ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: އިންޑިއާއަށް އޭނާ ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރާނެ ކަމަށް އެ ގައުމުން ބުނޭ --- ފޮޓޯ/މިހާރު
22 ޖުލައި 2021 - 13:26
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ތަރައްގީގެ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
ޝާހިދު، އދ. ގެ އާންމު މަޖިލިހަށް އިންތިހާބު ކޮށްފައިވާ ރައީސްގެ ހައިސިއްޔަތުން އިންޑިއާ އަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ ބައްދަލު ކުރައްވާނެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ޝާހިދުގެ ދަތުރުގައި، އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކެއްގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއި ކުރާނެ ކަމަށެވެ. އެކަމަކު އެ މަޝްރޫއުތަކުގެ ތަފްސީލެއް އިންޑިއާ އިން އަދި ހާމައެއް ނުކުރެ އެވެ.
މިއީ އދ. ގެ އާންމު މަޖިލީހަށް އިންތިހާބު ކޮށްފައިވާ ރައީސްގެ ހައިސިއްޔަތުން ޝާހިދު ގައުމަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ކުރީގެ ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެފައި ވިޔަސް، މި ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބަދަހި ކުރަނީ އިންޑިއާއާ އެކު އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރުމަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހޭބެ
23 July 2021
މަށަކަށް ހަމަނުވިސްނުން މިކަން މިހާބޮޑުކަމަކަށް ހަދައިގެން މިއުޅެނީ ކީއްވެކަމެއް؟ ހީވަނީ އދ ގެ މާބޮޑު މަގާމެއް ޝާހިދަށް ލިބިގެން އުޅޭނީހެން ހަޤީގަތުގައި މިކަމަކީ ޖަލްސާއެއްގައި އެމްސީކަން ކުރުން އެހެން ގޮތަކަށް ބުނާނަމަ އދ ގެ އާންމު ޖަލްސާތަކުގައި އެމްސީކަން އެއް އަހަރުދުވަހަށް ކުރަން ޝާހިދުއަށް ލިބުން އެވެސް ޝާހިދު ހިތަށްއެރި އެއްޗެއް ނުކިޔޭނެ ހަމައެކަނި ކިޔޭނީ އޭގައި ލިޔެފައި އޮންނަ ޢިބާރާތް އެކަނި މިކަން ދުނިޔޭގެ އެތައް ބަޔަަކުވަނީ ކޮށްފައި.
ނަސީ
23 July 2021
މީސާހިދުގެ ތަރިކަމުދަލެއްތަ ރައްއިތުންނައް ނޭނގި ރާއްޖޭގެ އެކިތަންތަން އިންޑިޔާ އައް ހިބަކުރުމުގައި އަވެދިނެތި މިއުޅެނީ
މިތުރުމިހާރު
23 July 2021
2023 ރައީސްއަކަށް އަންނަން އިންޑިއާގެ ވާގި ހޯދަނީ!!!!
ޖހގފދ
22 July 2021
ދިވެހި ގައުމާ ރައްޔިތުން ފަތްލިޔެފަ މޯދީއަށްދެނީތަ؟
ބުރުހާނުއްދީން ރައްބާނީ
22 July 2021
ޝަޑޫ ހަނދާންކުރާތި! އަހަރެމެންނަށްވެސް ދުވަހެއް އަންނާނެ. ހަނދާންކުރާތި އެދުވަހު ކަންކަންހުންނާނީ: ވެރިއަކަށް ހާސްދުވަސް ރައްޔިތުންނަށް އެއްދުވަސް. ދެން އެދުވަސް އަންނާކަށް މާގިނަދުވަހެއްނެތް.
ގަދަހަސަނު
22 July 2021
ނިއްކުރީގާ މެޑަލްޖަހައިގެން ނާންނާނާތި.
އިސްމާއީލުކަލޭފާނު
22 July 2021
މިހެންހެދީމާ އެކުވެރި ދައުލަތްތައް (އ.ދ) ވެސް ރުޅިއަންނާނީ ދިވެހިންދެކެ. އެމީހުން ނުދަންނާނެ ޝާހިދެއް. އެމީހުންދަންނާނީ މޯލްޑިވްސް.
ގުދުގުދުލީބެއްޔާގެ ތެދުބަސް
22 July 2021
ކޮބާހޭ މަޣުރިބުކަރައިން ގެނައި އަލާއުއްދީނުގެ އުދުހޭ ކާޕެޓު؟
މުޙުއްމާ
22 July 2021
މިހާރު ރާއްޖެ ވިއްކާލެބުނުލެއް ކުޑައީތަ?
ޝަފީރު
22 July 2021
ތިއެއްބަސްވުމަކުން ޤައުމަށް ލިބޭ ނަފަައަށްވުރެ ބޮޑު ނަފާ އިންޑިޔާއަށް ކުރާނެ. ޥިސްނާ ބަޔަކަށް އެނގޭނީ