޭ ތަކުގަ ސީޝާ ނޮޅި އެއްމެން އަގަޔަށް ކޮއްޕިޔަސް ކޮވިޑެއް ނުޖެހޭނެ! މީ މި ޤައުމުގެ ހާލަތު!
ދިވެހި
08 February 2021
މިއަހަރު ރޯދަ މަހު މިސްކިތައް އަރާލެވޭނެބާ... މަޖާކުރާ ޖަގަހަތަކުގައި ތިބުން އޯކޭ.. މިސްކިތުގައި ތިބުން ކަމަކު ނުދޭ.. މިސްކިތްތަކަކީ މާތް ﷲގެ ގެގޮޅު. ޢެތަނުގައި ކިތަންމެ އިރަކު އިޙްލާސްތެރި ހިތަކާއިއެކު އިނދެއްޖެއްޔާ ބަލި ނުޖެހޭނެ...
މަމެންގެ
07 February 2021
މިސްކިތުގަ މަޑުނުކޮތް ދެންކޮންތާކު މަޑުކުރަންވީ ހުރިހާޝިފާއެއް ލިބެނީމިސްކިތުން ހުރިހާހެޔޮކަމެއް ލިބެނީ މިސްކިތުން ކަލޭމެން މިސްކިތުގަ މަޑުނުކޮތް ކިތައްމެވަރަކައް ވެކުސިން ޖެހިޔަސް ކުރާނެފާދާއެއް ނެއި
ހަވޮއްޑާ
08 February 2021
ބަލަ ސަބަބުގަ ހިފަން އޮވޭ.. އެހެންވެ ވެކްސިންޖެހުމާއި އަދި ދެން ކުރަންޖެހޭކަންކަން ކުރަންޖެެނީ
މިވެސްމަގޭ
07 February 2021
ހާދަހެއްވައޭ! ކެފޭތަކުގަ މާސްކު އެޅުން އިސްތިސްނާވެ އެތާގިނައިރު ވިޔަސް އޯކޭ! ހުރިހާ ހޮޓާ ތަކާ ކެފޭތަކާ ބަންދު ކުރަންވީ !ގޭގަހުރިއެއްޗެއް ކާންވީ!
ކުލީ ކޮޓަރި މީހާ
08 February 2021
ޓޭކްއަވޭގެ ޚިދުމަތް މުހިއްމު. އެންމެންނަކީ ގޭގޭގައި ދިރިއުޅޭ ބައެއް ނޫން. ހަމައަކަނި އެއް ކޮޓަރީގެ ކުލީ ކޮޓަރިއެއްގައި އުޅޭ މީހުން ވެސް އެބަތިބި. އެހެންކަމުން ބަދިގޭގެ ޚިދުމަތް ނުލިބި، ކެއުމުގެ ކަންކަމަށް ބަރޯސާ ވާންޖެހެނީ ހަމައެކަނި ހޮޓަލަށްކަމަށް ވުން އެކަށީގެންވޭ.
2 ވަނަ މީހާ
09 February 2021
އަސްލުގަވެސް. ބައެއްމީހުން ތަންތަން ބަންދުކުރަންގޮވާލާއިރު ނުވިސްނާ އަނެއްބަޔަކު ބަރޯސާވަނީ ހޮޓާ ތަކައްކަން.. އޯކޭ ބަންދު ކުރަންޏާ ބަންދުކުރިޔަސް ޓޭކްއަވޭ ހެދެންޏާ ރަންގަޅު
އައްޔަ ބޮޭޑޭ
07 February 2021
މިހާރު ތިދާވަރުން ހީވަނީ މިސްކިތަކީ ބަލީގެ ކޮށާރައަކައްވެއްޖެހެން!ވީހާއަވަހަކައް އެތަނުން ދާންބާރު އަޅަނީ!
ޑަބިޔާ
07 February 2021
ކިހާބޮޑު ކަމަކަށް ވެއްޖެ މިސްކިތުގަތިބީމަތަ މިބަލިފެތުރެނީ. ކޮފީ ތަކުގަ ބޭރުތެރޭގަ އޯކެ ޖެހިޖެހިގެން ތިއްބަސް. މިސްކިތައް މިއަރަނީ ވުލޫކޮއްގެން ސާފުވެގެން މާސްކު އަޅާގެން ނަމާދުކުރަނީ ދެން ކޮންކަމަކާ ބިރުގަންނަންވީ. އެހެން ތަންތަން ރަނގަޅު ކުރަން އުޅެބަލަ