08 އެޕްރީލް 2021 - 16:41
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރާނީ ޑޮކްޓަރުންގެ ލަފަޔަށް ބެލުމަށް ފަހު ކަމަށް ސަރުކާރުން ބުނެފި އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ސިއްހީ ހާލަތު ހުރި ގޮތުން ގެއަށް ބަދަލު ކުރުމަށް އެދި އެ މަނިކުފާނުގެ އާއިލާ އިން ވަނީ ހޯމް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކޮށް، ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ކުރި ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޔާމީންގެ އާއިލާ އިން ފޮނުވި ސިޓީ ލިބިފައިވާ ކަމަށާއި ގެއަށް ބަދަލު ކުރުމުގައި އަމަލު ކުރާނީ އާންމު އުސޫލުން އެކަން ކުރާ ގޮތަށް ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ވެސް ރައީސްއާ މައިގަނޑު ގޮތެއްގައި ދެއްކެވީ ހަމަ އެ ވާހަކަ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ކަންކަން ބައްލަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދާދި ފަހުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ވަކީލުން އަންނަނީ ކުރައްވަމުންނެވެ. މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ޔާމީންގެ މައްޗަށް މިހާރު އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިވް
09 April 2021
މިގައުމުގަ ނުތިބޭނެ ތިޔަވަރުގެ ލަފައެއް ދޭނެ ޑޮކްޓަރުންނެއް. އަދީބު، ޒިޔަތު، އަލީ ވަހީދު، ގާސިމް، މައުމޫން، އަންނި އަދި ދެންވެސް މިސަރުކާރަށް ނިސްބަތްވާ މީހުންނަށް އަދަބުލިބުމުން ސަލާމަތްކޮށްދީ ފުރަފުރައިގެން ދާން ލަފާދެވޭނެ ފަދަ ޑޮކްޓަރުން ތިބޭނީ. އަދި އޮޅިގެން ޑޮކްޓަރަކު ލަފައެއް ދިނަސް މިސަރުކާރުގަ ތިބޭނެ ޑޮކްޓަރުންނަށްވުރެ މޮޅު ޑޮކްޓަރުގެ ލަފާ އޯވަރރައިޑްކުރެވޭވަރުގެ ގާނޫނީ މީހުން.
ހިތިހިތި
09 April 2021
ޖަލުގައި އިތުރަށް ހުންނަ ކޮންމެ ދުވަހަކީ މިސަރުކާރަށް އޭގެ ހިތިނަތީޖާއާއި ކުރިމަތި ލާންޖެހޭނެ ދުވަހެއް
ބޮޑުމީހާ
09 April 2021
ތަރައްގީވެސް ގެނެވުނީ ޔާމީނަށް ޖަލުގަ ކެތްތެރިކަމާއިއެކު ހުންނަން އެގުނީވެސް ޔާމިނަށް. ދެން ތިބީ ހުސް ފޮނިކަޑާ ގްރޫޕް ުުުުުުުުު
އަރުތަ
09 April 2021
އެހެންވެގެންތަ އެވަރަކުން ގެއަށް ބަދަލު ނުކޮށްދީގެން ބޮޑާހާކަނީ.
ކަރުތަ
09 April 2021
ގެއަށް ބަދަލުކޮށްދޭން އެދެންޖެހޭ މިސަރުކާރުގަ ހުރި އޯގާތެރިކަމެއް ބަލާލަން. ޔާމީން އިރުގަ އެންމެން ދޮގުބޮނޑި ހަދައިގެން ބޭރަށް ފުރިއަސް މިސަރުކާރަކަށް ނުކެރޭނެ ޔާމީން ގެއަށް ބަދަލުކުރާކަށް. ނަމުގަ އޯގާތެރި ސަރުކާރު. އަމަލުން އަނިޔާވެރި ސަރުކާރު.
ނޫސްކިޔާމީހާ
08 April 2021
ކުރީގެ ސަރުކާރުން ޖަލައްލި ސިޔާސީ ކުއްވެރިން ގިނައިން ދިބީ ގޭގަ ބަހައްޓާފަ. ކޮމްމެ ރޯދަމަހެއްގަވެސް އާއިލާ މީހުން ކައިރީގަ އެމީހުން ތިބީ. ރައިސް ޔާމިނަ ސީދާ މިކުރަނީ ސިޔާސީ އަނިޔާ.
އަރުތަ
09 April 2021
ދައުލަތުގެ ތިޖޫރި ގުޅިގެން ދަވާލުންވެސް އެއީ ސިޔާސީ ދަވާލުމެއްބާ!
ވަގުން
09 April 2021
ވަގުން ތިބެން ޖެހެނީ ވަގުން ތިބެން ޖެހޭ ތާގަ. ވައްކަން ކުރާ މީހުން އަތްތައް ބުރިކުރަން ގޮވާން މަށަށް ފެނޭ
ނަޝީދު.
08 April 2021
ރޯދަމަހަށް ރައީސް ޔާމީން ގެޔަށް ބަދަލުވެގެން ދާނެ އެމް.ޑީ.ޕީ އަށް އިންތިހާބުގެ ގޮނޑިތައް ލިބިއްޖިއްޔާ. ދެން ގޭގަ މަޑިކޮށްލެވިދާނެ އަނެއްކާވެސް 2022 ނިމެންދެން. އޭގެފަހުން އަނެއްކާވެސް ޖެހޭނީ ޖަލުގަ މަޑުކޮށްލަން 2023 ގެ އިންތިހާބު ނިމެންދެން. އަނެއްހެން ކުށެއް ކޮށްގެން ނުކޮށްގެނެއް ނޫން. އިންތިހާބުތަކަށް ކެންޕެއިން ކޮށްފާނެތީ.
ގަލަން
08 April 2021
އެމްޑީޕީ ސުމެއްގެ ބައެއް. މުޅީ ލީޑަޝިޕް ބަދަލުކޮއްގެން ނޫނީ ރައްޖެއަކަ ތަރައްގީއެއް ނެއް
ކޮމްޕިއުޓާ
08 April 2021
ސިޔާސީ ހުކުން ކޮއްގެން އެމްޑީޕީޔަ ވަރައް ތާއީދުލިބޭނެ.. އެމްޑީޕީޔަ ވޯޓްދިނުން ނިމުނީ
އަރުތަ
09 April 2021
ސިޔާސީ ހުކުމް ސިޔާސީ ތިޖޫރި ސިޔާސީ ފައިސާ ސިޔާސީ ދަވާލުން އޯކޭތޯ.
އައްޑޫ
08 April 2021
ރައިސް ޔާމިން ބަރާބަރު މީހެއް. މީހުންނައް ވަރައް އޯގާތެރި މީހެ.
އަރުތަ
09 April 2021
ދުނިޔެ މަތީގަވެސް ހިއެއްނުވޭ ރ ޔާމީނުވަރުގެ މީހުނަށް އޯގާތެރި މީހަކު ހުންނާނެހެން. ނ. ވެލިދޫ ރައްޔިތުންނަށް އެކަން ވަރަށް ބޮޑަށް އެނގޭނެ.
ވަގުން
09 April 2021
ވައަކަން ކުރުމަކީ އިސްލާމް ދީނުގަ ހަރާމް ކަމެއް. އަދަދު ހަމަވާ ކަމަށް ވަންޏާ އަތްފައި ކަނޑަން ޖެހޭ. މަގޭ ހިތައް އަރަނީ ބާކީ ހުންނާނީ ކޮން ގުނަވަނެއް ބާއޭ
ވަގުންނޭ
09 April 2021
ވައްކަން ކުރުމަކީ އިސްލާމް ދީނުގަ ހަރާމް ކަމެއްވިއްޔާ އެކަން ކުރިކަމަށް އެއްބަސްވާ މީހުން ގޭގަ ބޭތިއްބުމަކީ އިސްލާމް ދީނުގައި އޮންނަ ގޮތްތަ؟ އެމީހުންގެ އަތްފައި ކަނޑަން ހިތަށްނާރުވާ ތަނުގަ އަތުގަ ފިރުމަން ގޭގަ ބައިތިއްބާފަ އެތިބީ. ކޮންމެ ކަމަކަށް މޮޅެތި ދީނީ ހުކުމް ނެރެވިދާނެ ދެން ހިނގާ ކަންކަމަށް ލޯމަރައިގެން ނުފެންނަކަމަށް ހަދައިގެން ތިބެ.
ނޫސް ކިޔާމިހާ.
08 April 2021
ރޔާމީނަކީ ކެތްތެރި ރައީސެއް.އޮޅުވާލައިގެން އެތައް ތުހުމަތެއްކޮށް އަދި ފައިސާ ދޮވުނޭ ސާބިތުކޮށް ހުކުމް ކުރީމާ ވެސް ކެތްތެރިކަމުގައި ހުރި އަދި ޖަލުގައި މިހާ ދުވަހާ ޖެހެންދެންވެސް ށަކުވާ ނުކޮށް ބަހަނާ ނުދައްކާ ކެތްތެރިކަމާއެކު ޖަލުގައި.އެހެން ކުށްވެރިން ފުންނާބުގައި ރިއްސަނީއްޔޭ ، ބުރަކަށީގައި އޮޕަރޭށަން ކުރަން ޖެހުނީ އޭ ، ހިލަ އުފެދިގެންނޜ ކިޔައިގެން ގޭގައި ތިބެ އަނެއްބަޔަކު ރާއްޖެން ބޭރަށް.ކެތްތެރި މީހެއް.ތަރައްގީގެ ބާނީ.
އަރުތަ
09 April 2021
ކެއްތެރިކަމުގެ ބާނީގެ ލަގަބާއެކު ދަވާލިކަމުގެ ބާނީގެ ލަގަބުވެސް ދެއްތޮ.
ނޫސް ކިޔާމީހާ
09 April 2021
ދަވާލިނަމަ ގައުމު އޮންނާނީ ރޔާމީނުގެ ވެރިކަމުގައި ބަނޑަށް ޖެހިފައި އަދި މި ވެރިކަމުގައި ތިބި މީހުން ދަވާކާނެ އެއްޗެއް ނުހުރީސް ދޯ.ރޔާމީނު ވައްކަން ކުރިނަމަ އަދި ދަވާލިނަމަ ނިކަން ށަރިއަތުންނާއި ހެކި ބޭނުންކޮށްގެން ސާބިތުކޮށަބަލަ.ރީނދޫ މީހުން ވެރިކަމަށް އަންނަން ވެގެން ޖެހި ސްޓަންޓުތަކޭ އެއީ.ހޭލަބަލަ.ދަވާލީ އަދި ވައްކަން ކުރީ އަދީބު.
ހުސްނުހީނާ
08 April 2021
ޔާމީނު ގެއަށް ބަދަލު ކުރުމަކީ އޭނަގެ ފަރާތުން ނުހައްޤުން އަނިޔާ ލިބުނު އެތައް އާއިލާއަކަށާއި ރާއްޖޭގެ ރައްޔިތުންގެ ގައިގަ ކޮޅުފައިން ޖެހުން ކަހަލަ ކަމެއް. ޔާމީން އަކީ ބޮޑެތި ޖަރީމާ ހިންގައި، ދައުލަތުގެޚަޒާނާއިން މިލިއަނުން ކައިފަ ހުރި ކުއްވެެރިއެއް. މީނާހުންނަން ޖެހޭނީ ތޭރިތަކުގެ ފުރަގަހުގަ.
ްައަހައްމަދު
08 April 2021
ކަލެއަށް ތިޔޮތީ އެނގިފައި
ޔާމީންބެސްޓް
09 April 2021
ކަލޯ ކާކު ދެއްކި ވާހަކައެެއް ތީ،، ހާދަ ގާމާރޭ