ޚަބަރު / ޕީއެސްއެމް

ނަތީޖާ އާންމުކުރަން އެކަނި ގެނައި ސެޓަކަށް ޕީއެސްއެމުން 83،000 ޑޮލަރު ބޭކާރުކޮށްފި!

ޕީއެސްއެމްއިން ރިޔާސީ އިންތިޚާބުގެ ކަވަރޭޖަށް ބޭނުންކުރި ސެޓް: އަގު ބޮޑުކޮށް މި ސެޓް ކުއްޔަށް ހިފި ނަމަވެސް ބޭނުމެއް ނުކުރެވުނު

21 ފެބުރުއަރީ 2019 - 11:38

43 comments
angry icon 91%

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމުން) އިން 83،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) އަށް ރާއްޖެ އިން ބޭރުން ކުއްޔަށް ގެނައި ވާޗުއަލް ސެޓުގެ ބޭނުން ނުހިފި، ދައުލަތުގެ ފައިސާ އިން ބޭކާރު ޚަރަދެއް ކޮށްފި އެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 24 ގަޑިއިރު ކެމްޕޭން ކޮށްދިނުމުގެ ސިޔާސަތެއް ގެންގުޅުނު ދައުލަތުގެ މީޑިއާ އިން، އެ ސެޓު (އޮގްމެންޓެޑް ރިއަލިޓީ) ކުއްޔަށް ހިފީ މެލޭޝިއާގެ ބައެއްގެ އަތުންނެވެ. އެނގިފައިވާ ގޮތުގައި، އެންމެ ރެއަކު ބޭނުން ކޮށްލަން 83،000 ޑޮލަރަށް ޕީއެސްއެމުން އެ ސެޓު ކުއްޔަށް ހިފިއިރު، އެ އަގުގައި އާ ސެޓެއް ގަންނަން ލިބެ އެވެ.

މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އަގު ބޮޑުކޮށް ކުއްޔަށް ނަގާ ނަމަ ވެސް އެންމެ ދުވަހަކު ބޭނުންކޮށްލަން އެފަދަ ސެޓެއް 50،000 ޑޮލަރަށް ލިބޭނެ ކަމަށެވެ.

އިންތިޚާބުތަކުގެ ނަތީޖާ ޓީވީއެމުން އާއްމުކޮށް ބެލުންތެރިންނަށް ކިޔައިދެނީ ކުރިމަތީގައި ހުންނަ ޓީވީ ސްކްރީނަށް ބަލައިގެންނެވެ. އެކަމަކު، އޮގްމެންޓެޑް ރިއަލީ ޕީއެސްއަމަށް ގެނައީ، ޕްރެޒެންޓަރުގެ ފަހަތުން ނަތީޖާ ބާތައް އަރާ ގޮތް ދެއްކުމަށެވެ.

ބޮޑު ހޭދައެއްކޮށްގެން ރިޔާސީ އިންތިޚާބަށް ޕީއެސްއެމުން ގެނައި ވާޗުއަލް ސެޓް ވަކި ހިސާބަކުން ބޭނުން ނުކުރެވުނު ކަން، މި ސަރުކާރުން އެތަނަށް އައްޔަން ކޮށްފައިވާ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ކަށަވަރު ކޮށްދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ސެޓުގެ ހަގީގީ ބޭނުން ނުހިފުނީ މައުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެންނެވެ. އެންމެ ރެއަކަށް ޕީއެސްއެމުން ކުރީ ބޮޑު ޚަރަދެއް ކަމަށް އަލީ ވެސް ވިދާޅުވި އެވެ.

"ބޮޑު ޚަރަދެއް ކުރީ، އެކަމަކު އޭގެ ފުރިހަމަ ބޭނުމެއް ވެސް ނުކުރެވުނު،" އަލީ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕީއެސްއެމުން މަސައްކަތް ކުރީ ޔާމީންގެ ސަރުކާރާއި ޕީޕީއެމްގެ ޕްރޮޕެގަންޑާ ފަތުރައި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭށެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު ރައްޔިތުންނަށް އިއްވަން ފުރުސަތު ނުދީ، ހުރިހާ ވަގުތެއް ޔާމީންގެ ކެމްޕޭނަށް ހުސްކުރިއިރު، ޕީއެސްއެމްގެ ބޯޑުގެ ބައެއް މެމްބަރުން ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގަތެވެ.

ކުރީގެ ސަރުކާރުގައި ޕީއެސްއެމުން ވަނީ ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިބްރާހިމް ޚަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) މުހައްމަދު އިކްރާމް ތިއްބަވަން، ޓީވީއެމް އިމާރާތުގައި ޚާއްސަ އޮފީސް ބައެއް ހަދަން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހޭދަކޮށްފައިވެ އެވެ. އޭގެއިތުރުން، ޕީޕީއެމްގެ އެކި ހަރަކާތްތައް ގެނެސް ދޭން ވެސް ޕީއެސްއެމުން 3.1 މިލިއަން ރުފިޔާގެ ވަގުތު ހިލޭ ދީފައިވެ އެވެ.

ޕީއެސްއެމްގެ ދައުރު އަދާކުރުމުގައި ހިޔާނާތަށް މަގުފަހިވާ ކަންކަން ހިނގާފައި ހުރި ކަމަށް ތުހުމަތު ކުރާތީ، އެތަނާ ހަވާލުވެވަޑައިގެން އަލީ އިސްވެ ހުންނަވައި ވަނީ ޚަރަދުތަކާ ގުޅޭ އޮޑިޓެއް ހަދައިފަ އެވެ. އެއިން ފާހަގަވި މައްސަލަތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަން ބަދަލުވި މަރުހަލާގައި އެކުލަވާލި އިންތިގާލީ ކޮމެޓީގެ ހޯދުންތަކުން އެނގުނު ގޮތުގައި ޕީއެސްއެމަށް ދައުލަތުގެ ބަޖެޓުން އަހަރަކު ދޭ 140 މިލިއަން ހޭދަކޮށްފައި ވަނީ މެނޭޖްކުރުމެއް ނެތި އެވެ. ބޭކާރު ޚަރަދުތައް ގިނަވީ، ޕަބްލިކް ސާވިސް މީޑިއާ އަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ މެންޑޭޓުގެ އިތުރުން، ބައެއް ކަންކަން ކުރަން އުޅުމުން ކަމަށާއި ފަހުން ފައިސާ ލިބޭނެ ކަމަށް ބަލައިގެން ވެސް ބައެއް ޚަރަދުތައް ކޮށްފައިވާ ކަމަށް ކޮމެޓީން ބުނެފައިވެ އެވެ.

43 ކޮމެންޓް, 206 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 3%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސީދު

25 February 2020

ތިބޭކާރު ހަރަދުކޮއް މިގައުމް އަބަދުހެންމިދަނީ ، ރައްއިތުން ހޭއަރަންވެއްޖެ ވޯޓް ވިއްކާ އުސޫލް މާޒީއައް ދޫކޮއްލަންވެއްޖެ ވޯޓްދޭންވީ އަބަދުވެސް އެންމެ ރަގަޅު މީހާއައް އާއިލާ މިޙުންނައްދޭދުވަސް މާޒީއައް ދޫކޮއްލާ ދެން މިގައުމް ދެން ކަނޑުނުވަނީސް

The name is already taken The name is available. Register?

ސުންގަޑި

23 February 2019

މީހާރުވެސް ނިސްބަތުން މިކުޑަ ދުވަސްކޮޅު ވަރަށް ކަންކަން ހިންގާލައިފި އަދި ހިންގަން ދަނީ ރާވަމުން.

The name is already taken The name is available. Register?

ށޭކެމްޕޭނު

23 February 2019

ށޭކެމްޕޭނޭ ކިއާފަ މުވައްޒަފުން ގުބޯ ހައްދާފަ 3 މީހުންގެ ކޮމެޓީން ބައެއް އެޗްއޯޑިން ކަނޑާލަން ދަނީ ރާވަމުން

The name is already taken The name is available. Register?

ސައީދުތުރީ

22 February 2019

ދުނިޔޭގައި އަލަށް ހަދައިގެން އުޅޭ ގަވާއިދެއްގެ ދަށުން މީޑިއާނެޓްގެ ނެޓްވޯކްތެރެއިން ދޫކުރާކަމަށްޓަކާ 4ލައްކަ ރުފިޔާދަށްކަންޖެހޭ އެކަމަކު ދުނިޔޭގެ އެހެން ގައުމުތަކުން މިޖެހެނީ މިސާލަކަށް ސްޓާޕުލަސް މީޑިއާނެޓުން އެދަށްކަނީ ސްޓާޕުލަސް އަށް މީޑިއާނެޓުން ލާރިދަށްކައިގެން އެހެންވީމާ އަދިތީ އެހާވަރުގެ ކަމެއްނޫންދޯ މަސްއަލަޔަކީ މިގައުމުގައި ތިޔަކަހަ ކަންތައްތައް ބަލާނެބަޔަކުނެތީ އެހެންވީމަ ފާޑުފާޑުގެ ނަންނަމުގައި ސަރުކާރު ހިއްސާވާ ކުންފުނިހަދައިގެން ތއޅ

The name is already taken The name is available. Register?

ޢަންވަރުއަމީން

22 February 2019

މިކަމުގައި ގަމް ގެ އަތެއްވެސްވާނެ.

The name is already taken The name is available. Register?

ޜުސހސެ

22 February 2019

އިކްރާމް އާއި ޚަލީލުވެސް ޒިންމާވާންޖެހޭ ފައިސާއަށް. ޔާމީން ސަރުކާކުރަ އުދުހުނު ދެމީހުން އެވެސް.

The name is already taken The name is available. Register?

ވިލިބޯއީ

22 February 2019

އިންޖިނިއަރިންގް ޑިޕާޓްމެންޓް ވެރިންހިންގާ ޖަރީމާ. އެބޭޅާމެން ވަކިބަޔަކަށް ތި ސެޓްކޮށްފަ ސްޕެކް ފޮނުވަނީ. އެކަން ވަރަށްގާތުން ދެކޭތީ މިދެންނެވީ.

The name is already taken The name is available. Register?

އަލީ ސްޕާރީ

22 February 2019

ތިކަން އެގޭނީ ޕްރޮޖެކްޓް ހެޑައށް ތީ އެބޭފުޅާތަ

The name is already taken The name is available. Register?

ހައްޖަ

21 February 2019

މިހާރުވެ އެމްޑީ ވެމްކޯގައި ހުއްޓަ ވަކިކުރީ ކޮރަޕްޝަން ހިންގައިގެން އެމައްސަލަ އެއޮތީ އޭސީސީ ގަ. ދެންކޮން ޒީރޯ ޓޮލެރެންސެއް

The name is already taken The name is available. Register?

ކާޅޭ

21 February 2019

ހަލީލޭ އިކުރާމޭ ކިއާފަ މިހާރުވެސް ކޮށް ނިންމާފަ އެހެރީ ބިޑް ކޮމިޓިން ނިންމާފަ ރައީސް ލަންކާއަށް ކުރި ދަތުރުގެ ކަވަރޭޖްގެ ބައެއް ކަންކަން ހަމަ އެކައްޗެއް މިކުޅެނީ ކޮން ޒީރޯ ޓޮލެރެންސެއް.

The name is already taken The name is available. Register?

ސުއުދު

21 February 2019

މިދެން މިހާރު ބޭނުން ޗެނެލެއެއް ނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!