އެޗްއެސްބީސީގެ ޔޫކޭގެ ބްރާންޗެއް.
06 މެއި 2021 - 08:26
އިނގިރޭސިވިލާތުގެ އެޗްއެސްބީސީގެ ބްރާންޗެއްގައި މަސައްކަތު މީހެއްގެ ވަޒީފާއަދާކުރާ ދުވަސްވީ އަންހެނަކާ ދޭތެރޭ މުވައްޒަފުންގެ ކުރިމަތީގައި ވެރިމީހާ އިހާނެތިކޮށް ހިތާތީ ވަޒީފާ ދޫކޮށްލަމުން ލިޔުނު ނޯޓެއް އާންމުކުރުމުން އޭނާ އަށް އެތައް ބައެއްގެ ލޯތްބާއި ތައުރީފު އޮހެން ފަށައިފި އެވެ.
ޖޫލީ ކަޒިންސް ކިޔާ 67 އަހަރުގެ މީހާ މިދިޔަ ހުކުރު ދުވަހު ވަޒީފާ އިން ވަކިވާން ލިޔުނު ސިޓީ އޭނާގެ ދަރިފުޅު ޖޯ ވަނީ ޓްވިޓާގައި އާންމުކޮށްފަ އެވެ.
ސިޓިއާ އެކު ޖޯ ބުނެފައި ވަނީ އޭނާގެ މަންމަ ބޭންކުތައް ސާފުކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރާތާ 35 އަހަރުވެއްޖެ ކަމަށާއި އެޗްއެސްބީސީގައި މަސައްކަތްކުރާތާ ވެސް ފަސް އަހަރުވެފައިވާ ކަމަށެވެ. އެކަމަކު އެހާ ދުވަސްވީ އިރު ވެސް އެ މަސައްކަތުގެ އަގުވަޒަން ނުކޮށް އިހާނެތިކޮށް ހިތީތީ ވަރަށް ދެރަ ކަމަށް ބުންޏެވެ.
އެ މައްސަލާގައި މަންމަ ވަޒީފާ ދޫކޮށްލުމުން އުފާވާ ކަމަށް ވެސް ދަރިފުޅު ބުނެފައިވެ އެވެ.
And this is why I love my mum. She’s been cleaning banks for 35 years and today walked out with this lovely note left for that awful manager. Happy retirement Mum - always have the last laugh eh! 💚☺️ #Tada pic.twitter.com/u8G73MTPMA
— Joe 😎💫 (@joecousins89) April 30, 2021
އަތުން ލިޔެފައިވާ ޖޫލީގެ އިސްތިއުފާގެ ސިޓީ ފަށަމުން، ދެން އޮތީ އޭނާ އެޗްއެސްބީސީ ސާފުކުރާ އެންމެ ފަހު ދުވަސް ކަމަށް ބުނެފައިވެ އެވެ. ދެން މަސައްކަތާ ހަވާލުވާ މީހަކަށް، ސާފުކުރަން ތަކެތި ތައްޔާރުކޮށްފައި ހުންނާނެކަން ބަޔާންކޮށް ދެން އޮތީ އިސްތިއުފާ ދިން ސަބަބާ އެކު ވަރުގަދަ މެސެޖެކެވެ.
ބުނެފައި އޮތީ އިސްތިއުފާ ދެނީ އޮފީހަށް ހާޒިރުކޮށް އޭނާ މަސައްކަތް ބަލައި ނުގަނެ އޭނާއާ މެދު އަމަލުކުރި ހަރުކަށި އަދި އަނިޔާވެރި ގޮތުން ކަމަށާއި ނަމަވެސް އެކަމުން ހާމަވީ މެނޭޖަރުގެ އަސްލު ސިފަ ކަމަށެވެ.
Well done her, my dad was a caretaker of a school for 30 years, so many rude staff. When I started teaching I swore I would always be friendly to all staff contributing to the school. pic.twitter.com/JYbNaMnzAR
— Sonia Harris (@SoniaHa89862993) May 1, 2021
"މި ދުނިޔޭގައި ކޮންމެ މީހަކަށް ކޮންމެ ގޮތަކަށް ވެސް އުޅެވިދާނެ. އެކަމަކު އޯގާތެރިވާން ވާނެ. އެއީ، އެއްވެސް މީހަކީ ސާފުކުރާ މީހާ އަށް ވުރެ ވަކި މޮޅު މީހަކަށް ނުވާތީ،" އިސްތިއުފާގެ ނޯޓް ނިންމާލަމުން ބުނެފައިވެ އެވެ.
އެ ސިޓީއާ އެކު ޖޫލީ އިސްތިއުފާ ދިނުމުން ހިތްވަރު ދިން ބައެއް މީހުން ބުނެފައިވާ ގޮތުގައި ތަންތަންފޮޅައި ސާފުކުރާ މީހުންނާއި ސެކިއުރިޓީ ގާޑުން ފަދަ ވަޒީފާތަކާ މެދު ބައެއް މީހުން ދެކެނީ ވަރަށް ދަށްފެންވަރުގެ ބައެއްގެ ގޮތުގަ އެވެ. އަދި ބައެއް މީހުން އެ މީހުންގެ އަމިއްލަ ތަޖުރިބާގެ ވާހަކަ ވެސް ހިއްސާކޮށްފައިވެ އެވެ.
I love what your Mam has done, i am a cleaner of 3 part time jobs, and sometimes people can be cruel. We as Cleaners have kept this world and all there buildings, and shops and homes. clean. If it wasnt for us.. .. well i will leave the rest to you all. Cleaners matter also x
— Tracy Sadler (@TracySadler11) May 1, 2021
ޖޫލީ އަށް ދިމާވި ހާދިސާއާ ބެހޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން އެޗްއެސްބީސީން ބުނީ ވަކިވަކި މުވައްޒަފުންނާ ގުޅުން ހުރި ވާހަކަތައް މީޑިއާތަކާ ހިއްސާނުކުރާ ކަމަށެވެ. އެކަމަކު ޖޫލީ އަށް ދިމާވި ހާދިސާ އިތުރަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.
My mums note has gone viral! I’m so happy that people understand in a world where you can be anything - you should just be kind! 💚 https://t.co/2pNXvg1b7q
— Joe 😎💫 (@joecousins89) May 2, 2021
މަންމަގެ ސިޓީ ޓްވިޓާގައި ވައިރަލްވެ، އެ ވާހަކަ ވަރަށް ގިނަ މީޑިއާތަކުގައި ވެސް ގެނެސްދިނުމުން ޖޯ އެކަމަށް ޝުކުރު އަދާކޮށްފައިވެ އެވެ. އޭނާ ބުނި ގޮތުގައި އެ ވާހަކަ ހިއްސާކުރީ ބަޔަކަށް ފިލާވަޅަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެތި
09 May 2021
ސްޓެލްކޯގެ ވެރިން މިހަބަރު ކިޔާނެކަމަށް އުއްމީދު ކުރަން ....
ޢަލިބެއްޔާ!
07 May 2021
ބޭނުން ކޮންމެކަހަލަ މީހަކަށް ވެވެން އޮތް މި ދުނިޔޭގައި އޯގާތެރިއަކަށް ވަމާ!
ތަރުޖަމާ
06 May 2021
"މި ދުނިޔޭގައި ކޮންމެ މީހަކަށް ކޮންމެ ގޮތަކަށް ވެސް އުޅެވިދާނެ. އެކަމަކު އޯގާތެރިވާން ވާނެ." އަސްލު އިބާރާތުގެ ތަރުޖަމާއަކަށް ބޮޑަށް ގުޅެނީ މިކަހަލަ ގޮތެއް: "ތިބާ ބޭނުން މީހަކަށް ވެވެން އޮތް ދުނިޔެއެއްގައި އޯގާތެރި މީހަކަށް ވޭ!"