04 މެއި 2021 - 01:28
ކޮވިޑާ ގުޅިގެން ފިޔަވަޅު އަޅަމުން އަންނަ އުސޫލަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި ލޮކްޑައުނަކަށް ދާންޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ރޭ ވިދާޅުވެއްޖެ އެވެ.
މަބްރޫކް މިހެން ވިދާޅުވީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ އަލަށް އަޅަން ނިންމި ފިޔަވަޅުތަކަށް އެއްވެސް ވަރަކަށް ސިޔާސީ ނުފޫޒު ފޯރާފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަބާވުދެއްވަމުންނެވެ.
"ފިޔަވަޅުތައް އެޅުމަށް ގެންގުޅޭ މެކޭނިޒަމަށް އެއްވެސް ބަދަލެއް ނާދޭ. އަދި އެކަމުގައި ގެންގުޅޭ ވިސްނުމަކަށް ވެސް ބަދަލެއް ނާދޭ. ހަމަ ކުރިން ވެސް މަސައްކަތް ކުރަމުން އައި ގޮތަށް ކުރިއަށް ދަނީ،" މަބްރޫކް ވިދާޅުވި އެވެ.
މާދަމާ ވެސް އިތުރު ފިޔަވަޅެއް އަޅަންޖެހިދާނެ ކަމަށާއި ފިޔަވަޅުތައް އަޅަނީ އޭރެއްގެ ހާލަތަށް ބަލައި، އެ ވަގުތަކަށް އެންމެ އެކަށޭނެ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ހުއްޓުވުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވި އެވެ.
"(އެންމެފަހުން ބޭއްވި) ރައީސް އޮފީހުގެ ޕްރެސްގައި އަޅުގަނޑު ބުނިން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ވިޔަސް، ރާއްޖެއަށް ގައުމަކުން މީހުން އައުން ހުއްޓުވަން ވިޔަސް، ލޮކްޑައުންއަކަށް ދިއުން ވިޔަސް، އެ ހުރިހާ އޮޕްޝަނެއް އިޒް އޮން ދަ ޓޭބަލްއޭ،" މަބްރޫކް ވިދާޅުވި އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭއިން 585 މީހަކު ކޮވިޑަށް ޕޮޒިޓީވްވެފައިވެ އެވެ. އަދި މިއީ ރާއްޖޭގައި މި ބަލި ފެތުރެން ފެށި ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓީވްވި ދުވަސް ވެސް މެ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު އިތުރުވާން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިން ލުއިތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގަ އެވެ. އޭގެ ކުރިން އޮތީ ކެފޭ/ރެސްޓޯރަންޓުތަކުން ވަކި ވަގުތަކު ހިދުމަތްދޭ ގޮތަށް އަދި ދަންވަރު ކާފިއު ހިންގައި ވަކި ވަގުތެއްގައި ވެހިކަލް ދުއްވުން ވެސް މަނާކޮށްފަ އެވެ.
ބަލިވާ މީހުންގެ އަދަދުތައް އިތުރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ވަނީ އަލުން ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައި އެކަން ރޭ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިޔާރު
04 May 2021
ކުރީފަހަރުވެސް ލޮކްޑައުންއޭ ވިދާޅުވެ ބައިތުލްމާލު ހުސްކޮށްލައިފިއެވެ. ކެނެރީގޭ ބަރުލަމާނީ ނެތްނަމަ ދޮންކަޅުވެސް ނޭގޭނެއެވެ.
ލޮކްޑައުން
04 May 2021
ޕްލީސް ޑޫ ދަ ނީޑްފުލް. ތޭންކްސް
ހިމާރުލްގައުމު
04 May 2021
ވަރިހަމަ. ބަލަ އެތެރެވާ މައި އައްޑާ އިންޑިއާއަށް މިގައުމު ތައްމިނަށް ހުޅުވާފަ ބާއްވާތި. ވަރިހަމަ ދިވެހިން ހަފުސްވެ ދިޔަޔަސް.
މުހައްމަދު
04 May 2021
ހެޔޮނުވާނެ އިންޑިއާ ގެސްޓުން ގެނައުން ހުއްޓާލާ. އަދި ސައުތު އެފްރިކާވެސް. އާދޭސް ކުރަން.
އެކަމު
04 May 2021
މިހާރު މާ ލަސްވެއްޖެ. އެތެރެވާނެ ހުރިހާ އެއްޗެއް އެތެރެވެފަ މިހާރު އޮންނާނީ. ފާރަލައިގެން ކުރިން ބަލައިގެން ކުރިއާލާ ފިޔަވަޅުތައް ނާޅާނަމަ ފަހުން ކުރާނެ ކަމެއް ނޯންނާނެ. ވަގުތު ފާއިތުވާ ފަހުން ކޮންމެ ފަހަރަކު ފިޔަވަޅު އަޅަނީ. ދުވަސްތައް ފާއިތުވާ ވަރަކަށް އާ ވޭރިއަންޓްތަކާ މާ އަވަހަށް ފެތުރޭ ވޭރިއަންޓްތައް އުފަންވާ ވަރަކަށް ފިޔަވަޅުތައް ކުރިއާލާ އަޅަން ސަމާލުކަންދޭންޖެހޭ. އެކަމު އެހެނެއްނޫން ހަދަނީކީ.
ރަސްރުއް
04 May 2021
އިދިކޮޅުގެ ބަލާތައްއަދިވެސް މުޒާހަރާއޭކިޔާފަ މަގުމައްޗަށް އެއްވެ މިފަދަބަލާރައްޔިތުންނަށް ޖައްސަން އުޅޭތި، ގައުމާއި މުޅިދުނިޔޭގެ ހާލަތަށް ވިސްނާލާނަމަ ކިހާރަގަޅު،
ހިމާރުލްގައުމު
04 May 2021
ވެރިކަން ކުރާ ބަލާތައް ރީނދޫ ޖުއްބާ ލައިގެން މަސްދޯނިތަކުގައާ ސަފާރީތަކުގަ ނަށާ ހެދީ. ކޮން އިނދިކޮޅެއް ތިކިޔަނީ ކަލޭ. އެހެންނޫނަސް ބަލި ގެންނަނީ ކަލޭމެންނަށް ވެރިކަން ހޯދަދިން ކަލޭމެންގެ އަވަށްޓެރި ގައުމު މީހުން.
ޒިމާން
04 May 2021
ލޮކުުުޑައުން އަކަށް ދިޔަސް ދެން އަހަރުން އެޔަކަށް އަމަލެއް ނުކުރާނަށް. ސަރުކާރާ އެޗްޕީއޭ ބުނިހާ ގޮތެއް ހަދައިގެން އަހަރުން ތިއްބަ ސިޔާސީ މަންފާއަށް ކަލޭމެން ރާއްޖޭގަ ކޮވިޑު ފަތުރާފަ ދެން އަހަރުން ބަންދު ކޮއްގެން ގެންގުޅޭނަމޭ ހިތަށް ނާރުވާތި. ދެންއެކަމެއްނުވާނެ
ރާޒީ
04 May 2021
ކުރިންބުނީ 200 މީހުން ދުވާލަކަށް ޕޮޒިޓިވް ވީމަ ލޮކްކުރާވާހަކަ. މިހާރު 500 އިންމަތީވަވެސް ބުނަނީ ޖެހިއްޖިއްޔާކުރާނަމޭ. ކޮބާތަޖެހުމަކީ. ހުސްދޮގާމަކަރާނޫން އެއްޗެއް ކަމެއްކުރާކަށްނޭގެ. 2ވަނަ ޑޯޒް ޖެހީމަ ކަރަންޓީނު ވާކަށްނުޖެހޭނޭ ކުރިންބުނީ. މިހާރު އެނީ ބުނިވާހަކައަކަށްނުވި. މީހަކު ނުދައްކާން ފޮރުވަފައޮތަސް ދޮގުތައްހޯދައިގެންނާއި ހަދަހަދައިގެންވެސް ހުރިހާބޮޑުން ރައްޔިތުންނަށް އޮޅުވާލާ ގުބޯހައްދައިފި. ސާބަހޭ ބޮޑުންނަށް
ޛޖޖައުދް
04 May 2021
ލޮކްޑައުން ކުރާނެހެން ހީވަނީ. ސަބަބަކީ ވެކްސިން ހުސްވާނެތީހެން ބޮޑަށް ހީވަނީ.
ހުސެން
04 May 2021
މަބުރޫކު ތިޔަ ކިޔާއެއްޗަކީ ތެދު ކަމުގައިވަންޏާ ކުރިން ލޮކުޑައުން ކުރީކީ ލޮކުޑައުންނަކަށް ދާންޖެހިގެނެއްނޫންކަންހާމަވޭ! އޭރު ލޮކުޑައުންކުރީ ލޮކުޑައުންކުރަންޖެހޭ ހާލަތު އޮވެގެންކަމުގައި ބުނާނަމަ މިހާރު ލޮކުޑައުންކުރަންޖެހޭ ހާލަތުނެތޭ ބުނެވޭނެ އެއްވެސްގޮތެއްނެތް! ގަބޫލުކުރެވެނީ ކުރީކޮޅު ތަންތަނުން ބޮޑެތިއެހީހޯދާ އެފައިސާއަށް ވީނުވީނޭންގި ސަރުކާރުގައި ބައިބައިވުން ބޮޑީކަމަށް، ޓޫރިޒަމްމިނިސްޓަރ، ހެލްތުމިނިސްޓަރ، ގަތް ކަމަށްބުނާ ވެންޓިލޭޓަރ ތައް؟؟؟
ގެދާނޯމޮސް
04 May 2021
މޯދީ ކެމްޕެއިން ކުރިގޮތަށް އެމްޑީޕީ އިސްވެއޮވެ ކުރި ކެމްޕެއިންގެ ނަތީޖާ ނުކުތީ ރާއްޖެއިން ގިނަބަޔަކު ޕޮސިޓިވްވެގެންނެވެ. އިންޑިޔާގެ ވެސް މޯދީގެ ކެމްޕެއިން ގައި އަޅުކަމާއި ބޭއްވި ބޮޑެތި އެއްވުން ތަކަށް އިދިކޮޅުންނާއި އެތާ ކަމާބެހޭ ވުޒާރާތަކުން ގޮވާލި ގޮވާލުމަށް ދިނީ ބީރުކަންފަތެވެ. ނަތީޖާ މިހާރު އެފެންނަނީ އެވެ. މުސާރަ ނަގަން ދާންޖެހުނީ މާ އެކަންވެސް ކުރާނެ ކުރިޔަށް އޮތް 5 އަހަރުވެސް މިވެރިކަން އޮންނާނީ ލޮކްޑައުންގެ ތެރޭގައި.