އާދަމް ވިޝާން (ކ) އާއި އަލީ ރަޝީދު (ވ): މި ދެ މީހުންނަކީ މާލެ މަގުމަތިން ގަދަކަމުން އަންހެނަކު ނަގައިގަނެގެން ގެންގޮސް ހަނި ގޯޅި ގަނޑެއްގައި ހުރި ކޮޓަރިއަކަށް ވައްދާ ރޭޕް ކުރަން އުޅުނު ކަމަށް ތުހުމަތުވާ މީހުން.-- ފޮޓޯ: ފޭސްބުކް
26 މެއި 2021 - 20:51
މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިރޭ "މިހާރު" އަށް ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާކޮށް، އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލާގައި ދައުވާކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު 28، ގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.
މާފަންނު ލެމަންގްރާސް ހުންނަ މަގުގައި މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 8:20 ހާއިރު މަގުމަތިން ދިޔަ އަންހެނަކު ހިފަހައްޓައި، އޭނާ ގަދަ ދައްކަނިކޮށް، ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ކޮޓަރިއަކަށް ވައްދައި ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާ އެކު އެ މީހުން ވަނީ މިދިޔަ ހަފުތާގައި ދޫކޮށްލައިފަ އެވެ.
މާލެ މަގުމަތިން ގަދަކަމުން އަންހެންނަކު ގެންދަނިކޮށް ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް.--
އެކަމަކު، އެ މީހުން ދޫކޮށްލައިފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމަކަށެވެ.
ކޯޓުން އެ ދެ މީހުން ދޫކޮށްލަން އަމުރުކުރީ މި މައްސަލައިގެ ތަހުގީގަށް ބަންދުގައި ބެއިތިއްބުމުގެ މުއްދަތު އިތުރުކުރަން ފަސް ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
ޕީޖީ އޮފީހުން ކުރިން ބުނެފައި ވަނީ އެ މީހުން ބަންދުން ދޫކޮށްލަން ކޯޓުގައި އެދުނު މައިގަނޑު ސަބަބަކީ ހައްޔަރުކުރީ ރޭޕްކުރަން އުޅުނު މައްސަލައަކާ ގުޅިގެން ކަމަށް ވިޔަސް މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ފޮނުވިއިރު، ރޭޕްކުރަން އުޅުން ފަދަ ޖިނާއީ ބޮޑު ދައުވާއެއް ކުރެވޭނެ ވަރުގެ ހެކި ނެތުމުން ކަމަށެވެ.
އެކަމަކު އެ މައްސަލަ ބަލައިގަނެ، އެ މީހުންގެ މައްޗަށް ކުރެވޭނެ އިތުރު ދައުވާއެއް އޮތްތޯ ބަލައި، ދަައުވާކުރަން ފޮނުވާނެ ކަމަށް ބުނެފައިވެ އެވެ.
އެ މީހުން ދޫކޮށްލުމަށް ޕީޖީން ކޯޓުގައި އެދިފައި ވަނީ އަންހެން މީހާއާ ބައްދަލު ނުކުރެވޭ ގޮތަށާއި އަދި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށް ޝަރުތުކޮށްފަ އެވެ.
އެ އަންހެން މީހާ ގަދަކަމުން ގެންދާ ވީޑިއޯގައި ފެންނަނީ އެ ދެ ފިރިހެނުންނާ އެކު ނުދާން އަންހެން މީހާ ގަދަދައްކަމުން ދަނިކޮށް އުފުލައިގެން ހަނި ގޯޅި ގަނޑަކަށް ވައްދާ މަންޒަރެވެ. އެ ވަގުތު ގިނަ ބަޔަކު މަގުމަތީގައި އުޅޭ މަންޒަރު ވެސް ފެނެ އެވެ. އެކަމަކު، އެއިން މީހަކު އެކަމަށް އަޅާލާ މަންޒަރެއް ނުފެނެ އެވެ.
ގަދަކަމުން ގޯޅި އަށް ވައްދަން އުޅުން ވަގުތު އަންހެން މީހާ ބިންމައްޗަށް ވެއްޓުން ނަމަވެސް ކައިރީ ތިބި މީހުން އަޅައެއް ނުލަ އެވެ. އެ މީހުން ތިބީ މަންޒަރު ބަލާށެވެ. އެންމެ ފަހުން، އަންހެން މީހާ ސަލާމަތްކުރީ، ކައިރީގައި ހުރި އީދު މިސްކިތުން އެ ވަގުތު ތަރާވީސްކޮށްގެން ނުކުން ބަޔަކު ކަމަށް މަންޒަރު ދުށް މީހަކު ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1976
27 May 2021
މިމީހުނަށް ކުރާ ހުކުމުގެ އިތުރުން މިމީހުން އުފަން ރަށް ނޫން އެހެން ރަށްރަށައް އެރުން މަނާކުރަންވީ. މާލެވެސް އައުން މަނާކުރޭ. މިފަދަ އެންމެން އޭރުން މައިތިރި ވެޑާނެ.
ޙަބޭސް
26 May 2021
ކަލޯ ގެޔާ މީ ކޮންފާޑަކަށް ތިބޭ ޒުވާނުންނެއް.....
ޖައިސާމް
27 May 2021
ވަރަށް ބައިވަރު އެހެން ޒުވާނުންވެސް ތިބޭ ގޮތް ތީ.
ޮޮޮކަަތީބު ޒަމާން
26 May 2021
މީތި ސާބިތެއް ނުވާނެ އެހާ ރީއްޗަށް ފެންނަން ހުރި އިރުވެސް. ދުވަސްކޮޅަކުން މަގު މަތިން ދާހާ އަންހެނުންނާއި ކުޑަކުދިން އުފުއްލާލައިގެން ގެންދާ ތަން ފެންނާނެ! މިއޮތީ ވާ ގައުމެއް