ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ: އެމަނިކުފާނު ވިދާޅުވީ ވަސީލަތް މިހާރު ހުންނާނެ ކަމަށާއި ވިޔަފާރިއަށް ފަހިވާން ޖެހޭކަމަށް.---ފޮޓޯ: މަޖިލިސް
15 މާޗް 2021 - 10:45
ކޮވިޑް-19 ގެ ސާޖެއް އަތުވެއްޖެ ނަމަ އެކަން މެނޭޖްކުރަން ބޭނުންވާނެ ވަސީލަތްތައް މިހާރު ރާއްޖޭގައި ހުންނާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންވީމާ ވިޔަފާރި އަށް ފަހިވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ވިޔަފާރިތަކަށް ގެއްލުންވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މާވަރު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދު މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލައިގެ ބަހުސްގައި މެމްބަރުންގެ ވާހަކަ ނިންމަވައިލެއްވުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަފުޅު ދައްްކަވަމުން ނަޝީދު ވިދާޅުވީ ފިޔަވަޅުތަކުގެ ސަަބަބުން ގިނަ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބޭ ކަން އެމަނިކުފާނު ވެސް ގަބޫލުކުރައްވާ ކަމަށެވެ. ރާއްޖޭގައި ކޮވިޑް ފެތުރި ސާޖްތައް (ކުއްލި އިތުރުވުންތައް) އަންނާނެ ގޮތްތައް ކުރިން ލަފާކޮށްފައިވާ ކަަމަށާއި އެހާލަތުގައި ހޮސްޕިޓަލްތަކުން އެނދު ބޭނުންވާނެ ވަރާއި އައިސީޔޫ އެނދާއި ވެންޓިލޭޓަރު ބޭނުންވާ ވަރު ވެސް ކުރިން އެނގޭ ކަމަށެވެ.
"އަޅުގަނޑުހިތުން މިއަހާ ސުވާލަކީ ވިޔަފާރިތައް [ހިންގަން ދޫކޮށްލާފައި] ހޮސްޕިޓަލް އެނދުތައް އިތުރުކުރާނީތޯ، ނުވަތަ ނޫންތޯ،" ސައީދު ހުށަހެޅުއްވި މައްސަލައިގައި ރަނގަޅު ބަހުސެއް ކޮށްދެއްވަން މެންބަރުން އަރިހު އެދިވަޑައިގަންނަވަމުން ނަޝީދު ވިދާޅުވި އެވެ.
ކޮވިޑްގެ ސާޖެއް އަތުވެއްޖެ ނަމަ ވަސީލަތްތައް ބޭނުންވާނެ ކަމަށް މިދިޔަ އަަހަރު އޭޕްރީލްގައި ލަފާކޮށްފައިވާ އަދަދުތައް އެމަނިކުފާނު ވިދާޅުވެދެއްވި އެވެ. އޭރު ހުރި އަަދަދުތައް ވެސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑްގެ ސާޖެއް އަތުވެއްޖެ ނަަމަ ބޭނުންވާނެ ކަމަށް އޭރު ލަފާކޮށްފައި އޮތީ 430 ހޮސްޕިޓަލް އެނދާއި 143 އައިސީޔޫ އެނދާއި 115 ވެންޓިލޭޓަރެވެ. އެ އަދަަދަށް ވަަސީލަތް ބޭނުންވާ އިރު އޭރު ވެސް 110 އައިސީޔޫ އެނދާއި 557 ހޮސްޕިޓަލް އެނދާއި 35 ވެންޓިލޭޓަރު ވެސް އޭރު ހުރި ކަމަށެވެ.
"މިހާރު އަޅުގަނޑު ދެކޭ ގޮތުގައި މި ހޮސްޕިޓަލް އެނދު ހުންނާނީ ގާއިމްކުރެވިފައި. މި ވެންޓިލޭޓަރު ހުންނާނީ ގެެނެވިފައި. މި އައިސީޔޫ އެނދުތައް ހުންނާނީ ގާއިމްކުރެވިފައި. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ވިޔަފާރިއަށް ފަހިކޮށްދިނުން މިވަގުތު ވަރަށް ބޭނުންތެރި،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ އެމަނިކުފާނު އެ ދެއްކެވީ ހަގީގީ މައްސަލައިގެ ވާހަކަ ކަމަށާއި ހަގީގަތުގައި ކަން ވާން ޖެހޭ ގޮތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު. އެޗްޕީއޭގެ ގައިޑްލައިންތަކާ ހެދި ވިޔަފާރިތަކަށް ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެންނަން މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި
ސައީދު ހުށަހެޅުއްވި މައްސަލައަށާއި ނަޝީދު ދެއްކެވި ވާހަކަފުޅަށް ތާއީދުކުރައްވައި މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ސާޖެއް އަތުވެއްޖެ ނަމަ އެކަަން މެނޭޖްކުރާނެ ހުރިހާ ތައްޔާރެއް ރާއްޖޭން މިހާރު ވެފައިވާ ކަމަށެވެ. އެހެންވީމާ ވިޔަފާރިތައް އިރު އޮއްސޭއިރަށް ހުއްޓުވަން ނުޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް ހައްލެއް އަންނަ ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިލާ
15 March 2021
ހުސް އަޅި
ބޮޑުމީހާ
15 March 2021
ވަސީލަތް ހުންނަންޖެހޭނެ. އެކަމަކު ވަސީލަތޭ ކިޔައިގެން ބައިތުލްމާލު ކެއީ. ވެންޓިލޭޓަރު ގަންނަށް އެޑްވާންސަށް ދިން ފައިސާކޮޅުވެސް ނުލިބުނުތާ ވެންޓިލޭޓަރެއްވެސް ނުލިބޭ. އިޚްލާސްތެރިންނެއް ނެތް.
އަޑަފި
15 March 2021
ތިޔަ ބުނާ ވަސީލަތްތައް ޤާއިމް ވެފައިވަނިކޮށް، މިދިޔަ ފެބްރުވަރީ މަހުތެރޭގައި ކޮވިޑު ޖެހިގެން އެތައްބަޔަކު ނިޔާވެގެން އެދިޔައީ، ކޮވިޑްގެ ކަންތަކުގައި މަނިކުފާނާ މަނިކުފާނަށް ތާއީދުކުރާ މަޖްލިސް މެމްބަރުން ބޭނުންވި ގޮތަށް ސަރުކާރުން ކަންކަން ކުރިނަމަ، އެތައް ބަޔަކު މަރުވެގެން ދިޔައިސްކަން، މިހާރު ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު ޔަގީނެވެ. ދިވެހިންނަކީ ފޫޓެއް ދީފިނަމަ 10 ފޫޓަށް ދަމާލާ ބައެކެވެ. ލުއި ދިން ކޮންުމެ ފަހަރަކު އެކަން އޮތީ ފެންނާށެވެ.
ހަވާސާ އިބޫ
15 March 2021
ތިޔަބުނާ ސާޖު އަތުވެއްޖެނަމަ ޖެހޭނީ މިހާރުވެސް މިހަދާހެން ބައެއްކަންކަން ފޮރުވައިގެން ޚަބަރުދޭން ވަސީލަތެއްނެތް 2009ގައި ނަސީދު ރާއްޖޭގެ ޕްބްލިކު ހެލްތު ސިސްޓަމުފުންޑާލީ އެހިސާބުން އަދިވެސް އަރައިނުގަނެވޭ މެޑިކަލް ޑޮކުޓަރުން ނަގަނީ މެޑިކަލް ޑިސިސަން ޕަބްލިކު ހެލްތު މެސަރތަށް ހުރީ އޮޅާލާފަ!
މަހްބޫބަ
15 March 2021
އިކޮނޮމިކް ވަޒީރަކީ މިހަކަހަލަ ދަނޑިވަޅަކަށް ފިޓް މީހެއް ނޫން މިހާރުވެސް ފިހާރަތައް ޗެކްކުރުން އެވަނީ އެޗްޕީއޭއަށް ޖަހާފަ
ޑިސްއޮނަރަބަލް ޑީޑީ
15 March 2021
ކޮވިޑުތެރޭ ދިވެހިންނަށް ލަނޑުދިންބައެއް އެހެންއިރުވަރުތަކުގާ ހަމަޔަގީނުންވެސް ލަނޑުދޭނެ. އެއްފުޅަށްމަތިން ފުންމާލި ބަކަރި އަނެއްފުޅަށްމަތިންވެސް ފުންމާލާނެ. ދެން އަނގަމަޑުކޮށްގެން ހުންނެވޭތޯ ބަލާ.
ކިރާމް
15 March 2021
ކުދި ވިޔަފާރިތައް ބަގުރޫޓް ވެއްޖެ..ބިޑެއް އޮތަސް ބޯކޮށްޕާލަނީ މެންބަރުން މިނިސްޓަރުން އަޑީގައި ފިލާތިބޭ ކުންފުނިތައް..ލިބެނީވެސް އެމީހުނަށް..ކޮން ވަސީލަތެއް ކޮންތާކު އޮވެގެން ތިއުޅެނީ...
އަހުމަދުއާ
15 March 2021
ލޮކްޑައުން ދޫކޮއްލާއިރަށް އިދިކޮޅުމީހުން،އަދި އެހެން އެއްވުންތައް ގިނަވެ ކޭސްތައް އެބަ ގިނަކޮއްލާ. ރެސްޓޯރެންޓް ކެފޭއެއްނޫން ބަންދުކުރަންވީ.މަޖްލީހުން ގަރާރެއް ނެރެގެންނަމަވެސް ދުވަސްކޮޅަކަށް ސިޔާސީ ޕާޓިތައް ލޮކްޑައުން ކުރަންވީ
އޫނަގެ ފަރަންޖީ ނަން
15 March 2021
އެލެކްސް އެއީ އޭނަގެ ފަރަންޖީ ނަން އުތަ؟
އެލެކޮސް
15 March 2021
އެލެކުސް ކޮންއިރަކުންތަ ފައިބަނީ. މިހާރު މާގިނަދުވަސްވެއްޖެ!