ޚަބަރު / ފިނޭންސް މިނިސްޓްރީ

ނަމްބަރު ޕްލޭޓް މައްސަލަ: ވަސާޖިއޯއަށް 3.7 މިލިއަންގެ ބަދަލެއް ނުދިން

ބްރިޖުން ވެހިކަލްތަކެއް ދުއްވާފައި ދަނީ: މުޅި ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލެއްގެ ނަމްބަރު ޕްލޭޓް ހަދަން ވަސާޖިއޯއާ ޓްރާންސްޕޯޓުން ހަވާލުކުރީ މާލިއްޔަތު ގަވައިދާ ހިލާފަށް. -- ފޮޓޯ/ މިހާރު

މާލިއްޔަތު ގަވާއިދާ ހިލާފަށް މަސައްކަތް ހަވާލުކުރި އެއްބަސްވުން އުވާލަން މުއައްސަސާތަކުން އެންގި އެންގުމަށް ޓްރާންސްޕޯޓުން އަމަލުނުކޮށް އަހަރެއްހާ ދުވަސް ހޭދަކުރުމަށް ފަހު ވަސާޖިއޯ ކުންފުންޏަށް ބޮޑު ބަދަލެއް ނަގައިދޭން ލަފައަކަށް އެދުމުން އެ ފައިސާ ނުދޭން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަސާޖިއޯ ކުންފުންޏާ ހަވާލުކުރީ ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގައި މެޝިން ރީޑަބްލް ނަމްބަރު ޕްލޭޓް ހަރުކުރާށެވެ. އެ މިނިސްޓްރީގެ ބިޑް ކޮމިޓީ މެދުވެރިކޮށް މި މަޝްރޫއު ހަވާލުކުރީ ގޯސްކޮށް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާ ދީފައިވާ އިރު، އެއްބަސްވުން އުވާލަން ފިނޭންސުން އޮތީ އަންގައިފަ އެވެ.

އެކަމަކު އެއްބަސްވުން އުވާނުލައިި ދިގުލައިގެން ދިއުމުން ވަސާޖިއޯ އިން ހުށަހެޅީ މަސައްކަތް ފުރިހަމަނުކޮށް 3.7 މިލިއަން ރުފިޔާގެ ބަދަލެއް ހޯދާށެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން "މިހާރު"އަށް ވިދާޅުވީ ޓްރާންސްޕޯޓުން ލަފައަކަށް އެދުނު މައްސަލައިގައި ބަދަލު ނުދޭން ނިންމީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާ ބީލަމަކުން ހަދާފައިވާ އެެއްބަސްވުމަކަށް ވާތީ ކަމަށެވެ.

"އެ ގޮތަށް ނިންމީ ބީލަމުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީން،" ޝަނޫން ވިދާޅުވި އެވެ.

އެ ކޮމިޓީގެ ނިންމުމަކީ، އޭނާ ވިދާޅުވި ގޮތުގައި ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯއާ ހަވާލުކޮށްފައި އޮތީ މާލިއްޔަތު ގަވާއިދުގެ 10.28 ވަނަ މާއްދާއާ ހިލާފަށެވެ. އެ މާއްދާގައި ބުނާ ގޮތުން ނަމަ ޓްރާންސްޕޯޓަށް އެ މަޝްރޫއު އިއުލާންކޮށްގެން ބަޔަކާ ހަވާލެއް ނުކުރެވޭނެ އެވެ.

ޖުމްލަ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެން ބޮޑު އެ މަޝްރޫއު ހަވާލުކުރަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ.

ބީލަން ދިޔަ ގޮތާއި ގޯސްތައް

- ނަމްބަރު ޕްލޭޓް ހަދައިދޭނެ ބަޔަކު ހޯދަން ޑިސެމްބަރު، 31، 2019 ގައި އިއުލާންކުރުމުން ކުރިމަތިލީ ތިން ކުންފުންޏަކުން.

- އެއީ ވަސާޖިއޯގެ އިތުރުން ޑޮނާޑް އިންވެސްޓްމެންޓާއި ބޯދަ ޕްރައިވެޓް ލިމިޓެޑުން.

- މަސައްކަތް ހަވާލުކުރާނެ ބަޔަކު ހޮވުމުގައި ބިޑް ކޮމިޓީގެ ބައެއް މެމްބަރުންގެ ކަންބޮޑުވުން ހުރި. އެއީ އެއް ކުންފުންޏެއްގެ އަތް މައްޗަށް މުޅި ރާއްޖޭގެ ހުރިހާ ވެހިކަލްތަކުގެ ނަމްބަ ޕްލޭޓް ހަދަން ދޫކޮށްލުން.

- ޑޮނާޑުން ކުޑަ އަގެއް ހުށަހަޅާފައި އޮއްވައި ވަސާޖިއޯ އަށް ދިން މައްސަލަ ފިނޭންސާއި އޭޖީ އޮފީހާއި އޭސީސީ އަށް ހުށަހެޅި.

- ފިނޭންސުން އެންގީ ބީލަން ގެންދިޔަ ގޮތް ގޯސް ކަމަށް، އޭޖީގެ ލަފައަކީ އެއްބަސްވުން އުވާލުން.

- އެކަމަކު ދެ މުއައްސަސާގެ އެންގުމާ އެއްގޮތަށް އެއްބަސްވުން އުވާލަން ޖެހޭ ކަން ޓްރާންސްޕޯޓުން ނާންގާ ކަމަށް ވަސާޖިއޯ އިން ބުނޭ. މިއީ ބޮޑު ގެއްލުމެއް އެ ކުންފުންޏަށް ލިބުނު ކަމެއް ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވޭ.

ދެ ކުންފުނީގެ އަގުތައް

މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް އެންމެ އަގުހެޔޮކޮށް ހަދައިދޭން ހުށަހެޅީ، "މިހާރު"އަށް ލިބިފައިވާ ބީލަމުގެ ލިއުންތަކުގައިވާ ގޮތުން، ޑޮނާޑުންނެވެ. ސައިކަލެއްގެ ކުރި އާއި ފަހަތު ނަމްބަރު ބޯޑު ހަދައިދޭން އެ ކުންފުނިން ހުށަހަޅާފައި އޮތީ 101.76ރ. އަށެވެ. ކާރާއި ޕިކަޕް ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނަގާ ގޮތަށް އޮތީ 159ރ. އެވެ.

ވާސާޖިއޯ އިން ސައިކަލް ބޯޑަކަށް ހުށަހެޅީ 475ރ. އެވެ. ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް އެ ކުންފުނީގެ އަގަކީ 675ރ. އެވެ.

އެހެންކަމުން، ވަސާޖިއޯ އިން ހުށަހަޅާފައި މިއޮތީ ސައިކަލެއްގެ ނަމްބަރު ޕްލޭޓް ޑޮނާޑަށް ވުރެން 373ރ. ބޮޑުކޮށެވެ. އަދި ހަތަރު ފުރޮޅުލީ ވެހިކަލް ނަމްބަރު ޕްލޭޓް 516ރ. ބޮޑުކޮށް ހަދައިދޭށެވެ. އަގުގެ އިތުރުން އެ ޚިދުމަތެއް ފޯރުކޮށްދޭން އެއްބަސްވާ މުއްދަތަށް ވެސް ބީލަންތަކުގައި ބަލަ އެވެ. ވަސާޖިއޯ އިން ހުށަހެޅީ ޑޮނާޑަށް ވުރެން އަވަހަށް ނަމްބަރު ޕްލޭޓްތައް ބަދަލުކުރާށެވެ.

ތިން ވަނަ ކުންފުނި، ބޯދަ އިން ހުށަހެޅީ ސައިކަލަކަށް 700ރ. އަދި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 900ރ. އެވެ. މިއީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏެވެ.ލޭގެ ގަރާޖްތަކުން އާދައިގެ ޕްލާސްޓިކް ނަމްބަރު ބޯޑު މިހާރު ހަދައިދޭ އާއްމު އަގަކީ 150ރ. އެވެ.

ވެހިކަލްތަކުން ފުރި ބާރުވެފައި އޮތް މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް 120،000 އުޅަނދުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ޖެހެ އެވެ. މީގެ ތެރޭގައި ސައިކަލްގެ އަދަދަކީ ގާތްގަނޑަކަށް 75،000 އެވެ. ވަސާޖިއޯ އިން ހުށަހަޅާފައި އޮތް އަގުން ބަލާ ނަމަ ހުރިހާ ސައިކަލްތަކެއްގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން އެ ކުންފުނީގެ އަގަކީ 35 މިލިއަން ރުފިޔާ އެވެ. ހަތަރު ފުރޮޅު ލީ ވެހިކަލްތައް ބަދަލުކޮށްދެނީ 33.7 މިލިއަން ރުފިޔާ އަރަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި، ކޮންމެ މަހަކު އަލަށް ގާތްގަނޑަކަށް 700 ސައިކަލް އަދި 20 ކާރު ރަޖިސްޓްރީ ކުރެ އެވެ. އެއްބަސްވުމުގައި އޮތް ގޮތުން 120،000 ވެހިކަލްގެ އިތުރުން އަލަށް ރަޖިސްޓްރީކުރާ އުޅަނދުތަކާއި ދެ ވަނަ ފަހަރަށް ނަމްބަރު ބޯޑު ހަދަން ޖެހެނީ ވެސް އެ ކުންފުނި މެދުވެރިކޮށެވެ.

5 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކްސިް

18 September 2021

ތީ ދެން ލާރި ހޯދަން މާ މޮޅު ގޮތެއް... މަސައްކަތް ނުކޮށް ގެއްލުމުގެ ބަދަލު ހޯދުން

The name is already taken The name is available. Register?

މިއަދު

14 September 2021

ނަހުލާގެ މިނިސްޓަރުކަމުގައި ތިމިނިސްޓްރީން ކުރެވުނު ރަނގަޅުކަމަކީ ކޮބާ އެކަމު ރައިސްސާލިހު އެއްމެ އިތުބާރުކުރައްވާ އެއް މިނިސްޓަރޯ ތިއީ މިރިނުވެ ގޮބޮޅި ކާށިވީމަވާގޮތް

The name is already taken The name is available. Register?

މިނިސްޓަރީ އޮފް

14 September 2021

ތި ފައިސާ ދައްކަން ހަވާލު ކުރޭ ނަހުލާ އަށާއި މިނިސްޓަރީގެ ވެރިންނަށް، ތިކަހަލަ ކަންތައް ހައްލުވާނީ މިހެން ހަދާގެން، ގަވައިދުން ބޭރުން ދައުލަތައް ލިބޭ ގެއްލުމަށް ޒިންމާވާނީ އެވުޒާރާއެއްގެ އެކަމާ ހަވާލުވެ ތިބި ބަޔަކު

The name is already taken The name is available. Register?

ކާފަސިކުނދީ

14 September 2021

މިނިސްޓަރ ނަހުލާ އަށް ބޮޑުފައިދާއެއް ލިބޭގޮތަށް ކުރިކަމެއް އަތަށް ގޮވީ އެކަމު އަދިވެސް މިނިސްޓަރ ކަމުގަ ހުރިހާމޮލެއް ބޮދެތި ވަގުން ނަށް

The name is already taken The name is available. Register?

ކުޗީ

14 September 2021

ހެހެހޭ .... ތިބަދަލު އެމީހުން ނަގާނެ ...ނަގާނީ ދެން އަންނަ ޕޕމ ގެ ދައުރެއްގައި. މިއީ ރޭވިގެން ތަވާލުކުރެވިގެން ހިނގާ ކަންކަން. ހަމައެފަދައިން ދީބާޖާ އަށް ދައުރު ބަދަލުވުމުގެ ކުރިން ބަދަލު ދޭނެ. ސޭކުސްތާނަކީ މިކިޔާ ސީޔާސީ މީހުން ނޮޅާގެން ކާން އޮތް ތަނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454