މެއި 28، 2018: މާލޭގައި އެމެރިކަން ސެންޓާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަތުލް ކެޝަޕް ވާހަކަދައްކަވަނީ.
03 ޖުލައި 2021 - 11:49
އެމެރިކާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކުރިން ކަނޑައަޅާފައި ހުރި ސަފީރު އަތުލް ކެޝަޕަށް އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޗާޖް ޑި އެފެއާޒްގެ މަގާމަށް އައްޔަންކޮށްފި އެވެ.
އިންޑިއާ އަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކެޝަޕް ޑެޕިއުޓީ އެމްބަސެޑަރު ފެންވަރުގެ އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ އެމެރިކާ އާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރަން މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
Namaste! My name is Atul Keshap, and it is my honor to serve as Chargé d'Affaires at the U.S. Mission in India. As a proud Indian-American, it is my privilege to work with all of you as we further strengthen the warm and dynamic #USIndia partnership.
— Chargé d’Affaires Atul Keshap (@USAmbIndia) July 2, 2021
ޗާޖް ޑި އެފެއާޒް ކަމާ ކެޝަޕް ހަވާލުވެވަޑައިގަތީ ކުރިން އެ މަގާމުގައި ވަގުތީ ގޮތުން ހުންނެވި ޑެނިއަލް ސްމިތު ރިޓަޔާ ކުރެއްވުމުންނެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ މި މަގާމަށް ކެޝަޕް ހަމަޖެއްސުމާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ އިތުރުން ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތް ވެސް ކުރިއަށް ވުރެ ހަރުދަނާ ވާނެ ކަމަށެވެ.
ދެކުނު އޭޝިއާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީގެ މަގާމު ވެސް ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީގައި އަތުލް ކުރިން ފުރުއްވި އެވެ.
އެމެރިކާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ކަމުގެ މަގާމު ކެޝަޕް އަދާކުރެއްވީ އޮގަސްޓް 2015 އިން އޮކްޓޯބަރު 2018 ގެ ނިޔަލަށެވެ.
ކެޝަޕް ފާހަގަކުރެވުނީ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކަށް ފާޅުގައި ފާޑު ވިދާޅުވި ބޭފުޅެއްގެ ގޮތުގަ އެވެ. ހާއްސަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލު ކުރި ގޮތުން، ކެޝަޕްގެ ނުރުހުން އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް
03 July 2021
ރާއްޖެއަށްވެސް ރާއްޖޭގެ ރައްޔިތެއް އެންބެސެޑަރަކަށް ފޮނުއްވުމަށް އެމެރިކާއަށް ދަންނަވާ. މިހާރުވެސް މިކަމަށް އެކަށީގެންވާ ދިވެހި ރައްޔިތެއް ފެހި ކާޑެއް ހިފައިގެން، ޑީސީ ގަ ތައްޔާރަށް އެބަހުރި. މިރޮނގުން ތަޖުރިބާވެސް އެބަހުރި.
ރަދީފްއޮފިޝިއަލް
03 July 2021
ގޭދޮށު ކުދިން ވައްދައިގެންތާ ރަނގަޅަށް ހިލުވާލެވޭނީ.ހެހެހެހެހެހެ
ރަދީފްްއޮފިޝިއަލް
03 July 2021
މަށަށް ހީވަނީ ކަލޭ ތިހިރީ މާބޮޑަށް ހިލިފަހެން. ހިލުނު ވަރުން މައިތިރި ނުވެގެން މަގޭ ޔުސަރ ނޭމް ވަގަށް ނަގައިގެން މަ ކުރާގޮތަށް ކޮމެންޓް ތިކުރަކީ. އަދި ލަދެއް ހަޔާތެއް ނެތިގެން ބުނެފިއެއްނު ހިލުވަނީޔޯ. ދެން އުފެދޭނީ އަހަރުމެންގެ ވެރިކަމެއް. އެވެރިކަމުގަ މަގޭ ޔޫސަރ މޭން ވަގަށް ނެގިމީހުން ހޯދާނަން. މިހާރުވެސް މަގޭ ކޮމެންޓްތަކާބެހޭ ބައިނަލް އަގުވާމީ ވަކިލުންދަނީ މިމައްސަލަ ރިޕޯޓާރސް ވިތްއައުޓް ބޯޑާރސްއަށް ހުށައަޅަން މަސައްކަތް ކުރަމުން. ވ. ވެދުން
ރަ ދ ފ
03 July 2021
ކުޗްތޯ ގަޑްބަޑްހޭ
ރަދީފްއޮފިޝިއަލް
03 July 2021
އޮރިޖިނަލް ރަދީފްގެ ކޮމެންޓް އޮޅުވައެއް ނުލެވޭނެ.(ދިގު ޕެރެގްރާފެއް ލިޔެފަ އެއޮތީ ފޭކް މީހެއް.ކަލެއަށް ކުރާނީ އަސަރެއް.ޝޭހް ޝުރެއިމް ކިޔަވާގޮތަށް ނަކަލު ކުރެވޭތޯ ލައްކަ ގިނަ މީހުން މަސައްކަތްކުރޭ.މުހައްމަދު ރަފީއު އަދި މައިކަލް ޖެކްސަން ކޮޕީ ކުރެވޭތޯ ލައްކަ ގިނަ ބަޔަކު އުޅޭ). ހެހެހެހެ މަހަށް ދޭބަލަ. ? ?
ރަދީފްްއޮފިޝިއަލް
04 July 2021
އެންމެނަށްވެސް އިނގޭނެ ލިޔާނެ އެއްޗެހި ހުސްވީމަ މަހަށް ދާން ގޮވާލާނީ ފޭކް "ރަދީފްއޮފިޝިއަލް" ކަން. ހެހެހެހެހެ މިހިރަ ފޭކްމީހާގަނޑު ދޭބަލަ ކިއްލިތަޅަން، ދޭބަލަ ވަޅުދިޔަހިއްކަން، ދޭބަލަ ހަވާދުފުނޑަން، ދޭބަލަ ބޮލިހިލަން، ދޭބަލަ ކާށިހެހެން. ދޭބަލަ ރިހާކުރުކައްކަން، ދޭބަލަ އަތިރިއަށް ދޭބަލަ ބިޑިއަނބުރަން، ދޭބަލަ އުކުނުނަގަން، ދޭބަލަ ބިންބިތަޅަން، ދޭބަލަ ރޯނުވަށަން، ދޭބަލަ ގުގުރިދަމަން