ކޯޓުގެ ނިންމުމުގައި ބުނެފައިވާ ގޮތުން، ފުލުހުން ދިޔައިރު ކުށުގެ ވެށީގައި އީސައެއް ނެތް.
ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ---
20 މެއި 2021 - 21:44
ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އެދުނު ނަމަވެސް، އެ އަމުރު ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.
އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލައިގެ ތަހުގީގަށް އީސަ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެދިނުމަށް ފުލުހުން އެދުނީ ރޭގެ ވަގުތެއްގަ އެވެ. އެހެންވެ، ޕީޖީ އޮފީހުން އެ އަމުރު ހޯދުމަށް ކޯޓަށް މިއަދު ހުށަހެޅި އެވެ.
ކްރިމިނަލް ކޯޓުގައި ހުންނެވި އެކަނި އަންހެން ގާޒީ ދީބާ ނާޒް ފަހުމީ އަމުރާ މެދު ނިންމި ނިންމުމުގައި ބުނެފައިވާ ގޮތުން، އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތެވެ.
ނިންމުމުގައި ބުނެފައިވާ ގޮތުން، އީސަ ހައްޔަރުކުރަން ޖެހޭ ސަބަބުތަކުގެ ތެރޭގައި، މި މައްސަލާގައި ހެކި ބަސް ދޭން ތިބި މީހުންްގެ ތެރެއިން މި ވަގުތު ބަޔާން ނުނެގި ތިބި މީހުންނަށް އޭނާ ނުފޫޒު ފޯރުވައިފާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޕީޖީން ބަޔާންކޮށްފައިވާ ވިޔަސް އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅައިފައެއް ނުވެ އެވެ. ޕީޖީން ބުނެފައިވަނީ އީސަ ދޫވެފައި ހުރެއްޖެ ނަމަ، މި މައްސަލާގައި ހެކި ބަސް ދޭން ތިބި މީހުންނަށް އޭނާގެ ފަރާތުން ނުފޫޒު ފޯރުވައިފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
ކޯޓުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އީސަ ހައްޔަރުކުރަން އެދިފައި ވަނީ، އޭނާގެ އަނބިކަނބަލުންގެ ގައިގައި ގަދަކަމުން އަތްލައި، ތަޅައި މާރާމާރީ ހިންގައި އަދި އެ މީހުންގެ ދަރިފުޅު ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް މަގުމައްޗަށް އެއްލާލައި އެ ކުއްޖާ ދިއްކޮށް ކުއްޖާ މަގުމައްޗަށް ވައްޓައި މަރާލާނެ ކަމަށް ބުނެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެހެން އަމަލު ކޮށްފައިވާތީ ޕޮލިހަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށެވެ.
ކޯޓުގެ ނިންމުމުގައިވާ ގޮތުން މި މައްސަލައަކީ މެއި 19، 2021 ގައި ހިނގާފައިވާ ހާދިސާއެއް ކަމާއި، ހާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާ އެކު ހާދިސާ ހިނގައިގެން އުޅޭ ކުށުގެ ވެއްޓަށް ދިޔަ އިރު އީސަ ނެތްކަން އެނގެ އެވެ. އެހެންވެ، އީސަ ކުރި ކަމަށް ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ހިމެނޭ ކުށަކަށް ނުވެފައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގައި، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓޭނެ ސަބަބުތަކުގެ ތެރޭގައި، ތަހުގީގުގެ ބޭނުމަށް ބަންދުގައި ބެހެއްޓުން ނުހިމެނޭ ކަމަށް ބަޔާނުގައި ވެ އެވެ.
މީގެ އިތުރުން މީހަކަށް ނުރައްކާތެރި ހާނީއްކައެއް ދިނުމުގެ މައްސަލައެއްގައި މިގޮތަށް މީހަކު ހައްޔަރުކުރުމަށް ޕީޖީން އަދި ފުލުހުން ވެސް އެދިފައި ނުވާ ކަމަށާއި ކުޑަކުދިންގެ ހިޔާގައި ކުދިންތަކާ އެކު އެ ކުދިންގެ ކަރާމާތް ގެއްލޭ ފަދަ އަމަލުތަކެއް ހިންގި ކަމުގެ 12 ދައުވާއެއް ކުރި އިރު ވެސް އެ މައްސަލަތަކުގައި ހިމެނޭ މީހުން ބަންދުކުރުމަށް އެދިފައި ނުވާ ކަމަށް ވެސް ނިންމުމުގައިވެ އެވެ. އެހެންވެ ހައްޔަރު އަމުރު ދީފި ނަމަ މިއީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަ ކަމުގެ އުސޫލާ ހިލާފުވުން ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ވެސް ގާޒީ ވިދާޅުވެފައިވެ އެވެ.
މި އަމުރު ނެރެ ނުދިމުން މިކަމުގައި ޕީޖީން އަމަލުކުރާނެ ގޮތެއް އަދި ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެންމިހާރު
21 May 2021
ކުށްކުރަން ބޭނުންވާ ހުރިހާ މެމްބަރުންވެސް މިގޮތަށް ކަންކުރަން މަގުފަހިވެގެން އެދިއައީ. ފުލުސް އަންނަންވާއިރަށް ކުށުގެ ވެށި ދޫކޮށްލާފަ ބާރު ސްޕީޑްގަ ދެވޭނެ ފަދަ ވެހިކަލެއް ތައްޔާރުކޮށްފަ ބާއްވާފަ ކުށްކުރާނީ.
1234
21 May 2021
ދެފުއްކެހެރިން ކޮމެންޓުކުރުމުގަވެސް އުޅެނީ. ދެންކޮންކަމެއް ރަގަޅުވާނީ. ކޮމެންޓުތަކުން ހީވަނީ މިދެން މާ އިންސާނިއްޔަތުކަމާ ރަހުމާ ކުލުނުހުރި ބައެއްހެން. މިމީހުން ލަދުގަންނާނީ ކިހާވަރެއްވީމަބާ.؟.
ތަކުރުހަކުރު
21 May 2021
މިކަހަލަ ހަރުކަށި މީހުން ރިހިބިލިޓޭޓް ކުރަން ގެންދަންވީ މާލެ އަތޮޅުގަ އޮންނަ މާފުށީ ކޮށްޓަށް.
އަންދާގާނޫން
21 May 2021
ދީބާނާޒަކީ ހިސާނުމެން ޖަހާ ބެރަށް ނަށަން ލާފަހުުރި މީހެއްވިއްޔަ
ކޮރަލް
21 May 2021
ޕީޖީ ޒިންމާ ވާން ޖެހެ އެވެ. އެތާގަ ގާނޫނު ނޭނގޭ ބަޔަކު ނޫޅޭ ނެ އެވެ. ގޯހެއް ވާނަމަ ރަނގަޅު ކޮށް އަލުން މައްސަލަ ކޯޓައް ހުށަ ހަޅަން ވީ އެވެ.
މަރިޔަމްހ
21 May 2021
ބައްޕަޔަކު ހައްޔަރުކޮށްގެން އެދަރިފުޅުގެ ހަރަދައް ވާނެގޮތް ވިސްނާލިއެކަކު މިތާކޮބާ
އުމަރު.
21 May 2021
އެފަދަ ބަފަޔަކު ހުރުމަށްވުރެ ނެތަސް މާރަނގަޅު. ޙަރަދު ކުރާނެ ތަނަވަސްކަން ޢާއިލާގެ އެބަހުރި. ޙަރަދު ކުރެއޭ ކިޔާފަ އަނބިދަރިން ތަަޅާމަރާއިރުވެސް ހުންނަންވީ ޗުއްޕު އޭވެސް ނުބުނެތަ؟ ކަލޭމެން ކަހަލަ ކަޓު ޚިޔާލުގެ މީހުންނަށް މިގައުމުގަ މިހާރު ނެތް ޖާގައެއް. ފަރަށްދޭ!
އަރިޔަން
21 May 2021
ކުއްޖާގެ މަންމަވެސް އެކަމާ ނުވިސްނާހެން ހީވަނީ. ދެން އެހެން މީހުން އެކަމާ ވިސްނަންޖެހޭތަ؟
1234
21 May 2021
ވައްކަންކުރާ މީހާމީވެސް މީހުންނމަރާ މީހާވެސް ދޫކޮށްލަންވީނު އުންސު ނެތޭ ކިޔާފަ..
ސާބަހޭ
21 May 2021
އަޅެ ފެމިލީ ކޯޓަށް ގެވެށި އަނިޔާއިން ރައްކާތެރިކުރަން އަވަސް އަމުރަކަށް އެދިބަލަ. ދެން އެއާ ހިލާފުވީމަދޯ ޖިނާޢީ ތަހުޤީޤެއް ކުރެވޭނެ ޕީޖީކަލެއަށްވާ ސާބަސް
އެޑްމުންޑޯ
21 May 2021
އަދި ކިރިޔާ މިއެގުނީ އިއްޒަތްތެރި މިންބަރުން ކޮންމެފަދަ ނުބާ ޖަރީމާއެއް ހިންގިޔަސް ކުށުގެ ވެށިންނޫނީ ހައްޔަރު ކުރަން ކޯޓް އަމުރެއް ނުދޭކަން ، އާއްމު ރައްޔިތު މީހާ ކުށެއްކޮއްފިޔޭ ހަމަބުނަލާއިރަށް ، އެހެޔޮ ކުށުގެ ވެއްޓާއި 100 މޭލުގެ ދުރުގެހުއްޓަސް ހައްޔަރުކޮއް މައްސަލަ ނިމެންދެން އަމުރު ނެރެދެވޭ، ކޮންކަހަލަ މަތިވެރި އިންސާފެއްދޯ ، ހަމަހަމަ ކަން މިއަށްވުރެ ވަކި ފުރިހަމަވާނެޔެކޭ ނުބުނެވޭނެ ، އިންސާފް މިއޮތީ ދިވެހިންނަށް ހޯދާދެވިފައި ، ޝުކުރިއްޔާ
ދެރަވަރު
21 May 2021
ޕީޖީ އަށް ވެސް ފުލުހުންނަށް ވެސް ޤާނޫނެއް ނޭނގެޔޯލަ، ދެން މިޤައުމުގެ ޙާލަތު ވަޒަން ކޮށްލައްވާ!