ރޯދަމަހުގެ ދުވަސްތަކާއި ވަގުތުތައް ބޭކާރު ގޮތުގައި ދޫކޮށްލާ ތަން އެއީ ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ.

މުޅި ރޭގަނޑު އެއްކޮށް ހޭލާތިބެ، ހުރިހާ ވަގުތެއް ހުސްކޮށްލަނީ ފިލްމާއި ޑްރާމާތައް ބެލުމުގަ އެވެ. ނަތީޖާއަކީ ރޯދައަށް ތިބެ ވެސް އެއް ބަޔަކު ދުވާލު އެއްކޮށް ނިންމާަލަނީ ނިދުމުގަ އެވެ. އަޅުކަން ކުރުމެއް ނެތެވެ.

ޝައިހު އާޒިމް ހާލިދު ދެއްވި ނަސޭހަތަކީ މި މާތް މައްސަރުގެ ރެއާއި ދުުވާލު ހޭދަކުރަންޖެހެނީ ﷲ އަށް އަޅުކަން ކުރުމުގައި އިހުޔާ ކުރުމަށް ކަމަށެވެ. އިސްކަންދޭންވީ ﷲ އަށް ކުއްތަން ވެ، އެކަލާނގެ އަށް ދެންނެވުމަށެވެ. ﷲ ނުރުއްސަވާ ކަންތައްތަކާ ރޯދަމަހު ދުރުވެ، އަޅުކަން ކުރުމުގައި ހީވާގިވާން ވީ އެވެ. 

ދީނީ އަޅުކަންތަކަށް ވުރެ މުނިފޫހިފިލުވުމުގެ ކަންކަން ގިނަކޮށް، ރޭގަނޑު އެއްކޮށް އެ ކަމަށް ހޭދަކުރުމަކީ މި މަތިވެރި މަސް ބޭކާރު ގޮތުގައި ހޭދަކުރުމެވެ. ދުވާލުގެ ވަގުތުތަކުގައި ނިދުމުގެ ސަބަބުން ނަމާދުގެ ޖަމާއަތް ގެއްލި ގުރުއާން ކިޔެވުމެއް ނޯވެ އެވެ.