ޕީޕީއެމްގެ އޮފީސް ކުރިން ހިންގި ހ. ތެމާއަށް މައުމޫން ވަޑައިގަތުމުން، ނާދިރާ މަރުހަބާ ދަންނަވަނީ. އޭނާ މިއަދު ވަނީ ޕޮލިސް އޮފީހަށް ހާޒިރުކޮށްފައި. ---ފޮޓޯ: ނިޝާން އަލީ/މިހާރު
14 ނޮވެމްބަރ 2016 - 16:49
ފުލުހުންގެ އިދާރާ އަށް މިއަދު މެންދުރު ހާޒިރުކޮށް ސުވާލުކުރީ، ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުން ހާޑް ޑްރައިވެއް ގެއްލިގެން އުޅޭ މައްސަލާގައި ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކޮށް އެ މައްސަލާގައި ސުވާލުކޮށް އޭނާގެ ބަޔާން ނަގާފައިވާ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ ޕާޓީ ހިންގުމުގައި އެއްވެސް ދައުރެއް އޮންނަ މީހެއް ނޫނޭ. އަޅުގަނޑަށް އެނގިފައި އޮތް ކަމެއް ނޫނޭ ފުލުހުން ތި ސުވާލު ކުރަނީ،" ނާދިރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ އިސް ވެރިންނަށް އެންގުމަކާ ނުލައި އެތަނުން ތަކެތި ނެރެގެން ގެންދިޔަ މީހުންނަށް އެ ހާޑް ޑްރައިވް ވީ ތަނެއް އެނގޭނެ ކަމަށް ދެންނެވި ކަމަށެވެ. އަދި އެތަނުން ތަކެތި ގެންދިޔަ ކަމަށް، އެކަން ކުރެއްވި ބައެއް ބޭފުޅުން އެއްބަސްވެފައިވާ އޯޑިއޯއެއް ވެސް ލީކުވެފައިވާ ކަމަށް ބަޔާން ދެއްވި ކަމަށް ނާދިރާ ވިދާޅުވި އެވެ.
"އެކަން ބައްލަވާނެ ކަމަށް ފުލުހުން ވިދާޅުވި،" ނާދިރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް އޮފީހުގައި ހުރި މުދާ ގެންދިޔައީ ފުލުހުންގެ ހިމާޔަތުގައި ކަަމަށާއި އެތަނުން ޑިސްކެއް ގެއްލިފައިވާ ނަމަ އޭނާ އަށް ވުރެ ރަނގަޅަށް އެކަން ވީ ގޮތް ފުލުހުންނަށް އެނގޭނެ ކަމަށް ވެސް ދެންނެވި ކަމަށެވެ.
ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ކޯޓުން ހަވާލުކުރުމާ އެކު އެތަނުގައި ހުރި މުދާތައް ގެންދިޔައީ އެމަނިކުފާނު ފެކްޝަނަށް ނިސްބަތްވާ ބައެކެވެ. އެކަމަކު އޮފީހުން މުހިއްމު ލިޔެކިޔުންތައް މަދު ކަަމަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ވެސް އެ ފެކްޝަނުންނެވެ.
އެ ހާޑް ޑްރައިވް ހޯދަން ކޯޓު އަމުރެއްގެ ދަށުން ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހާއި އެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ދިރިއުޅޭ އެޕާޓްމެންޓް ވެސް ބަލައި ފާސްކޮށްފައިވެ އެވެ. އަދި އަލީމް ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނޮނީމާ
15 November 2016
މީގެ ފަހުން ރާއްޖެ އެތެރެކުރާ އެއްވެސް ޕީސީ އަދި ލެޕްޓޮޕް އެއްގަ ހާރޑް ޑިސްކް އެއް އިނދެގެންނުވާނެ. އަދި އެއްވެސް ޕްލޭސް(ޕެން)ޑްރާއިވް އެއް ބޭނުން ކުރެވޭނީ އޭތި ރަޖިސްޓަރީ ކޮއްފަ މަހުފީ ސަރުކާރަށް ދައްކައިގެން.
ރަދީފް
15 November 2016
ޕެންޑްރައިވް ، ހާޑްްޑްރައިވް އަދި މެރިން ޑްރައިވް ދެކެ މިސަރުކާރު ވަރަށް ބިރުގަންނާނެ.
ފޮކްސް
15 November 2016
ފުލުހުންނަށްވެސް މިހާރު ކުޑައިކޮށް ވިސްނަވާންވެއްޖެ! ބޭނުން ވަރަކަށް ހުސްޖާގަދެނީ. އެކިއެކި އެޕްލިކޭޝަންތަކުން، ގޫގްލްޑްރައިވްވެސް ބޭނުންކުރެވޭ! މިހާރަކު ނޫޅޭނެ ހާޑްޑްރައިވަށް ލިޔެކިއުންތައްް ލައިގެން ކޮނޑަށްލައިގެން ނުނީ ޕެންޑްރައިވަށް ލައިގެން ކީޓެގްގަ އަޅުވައިގެން! އެޒަމާންވެސް ދިޔައީ.
މަރީ
15 November 2016
ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ރައްޔިތުން ބަލައިނުގަނެ ހުރި ފެއިލްވެފައިވާ މީހެއް ނާދިރާއަކީ. ސިޔާސީ ހަޔާތް ނިމިފައިވާ ފަރާތެއް
ރޯނު
14 November 2016
ފުލުހުން މިއޮތީ ގުއިރޯނުގަ ޖެހިފަ.
ޙާމިދު
14 November 2016
ވަގުންގެ ފޮށި ބާރަށް ބަންނާނެ. މިއީ ދިވެހިބަހުގެ ހަރުބަހެއް ކަމަށް ބުނޭ.
އޯކޭދޯ
14 November 2016
ފުލުހުން ސުވާލު ކުރީ ހާރޑް ޑްރައިވް އާއި ގުޅޭ ގޮތުން ނަމަ ދެން ކޮބާތޯ މައްސަލަ އަކީ. އިޓްސް އޯކޭ ދޯ.
ޢަބްދުﷲނާފިޒު
14 November 2016
ދައުލަތުން ގެއްލިގެން އުޅޭ 1.2 ބިލިއަން ރުފިޔާއާ ގުޅޭ ގޮތުން ސުވާލު ކުރިނަމަވެސް މައްސަލައެއް ނެތް.
އެ ޕެންޑްރައިވް
14 November 2016
ޕެންޑްރައިވެއް ފެނުނު މައްސަލައިގައި މިހާރު އެކަކު ޖަލުގަ... ދެން ހާރްޑް ޑްރައިވެއް ގެއްލުނު މައްސަލައިގަ މީހަކު ޖަލަށްލީ ވާހަކަ ކަންނޭގެ އިވޭނީ
ހަމީދު
14 November 2016
މިހާރު އެމްއެމްޕީއާރުސީ ގެ ވާހަކައެއް ނުދައްކައެއްނުން. ރިލްވާންގެ ވާހަކައެއް ނުދައްކައެއްނުން. ކާޑު އަގޮބޮޑުވި ވާހަކައެއް ނުދައްކައެއްނުން. އެމީހުން ގެ ބޭނުމަކީ އެކަންތައް މަތިން މީހުން ހަދާން ނައްތުވާލުން. އެކަމަކު ހަދާނެއް ނުނެތޭނެ އިގިއްޖޭ
ޢަބްދުﷲނާފިޒު
14 November 2016
ހަމީދޫ، ތިބުނި ކަންތައްތައް މަތިން ހަނދާންހުރިކަން، ކައުންސިލް އިންތިޚާބުގެ ވޯޓުން ފިސާރި ރަނގަޅަށް ދައްކަންވާނެ، އެނގިދާނެތާ.
ފުއްލާ
14 November 2016
މި ސަރުކާރަކީ ޕެންޑްރައިވް އާއި ހާޑްޑިސްކް ކަހަލަ އެއްޗެއްސައް ވަރަށް ދޯޅަ ސަރުކާރެކެވެ