ރިޕޯޓް / ސްވައިން ފްލޫ

މާދަމާ ދަރިން ސްކޫލަށް ފޮނުވާނަންތަ؟

ސްވައިން ފްލޫއިން ރައްކާތެރި ވުމަށްޓަކައި މޫނުގައި މާސްކު އަޅައިގެންހުރި ކުޑަކުއްޖެއް ގޮވައިގެން މީހަކު މަގުމަތިން ހިނގާފައިދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

25 މާޗް 2017 - 15:05

102 comments

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތިން ދުވަހުގެ ތަފާސްހިސާބުތަކުގެ ނަތީޖާ ދައްކަނީ މި ގޮތަށެވެ؛ ސްވައިން ފްލޫ ކޮންޓްރޯލެއް ނުވެ އެވެ. އެކަމަކު އިއްޔެ އެ ތަފާސްހިސާބުތައް ނުނެރޭތީ ބުރާސްފައްޗާއި ހުކުރު ދުވަހު ރޯގާގެ ހާލަތެއް ނޭނގެ އެވެ. އެލާޓް ލެވެލް އަދިވެސް އޮތީ ތިނެއްގަ އެވެ.

ހުމާ ގުޅިގެން ބަންދުކޮށްފައިވާ ސްކޫލުތައް މާދަމާ އަލުން ހުޅުވަން އެޑިއުކޭޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އެއާ އެކު ވަރަށް ގިނަ ބެލެނިވެރިންގެ ޝަކުވާތައް ވެސް ވަނީ ފުނިޖެހިފަ އެވެ. އެއް ކަމަކީ އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ބަލި ކޮންޓްރޯލްވި ކަމަށް ދައްކާފައި ނުވާއިރު، އަދި ބައެއް ޑޮކްޓަރުން ވެސް ބަލި ކޮންޓްރޯލް ނުވާ ކަމަށް ވިދާޅުވެފައިވާ އިރު، ދަރިން ސްކޫލަށް ފޮނުވަން ޖެހުމެވެ. ހަގީގަތުގައި ހުރިހާ ބެލެނިވެރިންހެން ވެސް ތިބީ ޝައްކެއްގަ އެވެ. ޝައްކެއްގައި ނެތް ބެލެނިވެރިއެއް ނަމަ، މާދަމާ އެ މީހުންގެ ދަރިން ސްކޫލަށް ނުފޮނުވާނެ ކަމަށް ދަނީ ފާޅުގައި ބުނަމުންނެވެ.

"އަޅުގަނޑުގެ ދަރިއަށް ސްކޫލުން ރޯގާ އަރައިފިއްޔާ އޭގެ ޒިންމާ ވާނީ ކާކުތޯ؟" ވައިބަ ގްރޫޕެއްގައި އެއް ބެލެނިވެރިޔަކު ސުވާލު ކުރި އެވެ. "ރޯގާގެ ހާލަތު ނޭނގި، އަދި ރޯގާ ކޮންޓްރޯލްވި ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭހާ ހިނދަކު އަޅުގަނޑުގެ ދަރިފުޅު ސްކޫލަށް ނުފޮނުވާނެ ކަމަށް މިސް ކައިރީގައި ދަންނަވާލިން."

އެހެން ބެލެނިވެރިޔަކު ވެސް ބުނަނީ ބަލި ކޮންޓްރޯލް ނުވާ ކަމަށާއި އޭނާގެ ތިމާގެ ގެއެއްގެ ތިން ކުއްޖަކު މިހާރު ވެސް ހުން އައިސްގެން އުޅޭ ކަމަށެވެ.

"އެ ހުރިހާ ކުދިން މާދަމާ ސްކޫލަށް ހިނގައްޖިއްޔާ އެ ބަލި އިތުރަށް ފެތުރުން ނޫން ކަމެއް ވާނެތޯ؟" އޭނާ ސުވާލު ކުރި އެވެ.

އެހެން ބެލެނިވެރިޔަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސްކޫލުތައް ހުޅުވަން ނިންމުމަކީ ވަރަށް ދެރަކޮށް ކުރި ކަމެއް ކަމަށެވެ. އަދި މިއީ، ބައެއް ބެލެނިވެރިންް ސިފަކުރި ގޮތުގައި، ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނަގަން ހަމަޖައްސާފައިވާ ވަރުގަދަ ވޯޓާ ގުޅިގެން މީހުން ބިޒީކޮށްލަން ސަރުކާރުން ރޭވި ރޭވުމެކެވެ.

"އަޅުގަނޑުމެންގެ ދަރިން އެގޮތަށް ހަލާކުކޮށްލާކަށް ބޭނުމެއް ނޫން. އާދިއްތަ ދުވަހު ނުފޮނުވާނަން ސްކޫލަކަށް،" ބެލެނިވެރިޔަކު ބުންޏެވެ.

ބަލި ކޮންޓްރޯލް ނުވާ ކަމަށް ހެކި ދައްކަމުން ބައެއް ބެލެނިވެރިން ޝެއާ ކުރަމުން ދަނީ މި މަހުގެ 21 ވަނަ ދުވަހު ފުލޫއާ ބެހޭ ޓެކްނިކަލް ކޮމެޓީން ނިންމާފައިވާ ނިންމުމެކެވެ. އޭގައި ބުނެފައި އޮންނަނީ ސްކޫލުތައް މި ހަފުތާގައި އެއްކޮށް ބަންދުކުރުމަށް ލަފާ ދޭ ކަމަށެވެ. ސްކޫލުތައް ބަންދުކުރީ އެ ލަފާގެ ދެ ދުވަސް ފަހުން، ބުރާސްފަތި ދުވަހު އެވެ. އެއީ އަސްލު ޑޮކިއުމެންޓެއްތޯ ދެންނެވުމުން ފްލޫ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅަކު އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކެވި އެވެ. ވިދާޅުވީ، ދޭންޖެހޭ ލަފާ އެޑިއުކޭޝަން މިނިސްޓްރީ އަށް އޮންނާނީ ދީފައި ކަމަށެވެ.

މި ޑޮކިއުމެންޓް ބުނާ ގޮތުން ހުޅުވާނީ ރަށްރަށުގެ ސްކޫލުތަކުގެ ތެރެއިން ހާލަތް ރިވިއުކުރުމަށް ފަހު އެ ސްކޫލުތައް އެކަންޏެވެ. އަދި އެ ޑޮކިއުމެންޓް ބުނާ ގޮތުން ވެސް ރޯގާ ކޮންޓްރޯލެއް ނުވެ އެވެ. އަނެއްކޮޅުން ބުރާސްފަތި ދުވަހު އޭޑީކޭގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވެފައިވާ ގޮތުގައި ރޯގާ އަދިވެސް ކޮންޓްރޯލެއް ނުވެ އެވެ. ނިޔާފް އަކީ މި ހުމާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާ ޑޮކްޓަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވީ ސްކޫލުތައް ބަންދުކުރީ އެޗްޕީއޭ އިން ދީފައިވާ ލަފައާ އެއްގޮތަށް ކަމަށެވެ. އެ ޑޮކިއުމެންޓަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ "އޭގެ ފަހުން ވެސް ލަފައެއް ލިބިފައި އޮވެދާނެ ނޫންތޯ" ކަމަށެވެ.

"ސްކޫލުތައް ހުޅުވަން އަޅުގަނޑުމެން ނިންމާފައި ވާނީ އެޗްޕީއޭގެ ލަފައާ އެއްގޮތަށް،" އޭނާ ވިދާޅުވި އެވެ.

ކިޔަވާ ކުދިން މާދަމާ އަލުން ސްކޫލަށް ނުކުންނަ އިރު ބެލެނިވެރިންގެ ޝައްކު އިތުރަށް ބޮޑުވި މައިގަނޑު އަނެއް ސަބަބަކީ ޑރ. ނިޔާފް އިއްޔެ ކުރެއްވި ޓްވީޓެވެ.

ލަވައަކުން އޭނާ ކުރެއްވި މި ޓްވީޓް ވަރަށް ގިނަ މީހުން ބަލައިގަތީ، ސްކޫލަށް ކުދިން ނުފޮނުވަން ނުސީދާކޮށް ދެއްވި މެސެޖެއްގެ ގޮތުގަ އެވެ. މި ޓްވީޓް 300 އަށް ވުރެ ގިނަ މީހުން ރީޓްވީޓްކޮށް "ނުސީދާކޮށް ވިޔަސް މެސެޖް ދެއްވީތީ" ނިޔާފަށް ވަރަށް ބޮޑު ޝުކުރު އަދާކޮށްފައިވެ އެވެ.

މާލޭގައި ވަރަށް ހަލުއިކަމާ އެކު ހުން ފެތުރެމުން ދަނިކޮށް ސްކޫލުތައް ބަންދުކުރީ ވެސް ހަމަ ކުއްލިއަކަށެވެ. ސްކޫލުތައް ބަންދުކޮށްލުމާ އެކު ހުން/ ރޯގާ ފެތުރުން ވަރަށް ބޮޑަށް ދަށްވެގެން ދިޔަ އެވެ.

ސްވައިން ފްލޫ ޖެހިގެން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ނެރުނު ތަފާސްހިސާބު: މިއިން ދައްކާ ގޮތުން 23 މީހަކަށް އަދިވެސް ދަނީ ފަރުވާ ދެމުން.

102 ކޮމެންޓް, 260 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 19%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު

26 March 2017

ވޯޓު ވޯޓު . ކުޑަކުދިން މުހިންމެއްނޫން.

The name is already taken The name is available. Register?

ކޯނު

26 March 2017

ރޯގާއެއްގެ ވާހަކަ ނުދައްކާ މަސީހުގެ ވާހަކަ ދެއްކީމަ ތިކަން ހައްލުވެދާނެ.

The name is already taken The name is available. Register?

އަހަންމަދޭ

26 March 2017

ސްކޫލް ހުޅުވުން ރަނގަޅެއް ނޫން. އެކަމަކު ތިހާ ބަހުސް ދިގުވީމާ އަހަން ބޭނުންވަނީ މޫދަށް ދެވެއޭ ޕިކްނިކް ދެވެއޭ އެއްރަށުން އަނެއް ރަށަށް ދެވެއޭ ސްކޫލަށް ދާން ޖެހުނީމަހޭ ތިހާ އަނގަތައް ދިގުވެގެން ތިއުޅެނީ؟

The name is already taken The name is available. Register?

ސަރުކާނު

26 March 2017

1000 ފަހަރު މިބުނަނީ އަހަރެން ދަރިފުޅު ﷲގެ ރަޙްމަތްފުޅާއެކު ހުންނާނީ ސްކޫލްގަ.

The name is already taken The name is available. Register?

ހަދީޖާ

26 March 2017

އިންތިހާބުވީލަސް! ސުކޫލު ހުލުވުނީ! ވިސްނާލައްވާ!

The name is already taken The name is available. Register?

ގަބުޅި

26 March 2017

ލޯކަލް އިންތިޚާބު ލަސްކުރަންޖެހެ ވޯޓްލާންދާ ބޮޑެތިމީހުންގެ ސަލާމަތަށް. ކުދިވެރިން އެއްތާކަށް އެއްވެ އުޅެން ސްކޫލްތައް ހުޅުވުން އޯކޭ. ހައި ރިސްކްގެ ތެރޭ ކުޑަކުދިން ހިމެނެ. މީހަމަ އަރަތެއް.

The name is already taken The name is available. Register?

ޖީމް

26 March 2017

ނުފޮނުވަން ނިންމައިގެން

The name is already taken The name is available. Register?

ގަޅިބެ

26 March 2017

ނުފޮނުވާނަން.

The name is already taken The name is available. Register?

ރައްޔިތެތް

26 March 2017

އަދިވެސް މަކުރިން ދުވަހަކު ބުނި ހެން ފްރޮންޓް ޕޭޖްގަ މަސީހު އާއި ޕީޕީއެމް ވާހަކަ ލިޔެގެން ކަން އޮޅުވާލައިގެން ތިބެން ނޫސްވެރިންނަށް މިމީހުން މަޖުބޫރު ކުރުވަނީ. ސަމާލުވޭ މީސްތަކުންނޭ! އަދިވެސް މިބުނަނީ، މާލެ ކަހަލަ ތޮއްޖެހިފަ އޮތް ތަނެއްގަ މިބަލިމަޑުކަން ނައްތާލަން އެކަހެރިވެ (ސެގްރިގޭޓެޑް)ވެ ތިބުން މުހިންމު... ދަރިން މާދަމާ ސްކޫލަށް ފޮނުވައިގެން ހަފްތާއެއް ފަހުން ކޮންޓްރޯލް ނުވާ ހިސާބައް މިކަން ގޮސްދާނެތީ އަދިވެސް ބިރުގަތުން ބުއްދިވެރި.

The name is already taken The name is available. Register?

ޑަމްބެ

26 March 2017

ނުފޮނުވާނަން. ސޮރީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454