ޢަޞުރު · 15:23

ބޮޑެތި އިނާމުތަކާ އެކު ރީފްސައިޑްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

ރީފްސައިޑްގެ "މަރުހަބާ ރަމަޒާން 2017" ޕްރޮމޯޝަން ބޮޑެތި ޑިސްކައުންޓްތަކާ އެކު ފަށައިފި އެވެ.


އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 10-20 ޕަސެންޓްގެ ޑިސްކައުންޓެއް ދޭނެ ކަމަށް ރީފްސައިޑުން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާއިރު، އެލްޖީ 43 އިންޗި 4-ކޭ ސްމާޓް ޓީވީއެއް ސޮނީ ޓީވީ ސްޓޯއިން މިއަދު ވަނީ ތައާރަފު ކޮށްފަ އެވެ. މި ޓީވީ ވެސް ޚާއްސަ ޕްރޮމޯޝަންގައި ހެޔޮ އަގެއްގައި ލިބޭނެ ކަމަށް ރީފްސައިޑުން ބުންޏެވެ. ސޮނީ ޓީވީ ސްޓޯގެ އިތުރުން ރީފްސައިޑް ލައިފްސްޓައިލާއި ރީފްސައިޑް އިމްޕްރެޝަން އަދި ރީފްސައިޑް އިލެކްޓްރޯނިކްސް އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް ރީފްސައިޑްގެ މާކެޓިން އެގްޒެކަޓިވް މުހައްމަދު އަހްސަން ވިދާޅުވި އެވެ.

އަދި ގުރުލައިގެން ހޮވާ ހަތަރު މީހަކަށް އަގުހުރި އިނާމުތަކެއް ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެއްވަނަ އަށް ހޮވޭ މީހަކަށް 40،000ރ ގެ އަގުހުރި ރާޑޯ އަތުކުރި ގަޑި ސެޓެއް ޕްރޮމޯޝަންގައި ލިބޭނެ އެވެ. ދެ ވަނަ އަށް ހޮވޭ މީހަކަށް ބޯސޭ ސައުންޑްޓަޗް 300 ހޯމް ތިއަޓާ ސައުންޑްބާއެއް، ތިން ވަނަ އިނާމަކަށް ސޮނީ ޕްލޭސްޓޭޝަން 4 ޕްރޯއެއް، އަދި ހަތަރު ވަނަ އިނާމަކަށް ގޯ ޕްރޯ ހީރޯ 5 އެއް ލިބޭނެ އެވެ. ސޮނީ، ހައިސެންސް، އަދި އެލްޖީ ބްރޭންޑްގެ ގިނަ ސައިޒްތަކުގެ ޓީވީއާ، ސޮނީ ކެމެރާ، ކެމެރާ އެކްސެސޮރީސް، އަދި ބޯސޭ ސައުޑް ސިސްޓަމްތައް ހެޔޮ އަގުތަކުގައި ސޮނީ ޓީވީ ސްޓޯ އިން ލިބެން ހުންނާނެ ކަމަށް ވެސް ރީފްސައިޑުން ބުންޏެވެ. އަދި ރީފްސައިޑް އިލެކްޓްރޯނިކްސް އިން ހޯމް އެޕްލަޔަންސް، ފުރިޖް، އަދި ދޮންނަ މެޝިން ރޯދަ އަށް ޚާއްސަކޮށް ގެނެސްފައިވާ ކަމަށް ރީފްސައިޑުން ބުންޏެވެ.