އަމީނިއްޔާ ސްކޫލުގެ ކްލާހެއްގައި ދަރިވަރުންނަށް ކިޔަވައިދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
01 އެޕްރީލް 2021 - 14:43
ދަރިވަރުން ސްކޫލަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު އަމަލުކުރާނެ އުސޫލަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިސްލާހުތަކެއް މިދިއަ ހޯމަދުވަހު ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އިންސާނީ ހައްގުތަކުގެ ނަޒަރުން އެ އުސޫލު މުރާޖައާ ކުރުމަށް ފަހު ހަތް އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ އިސްލާހުތަކުގެ ތެރޭގައި ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ ސްކޫލަށް ފޮނުވުމަށް އިހުމާލުވާ ބެލެނިވެރިން ފާހަގަކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް އެކުލަވައިލުމާއި ސިއްހީ ހާލަތެއް ނުވަތަ އެނޫން ވެސް ހާލަތަކާ ގުޅިގެން ސްކޫލަށް ހާޒިރުނުވެވޭ ކުދިންނަށް ތައުލީމް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ.
ގްރޭޑް 1 އަށް ވައްދާ ކުދިންގެ ތެރެއިން ފައުންޑޭޝަން ސްޓޭޖް ފުރިހަމަ ކޮށްފައި ނުވާ ކުދިން ފާހަގަކޮށް އެކުދިންގެ ފެންވަރު ބެލުމަށްފަހު އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭންގެ ދަށުން އުނގެނުމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމް ހަމަޖެއްސުން.
— HRC of the Maldives (@hrcmv) April 1, 2021
4/5
ގްރޭޑް އެކަކަށް ވައްދާ ކުދިންގެ ތެރެއިން ފައުންޑޭޝަން ސްޓޭޖް ފުރިހަމަނުކުރާ ކުދިން ފާހަގަކޮށް އެ ކުދިންގެ ފެންވަރު ބެލުމަށް ފަހު އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭންގެ ދަށުން ކިޔެވުމުގެ ހައްގު ކަށަވަރު ކޮށްދިނުމަށް ބޭނުންވާ އިންތިޒާމު ހަމަޖެއްސުމަށް ވެސް އެޗްއާރުސީއެމުން ވަނީ ހުށަހަޅައިފަ އެވެ.
އޭގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ސަރުކާރު ސްކޫލުތަކުގައި ތައުލީމު އުނގެނެވޭނެ ހަމަހަމަ ފުރުސަތު ހަމަޖެއްސުމަށް ހުށަހަޅާފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
ކޮމިޝަނުން ބުނީ އެ އުސޫލުގެ ދަށުން ޝަކުވާ ހުށަހެޅޭނެ އަދި ޝަކުވާ ބެލޭނެ ނިޒާމާ ގުޅޭ މާއްދާއެއް ހިމަނާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެއްޗެއް
01 April 2021
ކަލޭނޭ.. މީގެ 4 މަސް ކުރިން ޕޭ ކޮމިޝަނަށް ފޮނުވި އިދާރީ އޮނިގަނޑު ވީ ހިސާބެއް ބަލާދީބަލަ މިހާރުގެ ނޫސްވެރިންނޭ. އޭގެ ހަބަރެއް ދަބަރެއް ނެތް. އަންހެުނުން ކޮމިޓީ އަށް ހޮވުނަސް 5000.. މިތިބަ ކަނބަލުންތައް އެބަ ހުއްޓޭ ފޯރިއެއް ހޮވޭތޯ
ނަންނެނގޭ
01 April 2021
މޮޅެތި ޕްލޭން ކުރޭ. ޓީޗަރުންނަށްވުރެ ތިޔަ ކޮމިޝަން މުވައްޒަފުންގެ މުސާރަ ބޮޑު. އިންޑިވިޖުއަލް ޕްލާޭން އޭ ކިޔާއިރު އެއީ ބުރަކަމެއް. އެތައް ވަގުތެއް. އޯޓީ އެއް ނުދޭ. ސިއްހީ ދާއިރައަަަށް ރިސްކާ އޯޓީ ބޭނުންވަރަކަށް. ގައުމުގެ ޖީލުތައް ބިނަާކުރާ މީހުންނަށް ސުމެއް
ބުލީ
01 April 2021
ސުކޫލުގެ އިހުމާލަކުން ނުވަތަ ބުލީގެ ޝިކާރައަކަށް ވުމުގެ ސަބަބުން ސުކޫލަށް ކުއްޖާ އަމިއްލަ އަށް ނުގޮސް ތިބޭ ކުދިންނަށް ވެސް ސަރުކާރުގެ ކޮންމެސް މުއައްސަސާއަކުން މޮނިޓަރ ކުރެވިގެންް ( މިސާލަކަށް، ކޮންްމެޓާމެއްގަ 1 ފަހަރު ސުކޫލުގަ ދޭޓެސްޓް ތައް އެކުދިންންަށް ދީގެންވިޔަސް) ހޯމް ސުކޫލިން ދިނުމުގެ ފުރުސަތު ވެސް ބެލުނިވެރިންނަށް ތަނަވަސްކޮށް ދޭން ޖެހޭ.
ސުރާ
01 April 2021
މިއަށްވުރެ ރަނގަޅު ކޮމެންޓެެއް ނެތް މިތާކު. ބުލީ ވިކްޓިމް އަކަށް ވާ ކުދިންނަކަށް ނެތް އެއްވެސް ގޮތެއް. ހައްދުފަހަނަ އެޅި މީހުން ބަލައިގެން އެމީހުން ފަހާބަލަ. އެކި އެކި ރީޒަންސް އާ ހެދި ހޯމްސްކޫލް ކުރަން ބޭނުންވާ ވަރަށް ގިނަ ބެލެނިވެރިން އެބަތިބި.
ޙަލީމާ
01 April 2021
ޙުރިހާ އެންމެނަކަށް ދަރިންކިޔަވާކައް ޕުރީސުކޫލަކައް ނުގެން ދެވޭނެ.
އަވަސް
01 April 2021
ރާއްޖޭގައި އުޅޭ ބިދޭސީ ކުދިންނަށް ސަރުކާރު ސުކޫލްތަކުން ހިލޭ ކިޔެވޭނެ އިންތިޒާމް އެއީ ކޮންމެހެން އެހާ މުހިއްމު ކަމެއްނޫން. ސަރުކާރު ވަޒީފާތަކުގައިި އުޅޭ ބިދޭސީންގެ ދަރިންނަށް އެކަނި އެ ފުރުސަތު އޮންނަން ވާނީ. ރާއްޖެ އަކީ އެހާ މުއްސަނދި ގައުމެއްނޫން ތިކަހަލަ ހުރިހާ ކަމެއް ހުރިހާ ބިދޭސީންނަށް ހަމަޖައްސައިދޭން އުޅޭވަރުގެ. ފުރަތަމަ ހުރިހާ ދިވެހިންނަށް ސާފު ބޯފެނާއި، ދަތުރުފަތުރު ކުރުމުގެ ފަސޭހަ ގޮތެއް އަދި ސިއްޙީ ފަރުވާ ހޯދޭނެ ގޮތެއް،