ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ސަލާމާތީ ބާރުތަކުން މާލެ ތެރޭގައި ސަލާމަތީ ކަންކަން ބަލަހައްޓަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
18 މެއި 2021 - 14:16
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލަންވީ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މައްސަލަ ބަލަމުން އަންނައިރު އެ ތަނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ، މަޖިލިހުގެ އިދާރާ އަށް ތްރެޓެއް އޮތް ކަމުގެ މައުލޫމާތު ލިބުމުން އެ އިމާރާތާއި އެ ތަނުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ.
"މިވަގުތު ހާލަތަށް ބަލައި ސެކިއުރިޓީގެ ކަންކަން ދަނީ ދަމަހައްޓަމުން،" އާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމުގެ އިންޒާރުދީ، މީހަކު ކުރި ކޮމެންޓެއްގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައުމުން ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
ފުލުހުން މިއަދު ބުނިގޮތުގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުން ދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާ އަށް ފަހު ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި އޭގެ ފަހުން ސިފައިންނާއި ފުލުހުން އަންނަނީ ޓެރަރިޒަމާ ދެކޮޅަށް ކުރިއަށް ވުރެ ބޮޑަށް ފާރަވެރިވި މައްސަލަތައް ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
18 May 2021
ސޯޝަލް މީޑިއާގެ ކޮމެންޓްތަކަށް ބަލައިގެން ސިފައިން ރިއެކްޓް ކުރުމަކީ ދެރަކަމެއް! އަދިވެސް ފެންނަނީ އިންޓެލިޖެންސް ފެއިލްވެފައިވާތަން! ތިގޮތަށް ހަތިޔާރު ހިފައިގެން ހުރިހާތަނެއްގައި ފޯރި މެރުމުން ގައުމީ ސަލާމަތާމެދު އާންމުންގެ އޮންނާނެ ބިރުވެރިކަން ވަޒަންކޮށްލެއްވުން މުހިންމު!!
ދޮންބިބީ
18 May 2021
އަޖައިބެއް ތިޔަބުނާ އިންޒާރެއް ދީގެން ސޯސަލް މީޑިއަރ އެލަރޓްވިތާ 48ގަޑިއިރު އެކަމެއް ފުލުހުންނާ ސިފައިންނަށް ނުހޯދިއްޖެޔާ ރައްޔިތުންނަށް ޖެއްސުން ނުކޮއް މަގުތަށް ހުޅުވާލާ ފުކެއް ބޮޑުވަރު
ޒުލްފާރ
18 May 2021
މީދެން ބޯޑުވެެއްޖެ ކަމެއް މާލޭގެ އެންމެ ކާރބރު ބޮޑު ސަރަހައްދު ބަންދުކޮށްފަ ބާއްވައިގެން އިތުރު ދުއްތުރާތަކެއް މިޖެހެނީ ނިކަމެތި ރައްޔިތުންނަށް ..