އަލީގެފާނު އަރިހުގައި މީހަކު އެދެނީ ސާހިބު މީހާއަށް ދައްކަން ޖެހޭ މިންވަރު ނުދެއްކި ތާށިކަމެއްގެ ތެރޭގައި އުޅެން ޖެހިފައިވާތީ އެކަމުން ސަލާމަތްވެވޭނެ ގޮތެއް ހޯއްދަވައިދެއްވުމަށެވެ. އަލީގެފާނު އުގަންނައިދެއްވީ އެ މީހަކު ބިޔަ ފަރުބަދައެއްގެ ދަރަނި ދައްކަން އޮތް ނަމަވެސް މިންޖުވެވޭނެ ދުއާއެކެވެ.
އެ ދުއާގެ މާނައިގައި ވަނީ "ޔާ ﷲ! އިބަ ﷲ ހަރާން ކުރައްވާފައިވާ އެންމެހާ ކަންކަމުން ދުރުކޮށްދެއްވައި އިބަ ﷲ ހަލާލު ކުރެއްވިހައި ކަމެއްގެ މައްޗަށް މިއަޅާ އަށް ފުދުންތެރިވުން މިންވަރު ކޮށްދެއްވާނދޭވެ. އަދި އިބަ ﷲ ގެ ތަނަވަސް ރަހުމަތްފުޅުން އެހެން އެއްވެސް ފަރާތަކަށް ބޭނުން ނުޖެހޭ މިންވަރަށް މިއަޅާ މުއްސަނދިކޮށްދެއްވާނދޭވެ!" މި އެވެ.