ޚަބަރު / އެމްއެންޑީއެފް

ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ 75 ސިފައިން ތިބޭނެ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ އިސް ބޭފުޅުންނާ އެކު ޑިފެންސް މިނިސްޓަރު، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ރޭ މައުލޫމާތު ދެއްވަނީ-- ފޮޓޯ: މަޖިލިސްގެ އިދާރާ

އިންޑިއާގެ އެހީގައި އެމްއެންޑީއެފްގައި ބޭނުންކުރާ ޑޯނިއާ މަތިންދާބޯޓުގެ މައްސަލައަކީ ފަހަކަށް އައިސް ހޫނުވެފައި އޮތް ބޮޑު މައްސަލަ އެކެވެ. ޑޯނިއާ މަތިންދާބޯޓާ އެކު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާކަމުގެ ފާޑުކިޔުންތައް ބޮޑެވެ. ޑޯނިއާ މަތިންދާބޯޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮޮމެޓީގައި ރޭ ބޭއްވި ބައްދަލުވުމަކީ އެކަމާ ބެހޭގޮތުން ގިނަ ސުވާލުތަކެއް އަމާޒުވި ކޮމެޓީއަކަށެވެ.

ޑިފެންސް މިނިސްޓަރު މާރިިޔާ އަހުމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ސިފައިންގެ އިސްވެރިން ބައިިވެރިިވެ ވަޑައިގަތް އެ ކޮމެޓީއަކީ ޑޯނިއާ އެއްބަސްވުމުގެ އިތުރުން އިންޑިއާ ސަރުކާރާ އެކު ހަދާ ހައިޑްރޯގްރެފީ ސާވޭ ހެދުމުގެ އެއްބަސްވުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ. އެ ކޮމެޓީގައި ގިނަ ގިނަ ސުވާލުތަކެއް އެމްއެންޑީއެފްއަށް އަމާޒުވީ ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމާ ބެހޭގޮތުންނެވެ.

ޑޯނިއާ ދުއްވެނީ އެމްއެންޑީއެފްގެ ހުއްދަ ލިބިގެން

އެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބައިނަލްއަގްވާމީ މަސްތުވާތަކެތީގެ ވިޔަފާރީގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އަދި ގާނޫނާ ޚިލާފަށް މަސްވެރިިކަން ކުރާ ބޭރުގެ އުޅަނދުތަކުގެ މައްސަލަ ވެސް ރާއްޖޭގެ ކަނޑު ސަރަހައްދުގައި ބޮޑު ކަމަށެވެ. އަދި ކަނޑު ފޭރޭ މީހުންގެ ނުރައްކަލާއި ނުރައްކާތެރި ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމުގައި ވެސް ވައިގެ މަގުން ބަލަންޖެހޭ ބެލުންތައް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހާލުގައި ޖެހޭ އުޅަނދުތަކާއި ރަށްތަކަށް އެހީ ފޯރުކޮށް ދިނުމުގެ އިތުރުން ބަލި މީހުން އުފުލަން ވެސް ވައިގެ އުޅަނދުތައް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑޯނިއާ މަތިންދާބޯޓު ދިނުމަށާއި އެކަމަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމުގެ މަސައްކަތް ފެށުނީ 2015 ވަނަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ކަމަށާއި އެކަމަށް ހިނގާނެ ޚަރަދު އިންޑިއާ ސަރުކާރުން ހަމަޖައްސައި ދިނަސް، އެ ބޯޓަށް ރާއްޖޭގައި ދަތުރު ކުރެވޭނީ އެމްއެންޑީއެފްގެ ހުއްދަ ލިބިގެން ކަމަށް ވިދާޅުވި އެވެ.

"މެއިންޓަނަންސް ފްލައިޓެއް ވިޔަސް ނޫނީ މެޑިކަލް އިވެކުއޭޝަނެއް ކަމަށް ވިޔަސް، ކޮންމެ ކަމެއްގައި ވެސް އެމްއެންޑީއެފްގެ ފަރާތުން ސީދާ ކްލިއާ ޓާސްކިން އޯޑަރެއް ޑޯނިއާއަށް ލިބިގެން މެނުވީ ޑޯނިއާ ރާއްޖޭގެ ސަރަހައްދުގައި އޮޕަރޭޓެއް ނުކުރެވޭނެ." ހަސަން އާމިރު ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވެސް އެ ބައްދަލުވުމުގައި ވިދާޅުވީ ޑޯނިއާ މަތިންދާބޯޓަކީ ހަދިޔާ ކޮށްފައިވާ މަތިންދާބޯޓެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ބޭނުންތަކަށް ހަވާލު ކޮށްފައިވާ އެއްޗެއް ކަމަށެވެ. އެކަމަކު ރާއްޖެއަށް ހަދިޔާ ނުކުރިޔަސް، ބޮޑެތި ޚަރަދުތަކެއް ދައުލަތުން ސަލާމަތްވުމުގެ އިތުރުން އެ ބޯޓު ރާއްޖޭގައި ދުއްވޭނީ އެމްއެންޑީއެފްގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށުން ކަމަށާއި އަދިި ދިވެހި ޕްލައިޓުން ތަމްރީނު ކުރާ ވެސް މިހާރު ހަމަޖައްސާފައިިވާ ކަމަށް ޝަމާލް ވިދާޅުވި އެވެ.

"ފުރިހަމަ ކޮމާންޑާއި ކޮންޓްރޯލް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ދޭ ގޮތަށް މި އޮންނަނީ. ވަކިން ޚާއްސަކޮށް ޓާސްކިން ވެސް. އެއްވެސް ކަހަލަ އޮޕަރޭޝަނެއް ނުހިންގޭނެ ދިވެހި ގައުމީ ދިފާއީ ބާރުގެ ޓާސްކިން ނުދީ ނުވަތަ ކޮމާންޑް އެންޑް ކޮންޓްރޯލެއް ނެތިއެއް." ޝަމާލް ވިދާޅުވި އެވެ.

ދިވެހި ޕައިލެޓުންނަށް ފުރުސަތު ދޭން ހިމެނީ މިދިޔަ އަހަރު

އާމިރު ވިދާޅުވި ގޮތުގައި ޑޯނިއާ ދުއްވުމަށްޓަކައި ދިވެހި ޕައިލެޓުން ތަމްރީނު ކުރަންޖެހޭ ގޮތަށް އެއްބަސްވުމަށް ބަދަލު ގެނައީ މިދިޔަ އަހަރު އެ އެއްބަސްވުން ރިވިއު ކުރުމަށްފަހު އެވެ. އަދި ޑޯނިއާ ބެލެހެއްޓުމަށްޓަކައި ރާއްޖޭގައި ބައިތިއްބާފައި ތިބޭ އިންޑިއާ ސިފައިންގެ ހުރިހާ ޚަރަދެއް ވެސް ބަލަހައްޓަނީ އެ ގައުމުގެ ސަރުކާރުން ކަމަށެވެ. އަދި އެ މީހުންނަށް ޑިޕްލޮމެޓިކް އިމްތިޔާޒް ދީފައިވާ ކަމަށާއި އެކަމަކު އެ މީހުން ބަދަލު ކުރެވޭނީ ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ ހެލިކޮޕްޓަރު ގެނައިއިރު ހެދި އެއްބަސްވުމުގައި ދިވެހި ޕައިލެޓުން ތަމްރީނު ކުރުމުގެ ވާހަކަ ނެތް ކަމަށާއި އެކަމަކު ޑޯނިއާގެ އެއްބަސްވުން ހެދިއިރު، އެ ވާހަކަ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޯނިއާގެ ލެޓާ އޮފް އެކްސްޗޭންޖް ހެދިއިރު، އޭގައި ވަރަށް ސާފުކޮށް އެބަ ބުނޭ ޕައިލެޓުން ޓްރެއިން ކުރުން އަދި ފްލައި ކުރަން ފުރުސަތު ހޯދުމުގެ ވާހަކަ." ޝަމާލް ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ އިސް ބޭފުޅުންނާ އެކު ޑިފެންސް މިނިސްޓަރު، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ރޭ މައުލޫމާތު ދެއްވަނީ-- ފޮޓޯ: މަޖިލިސްގެ އިދާރާ

ޝަމާލް ވިދާޅުވީ އެމްއެންޑީއެފްއަށް މަތިންދާބޯޓެއް ހޯދުމަކީ ޒަމާނުއްސުރެން ފެށިގެން ކުރަމުން އައި ކަމެއް ކަމަށާއި އެގޮތުން ފުރަތަމަ ހެލިކޮޕްޓަރު ގެނައިއިރު ވެސް ތެޔޮ އެޅުން ފަދަ ކަންކަން އެމްއެންޑީއެފް އިން ކުރާ ގޮތަށް ހަމަޖެއްސިޔަސް، ޚަރަދު ބޮޑުވުމުން އެކަން އިންޑިއާ އިން ކުރާ ގޮތަށް ހަމަޖެއްސީ ދިވެހި ސަރުކާރުން އޭރު އެދިގެން ކަމަށާއި އަދިި ވައިގެ މަގުން ސަރަހައްދު ބެލެހެއްޓުމުން އޭގެ ފައިދާ ލިބެނީ އެންމެ ގައުމަކަށް އެކަނި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއަން އޯޝަން ތެރޭގައި އެންމެ ކަައިރީގައި ސްރީލަންކާ، އިންޑިއާ އަދި ރާއްޖެ އޮޮތްއިރުގައި ތިން ގައުމުގެ ވެސް މަސްލަހަތު ހިމެނޭ ކަންކަން ސަލާމަތީ ނަޒަރަކުން ބަލައިފިއްޔާ." ޝަމާލް ވިދާޅުވި އެވެ.

ދިވެހި ޕައިލެޓުން ނުލިބޭ، އިންޑިއާ ސިފައިން ތިބޭނެ

ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އެމްއެންޑީއެފްގެ މަތިންދާބޯޓުތައް ހޯދުމަށްޓަކައި އިންޑިއާގެ އިތުރުން ޕާކިސްތާނާއި ޗައިނާއާ ކުރިން މަޝްވަރާ ކުރެވުނު ކަމަށާއި އެގޮތަށް އެކަން ކުރަން ޖެހުނީ އިންޑިއާއިން ދިން ހެލިކޮޕްޓަރުތަކުގެ ބޭނުން ރަނގަޅަށް ނުހިފޭތީ ކަމަށެވެ. އަދިި ޑޯނިިއާ ދުއްވުމަށްޓަކައި ދިވެހި ޕައިލެޓުން ތަމްރީނު ކުރުމަށް ފަހު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭނެތޯ އާއި އެއީ ކިހާ އަދަދެއްގެ ސިފައިން ކަން ހާމަކޮށްދޭން އޭނާ އެދިވަޑައިގަތެވެ.

ޖަވާބުގައި ޝަމާލް ވިދާޅުވީ ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް އެކަށީގެންވާ ޕައިލެޓުން ނުލިބުމުގެ މައްސަލަ ބޮޑު ކަމަށެވެ. އެގޮތުން އަމިއްލަ އެއާލައިންތަކުގައި ޕައިލެޓުންނަށް ލިިބޭ މުސާރައަށް ބަލާއިރު އެމްއެންޑީއެފްއަށް ޕައިލެޓުން ލިބުމުގެ ދަތިިކަން އެބަހުރި ކަމަށާއި އެހެންވެ، ދެން ޖެހެނީ އެމްއެންޑީއެފްގެ ތެރެއިން ޕައިލެޓުން ތަމްރީނު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދާދިފަހުން ވެސް ޕައިލެޓުންނަށް ދަތުރު ކުރެވޭނެ ގަޑި ހަމަވެގެން ޑޯނިއާ ނުދުއްވި ބާއްވަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި ޕައިލަޓުންނަށް ވަރަށް ބޮޑު ފައިނޭޝަލް ބެނިފިޓެއް ދީފި ކަމަށް ވަންޏާ އެކަން ކުރެވިދާނެ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިބި ލޯޔަރުން ވެސް، ޑޮކްޓަރުން ވެސް އިންޖިނިއަރުން ވެސް. އެހެންވީމަ ބެލެންސެއް ވެސް އެބަ ޑްރޯ ކުރަންޖެހޭ." ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވި ގޮތުގައި ޑޯނިއާއަށް ތަމްރީނުކުރި އެމްއެންޑީއެފްގެ ޕައިލެޓަކު ބޮޑު މުސާރައަށްޓަކައި މިހާރު ވެސް ވަނީ ވަޒީފާއިން ވަކިވާން ނިންމައިފަ އެވެ. އަދިި އެމްއެންޑީއެފުން ބޭނުންވަނީ ދެ ތިން އަހަރުގެ އެއާފޯސް ޕައިލެޓް ތަމްރީނު ފުރިހަމަ ކުރުމަށް ޕައިލެޓުންނަށް މަތިންދާބޯޓު ދުއްވަން ފަށަން ކަމަށް ވިޔަސް، ހާލަތަށް ރިއާޔަތްކޮށް، އެ މުއްދަތު ހަމަނުވިޔަސް، ދިވެހިި ޕައިލެޓުންނަށް އެ ފުރުސަތު ދޭން ޖެހުނީ ކަމަށް ޝަމާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކައިރީގައި ރިކުއެސްޓްކުރި ހުރިހާ ކަމެއް އަޅުގަނޑުމެން ދިފާއީ ބާރުން ކޮށްދިނިން. ފުރަތަމަ ކޯޕްރަލަކަށް ހުއްޓާ ވޮރަންޓް އޮފިސަރަކަށް ގެނެސް އަދި ބޭނުންވާ ހުރިހާ ބެޖްތަކެއް ދީ އަދި ފަހުން ކޮމިޝަންޑް އޮފިސަރަކަށް ހެދިން." ވަކިވެގެންދާ ޕައިލެޓާ ބެހޭގޮތުން ޝަމާލް ވިދާޅުވި އެވެ.

ޑޯނިއާ ދުއްވަން އިންޑިއާގެ 25 މީހުން ތިބޭނެ ކަމަށާއި ހެލިކޮޕްޓަރާ އެކު، ޖުމްލަ 75 މީހުން ތިބޭނެ ކަމަށް އެމްއެންޑީއެފް އިން އެ ކޮމެޓީގައި ބުންޏެވެ. އަދި އެއްބަސްވުމުގައި އޮތީ ދެ ގައުމު ގުޅިގެން ޑޯނިއާ ދުއްވަން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ އަމިއްލަ އުޅަނދުތައް ގެންގުޅުމުގެ ވިސްނުން އެމްއެންޑީއެފް އިން އަބަދުވެސް ގެންގުޅޭ ކަމަށާއި އެކަމަކު ބަޖެޓްގެ ދަތިތަކާ މެދު އެކަންކަން ހާސިލް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ގިނަ އަދަދެއްގެ ސީއެމްބިއުލާންސް ވެސް ހުރީ ހަލާކުވެފައި ކަމަށާއި އެކަމުގެ ޝަކުވާ ވަރަށް ބޮޑު ކަމަށާއި އަދި އާ ސީ ސީއެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރަން ޖެހެނީ ވެސް ވަރަށް ގިނަ ދަތިތަކާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީއެމްބިއުލާންސްގެ ހަ ސީއެމްބިއުލާންސް މި ގެނައީ ޕެންޑަމިކް ދުވަސްކޮޅުގައި. އެހެންވީމަ ބަޖެޓްގެ ދަތިކަން ހުރޭ. އަޅުގަނޑުމެން ވެސް ވިސްނުން ގެންގުޅެން އަމިއްލަ އެއްޗެހި ގެންގުޅެން. އެކަމަކު އަޅުގަނޑުމެންގެ ބަޖެޓަށް ކެރިކުޅަދާނަ މިންވަރަށް އެއްޗެހި ހޯދޭނީ." މާރިޔާ ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި އެ އެގްރިމެންޓްގެ ބެލުމުގެ ފުރުސަތު ކޮމެޓީގެ މެމްބަރުންނަށް ދިނީ ބައްދަލުވުން ސިއްރު ކޮށްގެންނެވެ. އެއްބަސްވުން ބެއްލެވުމަށްފަހު ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ޑޯނިއާ އެއްބަސްވުން ސިއްރު ކުރެވޭނެ ކަމަށް އެ އެއްބަސްވުމުގައި ބުނެފައި ނެތް ކަމަށެވެ. އެހެންވީއިރު، ސަރުކާރުން އެ އެއްބަސްވުން ސިއްރު ކުރަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ޖަވާބުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އެފަދަ މާއްދާއެއް އެއްބަސްވުމުގައި އޮންނާނެ ކަމަށެވެ.

އެކަމަކު އުޝާމް ވިދާޅުވީ އެއްބަސްވުމުގައި އޮތީ ޑޯނިިއާ އޮޕަރޭޝަންސްތަކުގައި ލިބޭ މައުލޫމާތުތައް ސިއްރު ކުރުމުގެ ވާހަކަ ކަމަށެވެ. އެކަމަކު އެއީ މުޅި އެއްބަސްވުން ސިއްރު ކުރުމުގެ ވާހަކަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަވާބުގައި ޝަމާލް ވިދާޅުވީ އެއްބަސްވުމުގައި ސީދާ ހާމަ ނުކުރިޔަސް، ދިފާއީ ގިނަ އެއްބަސްވުންތަކަކީ އަބަދުވެސް ސިއްރު ލިޔުންތަކެއް ކަމަށެވެ. އެކަމަކު އެ މިންވަރަށް ވެސް ހާމަ ކުރަނީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ އޭނާ ވިދާޅުވި އެވެ.

82 ކޮމެންޓް, 94 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 2%
icon angry icon angry 94%
icon wow icon wow 1%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިކުނޑި

15 November 2021

"ސީދާ ކްލިއަރ ޓާސްކިންގ އޯޑަރާއި، ރިކުއެސްޓް އޮތަރައިޒް ކުރުމަކީ މުޅިން ތަފާތު ދެކަމެއް! "ވައިގެ މަގުން ބަލަންޖެހޭ ބެލުންތައް" ބަލައިގެން ފައިދާވަނީ ރާއްޖެއަށް ނޫންކަންއެނގޭ ޓެރަރިޒަމާއި މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައިއޮތް މިންވަރުން! އިންޑިއާއަކީ ގާތް އެކުވެރިއެއް-ޒަމާންވީ ދުޝްމިނެއް! އައްޔަކަސް އަނދިރިއަކަސް ވާނީ އެއްވަރޭ ބުނިމީހުން އެއިރުއެހެން ބުނީ އަމިއްލައެދުމާއި މާއްދިއްޔަތުގެ ދަހިވެތި ކަމުގައި! އެފަދަމީހުން އަބަދުވެސް އުޅޭނެ!!

The name is already taken The name is available. Register?

ޝަމާލުކަން

14 November 2021

ދޮގުހެދަން ނުވަތަ ހަގީގަތް އޮޅުވާލަން އުޅުމުގައިވެސް ރައްޔިތުން ގަބޫލުކުރެވޭ ވާހަކަދެއްކުން އެދެން. 75 އިންޑިއާ ސިފައިން 1 ހެލިކޮޕްޓަރާ 1 މަތިންދާ ބޯޓު ދުއްވަން ބޭނުންވޭތޯ؟75 ސިފައިން ތިބެން ޖެހޭ އެހެން ސަބަބެއް އެބައޮތް. އެއީ އިންޑިއާއިން ރާއްޖޭގައި އެމީހުންގެ އަސްކަރީ ބާރު ގަދަކުރަން ބޭނުންވާތީ އަދި މި ސަރުކާރަށް 75 ސަފައިން އެރިއިރުވެސް ދަށުވެފައި ތިބެންޖެހޭތީ.

The name is already taken The name is available. Register?

ހެހެހެހެ

14 November 2021

ބަލަ ދޯނިޔާ ދުއްވާ ދިވެހިން އެތިބީ މޯލްޑިވިޔަން ގަ. އެއައްވުރެ މާ ބޮޑެތި ބޯޓު ދުއްވާ ދިވެހިންވެސް ބައިވަރު. ނުޖެހޭ 75 އިންޑިޔާ މީހުން ގެންނާކައް. މީހަމަ ފާޅުގަ ހިންގާ ބޮޑު ޖަރީމާއެއް. ހެލިކޮޕްޓަރޭ ކޮންކޯޑޭ ކިޔާފަ ނުޖޭހޭ ބޭރު ސިފައިން މިތާ ބައިތިއްބާކައް.

The name is already taken The name is available. Register?

ޢަނީ

14 November 2021

ކީއްކުރަން 75 ސިފައިން؟؟ ރާއްޖޭގެ އަސްކަރީގައި މިއޮއްފަދަ ޒަމާނުގައި ޕައިލުޓުން ނެތީތަ؟ އެމްޑީޕީ މިއޮތީ އިންޑިއާއަށް ވިކި ހުސްވެފަ. އިންޑިއާއިން ރާއްޖެ އެނެކްސް ކޮއްފި.

The name is already taken The name is available. Register?

ހެހެހެހެ

14 November 2021

ބައިވަރު ދިވެހި ކުޅަދާނަ ޕައިލެޓުން މުޅި ދުނިޔޭގަ ބޯޓުތައް އެދުއްވަނީ. ތިބުނީ ހަމަ ރަނގަޅައް. އޮޅުވާލައިގެން ކޮންމެވެސް އެހެން ކަމެއް މިމީހުން އެބަ ކުރޭ ނޫންތޯ؟

The name is already taken The name is available. Register?

އަބްޑޫޅް

14 November 2021

އިންޑިޔާގެ އެންމެ ސިފައިންގެ މީހަކު މިފަސްގަނޑުގަ ހުރިނަމަވަސް، އިންޑިޔާއިން ސިފަ ކުރަނީ ރާއްޖެ އަކީ އިންޑިޔާގެ އަވަށެއް ކަމުގަ. ދިވެހިން ހަނދާން ކުރަންޖެހޭނެ، އިންޑިޔާ އަކީ މިނިވަން ދައުލަތް ތަކެއް ބާރުގެ ބޭނުންކޮށްގެން ހިފި ބައެއްކަން. މިގޮތުން އެންމެ ފަހުން ހިފީ، ސިއްކިމް. 1975 ވަނަ އަހަރު، ސިއްކިމަށް އިންޑިޔާ ސިފައިން ހަތިޔާރާ އެކު އަރާ، ސިއްކިމްގެ ރަސްގެފާނު ތަހުތުން އަޒުލު ކުރުމަށް ފަހު، އިންޑިޔާގެ ގޮރުނުދޯރަކު ލީގޮތަށް މިހާރުވެސް އެ ތިބީ.

The name is already taken The name is available. Register?

ޢިހްސާސް

14 November 2021

ޢެމްއެންޑީއެފް ގެ ހުއްދައާ ނުލާ އެމީހުން ތިޔަ މިގައުމުގަ ދުއްވިއްޔާ އެމްއެންޑީއެފްއަށް ކުރެވޭނެ ކަމެއް ނޯންނާނެ.

The name is already taken The name is available. Register?

1828

13 November 2021

ޑޯނިއާ މަތިންދާ ބޯޓެއް ގަންނަން ފަންޑްރައިސްކުރަން އުޅޭ. އެކަމަކު އިންޑިއާ ސިފައިން މި ފަސްގަނޑުން ފައިބަން ޖެހޭނެ. އޭރުން ތީގެ މަތިންދާ ބޯޓެއް ގަތުމަށްޓަކައި ދިވެހިރައްޔިތުން ފައިސާދޭނެ. އޭރުން ތީގެ މަތިންދާބޯޓެއް ގަނެވިދާނެ. ތިޔައީ ދިވެހިންނަށް ނުގަނެވޭނެ ވަރުގެ ބޯޓެއް ނޫން.

The name is already taken The name is available. Register?

ހާމިދު ޝާހިދު

13 November 2021

ކަލޭމެން ތި ހަދާ އެތި ކަޑަ. ކިތަންމެވަރެއް ވިއަސް ތިކަމަކަށް އެއްބަސްވެވޭކަށެއްނެތް. ކުރީ ސަރުކާރެކޭ ކިޔާނެ ކަމެއްނެތް. ތިމަންމެނަށް ބާރު ލިބުނީމާ އިންޑިއާއަށް ބަރޯސާވާން ހަދައިގެން ތިޔޮތީ މިހާރު އަތައް ގޮވާފައި. އޭރު ކީމެއްނޫންތޯ، އިންޑިއާ ސިފައިން ފޮނުވައިގެން ރާއްޖެ ހިފަންވީއޭވެސް! އަދި ޑިފެންސް މިނިސްޓްޓަރ ވެސް ވިދާޅުވި ނޫންތަ އިންޑިއާ ބޭނުންނަމަ ހިފާކަށް މާ އުނދަގޫކަމެއްނޫނޭ. ބަލަގަ ބައިނަލްއަގުވާމީ ޤާނޫނު ނުދަންނަ ދެއުޅިއެއްނެތް މީހުންތީ.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

13 November 2021

ޢިންޑިޔާ ގެ ސިފައިން މިރާއްޖެއިން ފޭބުން އެއީ ދިވެހިންގެ ގިނަބަޔަކު ބޭނުންވާ ގޮތް ކަން މިކޮމެންޓް ތަކުން ވަރަށް ސާފު!

The name is already taken The name is available. Register?

ސޯޓޭ

14 November 2021

މޯދީބެ އައިސް ސޯލިހުއާއި ނަޝީދުގެ ގައިގައި ބައްދާ ސަލާމް ކޮށް ރައީސް އޮފީހުގައި ސިއްރު ބައްދަލުވުން ތައް ބާއްވާ ދިވެހިބަހުން ޓްވީޓް ކުރި ކަން ތައް އަދި ކިރިޔާ މިފެންނަނީ....ދިވެހިން އަޅުވެތިކޮށް ވާވައްދައި ނިމިއްޖެ.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

13 November 2021

75 އިންޑިޔާގެ ސިފައިން މިރާއްޖޭގައި އެކިކަންކޮޅުގައި ބޮދައިގެން ތިބެން ޝަމާލް އާއި މާރިޔާ ތިޔަ ވިދާޅުވަނީ "އެއަރ ކްރާފްޓް ކެރިޔަރ" އެއްގެ ވާހަކަތޯ؟؟؟!

The name is already taken The name is available. Register?

ކުބުސްތެޅިގެ ރަހާ

14 November 2021

ދުނިޔޭގެ އެންމެ ބޮޑު ޓްރާންސްފޯޓް ކެރިއަރ ( ބޯއިން ސީ 17 ގޮލޯބް މާސްޓަރ 4 އިންޖީނުގެ އެއަރ ކްރާފްޓް ) ދުއްވުމާއި މަރާމާތު ކުރުމަށް 75 ވައިގެ ސިފައިން ބޭނުމެއްނުވޭ! ވަރަށް ސަލާމް 1

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454