ލައިފްސްޓައިލް / އައިވީއެފް

އެއްމާބަނޑު ކުދިން އުފަންވުން އިތުރުވެއްޖެ

އެއްމާބަނޑު ކުދިން މީގެ ކުރިން އުފަން ނުވާހާ ގިނައިން އުފަންވާން ފަށާފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ހިއުމަން ރިޕްރޮޑަކްޝަން ޖާނަލްގައި އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި އަހަރަކު 1.6 މިލިއަން އެއްމާބަނޑު ކުދިން އުފަންވެ އެވެ. އަދި އުފަންވާ ކޮންމެ 42 ކުދިންގެ ތެރެއިން ދެ ކުދިންނަކީ އެއްމާނޑު ކުދިންނެވެ.

އެއްމާބަނޑު ކުދިން އުފަންވުން ކުރިއާ ހިލާފަށް އިތުރުވަމުން އަންނަ މައިގަނޑު ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ ދަރިން ހޯދުން ލަސްކުރުމާއި ފަހުން އައިވީއެފް ފަދަ ޕްރޮސީޖާތަކުގެ އެހީގައި ދަރިން ހޯދުން ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ އެވެ. އެގޮތުން 1980 ގެ ފަހުން އެއްމާބަނޑު ކުދިން އުފަންވާ ރޭޓް ތިން ގުނަ މަތިވެފައިވާ ކަމަށް ބުންޏެވެ.

ފާއިތުވި 30 އަހަރު އެއްމާބަނޑު ކުދިން އުފަންވި ނިސްބަތަށް ބަލާއިރު އޭޝިއާގެ ނިސްބަތް 32 ޕަސަންޓަށް އިތުރުވެފައިވާ އިރު އުތުރު އެމެރިކާގެ އެ ނިސްބަތް މިހާރު 71 ޕަސެންޓަށް އަރަ އެވެ.

މި މައުލޫމާތު އެއްކޮށްފައި ވަނީ 1980-1985 އަދި 2010-2015 އަށް އެއްމާބަނޑު ކުދިން އުފަންވާ މިންވަރު 165 ގައުމެއްގައި ހުރީ ކިހިނެއްތޯ ބަލައިފަ އެވެ. ދިރާސާގައި ބުނެފައިވާ ގޮތުގައި އެއްމާބަނޑު ކުދިން މިހާރު އެންމެ ގިނައިން އުފަންވަނީ ޔޫރަޕާއި އުތުރު އެމެރިކާގެ އެވެ. އެގޮތުން އުފަންވާ ކޮންމެ 1،000 ކުދިންގެ ތެރެއިން ބޮޑު އަދަދަކީ އެއްމާބަނޑު ކުދިންނެވެ. އަދި އޭޝިއާގައި އުފަންވާ ކޮންމެ 1،000 ކުދިންގެ ތެރެއިން އެއްމާބަނޑުގައި އުފަންވާ ކުދިންގެ އަދަދު 9-12 އަށް އިތުރުވެފައިވެ އެވެ.

އަދި އެފްރިކާ ބައްރުގައި ފާއިތުވި 30 އަހަރު ވެސް އެއްމާބަނޑު ކުދިން އުފަންވާ މިންވަރު މަތި ކަމަށާއި މިހާރު ވެސް އެ ރޭޓަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށް ދިރާސާގައި ބުންޏެވެ. އެފްރިކާ އާއި އޭޝިއާ އެއްކޮށްލުމުން ދުނިޔޭގެ ނިސްބަތުން އެއްމާބަނޑު ކުދިން އުފަންވާ ޕަސަންޓޭޖަކީ 80 އެވެ.

ދިރާސާގައި މަސައްކަތްކުރެއްވި އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރު ކްރިސްޓިއާން މޮންޑެން ވިދާޅުވި ގޮތުގައި އެފްރީކާގައި އެއްމާބަނޑު ކުދިން އުފަންވާ ނިސްބަތްވާ އިތުރުވާ މައިގަނޑު ސަބަބަކީ "ޑިޒިގޯޓިކް ޓްވިންސް" އެވެ. މާނަ އަކީ ތަފާތު ދެ ބިހުގައި އުފަންވާ މިންވަރު އިތުރުވުމެވެ.

"މިގޮތަށް ދިމާވާ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ އެފްރިކާ މީހުން ޖެނެޓިކަލީ ދުނިޔޭގެ އެހެން މީހުންނާ ތަފާތުތަކެއް ހުރުން." ކްރިސްޓިއާން ވިދާޅުވި އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޔޫރަޕާއި އުތުރު އެމެރިކާ އަދި އޯޝެނިކް ގައުމުތަކުގައި އެއްބާނޑު ކުދިން އުފަންވާ ނިސްބަތް 1970 ގެ ފަހުން އިތުރުވެފައި ވަނީ އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) އާއި އިންޓްރަސައިޓޮޕްލާސްމިކް ސްޕާމް އިންޖެކްޝަން (އައިސީއެސްއައި) އާއި އާޓިފިޝަލް އިންސެމިނޭޝަން އަދި އޯވޭރިއަން ސިމިއުލޭޝަން ފަދަ ޕްރޮސީޖާތައް އާންމުވުމާ ގުޅިގެންނެވެ. މިފަދަ ޕްރޮސީޖާތަކުގެ ސަބަބުން އެއް ކުދިންނަށް ވުރެ ގިނަ ކުދިންނަށް ބަލިވެއިނުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން އަންހެނުން ދަރިން ހޯދުން ލަސްކުރުމާއި ދޭތެރެދުރުކުރާ ވަސީލަތްތައް ބޭނުންކުރުމާއި ދަރިމައިވުން ދަށްކޮށްދިނުން ފަދަ ކަންކަމަކީ ވެސް އެއްމާނޑު ކުދިން އުފަންވާން މެދުވެރިވާ ސަބަބުތެކެވެ. އަދި މި ކަންކަމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ވެސް ބޮޑެވެ. އެގޮތުން މައިމީހާ އާއި ދަރިންގެ ފުރާނަ އަށް ނުރައްކާވުން ހިމެނެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454