18 ޖުލައި 2021 - 11:40
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުތަކަށް ތާއީދުކޮށް، އެ ޕާޓީގެ ޒުވާނުންގެ ގޮފިން ސަރުކާރާ ދެކޮޅަށް ތެދުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ވެބްސައިޓުގައި މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އެ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތައް ބޮލައިލާ ނުޖެހުމަށް ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ "ޒުވާނުންގެ ހިތްވަރު" ން ފުރިހަމަ އަށް ތާއީދުކުރާ ކަމަށެވެ.
އެ ޕާޓީން އަބަދުވެސް ވަކާލާތު ކުރާ އެންމެ މުހިންމު އެއް އަސާސަކީ އަނިޔާވެރިކަމާ ދެކޮޅުވުން ކަމަށާއި އިންތިހާބުތަކުގައި ވެސް އެންމެ ބޮޑަށް ވައުދުވީ ވެސް އެކަމަށް ކަމަށް ޒުވާނުންގެ ގޮފިން ބުންޏެވެ.
ނަމަވެސް ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުމާއި ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ ބަޔަކު ރޭވުންތެރިކަމާއެކު، އެ މީހުންގެ ބޮލުގައި ލޭބަލްތަކެއް އަޅުވައި، ނަފްރަތު އުފެއްދުމުގެ ނަތީޖާއެއްކަން އެނގެން އޮތް ކަމަށާއި އެކަން ހުއްޓުވޭނީ ނަފްރަތު ކުށަކަށް ހަދަން ސަރުކާރު ފަރާތުން ހުށަހަޅާފައިވާ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާ މެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެން ކަމަށް އެ ބަޔާނުގައި ވެ އެވެ.
ނަމަވެސް "ޒުވާނުންގެ ހިތްވަރު" ން ބުނިގޮތުގައި، ސަރުކާރުގެ އިއްތިހާދުގައި ބިމެނޭ ބައެއް ޕާޓީތައް ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، ނަފްތަރު ހުއްޓުވުމާއި އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އެމްޑީޕީން ވެފައިވާ ވައުދުތައް ވަނީ ހަނދާން ނައްތާލާފައިފަ އެވެ. އެއީ އެ ޕާޓީގެ އަސާސްތަކާ ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"...ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތް ކުރެވެން އޮތީ ސިޔާސީ މަންފާ އަށް ވުރެ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުން އިސްކޮށް، މި ޕާޓީން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސް ކޮށްގެން،" "ޒުވާނުންގެ ގޮފި" ން ބުންޏެވެ.
ނަޝީދު އިއްޔެ އިނގިރޭސި ބަހުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ކޯލިޝަންގެ އެހީތެރިކަމާ އެކު މި ސަރުކާރަށް ވެރިކަން ލިބުނަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ އެ ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާ އެކު ކަމަށާއި އެއީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އަދި ނަފްރަތުގެ ބިލު ފާސްކުރަން އެމްޑީޕީގެ ލީޑަޝިޕް ނުދެކޭ ނަމަ ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް ކަންކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވުން މިދިޔަ ހަފުތާ އިން ފެށިގެން ހުއްޓާލައްވައިފަ އެވެ.
އޭގެ އެއް ސަބަބަކީ އެމަނިކުފާނު ވިދާޅުވާ ގޮތުގައި ނަފްރަތު ބިލަށް ސަރުކާރުން ތާއީދު ނުކުރުމެވެ. އެ ބިލް ހުށަހެޅީ ސަރުކާރުން ކަމަށް ވިޔަސް އެތައް ބައެއްގެ ފިއްތުންތަކާއެކު، ސަރުކާރުން ފަހުން ބޭނުންވީ އެ ބިލް މަޖިލީހުން ބޭރުކޮށްލާށެވެ. އެ ބިލް ފާސްކުރުމަށް ބާރު އަޅައި އެމްޑީޕީން ރަސްމީކޮށް ބަޔާން ނެރުނަސް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި އެ ބިލުގެ މައްސަލައިގައި އޮތީ ހިޔާލު ތަފާތުވުމާއި ބައިބައިވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާސިމްބޭ
19 July 2021
ޒުވާނުން ކޮންމެ އެއްޗެއް ކިޔަސް. ދެން ވެރިކަން ތި ނަޝީދުއަށް ސޮރީ.....
ހުސޭނުބޭ
19 July 2021
ރައީސް އަށް ޖެއްސުން ކުރަން ފަށާ އަންނި ހަދާހެން. ހެޔޮ ނޯނާނެ އެއް ގޮތްވެސް
ަްައަބޫބަކުރު
19 July 2021
ސާބަހޭ ޒުވާނުންގެ ގޮފި. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައާންމު މެންބަރުން މިތިބީ ނަސީދު ފަހަތުގައި
ޙިޖޫ
19 July 2021
އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުމަކީ ބަޔަކު ރޭވުންތެރިކަމާއެކު، އެ މީހުންގެ ބޮލުގައި ލޭބަލްތަކެއް އަޅުވައި، ނަފްރަތު އުފެއްދުމުގެ ނަތީޖާއެއްކަމަށް ބުނާއިރު، އެލޭބަލް އެޅުނީ މުޅިސޯޝަލް މީޑިޔާގަ އެމީހުން އިސްލާމްދީނަށް ކުރި ފުރައްސާރައިފެ ސަބަބުން ނޫންބާ؟ ޙުކުރު ޚުތުބާ އަށް ހޮޓްބާރ އޭކީމަ، އެހެން ބުނިކަމަށް ބުނާމީހާ ކުއްވެރިވާކަމަށް ހަދާ ގާނޫނަކީ ކޮންކަހަލަ ގާނޫނެއްބާ؟
ޝަފީރު
19 July 2021
ދެވަނަ ކަމަކީ ނަޝީދު މީހުން ހައްލައި ބޯކާން ބޭނުންކުރާ އުކުޅުގެ ބޭނުންކޮށްގެން ޝިއާރެއް ދައްކައިގެން މުސްލިންގެ ޝޫޢޫރުތައް ފާޅުކުރާ ޢިލްމުވެރިނަށާއި ހެޔޮމަގަށް މީހުންނަށް ނަސޭހަތްތެރިވާ މީހުންނަށް ކަނޑައެޅިގެން އަނިޔާދޭން ހަދާޤާނޫނަށް ސަޕޯޓަރުން ހޯދައިގެން ފިތުނަވެރިކުރުވަން އެކުލަވާލި ބޮލަށްއެރޭ ޗިޕް "އަނިޔާއާދެކޮޅު" މިއޮތީ ރައްޔިތުންނަށް ފޮނުވާލާލައިފާ. ޜައްޔިތުންނާ ހޭއަރާތި. މީ އިސްލާމްދީނާ ދެކޮޅު ކަންކަން ހިންގުމަށް މަގުފަހިކުރުމުގެ ޤާނޫނެއް.
ޝަފީރު
19 July 2021
ޢިބުރާހިމް މުހަންމަދު ސާލުިހުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަމަށް އެމްޑީޕީން މިއަދު ގޮވާލައިފި ކަމަށް މިއޮތީ ދައްކާފައި.
ނަޝްހ
19 July 2021
މިއީ ނަޝީދު އަޑީގަ ހުރެގެން ކުރުވާ ކަމެއް ހެން ވަރަށް ހީވޭ.... އަމިއްލަ އެދުމުން ފުލް ވެފަ މިތިބީ...
ގުލްޝަން ގުރޯވާރ
19 July 2021
މިހާރު ދިވެހި ރާއްޖޭގަ އިސްލާމް ދީނަކީ އަގެއްނެތް އެއްޗެއް. ހަރުކަށި ސެކިއުލަރިސްޓުންނާ މުރުތައްދުން ނައް ސަޕޯޓް ކުރަމުން މީހުންތައް ހޭބަލިވަނީ. ގުދައް އޮންނާށޭ ބުނީމަ ގުދައް އޮންނަމީހުން ގިނައީ. ކާކުތޯ، ކީއްތޯކުރަނީ ބެލުމެއް ނެތް.
ަސދސަދސަދ
18 July 2021
އުފާވެރި މަންޒަރެއް. ދާދި އަވަހަށް ބައިބަިއވެދާނެ. ރޔ ވެރިކަމަށް އަންނާނެ. ޝައްކުނުކޮށް މިކަން ގަބޫލުކުރޭ. 2023 ރޔ.
ސޮއި
19 July 2021
އެމްޑީޕީ 40 ބަޔަށް ބެހުނަސް ޔާމީނަށް ދިވެހިން ބުނާނީ ނޫނެކޭ، އެއީ އަނިޔާވެރި ޚުދުމުޚުާތާރު ވެރިކަމެއް ކުރި ވެރިއެއް، ޚިޔާލު ތަފާތުވި ކޮންމެ މީހަކު ޓެރަރިސްޓަކަށް ހެދި ވެރިއެއް، ކަރަޕްސަން އިންތިހާއަށް ހިންގި ވެރިއެއް، އެލެކްސް އަހުމަދާ ޔާމީނުއަށް ދެން ދިވެހިން ވޯޓެއް ނުދޭނެ
ޚުމާރު
18 July 2021
ޓިޔަ ގޮފިތަށް ފިތިފަ ތިބޭ ދެން ވޯޓް ހޯދަން އެމްޑީޕީ ޒުވާނުން ކާރި އެކަނި ދޭ، ދެން އަންނަ ފަހަރަކު ހަންދާން ކޮށްލަދޭނަން.