ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

ނަމްބަރު ޕްލޭޓްގެ މައްސަލަ: ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާކޮށްދޭން އެދިއްޖެ

ޓްރާންސްޕޯޓުގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަަމަށްވާ ހަމަދު (ކ) އާއި ޝިމާޒް: މި ދެ ބޭފުޅުންނާ އެކު ޖުމްލަ ހަ މީހެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ވަނީ އެދިފައި.

ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ބަދަލުކުރުން ވަސާޖިއޯ ކުންފުންޏާ ހަވާލުކޮށް ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނު ކަމަށް ތަހުގީގަށް ސާބިތުވުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ފޮނުވައިފި އެވެ.

ކޮރަޕްޝަންގެ ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރަކާ އެކު ޖުމުލަ ހަ މީހެއްގެ މައްޗަށެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްދޭން އެދި އޭސީސީން ފޮނުވި އެންމެން ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނެ އެވެ

Vehicle thakuge number plate Versagio ah dhin goiy: Fennan othee corruption ge bodu adhadheh?!

Vehicle thakuge number plate Versagio ah dhin goiy: Fennan othee corruption ge bodu adhadheh?!

The most trusted news source in the Maldives

Mihaaru

ނަމްބަރު ޕްލޭޓް ހަދަން ހަވާލުކުރި ގޮތާ ގުޅޭ ގޮތުން "މިހާރު"ން ލިއުނު ރިޕޯޓެއް

ދައުވާ ކޮށްދޭން އެދި ޕީޖީ އަށް ފޮނުވި މީހުން:

- ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ.

- ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ.

- އަލީ އިކްރާމް.

- މުހައްމަދު ނިޒާރު އާދަމް.

- މަރިޔަމް ސަމާހަތު.

- މަރިޔަމް ތަސްލީމާ.

"ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިން"

ވެހިކަލް ނަމްބަރު ޕްލޭޓް ހަދަން ޑިސެމްބަރު 31، 2019 ގައި ހުޅުވައިލުމުން ތިން ކުންފުންޏަކުން ކުރިމަތިލި އެވެ. އެއީ ވަސާޖިއޯގެ އިތުރުން ޑޮނާޑް އިންވެސްޓްމެންޓާއި ބޯދަ ޕްރައިވެޓް ލިމިޓެޑެވެ.

ނަމްބަރު ޕްލޭޓް މައްސަލައިގައި ފިނޭންސުން ޓްރާންސްޕޯޓަށް އެންގި އެންގުން.

މީގެ ތެރެއިން މަސައްކަތް ހަވާލުކޮށްފައި ވަނީ ވަސާޖިއޯ ކުންފުންޏާ އެވެ. މިއީ، ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ވެސް ތުހުމަތުކުރާ ގޮތުގައި ޑެޕިއުޓީ މިނިސްޓަރަކާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެކެވެ.

އޭސީސީން މައްސަލަ ބެލުމަށް ފަހު މިއަދު ނެރުނު ބަޔާނުގައި ބުނީ ވަސާޖިއޯއާ ޕްރޮޖެކްޓް ހަވާލުކުރިއިރު އެއީ އިވެލުއޭޝަން ކްރައިޓީރިއާ އިން ދެ ވަނަ އަށް ދިޔަ ކުންފުނި ކަމަށެވެ.

އޭސީސީގެ ބަޔާނުގައި ނެތަސް "މިހާރު" އިން މި މައްސަލަ ކުރިން ރިޕޯޓްކުރިއިރު، ހޯދި ލިއުންތަކުން އެނގޭ ގޮތުގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް އެންމެ އަގުހެޔޮކޮށް ހަދައިދޭން ހުށަހެޅީ ޑޮނާޑުންނެވެ.

ސައިކަލެއްގެ ކުރި އާއި ފަހަތު ނަމްބަރު ބޯޑު ހަދައިދޭން އެ ކުންފުނިން ހުށަހަޅާފައި އޮތީ 101.76ރ. އަށެވެ. ކާރާއި ޕިކަޕް ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނަގާ ގޮތަށް އޮތީ 159ރ. އެވެ.

ވާސާޖިއޯ އިން ސައިކަލް ބޯޑަކަށް ހުށަހެޅީ 475ރ. އެވެ. ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް އެ ކުންފުނީގެ އަގަކީ 675ރ. އެވެ.

ނަމްބަރު ޕްލޭޓް ހަަދަން ހުށަހެޅި އަގުތައް.

އެހެންކަމުން، ވަސާޖިއޯ އިން ހުށަހަޅާފައި އޮތީ ސައިކަލެއްގެ ނަމްބަރު ޕްލޭޓް ޑޮނާޑަށް ވުރެން 373ރ. ބޮޑުކޮށެވެ. އަދި ހަތަރު ފުރޮޅުލީ ވެހިކަލް ނަމްބަރު ޕްލޭޓް 516ރ. ބޮޑުކޮށް ހަދައިދޭށެވެ. އަގުގެ އިތުރުން އެ ޚިދުމަތެއް ފޯރުކޮށްދޭން އެއްބަސްވާ މުއްދަތަށް ވެސް ބީލަންތަކުގައި ބަލަ އެވެ. ވަސާޖިއޯ އިން ހުށަހެޅީ ޑޮނާޑަށް ވުރެން އަވަހަށް ނަމްބަރު ޕްލޭޓްތައް ބަދަލުކުރާށެވެ.

ތިން ވަނަ ކުންފުނި، ބޯދަ އިން ހުށަހެޅީ ސައިކަލަކަށް 700ރ. އަދި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 900ރ. އެވެ. މިއީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏެވެ. މާލޭގެ ގަރާޖުތަކުން އާދައިގެ ޕްލާސްޓިކް ނަމްބަރު ބޯޑު މިހާރު ހަދައިދޭ އާއްމު އަގަކީ 150ރ. އެވެ.

އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވެ އެވެ. -- އޭސީސީ

އޭސީސީން ބުނީ ވަސާޖިއޯއާ ބިޑް އެވޯޑުކުރީ، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެ ކުންފުނީގެ ބިޑު ބާތިލް ކުރުމަށްފަހުގަ އެވެ.

ދެން ބައިވެރިވި ކުންފުނިތައް ކަޓުވާލަން ދެއްކި އުޒުރަކީ ވަސާޖިއޯ އިން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށްވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށް ބުނުމެވެ.

މިގޮތަށް ބުންޏަސް މި ދެ ޝަރުތަކީ ވެސް ބިޑް އިވެލުއޭޝަންގައި ބަލާނެ ކަމަށް ބުނެފައިވާ ކަންކަން ނޫން ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ތަހުގީގުގައި ބެލިއިރު ބިޑު ހުށަހެޅި ތިން ކުންފުނިން ހުށަހެޅި ސާމްޕަލް ނަމްބަރު ބޯޑުތަކުގައި ޓްރާންސްޕޯޓުން އެދުނު ޝަރުތުތައް ފުރިަހަމަވާ ކަމަށެވެ.

"ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާއި މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަހުގީގުން އެނގެ އެވެ.،" އޭސީސީން ބުންޏެވެ.

"ވުމާއެކު އިއުލާނާ އެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވެ އެވެ."

ޓްރާންސްޕޯޓުގެ ބިޑް ކޮމިޓީން މި މަސައްކަތް ވަސާޖިއޯއާ ހަވާލުކުރީ މާލިއްޔަތު ގަވާއިދާ ވެސް ހިލާފަށެވެ. އެހެންވެ އަލުން ޓެންޑަ ބޯޑު މެދުވެރިކޮށް ބީލަމަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެޓާނީ ޖެނެރަލްގެ އޮފީހުން އޮތީ ޓްރާންސްޕޯޓަށް ލަފާ ދީފަ އެވެ. އަދި ފިނޭންސުން ވެސް މިގޮތަށް ކުރިއަށް ގެންދަން ޓްރާންސްޕޯޓަށް އޮތީ އަންގައިފަ އެވެ.

މާލިއްޔަތު ގަވާއިދު ބުނާ ގޮތުން ނަމަ ޓްރާންސްޕޯޓް މިނިސްޓްރީން އެ މަޝްރޫއު އިއުލާންކޮށްގެން ބަޔަކާ ހަވާލެއް ނުކުރެވޭނެ އެވެ.

ޖުމުލަ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އެ މަޝްރޫއު ހަވާލުކުރަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ.

އެކަމަކު ދެ މުއައްސަސާގެ ލަފަޔަށް ޓްރާންސްޕޯޓް މިނިސްޓްރީން އަމަލު ނުކުރުމުގެ އިތުރުން ވަސާޖިއޯއާ އެކު ވީ އެއްބަސްވުން ވެސް އުވައެއް ނުލަ އެވެ.

މި ޕްރޮޖެކްޓުން ވަސާޖިއޯއަށް 33 މިލިއަން ލިބެން އޮތް

ވެހިކަލްތަކުން ފުރި ބާރުވެފައި އޮތް މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް 120،000 އުޅަނދުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޖެހެ އެވެ. މީގެ ތެރޭގައި ސައިކަލްގެ އަދަދަކީ ގާތްގަނޑަކަށް 75،000 އެވެ. ވަސާޖިއޯ އިން ހުށަހަޅާފައި އޮތް އަގުން ބަލާ ނަމަ ހުރިހާ ސައިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން އެ ކުންފުނީގެ އަގަކީ 35 މިލިއަން ރުފިޔާ އެވެ. ހަތަރު ފުރޮޅު ލީ ވެހިކަލްތައް ބަދަލުކޮށްދެނީ 33.7 މިލިއަން ރުފިޔާ އަރަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި، ކޮންމެ މަހަކު އަލަށް ގާތްގަނޑަކަށް 700 ސައިކަލް އަދި 20 ކާރު ރަޖިސްޓްރީ ކުރެ އެވެ. އެއްބަސްވުމުގައި އޮތް ގޮތުން 120،000 ވެހިކަލްގެ އިތުރުން އަލަށް ރަޖިސްޓްރީކުރާ އުޅަނދުތަކާއި ދެ ވަނަ ފަހަރަށް ނަމްބަރު ބޯޑު ހަދަން ޖެހެނީ ވެސް އެ ކުންފުނި މެދުވެރިކޮށެވެ.

މަސައްކަތް ނުކޮށް ވަސާޖިއޯ އިން އެދުނީ ބޮޑު ބަދަލަކަށް

ޓްރާންސްޕޯޓުން މި މަސައްކަތް ވަސާޖިއޯއާ ހަވާލުކޮށްފައި އޮއްވައި ފިނޭންސާއި އޭޖީ އޮފީހުގެ އެންގުމަށް މަސައްކަތް މަޑު ޖައްސާލައި އެއްބަސްވުން އުވައެއް ނުލަ އެވެ. މިއީ ޓްރާންސްޕޯޓުގެ އިހުމާލުން އެ ކުންފުންޏަށް މާލީ ގޮތުން ލިބުނު ބޮޑު ގެއްލުމެއް ކަމަށް ބުނެ ބަދަލު ހޯދަން އެދުނެވެ.

ޓްރާންސްޕޯޓުން ފިނޭންސް މިނިސްޓްރީގައި އެދުނީ 3.7 މިލިއަން ރުފިޔާގެ ބަދަލެއް ވަސާޖިއޯއަށް ދިނުމަށެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން ނިންމީ ބަދަލު ދޭން ނުޖެހޭނެ ކަަމަށެވެ. އެއީ، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާ ބީލަމަކުން ހަދާފައިވާ އެެއްބަސްވުމަކަށް ވާތީ އެވެ.

24 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 21%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮބާޒިންމާ

05 October 2021

މިއިން އެއްވެސް ކަމަކީ މިހާރު ތިބޭ މިނިސްޓަރުން ބަލަންޖެހޭ ކަންކަމެއްނޫންބާ؟ މިނިސްޓްރީތެރޭ ނިންމާ މުހިއްމު ކަންކަން ބެލުމުގެ ޒިންމާވެސް މިހާރު މިނިސްޓަރަށް ނޯންނަނަމަ ކީއްކުރަން ބޮޑު މުސާރައިގަ ބަހައްޓާ މީހެއްބާ؟

The name is already taken The name is available. Register?

އުނބުށޭމު

05 October 2021

ބިޑްކޮމިޓީގެ އެންމެންނަށް ދައުވާމިކުރީ ހަމަ އެންމެން އެއްވަރަށް އެކަމުގައި ބައިވެރިވީބާވައެވެ؟ ތަހުގީގު ފުރިހަމަނުކޮށް ކަންފަސޭހަ ގޮތަކަށް ދިލަކޮޅުފޯރާހިސާބުގައިވާހާ ބަޔަކާ ދެކޮޅަށް ދައުވާކުރަން ފޮނުވީބާވައެވެ؟ ބިޑް ކޮމިޓީން ކަމެއް ނިންމާނީ އެކޮމިޓީއަށް ހުށަހަޅާ ރިޕޯޓެއްގެ މައްޗަށްކަމަށްވާއިރު، އެރިޕޯޓް ތައްޔާރުކޮށް ކޮމިޓީއަށް ބަޔަކު ދީފައިވާ ދޮގު މައުލޫމާތުގެ މައްޗަށްވެސް ކޮމިޓީން ގޮތެއް ނިންމިފައިވާނަމަ އެކަން ކުރި ބަޔަކު ހޯދެންވާނެތާއެވެ.

The name is already taken The name is available. Register?

ސަދަން

06 October 2021

ބިޑް ކޮމެޓީގައި އިންނަނީ ހަމަ ދޭ ރިޕޯޓަކަށް އާ ބަސް ބުނާކަށް ނޫން. ޒިންމާ ތަކެއް ދީފަ މާލީ ގަވާއިދު ތަކާއި ގާނޫނު ތަކަށް ބަލާގެން ކަންކަން ނިންމަން

The name is already taken The name is available. Register?

ނެކްސްޓް

05 October 2021

ސަރުކާރުން ޑެޕިއުޓީ މިނިސްޓަރުންނޭ ކިޔާފައި ސިޔާސީ މަގާމެއް އުފައްދައިގެން ޕާޓީތަކުގެ އެކްޓިވިސްޓުންނަށް މަޤާމުދެނީ ކޮރަޕްޝަން ހިންގަން. ދެން އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ވޯޓުލިމެއް ނެތް. ޕާޓީ ސިސްޓަމްއަށް ދިވެހިން ނޫނެކޭ ބުނަންވެއްޖެ

The name is already taken The name is available. Register?

ނެތޭހިތްވަރު

05 October 2021

މިގައުމަށް ބޭނުންވަނީ ތިކަން. އެކަމު އެކަން ކުރާނެ ހިތްވަރެއް އެއްބައެއްގެވެސް ނެތް. ޕާޓީއަކުން ނުނިކުންނަ މީހަކު އެއްޗަކަށް ނުވޭ. އެންމެ ކުޑަމިނުން މަޖްލިހު އިންތިޚާބުންވެސް އެކަން ފެނިގެން ދިއައީ. ގާބިލު މީހުން ބެލުމެއް ނެތް. މިހާރު މި އޮންނަނީ ޕާޓީގެ ނިވަލުގައި ތިބެ ބައިކޮޅުގެ މީހަކު ކޮންމެ ކަމެއް ކުރިއަސް އެކަން ހިމާޔަތް ކުރަން އުޅުން ވެރިކަން ވެއްޓިދާނެތީ. ޑިމޮކްރަސީ ގެނައީ ކަމަށް ކިޔާފަ ގަބީލާ ސްޓައިލަށް ކަންކަން ކުރުން ހުންނަނީ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

05 October 2021

ކޮމާ ޝިމާޒް.ތައް ރާކަނިމަސް ކިއެޏެއި.ހެހެހެހެހެ

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

05 October 2021

ދެން ޝިމާޒުމެން ކުރަންވީ ކަމަކީ މިގައުމުގެ ހުރިހާ މީހުން ރީޑްކުރެވޭ ޒާތެއްގެ މެޝިނެއް ހޯދާ ކޮންމެވެސް ގޮތަކަށް ސަރުކާރަށް އެ މެޝިން ވިއްކޭނެގޮތެއް ހޯދުން . ރަދީފު ތައް ވަރަށް ސަލާމް !

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

06 October 2021

ބަނާނާ ކެހެނަކަށް؟/ 5 ގުނަ 5

The name is already taken The name is available. Register?

ބަޑިތަކުރު

05 October 2021

ހެޔޮވާނީ ކިހިނެއް. ސަތޭކައެއްހާ ރުފިޔާއަށް ހުުށަހަޅާފައިވަނިކޮށް 4 ގުނަ ބޮޑުކޮށް ދޭން. ބޭނުންވަނީ ހަމައެކަނި ސިޔާސީ ބޮޑު މަގާމެއްވެސް ނޫނެވެ. ޖެހުނުގޮތަކުން ދަމައިގަނެވެންހުރި އެއްޗެއް ވިއްޔާ ދަމައިގަންނަން މިތިބެނީ ތައްޔާރަށެވެ. އެހެން ދުވަހެއް އޮތްކަން ހަނދާން ހުންނަ މީހުން ހާދަހާ މިއަދު މަދެވެ. އެކަމަކު މޮޅެތި ޤާނޫނީ ވަކީލުންގެ އެހީގައި ތީން މީހަކަށް ކުށް ސާބިތުބާވާނެ ބާވައެވެ.

The name is already taken The name is available. Register?

ވަސާޖިއޯ

05 October 2021

މަ މިއަދުވެސް ނަންބަރު ބޯޑް މި ހެއްދީ 550. ކޮންތާކުންތަ 150 ހަދައިދެނީ

The name is already taken The name is available. Register?

ސަދަން

06 October 2021

ވަސާޖިއޯ ކޮންތާކުން ހެދި ބޯޑެއް ތިއީ. އަހަރެމެން 150 އަށް ބޯޑް އެބަ ހަދަން

The name is already taken The name is available. Register?

އޮޕޯ

05 October 2021

ވެންޓިލޭޓަރު ސަރުކާރު

The name is already taken The name is available. Register?

ނަންރީތިމަލުގެ އަސްލު ނަން!

05 October 2021

ފަންސުރެއް ފެނިއްޖިއްޔާ ރަގަޅު! މީގަ މައްސަލަ އަކީ އެވެރިންނައް ނޭގުނީ ބައި އަޅަންވީގޮތް. ބިލިއަނުން ދަމާލާއިރު ކަހާތާ ހިރުވާވެސް ނުލާ ގޮތަައް ދަމާލެވޭނެ މިގައުމުގަ.

The name is already taken The name is available. Register?

ޙިނި

05 October 2021

މިޒަމާނުގައި ވަގުން އުޅެނީ ޓައިއަޅާ ސޫޓާ ބޫޓުގަ. ޢެކަމު އަދަބު ލިބޭނީ ޜެޑުވޭވުން ސެންޓުފުޅިވަގައް ނެގިމީހާޔައް. ނިކަންބަލާ ޔާމިނުއާ އަދީބު ބިޒީކޮއް ގޭގަ ހުރެގެން ހުކުން ފުޅު ތަންފީޒުކުރަނީ

The name is already taken The name is available. Register?

ރިޒާން

05 October 2021

ތިޔަ ވަސާޖިއޯ އިން ސަރުކާރު ތެރެއިން ހިންގާފަ ހުރި ގިނަ ޕްރޮޖެކްޓް ތަކަކީ އެތައް ގުނައެއް އަގު ބޮޑުކޮށް ހިންގާފަ ހުރި ޕްރޮޖެކްޓް ތަކެއް. މިކަހަލަ ކުންފުނި ތައް ސަރުކާރުގެ ޕްރޮޖެކްޓްތަކައް ކުރިމަތި ނުލެވޭ ގޮތަށް ހަދާ އެކުންފުނި ތަކުގެ ވެރިންނާއި ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ

The name is already taken The name is available. Register?

ރަދުން999

04 October 2021

ތީގައި އުޅެނީ އެންމެ މައްސަލައެއް. ރޮޒައިނާކުންފުންޏަށް އެވޯޑް ނުކުރުން. ޑޮނާޑް ކިޔާ ތަނަކާ ބޯދަ ކިޔާތަނަކީ އެކެއްގެ ވިޔަފާރި ތަންތަން ކަމަށް ބުނެ އުޅޭ. މިކަން ސާފުކޮށްލަބަލަ. ޝަރުތު ހަމަވާކަށް ނުޖެހޭނެ ހާޢްސަ މީހުންގެ ކުންފުނިތަކަކަށް. މާލިއްޔަތުން އެމީހުނނަށް ޖެހޭނީ ދޭން. އިތުރު ވާހަކައެއް ނެތް.

The name is already taken The name is available. Register?

ޓޓއަޔަން މޭން

05 October 2021

ރޮޒައިނާގެ ކުންފުންޔަކަސް ރައީސް ނަޝީދު ގެ ކުންފުންޔަކަސް ރައްޔިތުންގެ ޖީބަށް ލުއި ގޮތެއް އަހަރުންނަށް ކަމުދަނީ. ފަސްހަ ގުނަ އަގުބޮޑުކޮށް ރައްޔިތުން ފެލަން ވީކީނޫން. ވަސާޖިއޯ އަކީ ތަޖުރިބާއެއް ހުރި މީހަކު އަޑު އެހި ކުންފުންޏެއްނޫން ، ޖަރީމާ ހިންގާ ރައްޔިތުންގެ ޓެކްސްލާރި ފޭރެން ރޯމާ ދުވާލު އުޅޭ ބަޔަކަށް ފިޔަވަޅު އަޅަން ޖެހޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454