09 ސެޕްޓެމްބަރ 2021 - 17:49
އަފްގާނިސްތާނުގައި ތާލިބާނުން އިއުލާންކުރި އާ ސަރުކާރު އެމެރިކާ އިން ބަލައިގެންކަން ތާލިބާނުންނަށް އަންގާފައިނުވާނެ ކަމަށް، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން އިއްޔެ ބުނެފި އެވެ.
"އެއީ ވަގުތީ ސަރުކާރެއް. މި ސަރުކާރުގެ އެއްވެސް ވެރިއަކު، ރައީސް ވެސް އަދި ގައުމީ ސަލާމަތާ ބެހޭ ޓީމުގެ އެއްވެސް މެމްބަރަކުވެސް، ލަފާދީފައެއް ނެތް، ތާލިބާނުންނަކީ ބައިނަލްއަގުވާމީ މުޖްތަމައުގައި އިހްތިރާމް ލިބިގެންވާ އަދި އަގެއް ހުރި ބައެއް ކަމަކަށް ވެސް،" ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ޕިސާކީ ވިދާޅުވި އެވެ.
"އެމީހުންނަށް އެއިން އެއްވެސް ކަމެއް ހާސިލްކުރެވިފައެއް ނެތް. އަދި އަހަރެމެން ވެސް އެމީހުންގެ އެފަދަ ބުރަދަނެއް ހުރިތޯ ނުވެސް ބަލަން."
އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ކަމަކަށް ތާލިބާނުން ކުރަންވީ ކަމަކީ، ތާލިބާނުންގެ ބައިވެރިންނާ ވާހަކަ ދައްކައިގެން، ބައިނަލްއަގުވާމީ މުޖްތަމައުގައި ގާނޫނީ ހައިސިއްޔަތު ހޯދުމެވެ. ބައިނަލްއަގުވާމީ މުޖްތަމައުން ތާލިބާނުންނަށް ގާނޫނީ ހައިސިއްޔަތާއި ސިޔާސީ ތާއީދު ލިބިގެން ނޫނީ، ގައުމުތަކުން ތާލިބާންގެ ސަރުކާރު ބަލައެއް ނުގަންނާނެ އެވެ.
އެމެރިކާގެ ހާރިޖިއްޔާގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި، ތާލިބާނުންގެ އާ ސަރުކާރާ އެކު މުއާމަލާތު ކުރުމުގެ މައްސަލައިގައި ދުނިޔޭގެ ގިނަ ގައުމުތައް އޮތީ އެމެރިކާގެ ވިސްނުމާ އެއްގޮތަށެވެ. އޭގެ ތެރޭގައި ތާލިބާނުންގެ ކުރީގެ ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި އޮތް ޕާކިސްތާން ވެސް ހިމެނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ކަންތައް ހިނގަމުން ދާ ގޮތަށް ބަލާއިރު، ކައިރި ކުރިމަގެއްގައި އެމެރިކާ އިން ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭނެ ކަމަކަށް ނުބެލެވެ އެވެ.
އަފްގާނިސްތާނުގެ ވަގުތީ ބޮޑުވަޒީރު މުއްލާ މުހައްމަދު ހަސަން އާޚުންދް، އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ވެސް ވިދާޅުވީ، އަފްގާނިސްތާނުން އެއްވެސް ގައުމަކާ ދެކޮޅުވެރި ނުވާނެ ކަމަށާއި، ބައިނަލްއަގުވާމީ މުޖްތަމައާ އެކުގައި ރަނގަޅު ގުޅުމެއް އުފައްދަން ބޭނުންވާ ކަމަށެވެ. އަދި އެ ގައުމުގައި ތިބި ހުޅަނގުގެ އެއްވެސް އާންމު ރައްޔިތަކަށް ވެސް އަދި ޑިޕްލޮމޭޓަކަށް ވެސް އެއްވެސް ނުރައްކަލެއް ތާލިބާނުންގެ ފަރާތުން ކުރިމަތި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓް 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފުމާއެކު، އަންހެނުންގެ ހައްގުތަކަށް ގޮވާލައި ވެރިރަށް ކާބުލްގައި އަންނަނީ ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރަމުންނެވެ. އަންހެނުންނަށް ވަޒީފާ އަދާކުރުމުގެ މިނިވަންކަމާއި ސްކޫލްތަކަށް ކިޔަވަން ދިއުމުގެ މިނިވަންކަން އޮންނާނެ ކަމަށް ތާލިބާނުން ބުނަމުން އަންނަ އިރު، މިދިޔަ ދެ ދުވަހު ކުރި މުޒާހަރާތައް ރޫޅައިލީ، ވައިގެ ތެރެއަށް ބަޑިޖަހައި ބިރުދައްކައިގެންނެވެ.
އެފަދަ މުޒާހަރާތައް ނުބޭއްވުމަށާއި މުޒާހަރާގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ތާލިބާނުން އިންޒާރު ކުރުމާ ގުޅިގެން، މިއަދު ބާއްވަން އުޅުނު މުޒާހަރާ މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
12 September 2021
ވިއެޓްނާމް ހަނގުރާމައިން ލަދުވެތިގޮތަކަށް އެމެރިކާ ބަލިކުރުމަށް ފަހު ވިއެޓްނާމްގެ ވެރިކަމާއި ހަވާލުވި ކޮމިނިސްޓު ސަރުކާރު ގަބޫލު ނުުކުރާނެމޭވެސް އެމެރިކާ ބުނި. އަފްގާނިސްތާން މީހުން ބޭނުމެއް ނުވޭ އެމެރިކާގެ ވައި އެޅެންވެސް.
މުއްލާ ލަޔަރުމިޅި
10 September 2021
ޤަބޫލުނުކުރަންޏާ ނުކޮށްތިބީމަ ނިމުނީނުން. ތިހެންފެލިފެލިއޮށްވާ މުޅިއަފްޣާން އެފަތަޙަކުރީވެސް. އަދި ޑެޑްލައިންނެއްދީ ބޭރުކޮށްލީވެސް.
ބަލާ
09 September 2021
ޢެގޭތިކަން އެމީހުންގެ ބިލިޔަންޑޮލަރު ކެވޭނީއޭރުން. އިސްލާމީއިމާރާތުގެ 30ބިލިޔަން ޑޮލަރު ކާލަންޖަހާމަޅިތީ. ތީމަކަރުވެރިން
Queen
09 September 2021
އަހަރެމެން އެމެރިކާ ސަރުކާރު ބަލައެއް ނުގަންނަން.
ޒބޒބ
09 September 2021
އެމެރިކާ ޤަބޫލު ނުކޮށްފިއްޔާއި ދެމަފިރިންވެސް ވަރިވެދާނެ.
ޑިސްއޮނަރަބަލް ޑީޑީ
09 September 2021
ޠާލިބާނު ވެެރިކަމަށް އައީ އެމެެރިކާ އައުޓުކޮށްފާ. ދެން އެމެރިކާއިން ޠާލިބާން ބަލައިނުގަތަސް އެމީހުންހިތަށްނާރާނެ ކެހެރުވަކެކޭވެސް.
ނިރު
09 September 2021
ނޯތް ކޮރެޔާ އިރާނަށް ވަނީ އެތަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެމެރިކާއިން އަޅާފަ އެކަމަކު އެޤައުމުތަށް ބޭނުންވާ ހުރިހާކަމެއްކޮއް އަދި ކުރަމުން ދަނީވެސް ހަމަ އަފްޤާނިސްތާނަށްވެސް އޮންނާނީ ހަމަ އެގޮތް އެމެރިކާގެ ފައިބުޑަކަށް ނުވެއްޓޭނެ. އަފްޣާނިސްތާނުން ބޭނުންވާ ހުރިހާކަމެއް ކުރާނެ އެހީވާނެ އެކުވެރި ޤައުމުތަކެއް އޮންނާނެ މިހާރުވެސް އެހީތެރި ވަމުންދަނީ
ހަސަނު
09 September 2021
ހަނގުރާމަ ވެރި ޓެރެރިސްޓު ޖަމާއަތަކުން ގައުމެއް ހިފީމާ އެއީ ގާނޫނީ ސަރުކަރެއް އައިކަމަކަށް ނުވާނެ.. ސަރުކަރެއް ވިއްޔާ އިންތިހަބަކުން އަންނަންވާނީ....
އިބުރާ
12 September 2021
ބޭރުގެ އިސްތިއުމާރީ ބާރަކުން 20 އަހަރު ގައުމު ސުންނާފަތި ކުރަމުން ދަނިކޮށް ގައުމު ހަމަޔަކަށް އަޅުވަން އައިމަ ޖެހޭނީ ބަލައިގަންނަން. ބަލަގަ ތިޔަ އެމެރިކާ އެތަނުން ފައިގެން ދިޔައީ އަފްގާނުގެ 20 ބިލިޔަންވެސް އެމީހުންގެ ފާކޭޓަށް ލައި ފޮރުވައިގެންނޭ އެއެތިކޮޅު އަނބުރައި ދޭންޖެހިދާނެތީ ވެސް ދައްކާނެ ލައްކަ ބައިވަރު ބަހަނާ
ރަދީފު ބިން ރަފައިދާ
09 September 2021
ބަލަ ތޯލިބާނުން އެބައުޅޭތަ ކަލޭމެން ބަލައިނުގަނެގެން. ޗައިނާއިން އެއޮތީ ތޯލިބާނު ބަލައިގަނެފާ. މިހާރު ޗައިނާ އެއޮތީ މެކުހަށްޖަހާފާ. ދެން ލަލަލާ