ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ޕްރައިމަރީގެ ވޯޓުލުން ހަރުގޭގައި ކުރިޔަށް ދަނީ: ފޮޓޯ: މުހައްމަދު ޝަރުހާން
10 ނޮވެމްބަރ 2016 - 18:02
މި އަހަރު ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ހިފެހެއްޓުމަށް ފަހު، އިލެކްޝަންސް ކޮމިޝަނުން އެ ފައިސާ ދޫކުރިތާ ހަފުތާއެއްވިއިރު ވެސް އެމްޑީޕީ އަށް ޖަމާކޮށްދީފައި ނުވާ ކަމަށް ބުނެ އެ ޕާޓީން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އަހަރު ނިމެން އުޅެނިކޮށް ފައިސާ ދޫކުރި ނަމަވެސް ޕާޓީގެ ހަރަދުތަކަށް އެ ފައިސާ ބޭނުންކުރެވޭ ގޮތެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ވެސް މި ބޭއްވީ މާލީ ދަތިތަކާއެކު. ކައުންސިލް އިންތިހާބުގެ އިންތިޒާމްތައް ހަމަޖައްސަން ވެސް ފައިސާ ބޭނުންވޭ. މިގޮތަށް ފައިސާ ދޫނުކޮށް ހިފަހައްޓާތީ ކަންބޮޑުވޭ،" ނިޔާޒް ވިދާޅުވި އެވެ.
ފައިސާ ޖަމާކުރުން ލަސްވާ ސަބަބެއް އިލެކްޝަންސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީން ވެސް ސާފެއް ނުވި އެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރު 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، މެމްބަރުން އެންމެ ގިނަ ޕީޕީއެމް އަށެވެ. އެގޮތުން 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ލިބުނުއިރު އެމްޑީޕީއަށް ލިބުނީ ހަތް މިލިޔަން ރުފިޔާ އެވެ. ޖުމްހޫރީ ޕާޓީއަށް ލިބުނީ 2.9 މިލިޔަން ރުފިޔާ އެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއަށް ދިނީ 2.8 މިލިޔަން ރުފިޔާ އެވެ. މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށް ވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މި އަހަރު ފައިސާ ދުލެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
11 November 2016
ސިޔާސީ ޕާޓީހިންގަން ނުޖެހޭނެ ރައްޔަތުން ފައިސާދޭކަށް ، ކެމްޕެއިންތަކަށް މިލިއަނުން ޑޮލަރ ވިޔަފާރިވެރިންނާއި ބޭރުދުނިޔޭން ހޯދާގޮތަކަށް ހޯދައިގެން ޕާޓީހިންގާ ، ޕާޓީގެ މެންބަރުން ސްބްސްކުރިޕްޝަންއާޢި ޑޮނޭޝަންސްއިން އެހެން ގައުމުތަކުގައި ވެސް ޕާޓީހިންގަނީ ،، ރާއްޖޭގައި ވަރަށް ވިޔާނުދާކޮށް ކޮއްގެން އުޅޭކަމެށް މީ ،، ޕާޓީތަށް ހިންގާކަށް މިލިއަނުން ފައިސާދޭކަށް ނުޖެހޭނެ ،،
ނޯނޯނޯ
10 November 2016
ފައިސާ ޖަމާ ކުރެވޭނީ މަމެންގެ މެޖިކް ބަޖެޓަށް ތަމެންގެ ޕާރޓީ ގެ ހުރިހާ އެމްޕީން ގްރީން ބަޓަން އަށް ފިތާ ދިނުމުން ނެވެ. އެލްސް ނޯ ނޯ ނޯ ނޯ ނޯ.
ޙަސަންދީ
10 November 2016
ލޯކަލް އިންތިޚާބު ނިމުނީމަ ކޮންމެވެސް އެއްޗެއް ދީފާނެ
އަލްޖިބްރާ
10 November 2016
އެމީހުނަށް ވެގެނެއް ތިޔަފައިސާއެއް ނުދޭނެ ! އެފައިސާ ނުދޭން ވަނީ މަތިން އޯޑަރު އައިސްފަ !
ދޮގެއްތަ؟
10 November 2016
ދޭނެ ކަމެއް ނެތޭ. ކީއްކުރަން ދެނީ. އިނގިރޭސި ވިލާތުން ދޭވަރު މަދީތަ؟
ަެއަޔަންމޭން
11 November 2016
އޭތި ނުލިބިގެން އެވަރުން އެ އުޅެނީ އިނގިރޭސިވިލާތުގަ ތިބި ހާލުގަ ޖެހިފައިވާ ބަޔަކަށް ނުފޮނުވިގެން
ބްރަވާޑޯ
10 November 2016
ބަލަ އެމްޑީޕީ ފައިސާއަށް ސަލާމް ޖަހާހިސާބަށް ދިޔައީތަ.ކޮބާ އިނގިރޭސިން އެއްޗެއްނުދިން ދޯ
އުދުހޭ
10 November 2016
އެހެންވީމާ ޔާމީނު ފެކްޝަނަށާ ޔާމީނަށް ބައިއަތު ހިފައިގެން އުޅޭ ޕާޓީތަކަށްތާ ފައިސާ ދިނީ؟ ވެރިކަން ބަދަލުވީމާ މިނިވަން މުއައްސަސާތަށް ހިންގަން ހަވާލުވެތިބި މީހުންގެ ކަންކަން ތަހުގީގުކުރުމަކީ މުހިންމުކަމެއް!
ަައޯސަމް- ފުލޯލަސް
10 November 2016
ނޯތު ކޮރެއާގަ ޕާޓީތަކައް ފައިސާ ދުލެއް ނުކުރެ އެވެ.
އަލިދީދީއައްޑޫސިޓީ
10 November 2016
އިލެކްޝަންސް ކަމިޝަނާއި ފިނޭންސް މިނިސްޓަރުގެ އިތުބާރު ނެތްކަމަށް މަޖިލިސްއަށް ހުށަހަޅުއްވާ. ފާސްވިޔަސް ނުވިޔަސް އެމްޑީޕީގެ 21 މެންބަރުންގެ ސޮޔާއެކު އެކަން ނުކުރެވިގެން ތިޔައުޅުއްވަނީ އަނެއްކާ ވިކިފައިތިބި ބަޔަކު އެމްޑީޕީ މެންބަރުންގެ ތެރޭގައި ތިބީމަތޯ؟ މަޖިލިސްގެ ވޯޓު ލިބުމާ ނުލިބުމަކީ މުޅިން އެހެން މައްސަލައެއް. ބޭނުމީ، ޔައުމިއްޔާކުރެވި، ތާރީޚަށްޓަކައި ލިޔެވިފައި އޮތުން. އެކަން އެގޮތަށް ނުކުރެވެންޏާ ތިޔަމެންބަރުން ވެސް ފާޅުގައި ޕީޕީއެމް ކުދިންނާއި ގުޅިގެން ރައްޔަތުން ގުނބޯހައްދަން ނުކުންނަވާ!
އަހަންމަދު
10 November 2016
ބަލަ ނޭގެނީތަ އެއީ ފައިސާއަށް ވޯޓު ވިއްކަމުން ދާ މެންބަރުންތަކެއް ކަމެއް. މިވީހާ ތަނަށް އަދީބު ބުނިހާ ގޮތަކަށް ވޯޓު ދެމުން އައި ބައެއް އެއީ. ވާހަކަ ދައްކައެއްނު އަދި އެބަ.
ހަބޭސް222
10 November 2016
މިހާރު ތިޔަކަހަލަ ކަންތައް ތަކަށް ކޮމެންޓް ކުރަން ޖެހިލުންވޭ އަނބިދަރިންގެ ސަލާމަތައްކައި!!!!!!
ދޮގެއްތަ؟
10 November 2016
ފުލުހުންނާއި އެމީހުންގެ އަނބިންނާއި އެނޫންވެސް ބައެއް މީހުންނަށް މަގުމަތީގައި ހިނގަން ނުކެރޭ ހިސާބަށް ކަންކަން ދުއްވާލާ ގަޔަށް ބޮލަށް އަރައި މާބަނޑު އަންހެނުންގެ ބަނޑުގަ ސައިކަލް ޖައްސާ ހެދިއިރު ތިހެން ހިތަށް އެރިތަ؟ އޭރު އެ އުޅުނު ގޮތަށް ދެނެއް ނޫޅެވޭނެ. އިންޝާﷲ. ވަރިހަމަ ކޮންމެ އެއްޗެއް ކިޔަސް. ކިޔާނެ އެއްޗެއް ކިޔަކިިޔާ ތިބޭ. މި ސަރުކާރުން ކުރި އެންމެ ރަނގަޅު ކަމަކީ ރީނދޫ މީހުން ހަންމަތަ އަރުވާފަ ބޭތިއްބުން. ހަމަ ސަތޭކަ ދޭންޖެހޭ އެކަމަށް.
އުމަރު
10 November 2016
އެމީހުން ފައިސާދޫކުރީ ޕީޕީއެމްގެ ބޮޑު ޖަލްސާ ބޭއްވުމަށް އެޖަލްސާގައި ލިބުނު ފައިސާބަހާފައި ދެން މިހާރު ދޭނެ ފައިސާއެއްނެއް