ލޯކަލް މާރުކޭޓުގައި ބަޔަކު މާސްކު ރަނގަޅަށް ނާޅާ: އެޗްޕީއޭގެ އެންގުންތަކާ ހިލާފުކުރާ ނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު ފުލުހުންނަށް ލިބިފައިވޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 ފެބުރުއަރީ 2021 - 14:45
ކޮވިޑް-19 ކޮންޓްރޯލްކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށް މާސްކު ނާޅައި ބޭރުގައި އުޅުމުން މިދިޔަ އަށް ދުވަސް ތެރޭ ދޮޅު މިލިއަން ރުފިޔާ ޖޫރިމަނާކޮށްފި އެވެ.
ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މި މަހުގެ އަށް ވަނަ ދުވަހާ ހަމައަށް 1،551 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ. އެޗްޕީއޭގެ އުސޫލާ ހިލާފަށް އަމަލުކުރާ މީހުން 1،000 ރުފިޔާ އިން ޖޫރިމަނާކުރުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ. އެހެންވެ، މާސްކު ނާޅައި އުޅެގެން އެކަނިވެސް 1،551،000ރ. ގެ ޖޫރިމަނާކޮށްފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މާސްކު ނާޅައިގެން އެންމެ މަދުން މީހުން ޖޫރިމަނާކުރި 31 ވަނަ ދުވަހު އެކަނިވެސް 81 މީހަކު ޖޫރިމަނާކުރި އެވެ. މާސްކު ނާޅައިގެން އެންމެ ގިނަ މީހުން ޖޫރިމަނާކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެއީ 284 މީހުން އެވެ.
Between 31st Jan & 07th Feb 2021, a total of 1551 individuals were fined for failing to wear mask, 988 individuals & 271 vehicles were fined for violating curfew hours. Please adhere to #Covid19 safety guidelines and ensure your safety and that of others#WearFaceMask pic.twitter.com/bQh3G6OC3p
— Maldives Police (@PoliceMv) February 9, 2021
ފުލުހުންގެ ބައެއް ތަފާސް ހިސާބު އާންމުކުރަން އެ އިދާރާ އިން ކުރި ޓްވީޓެއް
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެ އިދާރާގެ އެންގުންތަކާ ހިލާފަށް އަމަލުކުރާ މީހުންނަށް އިތުރަށް ނަސޭހަތް ދިނުމަކާނުލައި ފުލުހުން މިހާރު އަންނަނީ ވަގުތުން ޖޫރިމަނާ ކުރަމުންނެވެ.
މާލެ ސަރަހައްދުގައި މިހާރު ރޭގަނޑު 11:00 އިން ފަތިހު 4:00 އާ ދޭތެރޭ މަގުމައްޗަށް ނުކުމެ އުޅުން މަނަ އެވެ. އަދި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު މަގުމަތީގައި އުޅަނދު ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކާފިއު އަލުން އިއުލާނުކުރި ފަހުން އެ އެންގުންތަކާ ހިލާފަށް އަމަލުކުރި 1،259 މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ. އެއީ ކާފިއު ވަގުތުގައި ބޭރުގައި އުޅުނު 988 މީހަކާއި މަނާ ވަގުތުގައި އުޅަނދު ދުއްވި 271 މީހުންނެވެ.
އެހެންވެ، އެ މުއްދަތުގައި ޖުމްލަ 2،810،000ރ. ގެ ޖޫރިމަނާ ވަނީ ކޮށްފަ އެވެ.
ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަން އެޗްޕީއޭ އިން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. އަދި ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓްރީ ވާން ވެސް އަންނަނީ އެދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދު ށަވިޔަނި
10 February 2021
އެހެންވެގެން ދޯ ހުރިހާ ރަށަކަށް މަޖުބޫރުކޮށްލީ، ދެންތާ އަދި ލާރިހަދާ ލެވޭނި. އިންކަމް ސަޕޯޓް އަށް ދިންވަރު ވާނެ ފެލާލާފަ މެންބަރުން ޖީބަށް އަޅާލަން. ދިވެހިން ނަކީ މަކަރުވެރި ބަޔެކޭ އިހުގެ ލިޔުންތެރިން ލިޔެފަހުރީ ކަމެއްވެގެން ތާ!
އަޖައިބޭ
09 February 2021
ބުއްދިޤަބޫލުކުރާގޮތުން މާސްކުއެޅުވުމަކީ ހިންގައިގެންއުޅޭ ވަރަށްބޮޑު ޖަރީމާއެކެވެ. މާސްކުއަޅައިގެން ގައިދުރުކޮށްއުޅެންޖެހެނީ އެކަނިތިބޭއިރުއެވެ. މިހިން ނުބުނެވޭކަށްނެތެވެ. ހޮޓާހޮޓަލުގައިހުއްދަ. މަގުމަތީގައި ކައިބޮއިހަދާނަމަ ހުއްދަ. ކަސްރަތުކުރާނަމަ ހުއްދަ. މިކަންތައްތަކުގައި ގައިދުރުކުރުމެއްވެސް މުހިންމެއްނޫން. މާސްކުއަޅައި ގައިދުރުކޮށްގެން ތިބެންޖެހެނީ އެކަނިމައިއެކަނި ތިބޭއިރު! ކިހާބޮޑު ޢަޖައިބެއް!
ރިސޯޓްބޯއީން
09 February 2021
ނިކަމެތި ރައްޔިތުން ފެލަނީ. ރިސޯޓް ތަކުން އެޗްޕީއޭގެ ގަވައިދު ތައް މުގުރަމުން ދާއަރު ކަމާބެހޭ މުއުސަސާ ތައް ނިދާފަ. އއ.ކަނދޮޅު މޯލްޑިވް ރިސޯޓް މީ މީގެ ހެއްކެއް. ކަރަންޓީނު ވާނޭ ގޮތެއް ނެތް. މެނޭޖްމެންޓް ސުޓާފުން އެއްރަށުން އަނެއް ރަށައް ދަތުރު ކުރަނީ. ކަރަންޓީނު ވުމެއް ނެތް. އެޗްޕީއޭ އޮތީ ޒީރޯ ޓޮލަރެންސް ގެ ދަށުން ނިދާފަ
ލޯލް
09 February 2021
ގުޑް ވޭ ޓު ބޫސްޓް ދަ ޑެފިސިޓް ބަޖެޓް
ޢަބްދުލް
09 February 2021
ބައެއް މީހުން ވަރަށް ފޯރިއާއެކު ސަރުކާރަށް ފާޑު ކިޔާނެ މިހަބަރު ކިޔާފަ. ބަލާ ބަލާށޭ ރައްޔިތުން ފެލަނީއޭ... ޖޫރިމާނާގެ ޢަދަދު އިތުރުވާ ވަރަކަށް ދައްކުވައިދެނީ އަހަރުމެން ޢާންމުންގެ ފަރުވާ ކުޑަކަމާއި ފަރުދީ ޒިންމާ އަދާކުރުމުގެ ބަދަލުގައި އަމިއްލަ ގޮތްގަނޑު އިސްކުރާކަން!
ދިއްދޫމީހާ
09 February 2021
ޖޫރިމަނާ ކުރީ މާސްކުއަޅާނެ ތަނެއް ދައްކާފަބާ؟؟ ހަނދާންވަނީ ތިމަނާމެންގެ ސަރުކާރެއްގާ އާމްދަނީ ހޯދަން ޕާކިން ސްޓިކާއެ ނުޖަހާނަމޭ ބުނިބުން، މިހާރު ޖަހަނީ ކޯންޗެއް ހޯދަންބާ؟؟
ނާދޮގޭ
09 February 2021
ޖޫރިމަނާކުރާކަމެއް ނޭނގެ. ބޭރުމީހުން ބޮޑެތި މަގުތަކުގެ ދެފަރާތުގައި އެތުރިގެން ތިބޭއިރު މާސްކު ހުންނަނީ ދަތްދޮޅީގައި. ޕާކްތަކައް ވެސް ބަންދު. އެކަމަކު މަޖީދީމަގުގައި މާފަންނު ސަހަރާ ކާރީގައި ހުންނަ ޕާކު ގިނަފަހަރު އޮންނަނީ ފުރިފައި. އެއިން މަދު މީހަކު ރަނގަޅަށް މާސްކު އަޅައިގެން ހުންނަނީ. އެމީހުންނަށް ޖޫރިމަނާ ނުދެއްކޭނެތީ ފުރީ ކަމަށްވެސް ވެދާނެ.
ލޮލް
09 February 2021
އަދިވެސް ގޮވާ ސޯލިހު ޒިންދާބާދޭ
ހަސަނު
09 February 2021
ސޯލިހު ޒިންދާ ބާދު.. ސާބަހޭ.. މީ ކޮވިޑާ ދެކޮޅަށް ހަރުދަނާ ފިޔަވަޅެއް.. މާސްކު ނާޅާ އެންމެން ޖުރިމަނާ ކޮށްފަ ބަހައްޓާ.
އަދަނު
09 February 2021
ދެފުށް ފެންނަ ނޫސްވެރިކަމެއް މިހާރު ނެތީމައި ހިތާމަކުރަން. އެޗްޕީއޭގެ ދެއުޅިއެއްނުވާ ގައިޑްލައިންތަކުގެ ވާހަކަ ބުނެލާނެ ނޫސްވެރިއަކުވެސް މިހާރަކު ނެތް. ނޫސްވެރިންނަށްވެސް މިހާރު މިގޯސްވަނީ ރައްޔިތުން.