އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން: ޑޭޓާތައް ޕީޕީއެމް ކެމްޕޭންް އޮފީހަށް ދިޔަކަމުގެ ހެއްކެއް ނެތް ކަމަށް އީސީން ބުނޭ
30 އޯގަސްޓް 2018 - 11:39
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައުލޫމާތުތަކެއް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހަށް ގޮސްފައި އޮވެދާނެ ކަމަށް އެ ކޮމިޝަނުން ކުރިން ބުނި ނަމަވެސް އެ ފަދަ މައުލޫމާތެއް ކެމްޕޭން އޮފީހަށް ދިޔަކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އީސީން ބުނެފި އެވެ.
ރީ-ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ސިޓީއެއްގެ ޖަވާބުގައި އެ ކޮމިޝަނުން ބުނެފައިވަނީ ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގައިވާ މައުލޫމާތު، އީސީގެ ފަރާތުން ޕީޕީއެމް ކެމްޕޭން އޮފީހާ ހިއްސާކޮށްފައިވާކަން އެނގޭނެ ކަމުގެ ހެއްކެއް އަދި ގަރީނާއެއް ނެތް ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ މައުލޫމާތުތަކެއް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ގޮސްފައި އޮވެދާނެ ކަމަށް ބަލައި، ކޮމްޕްލެއިންޓްންސް ބިއުރޯ މެދުވެރިކޮށް، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ރީ-ރަޖިސްޓްރޭޝަން ފޯމްތަކާ ބެހޭ މައުލޫމާތުތަކެއް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ލިބުނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކަމަށް ބުނެ މީހުންނަށް ފޯނުކޮށް ބައެއް މައުލޫމާތުތައް ސާފު ކުރާ ކަމަށެވެ.
އީސީއަށް ގަސަމް މައްސަލަ ހުށަހެޅުއްވީ ވެސް، ސްރީ ލަންކާގެ ކޮލަމްބޯއަށް ރީ-ރަޖިސްޓްރީ ކުރި ގިނަ އަދަދެއްގެ ފޯމުތަކުގައި ޖަހާފައިވާ އޭނާގެ ފޯނު ނަމްބަރަށް، ޕީޕީއެމްގެ ކެމްޕޭން އޮފީހުން ގުޅަމުންދާ ކަމަށް ބުނެ އެވެ. އޭނާ އެދިވަޑައިގެންފައިވަނީ ފޯމުތަކުގައިވާ މައުލޫމާތުތަކަކީ ހަަމައެކަނި އިލެކްޝަންސްއަށް ލިބެން ޖެހޭ އެއްޗަކަށް ވެފައި، އެ ކޮމިޝަނުގައިވާ ރައްޔިތުންގެ ސިއްރު މައުލޫމާތު ކެމްޕޭން އޮފީހާ ހިއްސާކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދިނުމަށެވެ.
ގަސަމްއަށް އީސީން ދިން ޖަވާބުގައި ބުނީ ފޯމުގައި ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވާ ހަތް މޯބައިލް ނަމްބަރަކީ ވެސް އެހެން މީހެއްގެ ނަން މަތީގައި ނަގާފައިވާ ސިމްތަކެއް ކަމަށާއި ޕީޕީއެމް ކެމްޕޭން އޮފީހުން ގަސަމްއަށް ފޯނު މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.
"... އެހެންވެ އީސީގެ ފަރާތުން ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގައިވާ މައުލޫމާތު ޕީޕީއެމްގެ ކެމްޕޭން އޮފީހާ ހިއްސާކޮށްފައިވާކަން އެނގޭނެ ހެއްކެއް، ގަރީނާއެއް ނެތް ވާހަކަ ދަންނަވަމެވެ." އެ ސިޓީގައި އީސީން ބުނެފައި ވެ އެވެ.
އީސީގެ ބައެއް މައުލޫމާތު، ކެމްޕޭން އޮފީހަށް ގޮސްފައި އޮވެދާނެ ކަމަށް އެ ކޮމިޝަނުން ބުނުމާއެކު، އިދިކޮޅު ފަރާތްތަކާއި އާއްމުންގެ ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ގޮވާލާފައިވެ އެވެ.
އީސީގެ ރައީސް ޝަރީފް ވިދާޅުވި ގޮތުގައި، އެ މައުލޫމާތުތައް ބަޔަކަށް ގޮސްގެން، އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބު އޮޅުވާލުމަކަށް މަގުފަހިވެފައެއް ނެތެވެ. އަދި ބައެއް ފަރާތްތަކުން ފޯނު ކޯލްތައް ކޮށްގެން މަސައްކަތް ކުރަނީ ވޯޓު އޮޅުވާލުމަށް މަގުފަހި ކުރަން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީނާ
30 August 2018
ހެކި ހޯދަން އުޅުނީ ކޮންބައެއް؟ ހަހަހަހހަ
ވާލުސޮރު
30 August 2018
މިއަދުގެ ސުވާލު.. "އަޅުގަނޑުގެ މައްޗަށް މީން އެއްވެސް ކަމެއް ސާބިތެއް ނުކުރެވޭނެ" މިއީ "ބޭފުޅަކު" ބޮޑު ޖަލްސާއެއްގަ ލައިވް ކެމެރާތަކުގެ ކުރިމަތީ ވިދާޅުވި ބަސްފުޅެއް. އެއީ ކޮން ބޭފުޅެއްތޯ؟
މަނިއްޕުޅު
30 August 2018
އެއްމިލިޔަން ޑޮލަރު ޔާމީން އެކައުންޓަށް ވަންކަމަށް ހެކި އެބަހުރި............
ދަތްނެތްކުއްޖާ
30 August 2018
ޝަރީފޫ ހެކި ނެއްކަން ﷲގެ ރަޙުމަތުން އެނގޭނެ މި ވެރިކަން ބަދަލު ވީމާ. އެކަންވެސް ބަލާނެ ބަޔަކު ތިބޭނެކަން ޔަޤީން. އަދި ޒިންމާ ނަގަން ޖެހޭނެ ބަޔަކުވެސް ތިބޭނެ ކަމާއި މަދަކު އެއްވެސް ޝައްކެތް ނުކުރަމު.
ފަޒީނާ
30 August 2018
އީސީގެ ރައީސް ޝަރީފް މިހާރު އަޅައިގެން ތިއުޅޭ ނަންބަރު އައިނު ބަދަލުކޮށް ތަންކޮޅެއް މަތީ ނަންބަރު އައައިނަކަށް ބަދަލުކޮށް ފިއްޔާ ހެކި ފެނިދާނެ... ޝަރީފުގެ ދެލޯ ކަނުވެފައި ކަފަތް ބީރު ވިޔަސް ތިއީ ބޮޑު ވަރު.. އަޅުވެތި ވިޔަސް ބޮޑު ވަރު..
ޤައުމު
30 August 2018
މި ޤައުމުގައި ހިނގައިފައިވާ އެއްވެސް ތިޔަ ކަހަލަކަމެއް ނޫނީ ހިޔާނާތެއްގެ ހެކި ހުރިތޯ އެކަން ކަން ތަހުޤީގު ކުރާ ވުޒާރާތަކައި ސުވާލު ކުރުން ރަގަޅު...
ބަބުރުކަލޯ
30 August 2018
ހެކި ފެންނާނީ ހެކި ހޯދަންއުޅުނީމާ.
ދަތްއަދުރޭ
30 August 2018
ފިޔާތޮށި ޓީޝާރޓު ލައިގެން، ބޮލުކޮށްޕި އަޅައިގެން ޔާމީނަށް ކެމްޕެއިން ކުރަން އުޅުނު މީހަކު އިލެކްޝަން ކޮމިޝަނުގެ ރައީސަކަށް ލީމާ ތިޔަކަހަލަ އެއްޗެއް ނުފެންނާނެ! އަހަރުމެން ތިކަމަކަ ހައިރާނެއްނުވޭ، ބަޔަކު މީހުން ހައިރާނުން، ބައިނާޅި ކެކިގެން ތިއްބެއްކަމަކު އަހަރުމެން ދެނަހުރީން ތިޔަ ޖަހާ ސަކަރާތް! ނިކަން ރީތިކޮށް 23 ސެޕްޓެމްބަރުގައި ފިލާވަޅެއް ނަގާއިދޭނަން! އިންތިޒާރު!
އުއްމީދު
30 August 2018
ކޮންމެވެސް އެއްޝެކޭ ކިޔަިގެން ތިއުޅެނީ މިފަހަރު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެތީ އެކަމާއި މޭކަރައިގެން
ހެކިދޮންތު
30 August 2018
ހެކިކަލޭގެ އިނީ ނުފެންނަ ތާކިހާ އަޅައިގެނޯ، ތިޖަވާބުވެސް ލިޔުނީ ހެކި ކަލޭގެ ކަމަށްވަނީ! ދިވެހިންމިތިބީ އަދިވެސް 70ގެ އަހަރުތަކުގެ ގަމާރުކަންމަތީގަޔޯ ހެކިކަލޭގެ އެ އަންގަނީ! ހީހީ ހަލާކުވެދާނެ!!