ފުލުހުންގެ މައި އިދާރާ-- ޑްރައިވަރަށް ހަމަލާދިން މީހާ ހުރީ ހާދިސާ ހިނގި ސަރަހައްދުން ހައްޔަރުކުރިއިރު ވެސް މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނޭ-- މިހާރު ފައިލް ފޮޓޯ
10 އޯގަސްޓް 2021 - 11:03
ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން ބިދޭސީ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އުމުރުން 34 އަހަރުގެ ޓެކްސީ ޑްރައިވަރުގެ އާއިލާއިން "މިހާރު" އަށް ބުނި ގޮތުގައި ހަމަލާދިނީ ހުޅުލެ އިން ޓެކްސީ އަށް އެރި އިންޑިއާގެ ފިރިހެން ޓޫރިސްޓެކެވެ. އެ މީހާ ޓެކްސީ އަށް އެރީ ފްލައިޓް ކެޓުމުން، އޭނާ އަށް ފުރޭ ގޮތް ނުވެގެން އަނބުރާ ގެސްޓް ހައުސް އަށް ދާން ކަމަށް ވެސް ޓެކްސީ ޑްރައިވަރުގެ އާއިލާ އިން ބުންޏެވެ. އެ މީހާ އެދުނު ގޮތަށް "ނިރޮޅުމަގު 19" ގައި ހުންނަ ތަނަކަށް ގެންގޮސްދިނުމާ އެކު ލައިގެން ހުރި ޓީޝާޓު ބާލައި ޑްރައިވަރުގެ ކަރުގައި އޮޅާލައި މަރާލަން މަސައްކަތްކުރި އެވެ.
ފުލުހުން ބުނި ގޮތުގައި ޑްރައިވަރަށް ހަމަލާދިން މައްސަލަ ރޭ 12:30 ހާއިރު ރިޕޯޓްކުރުމުން، 25 އަހަރުގެ އިންޑިއާގެ ފިރިހެނަކު އެ މައްސަލާގައި ހައްޔަރުކޮށްފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ވެސް ހުރީ މަސްތުގެ ހާލަތުގަ އެވެ.
މީގެ ނުވަ މަސް ކުރިން ޓެކްސީ ދުއްވަން ފެށި ޑްރައިވަރާ ހަވާލާދީ އޭނާގެ އާއިލާގެ މީހާ ބުނީ ދަތުރު ނަގައިގެން އޭނާ ދާން ބޭނުންވި މަންޒިލާ ހަމައަށް ދެވެން ދެން ވަރަށް ރީތިކޮށް ޑްރައިވަރާ ވާހަކަ ވެސް ދެއްކި ކަމަށެވެ. އެކަމަކު ކާރުގައި ހަމަލާދިނުމަށް ފަހު، ޑްރައިވަރު ކާރުން ފޭބުމުން ވެސް އޭނާގެ ކަރުގައި ހިފައިގެން އުޅުނު ކަމަށް ބުންޏެވެ.
ހަމަލާއާ ގުޅިގެން ޓެކްސީ ޑްރައިވަރަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ. އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލައި
10 August 2021
ކުރި ކުށަށް އަދަބު ދޭން ޖެހޭ. އިންޑިއާ މީހެއް ވެގެން އަދަބުނުދީ ދޫކޮށްލައިފިނަމަ ، ދެން ކުރިމަތިވާނީ މާ ހިތާމަވެރި ހާދިސާ އެއް ކަމުގައިވުން ވަރަށް ގާތް.
އެލެކުސް އޮބި
10 August 2021
އިންޑިޔާ މީހެއްނުން ހުންނާނީ މަސްތުވެފަ ދެން އިވޭނީ ނަފުސާނީ މައްސަލަ ހުންނަމީހެކޭ ކިޔާ ޑީޕޯރޓްކޮށްލި ހަބަރު. ހައިރާންވެ އަންތަރީސް ވާވަރުވެއްޖެއް މިގައުމުގަ ދިވެހިން ދެވަނަ ދަރަޖައަށްވެއްޓުނީތީ. މިކަމުގެ ޒިންމާ ގައިމުވެސް ކޮންމެވެސް ބަޔަކު ނަގަން ޖެހޭނެ. ބޭރުމީހުން ރާއްޖޭގެ ގާނޫނަށް ވުރެއްމަތީ އަދަބެއް ނުލިބި ސަލާމަތުން އުޅެވޭއުޅުން ބަލައެއް ނުގަނެވޭނެ. ދިވެއްސަކަށް ދިވެހިގައުމުގަ ކުށެއްނެތި އަނިޔާއެއް ނުކުރެވޭނެ. ނުކުންނަންވީ މުޒާހަރާޔަށް.
ޙަބަރޭ
10 August 2021
ޙައްޔަރު ކުރޭ !! މަސްތުވުމުގެ ޙާލަތުގައޭ
އާދަނު2
10 August 2021
މިދުވަސްވަރު މިކަހަލަ ކަންތަށް ދިމާވާނެ... ހުރިހާ ގެސްޓްހައުސްއެއް ފުރިފައި އިންޑިޔާ ޓޫރިސްޓުން. އިންޑިޔާ އައުޓް ގޮވިމީހުންނަށް އިންޑީޔާ ޓޫރިސްޓުން އަތުން ޑޮލަރު ބޯކޮށް މިހާރުލިބޭ!!
މަންދ
10 August 2021
އެމީހާ 5 ޑޮލަރުން ޖޫރިމައިނާ ކުރުމައްފަހު ރަށައް ފޮނުވާލާ ނަސޭހަތްދީފައި.
އަދުހަމްސަރ
10 August 2021
އަދުހަމް ކިޔާ ސޮރަކު ޓެކްސީ ޑުރައިވަރަކު މަރާލީވެސް މަސްތުގަ ހުރެގެން، އޭނަވެސް ހުރީ ބަންދުގައި، މިޖަރީމާ ހިންގި މީހާއަށް ހައްގު އަދަބު ދެވެން ޖެހޭން. އަހަރުން މިތިބީ ބަލަން
މަސްތުގެ
10 August 2021
މަސްތުވުމަކީ ކުށުން ބަރީއަވުމަށް އޮތް ހުއްޖަތެއްތޯ؟ ރަށް މެދަށް ވެއްޓި އިސްލާމްދީނަށް ފުރައްސާރަ ކުރިމީހާވެސް ހިމާޔަތް ދީފަފޮނުވާލީ ގައުމަށް. މިއަދު ދިވެއްސެއް މަރާލަން އުޅުނު އެމީހާވެސް އަވަހަށް އިންޱިޔާ އަށް ފޮނުވާލަދޭށެވެ. މިއަދު ދިވެހިން މިވަނީ ގައުމުގަ ދެވަނަ ދަރަޖައިގެ ބައަކަށްވެފަ. ސުވާލަކީ އެމީހާ މަސްތުވި އެއްޗަކުން މަސްތުވުމާއި، އިސްލާމް ދީނަށް ފުރައްސާރަކުރުމާއި މީހަކު މަރާލަން އުޅުމަކީ ގާނޫނު އަސާސީގައި ލިޔެވިފައި ނުވާ ކުއްތަކެއްތޯ؟
ވަރަށް ހިތި
10 August 2021
އޭނާ މަސްތުގެ ހާލަތުގައި ހުރިހާ ކަމެއް ނިމުނީ ނޫން....... އެންމެ ފުރަތަމަވެސް 100% މުސްލިމު ގައުމެއްގައި އޭނާ މަސްތުގެ ހާލަތުގައި ހުންނަންޖެހޭ ސަބަބެއް ހޯދުން މުހިންމު....... އިލާހީ ގާނޫނު އެއްކިބާވެ އަހަރުމެން ހިތަށް އެރި އެއްޗެއް ގާނޫނު ކަމުގައި ބަލައިގެން ދުވަހަކު ވެސް ހައްލެއް ނުލިބޭނެ....... މިހާރު ވެސް މިގައުމުގެ ރައްޔިތުން މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅޭއިރު އަޅާނެ ފިޔަވަޅެއް ނެތް.....
ބައިރޯ
10 August 2021
ނެތެން ނުން ދުނިއޭގަ އުޅެވެން
ކޮރަލް
10 August 2021
ހައްޔަރު ކޮށްފި އެވެ. ތަހުގީގު ކުރަނީ އެވެ. ދޫކޮށްލައިފި އެވެ ނޫނީ ޑިޕޯޓް ކޮށްލައިފި އެވެ. ނިމުނީ އެވެ. ޑްރައިވަރަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ ގެއްލުމުގެ ބަދަލު ހޯދަން މައްސަލަ ހުށް ހަޅަން ވީ އެވެ. ހައްލަކީ މިއީ އެވެ.