ޚަބަރު / އަބްދުއްރަހީމް އަބްދުﷲ (ސްޕެޝަލް އެޑްވައިޒަރު)

މުޒާހަރާކުރި މައްސަލާގައި އަބްދުއްރަހީމްގެ މައްޗަށް ތިން ތުހުމަތެއް، ދަތުރުފަތުރަށް ހުރަސް އެޅުން ހިމެނޭ

އަދުރޭ ހައްޔަރު ކޮށްގެން ގެންދަނީ: އޭނާގެ ތިން ތުހުމަތެއް ފުލުހުން ކުރޭ

އިދިކޮޅު ކޯލިޝަނުން ދާދި ފަހުން މާލޭގެ ދަރުބާރުގެ ކައިރީގައި ކުރި މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ތިން ތުހުމަތެއް ފުލުހުން ކޮށްފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން އަބްދުއްރަހީމް ހައްޔަރުކޮށް، ކޯޓަށް ގެންދިޔަޔަސް ކޯޓުން ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލައިފަ އެވެ. އެ މައްސަލައިގައި އަބްދުއްރަހީމްގެ ބަޔާން ނަގަން މިއަދު ފުލުހަށް ހާޒިރުކުރި އެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތާއި ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަށް ވަނުމުގެ ތުހުމަތުގެ އިތުރުން އާންމު ދަތުރުފަތުރަށް ހުރަސް އެޅޭ ގޮތަށް މަގުމަތީގައި އިށީނދެ ތިބެގެން މުޒާހަރާ ކުރުމުގެ ތުހުމަތު ކަމަށެވެ. އެކަމަކު، އެއީ ހަގީގަތާ ޚިލާފު ތުހުމަތުތަކެއް ކަމަށާއި ދަރުބާރުގެ ކައިރީގައި މުޒާހަރާ ނުކުރެވޭނެ ކަމަށް އޭރު ފުލުހުން ބުނެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ނެގުމުގެ ކުރިން [ހައްޔަރު ކުރުން] ގާނޫނީ އިންޒާރެއް ނުދޭ. އެ ދުވަހު އެ ތަނަށް އެއްވެ ތިބި ތިބުމުގައި އެ ތަނުން ދުރަށް ދާކަށް ފުލުހުން އެއްވެސް ވަސީލަތެއް ބޭނުން ކޮށްގެން ގޮވައެއް ނުލާ. ހަމަ ކުއްލިއަކަށް ނަގައިގެން ގެންދިޔައީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތުހުމަތުތައް ކުރީ މި ސަރުކާރު ފެއިލް ވެފައި ވާތީ ކަމަށާއި ކޮވިޑް-19 ގެ ހާލަތު ނެތް ނަމަ، މި ސަރުކާރު މިހާރު އިސްތިއުފާ ދީފައިވާނެ ކަމަށެވެ. އިދިކޮޅުން މަގުތަކަށް ނުކުންނަނީ އިންސާފު ހޯދައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ކަމަށާއި ސަރުކާރުން ބިރު ގަންނަނީ އެކަމާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

15 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 6%
icon angry icon angry 50%
icon wow icon wow 6%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯގޯސްއަދުރޭ

08 February 2021

ހުކުމް ކޮށްފަ ޖަލުގަ ބަންދުކޮށްފަ ބައިތިއްބަބަލަ ތިމީސްމީހުން

The name is already taken The name is available. Register?

ހށނ

08 February 2021

އަދުރޭގެ ސިޔާސީ މުސްތަގުބަލައް ފާގަތިކަން އެދެން. ޔާމީނު ބާއްވާފަ ރައްޔަތުންނަށް ފައިދާހުރި ކަންކަމަށް ސަރުކާރު ޒިންމާދާރުކުރުވޭތޯ ބަލާ.

The name is already taken The name is available. Register?

ޖާބިރު

08 February 2021

ނުހައްގުން ހޯދި މުއްސަދިކަމުގެ މައްސަލަތައް އިތް ގޮތަށް އޮއްވާ ކޮންހާ ކޫސަނި މައްސަލަތަކެއްތަ ނެރެގެން މިހާވަނީ .. އަދުރޭ މިހާރު ހުންނަން ޖެހޭނީ ގޮޅީގަ. އެގޮތަށް މަގުމައްޗަށް ދޫކޮާށްލާ ވަރުގެ މީހެއްނޫން އެއީ. ރައްޔިތުންގެ ފައިސާގަ ފުދޭވަރަކަށް ޖެހެވިފަ ހުރި ބޭފުޅެއް އެއީ!

The name is already taken The name is available. Register?

ގގހގގހ

08 February 2021

ބަލަ ކަލޭމެން ނޫންތަ ނިންމީ ކާނިވާ ސަރަހައްދު ގައި ކަމަހ ހަމައެކަނި އެއްވެވޭނީ އަދުރޭ

The name is already taken The name is available. Register?

ޝަފީރު

08 February 2021

މަހީހީ ހަލާކު. ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން. ފުލުހުންނަކީ މަގުމަތި ބަލަހައްޓާބައެއް ކަމުގައިވާނަމަ އެމީހުންގެ ވާޖިބަކީ އެކަންކަން ކުރުން. ޢެކަމުން އެހެން މީހަކު ކުއްވެރި ކުރުމެއްނޯވޭ. މަގުމައްޗަކީ އެންމެންގެ ތަނެއް. ޢެތަނަށް ްްްްްްްްްްްްްްްްްްްްްްް އެންމެންވެސް ނުކުންނާނެ. ފުލުހުން ކުރަންޖެހޭނެ ކަމަކީ އަމާންކުރުން. ކުއްވެރި ކުރުމެއްނޫން. ބެލެއްޓުމަކީ އެއީ.

The name is already taken The name is available. Register?

މިރުސާ

08 February 2021

މިހާރު ޔާމިނު މިނިވަންކޮށްފައި މުޒާހިރާތަށް ހުއްޓާލީ ފަނަރަހާސް މީހުނަށް މެސެޖްކޮށްގެން ނުކުންނަނީ ފަންސާސް މީހުން. ޢަދުރޭ ކަލޭ.........؟!

The name is already taken The name is available. Register?

ކަލޯ 22

08 February 2021

އަދުރޭ ތިބުނާ ރައްޔިތުންނަކީ 3% މީހުންތަ ބަކީ 97% މީހުން އަދުރޭ ކަންކުރިގޮތުން ތިބީ ރުޅިއައިސް. ( % ލިޔެފައި އެވަނީ ލަފާކުރުމެއްގެ މައްޗަށް)

The name is already taken The name is available. Register?

ސަންޕަ 3253

08 February 2021

ޕޮލިހުން އަތުލައިގަތީމާ ހާދަބަސްއަހައިގެންނޭ އަދުރޭ އެހެރަދަނީ. އެހެންވީމާ ހަމަ ހެވެނީ.

The name is already taken The name is available. Register?

އާރީ

07 February 2021

މިވެސް ސިޔާސީ ބާޒެކޯ.

The name is already taken The name is available. Register?

ދިއްދޫމީހާ

07 February 2021

މާތްކަލާކޯ އަހަރެމެންގެ އުސްތާޛަށް މިކުރަނީ ކޮންކަހަލަ ތުހުމަތެއްބާ؟؟ އުސްތާޛް ވިދާޅުވި ހައްޔަރުކުރީ ކަކުލުގާ ރިއްސާތީ މަގުމަތީ އިށީންދެގެން އިންދައޭ، ފުރަތަމަ އުސްތާޛް ގެންދަންވީ ރަތްމަންދޫ ދަލޭކަދައިތަ ކާރިޔަ ކަކުލު ހުޅަށް ދިވެހި ބޭސް ކުރަން،،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454