ގައްދޫ ކައުންސިލްގެ ރައީސް: އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން ވަނީ އަންގާފައި
23 މެއި 2021 - 14:28
ޖަލުގައި ހުއްޓާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި މުހައްމަދު އަހުމަދު އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް، ގައްދޫ ކައުންސިލްގެ ރައީސަކަށް އިންތިޚާބުވިއިރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާއަކާ ގުޅިގެންނެވެ. އެކަމަކު، ކައުންސިލްގެ ރައީސަކަށް އިންތިހާބުވި ފަހުން ގައްދޫ ކޯޓުން ވަނީ މުހައްމަދު އަހުމަދު ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެހެންވެ، މިދިޔަ ހަފުތާގައި އޭނާ ވަނީ މަގާމުގެ ހުވާ ވެސް ކުރައްވައިފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ މުހައްމަދު ބަންދުން ދޫކުރަން ނެރުނު އަމުރު ބާތިލްކޮށްފަ އެވެ. އެހެންކަމުން އޭނާ އަލުން ޖަލު ބަންދަށް ބަދަލު ކުރެވޭނެ އެވެ.
ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުމުގެ ދައުވާ ލިބޭ މީހަކު އިންތިހާބުގައި ވާދަކުރުމުން އިލެކްޝަންސް ކޮމިޝަނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ނަމަވެސް އެ ކޮމިޝަނުން ބުނެފައިވަނީ ކުށެއްގެ ތުހުމަތެއް އޮތުމަކީ ކެންޑިޑެސީ ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށާއި ގާނޫނު އޮތްގޮތުން ކެންޑިޑެސީ ބާތިލް ކުރެވޭނީ ކުށެއް ސާބިތުވެގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން ގައްދޫ
24 May 2021
މައްސަލަޖެހުނީ ކެންޑިޑެސީ ލިބުނުފަހުން. ގައްދޫމީހުން ވޯޓްލާންދިޔައިރު އެމްޑީޕީ ކެންޑިޑޭޓްވެސް ކަމަކުނުދިޔަ. ދެން ވޯޓްދިނީ މީނާ ކުއްވެރިވާނެކަމަށްބަލައިގެން ބައިއިލެކްޝަނަކަށްދާން. މިއީ ވޯޓްދިންދުވަސްވަރު ގައްދޫތެރޭ ވާހަކަދެއްކިގޮތް
ރަހާފުތު ގައްދޫ
24 May 2021
މުޙައްމަދު އަހުމަދަކީ ކުޑަކުދިންނާ ބެހޭ މީހެއްގެ ގޮތުގަ މިރަށު މެޖޯރިޓީ ޤަބޫލެއް ނުކުރޭ. ބޮޑުކޮށްލައިގެން އުޅޭ ގޭމެއް ކަމަށް ބަލަނީ.
ކާރު ބޭކާރު
23 May 2021
މިސަރުކާރަކީ ނަމުން ސޯލިހު ކަމުން ޖައްބާރު ސަރުކާރެކޭ
ހަރު ބެ
23 May 2021
މޑޕ އަކަށް ވޯޓަކުން ނުލި ބޭނެ ބަލިކުރާނަން
ދޮންބެ
23 May 2021
ރަނގަޅު ތުހުމަތެއްނޫނޭ އެއީސިޔާސީ އުކުޅެއް
ކޮރަލް
23 May 2021
އީސަ ބަންދު ކުރަން ކޯޓައް އަލުން މައްސަލަ ފޮނު ވަން ވީ އެވެ. ރައްޔިތުންގެ މެދުގަ މެމްބަރަކަށް ވީތީ މައްސަލަ ތައް ބަލާ ތަހުގީގު ކުރުމުގަ ތަފާތު ކުރުން އޮވެގެން ނުވާނެ އެވެ. އަލުން މައްސަލަ ކޯޓް އަށް ފޮނުވަން ވީ އެވެ. ގޮތެއް ނިންމާނީ ކޯޓުންނެވެ. ނޫނީ ސިޔާސީ މީހުން ފަހަތުގަ ހުރެގެން ނުފޫޒް ފޯރުވާ ކަމަށް ރައްޔިތުން ގަބޫލު ކޮށްފާނެ އެވެ.
މުސީ
23 May 2021
ފިލްމީ ތަރި ރަސްފާ(އާސާ) ގެ ބަހެއްވެސް ހޯދާލިނަމަ ތިކަމުގަ. ގައިމު އެއީ މިހާރު ކުޑަކުއްޖެއް ނޫން
ބޯހަލާކު ގައުމު
23 May 2021
މިހާރު ދެން ކީއްކުރަންތަ އޭނަ އަނެއްކާ ބަންދުކުރަންވީކީ. އަންޑަސްޓޭންޑެއްނުވޭ މި އިންސާފު. ކީއްކުރާ ޝަރީއަތެއް. ތުހުމަތާއިއެކު ކޮން،ެމީހަކު ބަންދުކޮށްފަ ބަހައްޓާނަމަ. ާރީއޓަކުރުމުގެ ބޭނުމެއްކޮބާ
ޑިސްއޮނަރަބަލް ޑީޑީ
23 May 2021
މަށަށްދެރައީ އެވަރުބަޑު ތުހުމަތެއްއެޅިފައިވާމީހެއް، ރައްޔިތުން އުފުލާލައިގެން އެހާމައްޗަށްލީތީ.
އަރުތަ
23 May 2021
އެކަން ވާނީ އެހެންތާ، ބަނޑުއަޅާ ވިހޭ މައިމީހާއަށްވުރެ ޕާޓީ އިސްކުރާ ބަޔަކު އުޅޭ ތަނެއްގަ ތިވަރު ކަމެއް ކުރާކަށް ފަހެއް ނުޖެހޭނެތާ، މުޅި ދައުލަތް ދަވާލައިގެން ކުށް ސާބިތުވިއަސް އެވަރު މީހަކު ނެތިގެން އެމީހެއް ނޫނީ އެބައެއްގެ ފަހަތުން މުގޯލި އަޅަމުން ދުވާ ބައިގަނޑެއް އޮތްތަނެއްގަ ތިހުންނަނީ ހައިރާންވާވަރުގެ ކަންކަމެއް ނޫން.
މަސީހުﷲ
23 May 2021
ޕާޓީ ފޯރީގައިވާ ކަންތައް. ޕާޓީން ލައިފިއްޔާ އެވަރިހަމަ މީހުން މަރާފައިވާ މީހަކަސް ކުޑަކުދިންނާއި ބެހޭ މީހެއްވިޔަސް އެމީހަކު ހޮވޭނެ. ދެރަކަމެއް.
ދެރަަ78
11 June 2021
ގައްދޫ މީހުންނާ މެދު ދެކޭގޮތްވެސް ބަދަލުވެއްޖެއް މުޅިން. މިވަރުގެ މީހަކު ހޮވީމަ.
މަލީހް
23 May 2021
މިސޮރުގެ މައްސަލަ ކުރިއަށް ނުގޮސް ސަލާމަތްވަނީ ސިޔާސީ މީހުންގެ ނުފޫޒުން