ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ މާލިއްޔާގައި މިހާރު ލައްޑޫ ނޫން އެއްޗެއް ނެތްކަމަށް،
25 އެޕްރީލް 2021 - 13:38
އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އެވޯޑްރޯކުރަން ނުވަތަ ފައިސާ އިތުރަށް ޗާޕްކުރަން ސަރުކާރުން ދެވަނަ ފަހަަރަށް ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ފައިސާ ޗާޕްކުރަން މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދައިގެ މުއްދަތު މާދަމާ ހަމަވާތީ އެ ހުއްދައިގެ މުއްދަތު އިތުރުކުރަން މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ޝިޔާމް ވިދާޅުވީ ރާއްޖޭގައި ހުރި މުހިއްމު ފަންޑުތަކުގައި މިހާރު އެއްވެސް ފައިސާއެއް ނެތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އޭގެ އެއް ފަންޑަކީ އޭނާ ވިދާޅުވިގޮތުގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑެވެ.
ޝިޔާމް ވިދާޅުވީ ދައުލަތުން ހަރަދުކޮށް ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރު ވެސް 1.8 ބިލިޔަން ރުފިޔާ ހަރަދުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މިދިޔަ އަހަރު ސަރުކާރަށް 5.2 ބިލިޔަން ރުފިޔާ ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަޝްރޫއުތައް ހިންގަނީ ސަރުކާރުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްގެން، އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދީ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"އެތަނުގައި ވެހިކަލެއް ހަލާކުވިޔަސް އެ ވެހިކަލެއް ހެދޭނެގޮތެއް ނެތް. އެތާނގައި ތިބި މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތް އިއްޒަތްތެރި ރައީސް،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ހުރިއްޔާ ހުރި ފައިސާއެއް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހަރަދުކުރެއްވީ އިގުތިސާދު މި އަހަރު ރަނގަޅުވާނެ ކަމަށް ދެކެވެޑައިގެން ކަމަށާއި އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެހެން ވިދާޅުވެފައި ވާތީ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ފަހުކޮޅު އިގުތިސާދީ ބޫމެއްގެ ވާހަކަ. އެ ވިދާޅުވި ވިދާޅުވުމާ ގުޅިގެން، ފިނޭންސް މިނިސްޓަރު، މާލިއްޔާގައި ހުރިއްޔާ ހުރި ފައިސާއެއް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މާލިއްޔާގައި ހުރިއްޔާ ހުރި ފައިސާއެއް ބޭނުންކުރީ. ބޭނުންކުރި ތަނެއް [ކޮން ކަމަކަށް ކަމެއް] އަޅުގަނޑުމެންނަކަށް ނޭނގޭ. ޔަގީނުން ވެސް އެއަކު ނެތް މިހާރު ލައްޑޫ ނޫން އިތުރު އެއްޗެއް،" ޝިޔާމް ވިދާޅުވި އެވެ.
ލައްޑޫއަކީ އިންޑިއާގައި ތައްޔާރުކުރާ ވަރަށް މަޝްހޫރު ފޮނި ހެދިކާ އެކެވެ. އެއީ އާއްމުކޮށް އުފާވެރި ކަންތައްތައް ހިނގުމުން އާއިލާއާއި އެކުވެރިން އެކަމުގައި ބައިވެރިކުުރުމަށް ބަހައި އުޅޭ އެއްޗެކެވެ.
ފައިސާ އިތުރަށް ޗާޕްކުރަން ސަރުކާރަށް ހުއްދަ ދޭތީ އެކަމާ ނުރުހުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ މިފަހަރު ވެސް ސަރުކާރުން އެ ހުއްދައަށް އެދުނީ މަރުކަޒީ ބޭންކް، އެމްްއެމްއޭ އާ މަޝްވަރާ ނުކޮށްްކަން އެެނގިފައިވާ ކަމަށެވެެ. ފައިސާ ޗާޕްކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރަން ފިނޭންސުން އެދުމުން އެކަން ބަލަން ނެގި ވަގުތީ ކޮމިޓީ އަށް އެ މައުލޫމާތު ލިބުނީ ޝިޔާމް ވިދާޅުވި ގޮތުގައި ގަވަރުނަރު (އަލީ ހާޝިމް) ވަޑައިގެން އެ ވާހަކަ ވިދާޅުވުމުންނެވެ.
ފައިސާ ޗާޕްކުރުުމުގެ ހުއްދަ ދޭތީ އިދިކޮޅު މަދު މެމްބަރުން ފާޑުވިދާޅުވި ނަމަވެސް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މިއަދު ފާސްކުރީ އެ ހުއްދަ ދިނުމަށެވެ. އެގޮތުން ހުއްދަ ދިނީ އޯވަޑްރޯކޮށްފައިވާ ފައިސާގެ އަދަދު އެއް ވަގުތެއްގައި 4.4 ބިލިޔަނަށް ވުރެ މަތި ނުވާނެހެން، އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ފުރުސަތު ދިނުމަށެވެ. އެކަމަށް ޓަކައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)،މ (ރ) އަދި (ބ) ސަސްޕެންޑްކުރަން ފާސްކުރީ 44 މެމްބަރެއްގެ ވޯޓުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާސް
25 April 2021
ދޮޅު އަހަރަށް ދިގު ދެމިގެން މިދާ ބަލިމަޑު ކަމުގަ ކިހިނެއް ކަންކަން ކުރަނީ. އެކަކުވެސް ވިސްނާނުލާ މުޅި ދުނިޔެ ކަހަލަ ގޮތަކަށް ހުރިހާ ކަމެ އް ހުއްޓިފަ ހުރި ކަމެއް. ކޮންމެވެސް ގޮތަކުން ހިފަހައްޓަން އެބަޖެހޭނު.
މޫސާކުއްދާ
25 April 2021
މީނާވެސް ހިތަށް އަރާފާނެ ތިމަންނާ މީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެކޭ! މެމްބަރަކަށް އުޅުނުއިރު ކާންލިބުނު ބައިވަރުތައް މިހާރު ލިބެން ނެތީމާ އަނގައެރުވުން ނޫންކަމެއް ނުކުރެވޭ. ބޯން ތަށްޓަކަށް އަޅައިގެން ޗަކޮއެ ސޭ ބޯންވީއެއްނު.
ދަރަނި ދަންތުރަ
25 April 2021
ރީނދޫ ބައިގަނޑު ގައުމުދަވާލީ ޔާމީނު ވެރިކަން ނިމުނުއިރު 800 މިލިޔަން ޑޮލަރ ހަޒާނާގައި ހުއްނާނެ
ސީޒަން ޖެކްޝަން
25 April 2021
ޝިޔާމުމެން ގައިގާ މަސްޖަހާފައިތިހުރީ އިންޑިޔާ ލައްޑޫއާ އިންޑިޔާ ގިތެލާ އިންޑިޔާ ގެރިކިރު ބޮއިގެން.
ޗީޒަން
25 April 2021
ހެކި ދައްކަންވާނެދޯ ތިހެން ބުނާއިރު. ޝިޔާމްމެންނަކީ ޗައިނީޒް ނޫޑްލްސް ކައިގެން އުޅުނު ކުދިން.
ބޮޑުބަލާސޭނަ
25 April 2021
ޔާމީނުދައުރުގައި ހެސްކިޔާފަ ދައުލަތުން ވައްކަންކޮށްފައި މިހާރުދެން ކޮން ލައްޑޫއެކޭ ކިޔާކަށް؟ ދިވެހިންނަށް މިހާރުއެނގޭ ތިޔަކަހަލަ ސިޔާސީ ޒޮމްބީންނަކީ ކޮންބައެއްކަން..
12 ޓިނު
25 April 2021
30 ރުފިޔާ އަށް ފެނަކަ ނައިފަރު ބުރާންޗަށް ތެޔޮ ވިއްކީމާ ދެން އޮންނާނީ ލައްޑޫ ނޫން ކޮން އެއްޗެއް ހެއްޔެވެ
އައްޔަ
25 April 2021
ލައްޑޫވެސް އޮތްކަން ރަނގަޅުތާ! މީސްމީހުނައް ރިސޯޓު ފަދަމަސައްކަތް ކުރަން ދީފަހުރި ރައްތަކާ ފަޅުތަކާ ބިންތަކާ އެއްބަސްވުމަކައް ބެލުމެއްނެތި އަތުލާފަ މުޅިގައުމު ސަލާމަތް ނުވެވޭވަރައް ލޯނުތައް ނަގާފަ ގޮސްމިކިޔަނީ އެއްޗެއްނޭ ހުރީލައްޑޫއޭ!
ބައްޔަ
25 April 2021
ތިޔަ ކިޔާ އެއްވެސް ލޯނެއް ދައްކާކަށް ނޫން ގައުމު ދަރައިގެން އުޅެނީކީ.
ކޮލަމާފުށި
25 April 2021
މިމީހުންގެ ލަދުހަޔާތް ކޮބާ؟. ވެރިކަމުގަ ތިބެގެން ބައިތުލްމާލުކައިހުސްކުރި ބައެއްމީ..
ކޮލަމާހުއްޓާ
25 April 2021
ދޮންކަލޯ ކިހިނެއް ހިސާބު ޖަހައިގެން ކާކު ބުނި އެއްޗަކަށް ބަލައިގެން ތިހެން ތިބުނީ؟ ވެރިކަމުން ފޭބި އިރުވެސް އެތަށް މިލިއަން ރުފިޔާ ދައުލަތުގަ ހުރި، ދޮންކަލޯއަށް ތި އަޑުއިވުނީ ވެރިކަމުގެ ދަހިވެތި ކަމުގަ ބަޔަކު ހެދި ރޯ ބުހުތާނު ދޮގުގެ ވާހަކަ، ވައްކަމޭ ކޮރަޕްޝަނޭ ކިޔާފަ މީހުން ލޮލުގަ އަނދުން އަޅުވާފަ އައިސް މުޅި ދައުލަތް ލޫތުވައިފި، ހޭލާކަށް ނުވޭބާ؟
ގެދާނޯމޮސް
25 April 2021
ބަޔަކަށް އެނގިހުރެ ގައުމު ދަރުވާލަނީ އެވެ. ފައިބައިގެން ދާއިރު އެއްޗެށް ނެތްނަމަ ތަންދޮރު ދަންނަ ހަމައިގާ ތިބި ބަޔަކު އަލުން އެކަންވެސް ކުރާނެކަމީ ހާސްވެތިބެންޖެހޭނެ ކަމެއްނޫންކަން އެމް.ޑީ.ޕީ ދަނެއެވެ. ދަންނާނެއެވެ. ނޮވެންބަރު 3 ގެ އުދުވާނުންވެސް ރައްޔިތުންގެ ލޭ ބޮއެގެން ވޯޓްހޯދައިގެން ގައުމު ދަރުވާލާނެ ބަޔަކު ގައުމުގަ އުޅޭނެކަން ދަސްވި މީހުން ދެން ﷲ ގެ އިރާދަފުޅުން ވާނީ ގިނައެވެ.
ޙިނި
25 April 2021
ހާދަ ޒާތީ ވާ މީހެކޭ ދޯ، ހިތުން ވަރައް މަޖާ އެއްޗެއް އެބުނީ
ސޫސްމާރިއޯ
25 April 2021
ޒާތީވިޔަސް ޒާތީ ނުވިޔަސް ޤައުމުގެ ޙާލަތު އޮތީ މަތިފުށް ދަށަށް ޖެހިފައިކަން ނިންޏަށް ނޭނގުނަތީވެ ދެރަވަން