މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސިދާތު.

ކޮވިޑާ ހެދި ރިލީޒްކުރުން ފަސްކޮށްފައި އޮތް، ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ނިންމައި، އޭގެ އާ ޕޯސްޓަރު ދައްކާލައިފި އެވެ.

އޭއެލް ވިޖޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ދެހާސް ސޯޅައިގައި އަވަހާރަ ޖަޔަލަލީތާގެ ރޯލު ކަންގަނާ ކުޅުނު ފިލްމުގެ ޓްރެއިލާ މި އަހަރުގެ ކުރީކޮޅު އާންމުކޮށްފައިވެ އެވެ. އަދި ކަންގަނާގެ އެކްޓިން އަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.

"ތަލައިވީ" ގެ ކާސްޓްގައި އަރުވިންދު ސްވާމީ، ބަގިޔާޝްރީ، މަދޫ، ރާޖް އަރުޖުން، ޖިއްޝޫ ސެންގުޕްތާ އަދި ޕޫރްނާ ފަދަ ތަރިން ހިމެނެ އެވެ.

މި ފިލްމުގެ އިތުރުން ކަންގަނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އެކްޝަން ފިލްމު "ދާކަޅް" އާއި ވަތަނީ ފިލްމު "ތޭޖާސް" ހިމެނެ އެވެ.

"ބޫތު ޕޮލިސް ގެ ޓައިޓްލް ލަވައިގެ ޓީޒާއެއް

އަންނަ މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ޓައިޓްލް ލަވައިގެ ޓީޒާއެއް ދައްކާލައިފި އެވެ.

ވިޝާލް ދަދްލާނީ އާއި ސުނީދީ ޗޯހަން ކިޔާފައިވާ ލަވައިގެ މުޅި ވީޑިއޯ ލަވަ ވަރަށް އަވަހަށް އާންމުކުރަން ނިންމާފައިވާ އިރު، ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ ލަވައިން ސައިފް އަލީ ޚާނާއި ޖެކްލިން ފެނަންޑޭޒްގެ އިތުރުން އަރުޖުން ކަޕޫރް ފެނިގެންދެ އެވެ. މި ލަވައިގެ ކޮރިއޯ ހެދީ ރެމޯ ޑި ސޫޒާ އެވެ.

"ބޫތު ޕޮލިސް" ގެ ކާސްޓްގައި ޔާމީ ގޯތަމް ވެސް ހިމެނެ އެވެ.

މި ފިލްމަކީ "ރޭސް" ފަދަ ފިލްމތުތައް ގެނެސްދިން ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ޑައިރެޓްކޮށްފައިވާ ފިލްމެކެވެ.

"މިޝަން މަޖުނޫ" ގެ ދެވަނަ ޝެޑިއުލް ފަށައިފި

މި އަހަރުގެ ކުރީކޮޅު ޝޫޓިން ފެށި ސިދާތު މަލްއުތުރާގެ ވަތަނީ ފިލްމު "މިޝަން މަޖުނޫ" ގެ ދެވަނަ ޝޫޓިން ޝެޑިއުލް ފަށައިފި އެވެ.

މަންޒަރަކަށް ތައްޔާރުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ސިދާތު އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. މި ފިލްމަކީ 2019 ގެ ކާމިޔާބު ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ޝަންތަނޫ ބަގްޗީ ޑައިރެކްޓްކުރާ ފިލްމެކެވެ.

"މިޝަން މަޖުނޫ" ގެ ބަތަލާ އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާ އެވެ. އޭނާ އަކީ އަމީތާބް ބައްޗަނާ އެކު "ގުޑްބާއި" ވެސް ފެންނާނެ ބަތަލާ އެވެ.

"މިޝަން މަޖްނޫ" ގެ ދެވަނަ ޝެޑިއުލްގެ މަސައްކަތް ފެށި އިރު، މި މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ވަތަނީ ފިލްމު "ޝޭރްޝާހް" ގެ ބަތަލު ސިދާތުގެ "ތޭންގް ގޯޑް" އަކީ ވެސް ޝޫޓިން ފަށާފައި އޮތް ފިލްމެކެވެ.

ޝާހްރުކްގެ ފިލްމުން ސުނިލް އަށް ރޯލެއް

ތަމަޅަ ޑައިރެކްޓަރު އެޓްލީއާ އެކު ޝާހްރުކް ޚާން މަސައްކަތްކުރަން ހަމަޖެހިފައިވާ ފިލްމުގެ ރޯލަކަށް މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާ ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާނެ ކަމަށް ބުނާ މި ފިލްމުގެ ބަތަލާއިންގެ ރޯލަށް ކުރިން ވަނީ ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަތަންރާގެ އިތުރުން އަރަމުން އަންނަ ބޮލީވުޑްގެ ޒުވާން ބަތަލާ ސާނިއާ މަލްއުތުރާ ވެސް ސޮއިކޮށްފަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޝާހްރުކް ޑަބަލް ރޯލެއް ކުޅޭ ފިލްމުގައި ސުނިލްގެ ވަރަށް ހާއްސަ ރޯލެއް ހިމެނޭނެ އެވެ. މި ފިލްމާ ބެހޭ ވާހަކަތައް މީޑިއާތަކުގައި ވަރަށް ގިނައިން ދެކެވުނަސް، މިއާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް އެޓްލީ އާއި ޝާހްރުކް ދައްކައިފައެއް ނުވެ އެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" ގައި މަސައްކަތްކޮށްފައިވާ ސުނިލް އަކީ ސަލްމާން ޚާންގެ "ބާރަތު" އާއި ސައިފްގެ ވެބް ސީރީޒް "ތަންޑަވް" ގެ އިތުރުން ވެސް ބައެއް ފިލްމުތަކާއި ސީރީޒްތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454