ރިޕޯޓް / ޕީޕީއެމް/ޕީއެންސީ އިއްތިހާދު

"އިންޑިއާ އައުޓްކޮށް"، ޔާމީނާ އެކު 2023ގެ މަންޒަރު އަދުރޭއަށް ސާފު!

"އަމާޒަކީ 2022 ނިމެންވާއިރަށް އިންޑިއާގެ އަސްކަރިއްޔާ މި ގައުމުން ބޭލުން. އޭގެ ފަހުގައި، ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ވެރިކަން ކުރައްވާނީ ރައީސް ޔާމީން،"

"ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަޔާތް ހުކުމާ އެކު ނިމުނީ އެވެ. ޖަލުގެ ތޭރިތަކުގެ ތެރެއިން އެނބުރި ވަޑައިގެން 2023 އާ ގާތް ވެސް ނުވެވޭނެ" އެވެ.

އެއީ ސިޔާސީ ވާދަވެރިންގެ ޕްލޭނެވެ. އެ މީހުން އުފެއްދި ވަހުމެކެވެ. އޭގައި ބަނދެވުނު ބަޔަކު ޕީޕީއެމާ ފެއަށް ޖެހުނެވެ. އަނެއް ބަޔަކު ޕީޕީއެމްގެ ރިޔާސީ ޓިކެޓާ މެދު ޝައުގުވެރިވި އެވެ. އެކަމަކު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި އެންމެ ބޮޑު ޒިންމާއެއް އުފުއްލަވަން ޖެހިވަޑައިގަތް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހުންނެވީ ސާބިތުކަންމަތީގަ އެވެ. ރައީސް ޔާމީންގެ މައުސޫމްކަން ސާބިތުވާނެ ކަމުގެ ޔަގީން ކަމުގަ އެވެ.

އޭނާ ޖެއްސެވި ހިސާބުތަކުން އާއްމު މެމްބަރުންނަށް ދެއްވަމުން ގެންދެވި ޔަގީންކަމަކީ ޕީޕީއެމްގައި މިއަދު ސިޔާސީ އެންމެ ބޮޑު ހަގީގަތެކެވެ. ޔާމީން އެ ހުންނެވީ ސުޕްރީމް ކޯޓާ ހިސާބުން މިނިވަންވެ، ޕީޕީއެމާއި ޕީއެންސީގެ އާއްމު މެމްބަރުންނާ އެކު ސިޔާސީ ހަރަކާތް ހިންގެވުމުގަ އެވެ.

ޔާމީން މިނިވަންވުމުން، ކާނިވާ ސަރަހައްދުގައި ބޭއްވި "ކޮތަރުކޮށި" ޖަލްސާގައި އެ މަނިކުފާނުގެ އަރިހުގައި އެޑަވައިޒަރު ޑރ ވަހީދު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އަދުރޭގެ ސިޔާސީ ހަޔާތުގައި ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި މިއަށް ވުރެން ބޮޑު އުފަލެއް ލިބިވަޑައެއް ނުގަންނަވަ އެވެ.

"އަޅުގަނޑު ދެން ވެސް ޝައްކެއް ނުކުރަން. ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އިރާދަކުރެއްވިއްޔާ 2023 ގައި މި ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާނީ ރައީސް ޔާމީން," އަދުރޭ ވިދާޅުވި އެވެ.

މި ކެމްޕޭނަކީ މަގްބޫލުވުމެއް ނޫން. ހަގީގަތަކީ ރައީސް ޔާމީން ސިޔާސީ ގޮތުން މަގްބޫލްވާން، ތާއީދު ހޯދަން އިތުރަށް ކުރައްވަން ޖެހޭ ކަމެއް ނެތް. -- އަދުރޭ

މިއީ އޭނާ އަށް ކަށަވަރު ކަމެކެވެ. ދެން އެދިވަޑައިގަންނަވަނީ އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީނަށް ވާދަނުކުރެއްވޭނެ ހާލަތަކާ ގުޅޭ ސުވާލު ވެސް ބާއްވާށެވެ. އެ ހާލަތަކާ މެދު ކޯލިޝަންގެ އިސްބޭފުޅެއްގެ ގޮތުގައި ވިސްނަވާކަށް ބޭނުމެއް ނޫނެވެ.

"ރައީސް ޔާމީން ނެތިއްޖިއްޔާ ދެން ޕީޕީއެމުން ކާކުތޯ ނުކުންނާނީ, ކާކަށްތޯ ތާއީދުކުރާނީ. އެކަން ނިންމާނީ ކައުންސިލުންތޯ ކޮންގްރެސް އިން ތޯ. މިއީ އަޅުގަނޑުމެންގެ ތެރޭގައި އެއްގޮތަކަށް ވެސް ވާހަކަ ދައްކަން ބޭނުންވާ ހާލަތެއް ނޫން," އޭނާ ވިދާޅުވި އެވެ.

"ބައެއް ސިޔާސީ ލީޑަރުން އެބަތިއްބެވި ތި ހާލަތު އަތުވާނެ ކަމަށް ބަލައި އުފަލުން. ރައީސް ޔާމީނަށް ކުރިމައްޗެއް ނުލެވޭނެއޭ މިހާރު ކުރިއަށްދާ ޝަރީއަތުގެ ތެރެއިން އަނެއްކާވެސް ޖަލަށޭ ވަޑައިގަންނަވާނީ. އެ ހާލަތުގައި ޕީޕީއެމް ޖެހޭނީ ތިމަންނާމެންގެ ކެންޑިޑޭޓުގެ ފަހަތަށް އަރާށޭ."

އިންޑިއާ އައުޓް ހަރަކާތުގައި ޔާމީން ވާހަކަފުޅު ދައްކަވަނީ: ޕީޕީއެމް ހަރުދަނާ ކުރުމަށް ވުރެން އިސްކަންދެއްވީ ގައުމު ސަލާމަތްކުރަން ކަމަށް އަދުރޭ ވިދާޅުވޭ. -- ފޮޓޯ/ޕީޕީއެމް

އަދުރޭ ވިދާޅުވީ އެއީ ވަރަށް ގޯސް ވިސްނުމެއް ކަމަށެވެ. އެހެން އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ޕީޕީއެމުން ތާއީދުކުރަން ޖެހޭނެ ފަދަ ހާލަތެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އައުޓަށް ވުރެން މުހިއްމު ކަމެއް ނެތް

ރިޔާސީ އިންތިހާބަށް ބާކީ އޮތީ ދޮޅު އަހަރެއްހާ ދުވަހެވެ. މި ވެރިކަން ފެށުމާ އެކު ލީޑަރު ޖަލަށް ލައި ސިޔާސީ ހަރަކާތްތަކުން ހިމޭންކޮށްލި ޕީޕީއެމަށް އިދިކޮޅު ބިޔަ ޕާޓީއެއްގެ ގޮތުގައި ފުރިހަމައަށް އަދި ހިންދެމިއެއް ނުލެވެ އެވެ. ޔާމީން މިނިވަން ވުމުން ޕާޓީ ވަރުގަދަވެ ހަރަކާތްތައް ފުޅާވާނެ ކަމަށް ޕާޓީގެ ލީޑަޝިޕުން ބުންޏަސް އުއްމީދުކުރި އެ ސްޕީޑެއް ވެސް އަދި ނުފެނެ އެވެ.

މި ލެވެލްގައި އޮތް ގައުމެއްގެ ވެރިކަން ހިންގުމަށް ވުރެން މާ މުހިއްމެއް ނޫންތޯ ގައުމު މި އަޅުވެތިކަމުން ސަލާމަތްކުރުން. ރައީސް ޔާމީނަކީ ވަތަނީ ލީޑަރެއް. ދިވެހިންގެ ކަންކަން ނިންމުމުގެ ބާރު ދިވެހިންގެ އަތުގައި ނެތުމުން ރައީސް ޔާމީން އިސްކަމެއް އެ ދެއްވަނީ ބާރާއި އިހްތިޔާރު އަނބުރާ ހޯއްދަވަން. -- އަދުރޭ

ޔާމީން މިނިވަންވި ފަހުން އެމަނިކުފާނު ރިޔާސަތު ބެލެހެއްޓެވި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ފުރަތަމަ ބޭއްވެވީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. ބޭނުމަކީ ޕީޕީއެމް މިހާރަށް ވުރެން ހަރާކާތްތެރިކޮށް ހިންގައި ވަރުގަދަ ކުރުމެވެ.

ޔާމީން މިނިވަންވުމަށް ފަހު ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ކައުންސިލް ބައްދަލުވުން: ރިޔާސީ އިންތިހާބަށް ވުރެން ޕީޕީއެމަށް މުހިއްމީ އިންޑިއާ ސިފައިން މި ގައުމުން ބޭލުން ކަަމަށް އެ ޕާޓީން ބުނޭ. -- ފޮޓޯ/ ޕީޕީއެމް

މިއީ ރިޔާސީ އިންތިހާބަށް ކަމަށް ހީވިއަސް އަދުރޭ ވިދާޅުވީ ރިޔާސީ ޓިކެޓާއި ޕާޓީގެ ކުރިއެރުވުމަށް ވުރެން ޔާމީނަށް މުހިއްމުވީ ގައުމު ސަލާމަތްކުރުން ކަމަށެވެ. ޖަލުގައި ހުންނަވައި އިރުޝާދު ދެއްވި ގޮތަށް ފެއްޓެވި ކެމްޕޭން, މިނިވަންވެ ސީދާ އެމަނިކުފާނު ކުރިއަށް ގެންދެވީ ގައުމު ދެކެ ލޯބިވާތީ ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން ގަބޫލުފުޅުކުރެއްވީ މިނިވަންވެވަޑައިގަތް އިރު ގައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުން. އެ މަސައްކަތުގައި ވޭތުވެދިޔަ ދުވަސްތައް މިދިޔައީ," އަދުރޭ ވިދާޅުވި އެވެ.

"އަދިވެސް ރައީސް ޔާމީން ގަބޫލުކުރައްވާ ހަގީގަތަކީ ގައުމަށް އެންމެ މުހިއްމީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އިން ބޭރުކުރެވޭތޯ މަސައްކަތް ކުރުމޭ. އެހެންވީމަ ޕާޓީ ހަރުދަނާކުރުން މާ ބާރު ސްޕީޑުގައި ކުރިއަށްދާ ތަން ތި ބޭފުޅުންނަށް ނުފެނުނީ."

އިންޑިއާ އައުޓް ކެމްޕޭންގައި ޔާމީންއާ އެކު އަދުރޭ ބައިވެރިވެވަޑައިގަންނަވަނީ: ރާއްޖެ އިން އިންޑިއާ ސިފައިން ފައިބަން އިދިކޮޅު ކޯލިޝަނުން އަންނަނީ ގޮވާލަމުން. -- ފޮޓޯ/ ޕީޕީއެމް

އަދުރޭ ވިދާޅުވީ ރާއްޖެ އަޅުވެތިކުރުމުގެ ވިސްނުން އަބަދުވެސް ގެންގުޅޭ އިންޑިއާގެ އުނގަށް މި ސަރުކާރު ވެއްޓިފައިވާ ކަމަށާއި ސަބަބަކީ 2018 ގެ އިންތިހާބު ފޭރިގަތުމަށް ވާގިވެރިވުމެވެ. މިވެރިކަން ފެށުނު ފަހުން ވެސް ގައުމު ހިންގަނީ އެ ގައުމުގެ ނުފޫޒާ އެކު އިރުޝާދު ދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މަޝްރޫއުތައް އިއުލާންކޮށް ލިއުންތަކާ ގުޅިގެން ނޫސްވެރިންނަށް ފިޔަވަޅު އަޅަން ގޮވާލަނީ ވެސް އިންޑިއާގެ ސަފީރެވެ. އިންޑިއާ ގައުމަކުން ނޫން ގޮތަށް ލޯނު ނުނެގޭ ގޮތަށް ހާލަތު ކުރިމަތިކޮށް މަޖޫބުރު ކުރުވާ ކަމަށް ވިދާޅުވި އެވެ.

"މި ލެވެލްގައި އޮތް ގައުމެއްގެ ވެރިކަން ހިންގުމަށް ވުރެން މާ މުހިއްމެއް ނޫންތޯ ގައުމު މި އަޅުވެތިކަމުން ސަލާމަތްކުރުން. ރައީސް ޔާމީނަކީ ވަތަނީ ލީޑަރެއް. ދިވެހިންގެ ކަންކަން ނިންމުމުގެ ބާރު ދިވެހިންގެ އަތުގައި ނެތުމުން ރައީސް ޔާމީން އިސްކަމެއް އެ ދެއްވަނީ ބާރާއި އިހްތިޔާރު އަނބުރާ ހޯއްދަވަން," އަދުރޭ ވިދާޅުވި އެވެ.

"އޭގެ ފަހުން 2023 އޮތީ. އެއްގޮތަކަށް ވެސް ޕީޕީއެމުން 2023 އަށް ތައްޔާރު ނުވެއެއް ނޫން މިއޮތީ. ތައްޔާރުވަމުން މި އަންނަނީ. އެންމެ މުހިއްމީ އިންޑިއާގެ އަތްދަށުން ގައުމު ސަލާމަތްކުރުން. އެހާ ހިސާބުން ދެން ރައްޔިތުން ނިންމާނެ ގައުމުގެ ވެރިކަމަށް ދެން ގެންނާނީ ކާކުތޯ."

ޔާމީން މިނިވަންވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގެ ބައިވެރިއަކު "ރައީސް ޔާމީން 2023" ޕޯސްޓަރެއް ދިއްކޮށްލަނީ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އަންދާޒާއަކީ އިންޑިއާގެ 2,000 ސިފައިން

ރައީސް ޔާމީން އިސްވެ ހުންނަވައި ގޮވާލައްވަނީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އިން ބޭލުމަށެވެ. މިނިވަންކަން ނިގުޅައިގަތުމުގެ ޖާގަ ނުދެއްވުމަށެވެ. ރައްޔިތުންގެ ހައްގުގައި މި އަޑުއުފުލަން ޖެހެނީ އަދުރޭ ވިދާޅުވި ގޮތުގައި 2,000 ސިފައިން ތިބި ކަމަށް އަންދާޒާ ކުރެއްވޭތީ އެވެ. މިއީ ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"އަޅުގަނޑުމެން އަންދާޒާކުރާ ގޮތުން މި ރާއްޖޭގައި އެބައުޅޭ 2,000 ސިފައިން އެކި ނަން ނަމުގައި. އިންޑިއާ ސިފައިންގެ ޔުނިފޯމު އަޅައިގެން 1500, ނޫނީ 1000 ސިފައިން ވެސް ނުތިބެދާނެ," އަދުރޭ ވިދާޅުވި އެވެ.

އެކަމަކު އެކި ނަން ނަމުގައި ރާއްޖެ އަށް އަތްގަދަކުރަން އައިސް ތިބީ އަދުރޭ ވިދާޅުވި ގޮތުގައި ސިފައިންނެވެ.

އަދުރޭ ވިދާޅުވީ މިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ގެންދަވަނީ ރައްޔިތުންނަށް އޮޅުވާލައްވަމުންނެވެ. އިންޑިއާ ސިފައިން ނެތް ކަމަށާއި އޭގެ ފަހުން ހަތިޔާރާ އެކު އެކަކު ވެސް ނެތް ކަމަށް ވިދާޅުވަނީ އެހެންވެ ކަަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވާ އިރު، އިންޑިއާއެކު ސޮއިކޮށް، ސިއްރުކޮށްފައިވާ އެއްބަސްވުންތައް ރައްޔިތުންނަށް ހާމަކުރަން ޖެހިލުންވަނީ ކީއްވެތޯ އަދުރޭ ސުވާލު އުފެއްދެވި އެވެ. މަޖިލީހުގައި ތިއްބެވި ރައްޔިތުންގެ މަންދޫބުންނަށް ވެސް އެއްބަސްވުން ނުދެއްކި ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.

އަޅުގަނޑުމެންގެ އަމާޒަކީ 2022 ނިމެންވާއިރަށް އިންޑިއާގެ އަސްކަރިއްޔާ މި ގައުމުން ބޭލުން.

އަދުރޭ ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ކޮންމެ ފަހަރަކު އަޑީގައި އޮތީ އިންޑިއާ އެވެ. ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ގޯސްވީ ބޭނުންވި ހުރިހާ ކަމަކަށް އެއްބަސްވެ މިނިވަންކަން ގެއްލުމުގެ ފުރުސަތު ނުދެއްވުމާއި ހެލިކޮޕްޓަރު އެއްބަސްވުން އާ ނުކުރުމާއި އޭރު ތިބި ސިފައިންގެ ވިސާ އާނުކުރުމުން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އިންތިހާބުގެ ކުރިން ސިފައިން ބާލާނަން"

ރިޔާސީ އިންތިހާބުގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ފައިބަން ޖެހެ އެވެ. އެ ނޫން އަޑެއް ޕީޕީއެމުން އުފުލާކަށް ނެތެވެ.

އަދުރޭ ވިދާޅުވި ގޮތުގައި 2023 ގެ ކުރިން އިންޑިއާ އައުޓް ކެމްޕޭން ކާމިޔާބުކުރާނެ އެވެ. އަސްކަރިއްޔާ ބޭރުކުރާނެ އެވެ. މިއީ ޔާމީން އެކަނި ކުރައްވާ ކަމެއްގެ ގޮތުގައި ދައްކަން ސަރުކާރުން މަސައްކަތް ކުރާނެ ކަމެއް ނެތް ކަމަށާއި ފަހަތުގައި ގިނަ ރައްޔިތުން އެބަތިބި ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް އެ ބޭފުޅުން ވިދާޅުވަނީ މިއީ ރައްޔިތުންގެ ތާއީދު އޮތް ކަމެއް ނޫނޭ. ރައީސް ޔާމީން ސިޔާސީ ގޮތުން މަޝްހޫރުވާން ކުރާ ކަމެކޭ. ހަގީގަތަކީ ރައީސް ޔާމީން ސިޔާސީ ގޮތުން މަގްބޫލްވާން ތާއީދު ހޯދަން އިތުރަށް ކުރައްވަން ޖެހޭ ކަމެއް ނެތް،" އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2022 ނިމެންވާއިރަށް އިންޑިއާގެ އަސްކަރިއްޔާ މި ގައުމުން ބޭލުން."

ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ސަލާމް ކުރައްވަނީ. - ފޮޓޯ/މިހާރު

މި ގައުމުގައި އާބާދީ މަދުވުމަކީ އަޅުވެތިކުރަން އިންޑިއާ އަށް ލިބޭ ލައިސަންސެއް ނޫން ކަމަށް އަދުރޭ ދެކެވަޑައިގަންނަވަ އެވެ.

އޭނާ ވިދާޅުވީ ޕީޕިއެމްގެ ފުރަތަމަ ވެރިކަމެކޭ އެއްގޮތަށް ދެން ވެސް ސަރުކާރާ ހަވާލުވެވިއްޖެ ނަމަ އިންޑިއާ އެކު އޮންނަން ޖެހޭ ގުޅުން ބަދަހިކުރާނެ ކމަށެވެ.

"އެކަމަކު އޭގެ މާނައަކީ އިންޑިއާ އިން ބުނިހާ ކަމެއް ކުރުމެއް ނޫން. ސޮއިކޮށްފައި ހުރި އެއްބަސްވުންތަކަކީ ބާތިލް އެއްޗެއް. މަޖިލީހުގެ ރުހުމަކާ ނުލައި އެކަމެއް ނުކުރެވޭނެ. ޕީޕީއެމަށް ވެރިކަމަށް އާދެވިއްޖެ ނަމަ އެއްބަސްވުންތައް ރިވިއުކުރާނެ،" އޭނާ ވިދާޅުވި އެވެ.

"ޔާމީނާ ހަމައަށް ވަޑައިގެންނެވޭނެ ލީޑަރަކު ނެތް"

އިންޑިއާ އައުޓް ކެމްޕޭންގެ ފޯކަސްއަކީ އަދުރޭ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ތާއީދު ނެތް މި ސަރުކާރު ޖަވާބުދާރީ ވެސް ކުރުމެވެ. އިދިކޮޅު ޕާޓީއެއްގެ ޒިންމާއެއްގެ ގޮތުގައި އެއަށް ވުރެން އިސްކަން ދޭން ޖެހޭ އެހެން ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ހުއްޓުވަން ޔާމީނާ މެދު ބޭއިންސާފުވާން މަސައްކަތް ކުރިޔަސް ކާމިޔާބު ނުވާނެ ކަމަށެވެ.

އޭނާ ތަކުރާރުކޮށް ވިދާޅުވި ގޮތުގައި އުފުލައިގެން އުޅޭ ދައުވާތައް ކުރިއަށް ނުގެންދެވޭނެ އެވެ. ހެކި ބަސް ދޭން ތިބި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކި ބަސް ގަބޫލުނުކުރެވޭނެ ކަމަށް ބުނެފައިވާ އިރު ވެސް މައްސަލަތަކުގައި ހެއްކެއްގެ ގޮތުގައި ދައްކަނީ އެ މީހުންގެ ބަޔާން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޔާމީން ފުލުފުލުގައި ކޯޓަށް ގެންދިޔަސް 2023 އަންނަ އިރު ޕީޕީއެމް އޮންނާނީ ވަރުގަދަކޮށް ބަދަހިކޮށް އެމަނިކުފާނާ އެކުގައި ކަމަށް އަދުރޭ ޔަގީންކުރައްވަ އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ކޯލިޝަން ސަރުކާރަކުން ފޮނި ހުވަފެންތައް ދައްކައި ނުފުއްދުނު ވައުދުތަކެއްގެ މަތީގައި ދައުރު ނިންމާލަމުން ދައްކާ ވާހަކަތަކަށް ރައްޔިތުންގެ އިތުބާރު ނެތް ކަމަށެވެ. އެއަށް ވުރެން ބޮޑަށް ސަރުކާރާ މެދު ރައްޔިތުން މާޔޫސްވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ހުންނެވިއިރު ގެކޮޅުގައި ހުންނަވައިގެން ޕީޕީއެމްގެ މުޒާހަރާއަކަށް ތާއީދުކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްއެމްޕީއާރުސީގެ ހިޔާނާތާއި މަރުތަކަށް އިންސާފު ހޯދުމާއި ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ ވައުދު ފުއްދިއްޖެތޯ އަދުރޭ ސުވާލު އުފެއްދެވި އެވެ.

"ހަމައެކަނި ރައީސް ޔާމީނަށް އަނިޔާކުރުމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުންތޯ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އަނެއްކާވެސް ޖަލުގެ ކުޑަ ގޮޅި ދެއްކުމަށް ފަހު ކުރި ހޯދަން ސިޔާސީ ލީޑަރުން ޖަހާ ހިސާބުގައި ވާނެ ގޮތް އަދުރޭއަށް އެނގިވަޑައިގަންނަވަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ ހިސާބު ދިމައެއް ނުވާނެ އެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ރައީސް ޔާމީނާ ހަމައަށް ވަޑައިގެންނެވޭނެ އެއްވެސް ލީޑަރަކު މިއަދަކު ނެތް."

އިންޑިއާގެ އަސްކަރިއްޔާ ބާލާނެ އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ރައީސް ޔާމީން ކާމިޔާބު ވެސް ކުރައްވާނެ އެވެ.

އެ ނޫން ވާހަކައަކަށް, ހަރަކާތަކަށް، އަދުރޭ ވިދާޅުވި ގޮތުގައި، ޕީޕީއެމް ތެރެއަކު ޖާގައެއް ނެތެވެ.

39 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 3%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަސްތޫރި

18 March 2022

ދަންނައެ.... އަދުރޭގެ 2000 އަކީ 20 ކަމުގައި ބެލުން ރަނގަޅުވާނެއެވެ.

The name is already taken The name is available. Register?

Happy 456

17 March 2022

ޢިންޑިޔާ އައުޓް ކިޔަކިޔަ ތިބެންޖެހޭނީ… ވާނެ އެވސްކަމެއް ނޯނާނެ?

The name is already taken The name is available. Register?

ދުރުދުރޭ

17 March 2022

ސާބަހޭ އަދުރޭ! ނަމަނަމަ ނާއިބުކަމަށް ނުއެދޭތި! ދެމީހުނަށްވީގޮތް ފެނިއްޖެ!

The name is already taken The name is available. Register?

ސައްތައިންސަައްތަ

17 March 2022

އަދުރޭ ސައްތައިން ކިތަކެއް؟

The name is already taken The name is available. Register?

ބައިތުލް

17 March 2022

އަހަރެމެން ވޯޓުލާނެ މީހެއް ޑިސައިޑު ކުރާނީ ވޯޓުލާ ދުވަހު ގެ 1 ދުވަސް ކުރިން. ޔާމީނަށް ދީގެން ފައިދާވަންޏާ ޔާމީނަށް ދޭނީ ވޯޓު. ޔާމީނަކީ ކެރޭ މީހެއް. މީހަކު ޖަލަށް ލާން ޖެހިއްޖެނަމަ ޖަލަށް ވެސް ލާފަ އޮތީ ކުރީގަވެސް. ބިރަކުން ނޫޅޭ. ދެން ތިބީ ކޮންބައެއްކަން ވެސް ބަލާނަން އެކަމަކު.

The name is already taken The name is available. Register?

ތަރަބޫޒު

17 March 2022

ޔާމީނެއް ކަމަކު، ބޭރުފުށަށް ފެންނާނީ އެތެރެފުށުގައި ހުރި އެއްޗެއް. އަސްލު އެ ފެންނަނީ ތަރުބިއްޔަތުގައި ހުރި ކަންތައްތަކެއް. (ބޯހަރުވުމާއި ހަސަދަ ވެރިކަމާއި ނޭއްގާނީ ކަމާއި ގޮތް ދޫނުކުރުމާއި ބޮޑާކަން) މިއީ ހައްތާވެސް ކުޑައިރުގެ ތަރުބިއްޔަތުގެ ސަބަބުން ޔާމީނުގެ ކިބައިން ފެންނަމުންދާ ކަންތައްތައް.

The name is already taken The name is available. Register?

ދޮން ހަސަނު

17 March 2022

އަދުރޭގެ ވާހަކަ ވަރަށް ރަގަނޅު. މީ ހަމަ ނުފުއްދުނު ވަޢުދުތަކެއްގެ މަތީގައި ދެމިތިބި ސަރުކާރެއް. މިއަދާ ހަމަޔަށް ދުވަހަކުވެސް އެމް.ޑީ.ޕީ ނޫން ބަޔަކަށް ވޯޓެއް ނުދެން. ދެން އެކަމު ދުވަހަކުވެސް އެމް،ދީ.ޕީ އަށް ޙާއްސަކޮން އިބޫ ސޯލިހަށް ވޯޓެއް ނުދޭނަން.

The name is already taken The name is available. Register?

Okay1234

17 March 2022

ކޮރަޕްޓް ޔާމީނަކަށް ދެން މިގައުމުގަ ވެރިކަމެއް ނުލިބޭނެ… ޥަރާށް ސާފު

The name is already taken The name is available. Register?

ބޮކިފުރާޅު ޢީސާ

17 March 2022

އިންޑިޔާ މިގައުމަކުން އައުޓެއްނުވާނެ. އައުޓުކުރެވޭނެ ހަމައެންމެގޮތެއް އޮތީ. އެއީ އިންޑިޔާއާ ހަނގުރާމަކޮށް މޮޅުވުން. ހަނގުރާމައެއް ފެށިއްޖިއްޔާ އަދުރޭނޫންބާ އެންމެފުރަތަމަ ފިލާރައްކާވާނީ؟

The name is already taken The name is available. Register?

އެނދިމަރިޔަނބު

17 March 2022

މި މީހުން މީ މުޅިން އެހެން ދުނިޔެއެއްގަ އުޅޭ ބައެއްތަ؟ ޔާމީނަކަށ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454