ޚަބަރު / ތީމުގެ

ރައީސް ތީމުގެ އަށް ބަދަލުވެވެވަޑައިގަތުމަށް އަސްލަމް ހުށަހަޅުއްވައިފި

ތީމުގޭގައި މިހާރު ހިންގާ ސުޕްރީމް ކޯޓު

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގައި ކުރިން ބޭނުންކުރި ތީމުގެ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދަލުވެވަޑައިގަތުމަށް ރައްޔިތުންގެ މަޖީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ހުށަހަޅުއްވައިފި އެވެ.

އުއްތަމަ ފަނޑިޔާރާއި އާއިލާ ދިރިއުޅުއްވާނެ ތަނެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު، ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ދެންމެ ހުށަހެޅުއްވުމަށް ފަހު، އަސްލަމް ވިދާޅުވީ ތީީމުގެ އަކީ ރައީސަކު ދިރިއުޅުއްވަން، ރައްްކާތެރިކަމުގެ ގޮތުން އެންމެ އެކަށީގެންވާ ތަން ކަަމަށެވެ.

"ތީމުގެއަކީ އަޅުގަނޑުގެ މައުލޫމާތުގައި ރައީސުލް ޖުމްހޫރިއްޔާއަކު ދިރިއުޅުއްވުމަށްޓަކައި ސަލާމަތީ ގޮތުން ވެސް އެތައް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ބިނާކުރެވިފައިވާ ތަނެއް. ދައުލަތުގެ ހަރަދުގައި ބިނާކުރެވިފައިވާ ތަނެއް،" އުއްތަމަ ފަނޑިޔާރާއި އެ މަނިކުފާނުގެ އާއިލާ ދިރިއުޅުއްވާނެ ތަނެއް ކަނޑައެޅުމުގެ ބަހުސް މަރުހަލާގައި އަސްލަމް ވިދާޅުވި އެވެ.

އޭނާގެ އެ ހުށަހެޅުއްވުމަށް އެހެން ބައެއް މެމްބަރުން ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން، ރިޕޯޓް ހުށަހެޅުއްވުމަށް ފަހު، ބަހުސްގެ ފުރަތަމަ ފުރުސަތުގައި އަަސްލަމް ވިދާޅުވީ ތީމުގެ ބިނާކުރި ދުވަސްވަރު އެކަމަށް ވަރަށް ގިނަ ފާޑުކިޔަމުން ދިޔަ ނަމަވެސް މިއަދު ރަނގަޅަށް ވިސްްނައިލާއިރު، އޭރުގެ ޭރައީސް މައުމޫން އަބްދުލްގައްޔޫމުގެ ނިންމެވުން ރަނގަޅުކަން އެނގޭ ކަަމަށެވެ. "އެހެންކަމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތީމުގެއަށް ބަދަލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންތައްތައް ކުރުމަކީ އެއީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވި އެވެ.

އަސްލަމްގެ އެ ހުށަހެޅުއްވުމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) އަދި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވެސް ތާއީދު ކުރެއްވި އެވެ.

241 ކޮމިޓީގެ މުގައްރިރު އަސްލަމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--ފޮޓޯ: މަޖިލީހުގެ އިދާރާ

ޝަރީފު ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ނުރައްކާ އެންމެ ބޮޑުވާނީ ރައީސަށް ކަމަށާއި އެހެންވެ މުލިއާގެއަކީ އެކަމަށް އެންމެ އެކަށޭނެ ތަން ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ގަނޑުވަރަކަށް ތީމުގެ ބަދަލުކުރީ، ވަރަށް ބޮޑަށް ސެކިއުރިޓީ އެސެސްްމެންޓް ހެދުމަށް ފަހު ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން، ރިޕޯޓް ހުށަހެޅުއްވުމަށް ފަހު، ބަހުސްގެ ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން އަަސްލަމް ވިދާޅުވީ ތީމުގެ ބިނާކުރި ދުވަސްވަރު އެކަމަށް ވަރަށް ގިނަ ފާޑުކިއުންތައް ހުރިކަމަށް ވިޔަސް މިއަދު ރަނގަޅަށް ވިސްްނައިލާއިރު، އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ނިންމެވުން ރަނގަޅުކަން އެނގޭ ކަަމަށެވެ.

"އެހެންވީމާ ދައުލަތުގެ ފަރާތުން، ކަމެއް ދިމާ ނުވަނީސް، ސުޕްރީމް ކޯޓު އެހެން އިމާރާތަކަށް އެކަށީގެންވާ ތަނަަކަށް ބަދަލުކުރުމަށް ފަހު އެއީ ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރުކަމަށް ހެދުމަކީ އަޅުގަނޑު ވެސް ގަބޫލުކުރާ ކަމަކަށް ވާތީ އެވާހަކަ ދަންނަވައިލަން،" ޝަރީފް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތީމުގެ އަށް ބަދަލުވެވަޑައިގުމަށް އެމްޑީޕީގެ އިސް މެމްބަރު އަސްލަމް ހުށަހެޅުއްވިއިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު، ދައުލަތުގެ ތިން ބާރުގެ އެންމެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވަނީ ސުވާލުތައް އުފެދިފަ އެވެ. މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު، ދައުލަތުގެ އެންމެ އިސް ތިން ވެރިންގެ ސަލާމަތީކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، ހަތިޔާރު އެޅި ސިފައިންގެ އިތުރު ފައުޖެއް ވެސް މިހާރު ދަތުރުކުރެ އެވެ.

ތީމުގެއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި، ދައުލަތުގެ އެންމެ އިސްވެރިޔާ ހުންނެވުމަށް އިމާރާތްކުރި ތަނެކެވެ. ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީގެ އިމާރާތްކުރި އެ ތަން، މައުމޫންގެ ވެރިކަން ނޮވެމްބަރު 11، 2008 ގައި ބަދަލުވުމަށް ފަހު ބޭނުންކުރަނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ބޭނުންތަަކަށެވެ.

ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު ވަނީ ތީމުގެ އާންމުންނަށާއި ނޫސްވެރިންނަށް ވެސް ވަރަށް ބޮޑަށް ހުޅުވާލައި، ސަލާމަތީ ގޮތުން ހަދާފައިވާ ބައެއް ތަންތަން ވެސް ދައްކާލައިފަ އެވެ.

63 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 3%
icon angry icon angry 34%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްޝާ ..

23 June 2021

ރ ނަޝީދު އެތާ ދިރިނޫޅުއްވީ އެދުވަސްވަރު ރައްޔިތުންގެ ހާލަތަށް ހާއްސަކޮއް ރައްތަކުގެ ނިކަމެތި ހާލު ރައީސް މީހާއަކަސް އެވަރު ވޯތުނުވާތީ.. މިއަދު އެމަނިކުފާނިކުފާނު ފެއްޓެވި ސަބްސިޓީތަކާ އެލަވަންސް. ޢެލަވަންސް އަދި އާސަންދައާ ރަށުގަ ހުއްޓަ ޖީބަށް ވަންނަންފެށި ޑޮލަރުތަކުން މިހާރު ރައީސަށް ތީމުގެ އެކަޝީގެންވޭ..

The name is already taken The name is available. Register?

ހެޑް..

23 June 2021

ތީމުގެ ބިނާކުރި ދުވަސްވަރަކީ ރައްރަށުގެ ސިއްހީ އުމްރާނީ އިޖުތިމާއީ އަދި ތަނަވަސްކަމުގެ ވަރަށް ދަތި ދުވަސްވަރެއް.. އެ ނިކަމެތީ ހާލުގަ ނާށިގަޑު ހިފައިގެން ދުވެދުވެ ތިއްބާ ރއަޔިތުންގެ ބަޖެތުން މިވަރު ބޮޑު ހަރަދެއް ކުރަން އެދުވަސްވަރު (25އަހަރު ކިރި ) ނުޖެހެ..ރ ނަޝީދުގެ އެނިންމުމަކީ މުސްތަގުބަލްގައި އެބޭނުން ނުވާނެ ކަމެއްނޫން.. އެއީ އެއިރުގެ ރައީސަށް ދިން ފިލާވަޅެއް.. އެމަނިކުފާނުގެ 3 އަހަރުތެރެ ފެއްޓެވި އެލަވަންސް ތަކާ ޖިބައްވަންނަ ޑްލަރު މިހާރުފުދޭ

The name is already taken The name is available. Register?

އަލިމޭ

22 June 2021

ނަގޫ ގޮއް ޖެހެނީއެވެ. ދެންވެސް ގޮތް ދޫކުރަށްވާ ބަދަލުވޭ. ހިނި އަންނަނީ މަގައްޑާވެ ކުރާ ކަންތަން ފަހުން އަމިއްލަ އަށް ވިސްނޭތީ

The name is already taken The name is available. Register?

ށަވިޔަނި

22 June 2021

މަވެސް ތިކަމަށް ވަރަށް ބޮޑަށް ތާއިދުކުރަން. ސިޔާސީ ކުޅިގަނޑެއްގެ ތެރެއިން އެތަނަށް ސުޕްރީމްކޯޓު ބަދަލުކުރީ. އަވަހަށް ތިކަންކުރޭ.

The name is already taken The name is available. Register?

ރަދުން999

22 June 2021

ތިއުޅެނީ ކުރާނެކަމެއްނެތިގެންތޯ؟ ބަލަ ތިބައިމީހުނޭ ތީމުގެ ރައީސަކު ހުންނަން ކަމުދޭކިޔާފަ އެތަނުން ނުކުތީވެސް. އަނެއްކާ ހައިކޯޓާއި ސުޕްރީމްކޯޓް އެހެންތަނަކަށް ބޮޑު ހަރަދުގައި މަރާމާތުކޮށް ބަދަލުކުރަންވީ. ފައިސާ ގިނަވެގެންތަ ތިއުޅެނީ. ކިހާބޮޑު ވާބާއެއް މިގައުމަށް ޖެހިފާ މިއޮތީ. ހަރަދު ހަރަދު ވައްކަން ވައްކަން ޓެކްސް ޕޭޔާރސް ގެ ފައިސާކޮޅު ބޭކާރުވީ. %50 އަށް ޓެކްސްތައް މަތިކުރަން ފެނޭ.

The name is already taken The name is available. Register?

ފޫޅު އަލިބޭބެ

21 June 2021

ދިވެހިން ޒަމާނާ އެއްވަރަށް ސިކުނޑި ތަރައްގީ ނުވާކަން އެނގެނީ މިހެންވެގެން. މައުމޫން ވެރިކަމުން ފޭބީމާ ރަށު ރައްޔިތުން އެއްކޮށްގެން ތީމުގެ ދެއްކީވެސް ހަމަ ތިމާމެން. އެތަން ބަލަން މޫނުގަ ފުށްޖަހައިގެން ދިޔަ މީހުން މިއަދުވެސް އަދި ތިބޭނެ. އެދުވަހުވެސް ވިސްނޭ މީހުން ގޮވި ތިއީ ގައުމުގެ މިލްކެކޭ. ވެރިޔާ ހުންނަވާނެ ރަސްމީ ގެކޮޅޭ. އެކަމަކު ސިޔާސީ ރަނބާލިތައް ރައްޔިޔުން ލޮލުގެ އަނދުން އަޅުވައިގެން އެގަނޑުގަތީ. މިއަދު ތާހިރުވެއްޖެ އެއްނުން.

The name is already taken The name is available. Register?

ޖަދުވަލު

21 June 2021

މިހާރު ތީމްގެއަކީ ރައީސް ދިރިއުޅުއްވަން ރަގަޅު ތަނަކަށް ނުވާނެ. އެތަނުގެ ހާލަތު ހުންނަގޮތް އެނގޭ އެތައްބަޔަކު ތިބޭނެ. ހައިކޯޓް އެތަނުން ނަގާފަ އުއްތަމަ ފަޑިޔާރު ދިރިއުޅުއްވާ ތަނަކަށް ހެދިދާނެ. މަޖިލިސް އިދާރާގަ މަޖިސްގެ ރައީސް ދިރިއުޅެވޭނެގޮތް ހަދާށެވެ.

The name is already taken The name is available. Register?

އައްބެ

22 June 2021

ވަރަށް ރަނގަޅު ޚިޔާލެއް. ރައީސް ދިރިއުޅުއްވާނީ ރައީސް އޮފީހުގައި. މަޖިލިސް ރައީސް ދިރިއުޅުއްވާނީ މަޖިލިސްކުރާގޭގައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނީ ސްޕްރީމް ކޯޓުގައި، އެމްއެންޑީއެފްގެ ޗީޕް އެމްއެންޑީއެފް ހެޑްކޯޓަރުގައި، ޕޮލިސް ޗީފް ޕޮލިސް ހެޑްކޯޓަރުގައި، ޕީޖީ ޕީޖީ އޮފީހުގައި. ހުރިހާ ވަޒީރުން ރައީސް އޮފީހުގައި. މިނިވަން އިދާރާތަކުގެ ރައީސުން އެބޭފުޅެއްގެ އިދާރާގައި ނުވަތަ ވަކި އިމާރާތެއްގައި ހުރިހާ ބޭފުޅުންގެ އެކަމަޑޭޝަން ހަމަޖައްސާނީ.

The name is already taken The name is available. Register?

ހަހަހަ

21 June 2021

ވަށަފަރުމީހަކު މޭޔަރުކަމަށް ހޮވީމަ އުނބަށް މިޖަހަނީ ސަރުކާރުންތާދޯ.

The name is already taken The name is available. Register?

ކޮރަލް

21 June 2021

އަންނި ބޭނުންވަނީ މުލިއާ ގެ އެވެ. އެކަމު އޭނަ އެހެން ނުބުނާނެ އެވެ.

The name is already taken The name is available. Register?

އަސްތާ

22 June 2021

އަންނި މުލީއާގޭގަ ހުންނަން ބިރުގަންނާނެ. އެތަނުގަ ހުރެގެން ވެރިކަން ވެއްޓުނު ގޮތަށް މިފަހަރު މަޖްލިސް ރައީސްކަމުން ވަކިވާންޖެހިދާނެ.

The name is already taken The name is available. Register?

ހ. ހުސައިން

21 June 2021

ތިމާމެން ބޭނުންކުރަން އޯކޭ ނަމަވެސް އެހެންމީހަކު ބޭނުންކުރަން އޯކޭއެއްނޫން. ކޮންބައްތަރު؟

The name is already taken The name is available. Register?

ސުމަން މިއާ

21 June 2021

ބަރޮބަރު މަކަރު ހުންނަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454