ރިޕޯޓް / ވިލާ ހޮޓެލްސް

އަނިޔާގެ ހިތި ރަހަ އެބަލާ، މިތިބީ ވަޒީފާ ގެއްލުމުގެ ބިރާ އެކު

ވިލާގެ ސަން އައިލެންޑް ރިސޯޓުގެ ޗުއްޓީ ހޭދަކުރަމުން އަންނަ ޓޫރސްޓުންތަކެއް ހިނގާފައި އެއްގަމަށް އިއްޔެ ދަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސަން އައިލެންޑް ރިސޯޓުން،  މުހައްމަދު ޔާމީން، މިހާރު

21 ޖެނުއަރީ 2018 - 09:04

68 comments

"ބޮޑު މާޔޫސްކަމެއްގައި މިތިބީ. ވަޒީފާ އަށް ވެދާނެ ގޮތަކާ މެދު ވިސްނެނީ. މި ތަން ދޫކޮށްލަން ޖެހިދާނެ ކަމަށް ކުރިން ހިތް ނުބުންޏަސް، މިހާރު އެ އިހްސާސް އެބަކުރެވޭ،" ސަން އައިލެންޑްގެ ކޮފީ ޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ޒުވާނަކު އަސަރާއެކު ކިޔައިދިނެވެ.

ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދާ ރަލާއި އޫރުމަސް އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ، އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާތީ ވިލާގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފެއްގެ ކަންބޮޑުވުމަކީ ވެސް މިއީ އެވެ.

ވަޒީފާގައި ދެމިހުރެވިދާނެ ކަމުގެ އުންމީދު މުޅިންހެން ނެތި ހިނގައްޖެ އެވެ. ވަޒީފާ ގެއްލުމުން އިތުރު މަސައްކަތެއް ނުލިބި އާއިލާތައް ބިކަވެދާނެ ކަމުގެ ވިސްނުން އެ މީހުން ގެންގުޅެ އެވެ. ސަން އައިލެންޑްގައި އެކަނިވެސް، 1000 މުވައްޒަފުން ތިބިއިރު، އެ މީހުންގެ ކަންބޮޑުވުމާއި ރުޅިވެރިކަން އިންތިހާ އަށް އެބަ އޮތެވެ. މި އަށް ވުރެ ސުލްހަވެރިކަމާ އެކު، މިކަން ކުރިއަށް ގެންދެވޭނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

ހަނޫން އިއްޔެ "މިހާރު" އަށް އިންޓަވިއު ދެނީ. ވަޒީފާ ގެއްލުމުގެ ބިރު އޮތް ކަމަށް އޭނާ ބުނި. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކަންބޮޑުވުން ހުއްޓަސް، ކަސްޓަމުން ވަނީ ފަން އައިލެންޑަށް އަރައި އެ ރިސޯޓުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ކޭސްތައް އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ސަބަބެއްގެ ގޮތުގައި ބުނީ ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދާ ރަލާއި އޫރުމަސް ފަން އައިލެންޑަށް ގެންދާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އެކަމަކު، ވިލާގެ ވަކީލުން ބުނަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ރިސޯޓުތަކަށް އެތެރެކޮށްފައި ނުވާނެ ކަމަށެވެ. ރާ ފުޅިތައް ބަލައި ސަން އައިލެންޑަށް ވެސް އަރާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފަ އެވެ.

ސަން އައިލެންޑްގައި މަސައްކަތް ކުރާ އެންމެ ހަގު މުވައްޒަފުންގެ ތެރޭގައި ހިމެނޭ ޅ. ހިންނަވަރު ހުސައިން ހަނޫން، 18، ބުނި ގޮތުގައި ރަލާއި އޫރުމަސް ރިސޯޓުން ބާލައިފި ނަމަ، ރިސޯޓުގެ ވިޔަފާރި އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. އާންމު ގޮތެއްގައި ޓޫރިސްޓުން އެންމެ ބޮޑަށް ބޭނުންވާ އެކައްޗަކީ ރާ ކަމަށްވެފައި، އެ ނުލިބުމަކީ އެ މީހުން ޗުއްޓީ ހޭދަކުރަން ނާންނާނެ ސަބަބެއް ގޮތުގައި ހަނޫން ފާހަގަ ކުރި އެވެ.

"މިއީ ގާސިމަށް ކުރާ ބޮޑު އަނިޔާއެއް"

"ރަލަކީ އެ މީހުން އާންމުކޮށް ބުއިމަށް ބޭނުން ކުރާ ބާވަތް. މެއިން ބާ އިން އާންމުކޮށް ރާ ރޭގަނޑު ނަގާނީ. އެކަމަކު އެ ނުލިބޭ ކަމަށް ވާ ނަމަ، އެ މީހުންނެއް ނާންނާނެ. އެ މީހުން ޝައުގެއް ނުހުންނާނެ ރިސޯޓުގައި ޗުއްޓީ ހޭދަކުރާކަށް،" ސަން އައިލެންޑްގެ ބާގައި މަސައްކަތް ކުރާ ހަނޫން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސަން އައިލެންޑްގައި މަސައްކަތް ކުރާތާ އެންމެ އަށް މަސް ވީ އިރު، މިހާ ބޮޑު ބިރަކާ ކުރިމައްޗެއް ނުވެ އެވެ. އެންމެ ބޮޑު ބިރަކީ، އޭނާ ބުނި ގޮތުގައި، ރިސޯޓު ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ވަޒީފާ ގެއްލުމުގެ ބިރެވެ. އެ ނޫން އެއްވެސް ކަމަކާ ހަނޫނަށް މިހާރު ފިކުރެއް ނުކުރެވެ އެވެ.

ދެ ޓޫރިސްޓަކު ސަން އައިލެންޑްގައި ހުރި ގޮނޑިއެއްގައި އިށީނދެގެން. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިހާ ބޮޑު ބިރުވެރިކަމަކާ ދުވަހަކު ވެސް، މީގެ ކުރިން ކުރިމައްޗެއް ނުވޭ. ވަރަށް ބޮޑު މާޔޫސްކަމެއްގައި މިތިބީ. ކޮންމެ ދުވަހަކު ވިސްނެނީ ވަޒީފާ އަށް ވެދާނެ ގޮތަކާ މެދު،" ހަނޫން ބުންޏެވެ.

ސަން އައިލެންޑްގައި މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ހަސަން އިބްރާހިމް 45، ބުނީ އެ ރިސޯޓުގައި ހުރި ރަލާއި އޫރު މަސް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ގެންގޮސްފި ނަމަ، އެއީ މުވައްޒަފުންނާއި މެނޭޖްމަންޓަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް އޭނާ ވެސް ގަބޫލުކުރެ އެވެ.

ލައިފްގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ ހަސަނެކޭ އެއްގޮތަށް އެހެން މުވައްޒަފުންގެ އެދުމަކީ ވެސް މިކަން ސުލްހަވެރިކަމާ އެކު ނިމިގެން ދިއުމެވެ. އެމީހުން ދެކޭ ގޮތުގައި ކަސްޓަމާއި ފުލުހުން ރިސޯޓުތަކަށް ނާރައި، މިއަށް ވުރެ ރީތި ގޮތެއްގައި މިކަން ނިންމާލެވިދާނެ އެވެ. އަދި ކުރިމަގުގައި ދެ ފަރާތުން ވެސް ސުލްހަވެރިކަމާ އެކު ގޮތެއް ނިންމާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ކަސްޓަމުން ރަށްތައް ބަލައި ފާސްކުރުމާ އެކު، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ޑިއުޓީގައި އެ ދުވަހު ތިބި މުވައްޒަފުންނާ ވާހަކަ ދައްކާލުމުން، ބުނީ ފުލުހުންނާއި ކަސްޓަމްސްގެ އޮފިޝަލުންނަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ. މުވައްޒަފުން ބުނި ގޮތުގައި އެ މީހުންނާ މެދު އަމަލު ކުރީ މެހުމާނުންގެ ގޮތުގަ އެވެ.

މުވައްޒަފަކު ބުނީ ކަސްޓަމްސްގެ އޮފިޝަލުން ރިސޯޓަށް އަރައި، ރާ ގުދަނާއި ކޮފީ ޝޮޕާއި ބާގައި ހުރި ރާފުޅިތަކުގެ އަދަދު ބަލައި ނޯޓުކުރި ކަމަށެވެ. އެކަމަކު އެއްވެސް މުދަލެއް ސަން އައިލެންޑަކުން އަދި ނުގެންދެ އެވެ.

ސަން އައިލެންޑްގެ މުވައްޒަފަކު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެނީ. ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ރާއްޖޭގެ އެންމެ ބޮޑެތި ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ސަން އައިލެންޑްގެ މުވައްޒަފުން އަދިވެސް ތިބީ ބިރުވެރިކަމެއްގަ އެވެ. މިއީ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމަށް ސަރުކާރުން ދެމުން އަންނަ އަނިޔާއެއްގެ ގޮތުގައި އެމީހުން ސިފަކުރެ އެވެ.

"މިސާލަކަށް އަޅުގަނޑުމެން މިތަނުން ކަނޑާލައިފި ނަމަ، އާއިލާ ކައިރި އަށް ދާން ޖެހޭނީ. ކުއްލިއަކަށް އެހެން ވަޒީފާއަކަށް ދިއުމަށް ދަތިވާނެ. ހޯދަން ވެސް ދަތިވާނެ،" ކޮފީ ޝޮޕްގެ މުވައްޒަފަކު ބުންޏެވެ.

"ގާސިމަށް ވެސް އެ ކުރަނީ އަނިޔާ. ސަރުކާރުން އެ ކުރާ އަނިޔާގެ ހިތި ރަހަ މިހާރު އެބަލާ."

"ވަޒީފާ ގެއްލުމުން ވަންނާނެ އިތުރު ތަނެއް ނެތް"

ސަން އައިލެންޑްގައި ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާއިރު، ވިލާގެ އެހެން ރިސޯޓުތައް ކަމަށްވާ ޕެރެޑައިސްގައި 800 މުވައްޒަފުން، ފަން އައިލެންޑްގައި 200 އެއްހާ މުވައްޒަފުންނާއި ހޮލިޑޭ ރޯޔަލްގައި 800 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ސަން އައިލެންޑްގެ މެނޭޖަރު އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ރިސޯޓުތަކުގައި ހުރި އޫރުމަހާއި ރާތައް ގެންދާ ނަމަ، ވިލާގައި މަސައްކަތް ކުރާ 5000 މީހުންގެ އާއިލާތަކަށް ގެއްލުން ލިބޭނެ ކަމަށެވެ. ސަރުކާރުގެ މަސްއޫލިއްޔަތަކީ ރައްޔިތުންނަށް ތަނަވަސްކަމާއި ހައްގުތައް ހޯދައި ދިނުން ކަމަށްވާ އިރު، ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބިކަހާލުގައި ޖައްސައި ނިކަމެތި ކުރަން ކަމަށް ވެސް ގައިސަރު ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ގާސިމާ މެދު ހިޔާލު ތަފާތުވުން އޮތަސް، މުވައްޒަފުންނަށް އުނދަގޫކޮށް، ދުއްތުރާ ކުރާކަށް ނުޖެހޭ. ވަޒީފާ ގެއްލިއްޖެ ނަމަ، ކޮން ތަނަކުންތޯ ވަޒީފާ ހޯދާނީ؟ ރާއްޖޭގައި ނެތް އެންމެނަށް ވަޒީފާ ދެވޭނެ ރިސޯޓުތަކެއް ނޫނީ އެހެނިހެން ވިޔަފާރިތަކެއް. ވަރަށް ބޮޑު މިސްޓޭކުތަކެއް މި ހަދަނީ،" ސަން އައިލެންޑްގައި ހުންނަވައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ގައިސަރު ވިދާޅުވި އެވެ.

"މީގެ ސަބަބުން ފޫނުބެދޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ. އިގްތިސާދަށާއި ޓޫރިޒަމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ."

އޭނާ ވިދާޅުވި ގޮތުގައި މިދަނޑިވަޅުގައި މުވައްޒަފުން ވެސް ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ރިސޯޓުގައި ތިބި ޓޫރިސްޓުންނަށް އެ މާޔޫސްކަމުގައި އެންމެ ފުރިހަމަ އަށް ހިދުމަތް ނުދެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލާގެ ރިސޯޓުތައް ނޫނަސް، އެހެން ރިސޯޓުތަކަށް ވެސް މިހެންވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ، އެ މީހުން ވެސް ގުޅައި ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ގައިސަރު ވިދާޅުވި އެވެ.

ގައިސަރު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ގިނަ އިން އަންނަނީ ޔޫރަޕާއި އޭޝިއާގެ ޓޫރިސްޓުން ކަމަށް ވުމުން ރަލާއި އޫރު މަހާ ނުލައި ރސޯޓުތަކެއް ނުހިންގޭނެ އެވެ. "ހަލާލް ޓޫރިޒަމް" އަދި ކުރިއަރައިގެން ނުދާ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

ކަސްޓްމުން ބުނި ގޮތުގައި ވިލާގެ ރިސޯޓްތަކުގައި މި ދުވަސްކޮޅު ހިންގާ އޮޕަރޭޝަނަކީ ވަކި ކުންފުންޏެއްގެ ރިސޯޓްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫނެވެ. އަދި މިހާރުގެ އޮޕަރޭޝަންގައި ބަލައި ފާސްކުރަމުންދާ، ވިލާގެ ހަތަރު ރިސޯޓަކީ، އޫރު މަހާއި ރާ އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް 22 އިން ފެށިގެން ބާތިލްކޮށްފައި އޮތް ހަތަރު ރިސޯޓެވެ.

އެހެންކަމުން ކަސްޓަމްސްގެ އޮޕަރޭޝަން އަމާޒުކޮށްފައިވަނީ، ހުއްދަ ނެތް ތަނަކަށް އޫރުމަހާއި ބަނގުރާ ގެންގޮސް ވިއްކާ ކަން އެނގިފައިވާތީ އެކަން ބަލައި ތަހުގީގު ކުރުމަށް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި ވިލާގެ ރިސޯޓްތަކުން މީރާ އަށް ދައްކަން ޖެހޭ ފައިސާ، ގަވާއިދާ އެއްގޮތަށް ނުދައްކާތީ ކަސްޓަމުން އެ ރިސޯޓްތަކަށް ޚިދުމަތް ދިނުން ވެސް ހުއްޓާލާފައިވާ ކަމަށް ކަސްޓަމުން ބުނެ އެވެ.

68 ކޮމެންޓް, 144 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 76%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަމެން

24 January 2018

ކީއްވެތޯ މިކަން އަނިޔާއަށް ވަނީ؟؟ ކީއްވެތޯ ގާސިމް ސަރުކާރަށް ދައްކަންޖެހޭ ލާރި ނުލިބުން އަނިޔާއަކަށް ނުވަނީ؟؟ ބަލަ އެއީ މުޅި ރައްޔިތުންގެ ހައްގެކޭ.. ސިޔާސީވެގެން ގޮސް ހަމަ ބުއްދި ގެއްލުވާނުލަމާ

The name is already taken The name is available. Register?

ސަރުކާނު

22 January 2018

ޒުވާނާ އަސަރާއެކު ވިސްނަބަލަ ތި ތަންތަނުން ދައުލަތަށް ދޭންޖެހޭ ފައިސާ ނުލިބުނީމާ އަސަރުކުރާނެވަރު. ތިކަމުން ހާދަ ގިނަބަޔަކަށް އަސރު ކުރެޔޭ، ޒުވާނާ އަސަރާއެކު މިވާހަކަ މެނޭޖްމެންާޓާ ހިއްސާކޮށް ބަލަ އެމީހުނަށް އަސރެއްކޮށްގެންވެސް ފައިސާ ދައްކާތޯ. މަދު އެތިކޮޅެއްނޫނޭ. ޤާސިމަސް ލިބުނު ވިޔަފާރި ފައިދާއިން ދޭންޖެހޭ އެއްޗެއްނޫނޭ. ގްރީން ޓކްހާ ޖީއެސްޓީ. އޭތިކޮޅުވެސް އެތިބީ އަސރެއް ނެތި ހިފަހަށްޓައިގެން. އަހަރުމެންވެސް ވަރަށް އަސަރުކުރޭ.

The name is already taken The name is available. Register?

އިންސާނާ

22 January 2018

30 އަހަރުގެ ސަރުކާރައް ވެސް 2 އަހަރުގެ ސަރިކާރައް ވެސް އަސި މިަދުގެ މިސަރުކާރައްވެސް ތާއީދު ކުރަނީކީނޫން އުފެދެނީ ދެތިން ސުވާލެއް އެއީ މީގެ ކޮމްމެ ސަރުކާރަކާ ގާސިމާ މިޖެހޭ މަސްސަލަޔަކީ ދައުލަތައް ދައްކަންޖެހޭ ފައިސާ ނުދައްކާ މަސްސަލަ އަނެއް ސުވާލަކީ ކޮމްމެ ސަރުކާރެއްގަވެސް ގާސިމް ޓޫރިޒަމް މިނިސްޓްރީ ބޭނުންވާކަން އެހެންވީމާ ބުނެވޭނީ ގާސިމުގެ އެހެން ނޫނީ ގާސިމުއަތުން ބޮޑުމުސާރަ ކައިގެން ތިބި އިސް މީހުންގެ މަސްސަލައެއް އެބަހުއްޓޭ

The name is already taken The name is available. Register?

ޢަލީބަލީ

21 January 2018

ސަރުކާރު ބްލޭމް ނުކުރޭ. ޤާނޫނާއި ގަވައިދާ އެއްގޮތަށް ކުންފުނިން ކަންކަންކުރާނަމަ އެހެންނުވީސް.

The name is already taken The name is available. Register?

ރިނީ

21 January 2018

ހަަމައެކަނި ވިލާގެ ރިސޯރޓްތަކަށް ރަލާ އޫރުމަސްވިއްކުން މަނާކުރަންވީ ސަބަބެއްނެތް. ޚުދުމުޚުތާރުކަމުގެ ލާމަސީލު ނަމޫނާއެއް. ޢަލީބަލީވެސް މިގޮތަށް ބަލިކަށިކޮށްލާ ދުވަަހަކުން ވިސްނޭނެ. އަދިއެދުވަހަކީ އާޚިރަތް ދުވަހަށް ނުވުމަށް އެދެން.

The name is already taken The name is available. Register?

ރާބޮޑޭ

21 January 2018

ހުސޭބޭއެވެ ގާނޫނުގެ ދިގުއަތް ވިލާ ކުންފުންޏަށްވެސް ގަދަ ކަމުން ފޯރުވައިގެންނޭ އެއުޅެނީ އިރާދަކުރެއްވިއްޔާ 2018 ގެފަހުން ތިޔަބުނާ އަތެއް ރައީސް ޔާމީނާ ހަމައަށްވެސް ފޯރާނެއެވެ އެދުވަހުން ތިޔަ ހުސޭނުބެ ވަރަކަށް ރޯނެ ތާއެވެ.

The name is already taken The name is available. Register?

ހުތާ

21 January 2018

އިންޒާރު ދިނުމަކާ ނުލައި ސީޒަންތެރޭ ރިސޯޓުތައް އޯވަބުކް ވެފަ އޮތްވާ ސަރުކާރުން އެޅި ފިޔަވަޅު ކުށްވެރިކުރަމެވެ. އަޅުގަނޑުގެ ނަސޭހަތަކީ ތިޔަ ރިސޯޓުތަކުގައި މީގެ ފަހުން ރަލާއި އޫރު މަސް ނުވިއްކުމެވެ. މާތް ﷲގެ ވާގި ފުޅާއެކު އިރާދަ ކުރައްވައިގެން ރަލާއި އޫރު މަހާ ނުލައިވެސް ރިސޯޓުތައް ހިންގައި މަންފާ ލިބޭނެކަން އެހެން ރިސޯޓު ތަކަށާއި ސަރުކާރަށް މާރީއްޗަށްވެސް (ކުޑަ ހިތްވަރަކާއި މިންނަތުން) ދައްކައި ލެވިދާނެއެވެ. ނުވިތާކަށް މުވައްޒަފުންގެ ހިތުގައިވެސް ހަރާމް ކަމެއް ކުރެވެމުން ދާކަމުގެ އިހުސާސް ނެތި ޖޯޝުގައި ރިސޯޓު ކުރިއަރުވަން މަސައްކަތް ކުރެވިދާނެއެވެ.

The name is already taken The name is available. Register?

މަހާ

21 January 2018

ގާސިމް ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އަކީ ރައްޔަތުންގެ ފައިސާ، މި ވަރުގެ ބޮޑު ހިޔާނާތެއް ކޮބާތަ، ގާސިމްގެ މުއަޒަފުން ލައްވާވެސް ކުޅެނީ ސިޔާސީ ޑްރާމާ، އޭނަގެ ސަބަބުން ތި ނިކަމެތި މުއައްޒަފުންނަށް ތޮ ގެއްލުންވަނީ، ދެންވެސް ގާސިމް އަށް ވިސްނަދެވޭތޯ ބަލާބަ

The name is already taken The name is available. Register?

ކުރިބީ އަބުދުބެ

21 January 2018

ޤާސިމް ކާކަށް ދައްކަން ޖެހޭ ފައިސާ އެއް. އަދީބަށް ނައިބު ރައީސްކަން ދޭން އެއްބަސް ނުވީމާ ގާނޫނާއި ޚިލާފަށް އެއްބަސްވުން ބާތިލްކޮށް ނުހައްޤުން ކުރި މަނާތޯ، އެޖޫރިމަނާ ކުރީ ރަނގަޅަށް ނޫންކަން ކޯޓުން ހުކުމް ކޮށްފައި އޮއްވައި އަނެއްކާ ޔާމީނު ކުރާ ވައްކަމާއި، ޤާސިމް ދެކޮޅުވީމާ އަދީބު ކުރި ޖޫރިމަނާ ސައްހަވީތޯ. ކުދިންނޭ ތަނެއް ދޮރެއް ނޭނގުނަސް ވާހަކަ ދައްކާތި. މިއީ ދޮގެއްތޯ ބަލަން ޚަބަރުތަކުގެ އާކައިވްތައް ބަލާލާ. މަހާ އެންމެ އިތުބާރު ކުރާ ނޫހަކުން. އެހެޔޮ ވަގުތު ވިޔަސް

The name is already taken The name is available. Register?

ޕްރަސާންތަ

21 January 2018

ފިލްމު ނިމޭއިރު ވިލަންއަށް ވާނެ ގޮތް ހަމަ ހިތަށް އަރަނީ. ސުޕަރވިލަން ވާސަސް ޕަބްލިކް

The name is already taken The name is available. Register?

މަހަށް

21 January 2018

ތަމެން މައިކާލޯ އޭ ނުކިޔާތި މި ރޯންގް ސިޗުއޭޝަން ގައި އިނގޭތޭ. މަހަށް ދޭބަލަ ދެން.

The name is already taken The name is available. Register?

ސަފަރު

21 January 2018

ދުނިޔެ ދައްކާ ހަމަ ބުނަނީ ޔާމީނުވެސް ސަހަލު ގޮތަކަށް ނުދާނޭ! ތަގްދީރުގެ ނިޔާ އައިސް ޖެހޭއިރު ތަދްބީރު ކުރާ ޕްލޭނަކުން ވާނެ އެއްކަމެއްވެސް ނޯންނާނެ. ބަލަން ތިބެމާ ބަހީ!

The name is already taken The name is available. Register?

ތަދްބީރު

21 January 2018

ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެ!

The name is already taken The name is available. Register?

ހުސޭނުބެ

21 January 2018

ނުބައިކޮށް ތިޔަ ވިސްނަނީ!! ގާސިމަށް ކުރާ އަނިޔާއެއްނޫން!! އެނގެން އެބަޖެހޭ ގާސިމްގެ ވިލާ ކުންފުނިން ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ފައިސާ ދައްކަންޖެހި އެފައިސާ ނުދައްކާ ހުރިކަން!! މިއީ އަޅުގަނޑު ބުނާ އެއްޗެއް ނޫން!! ދައުލަތުގެ ޓެކްސް އިދާރާ މީރާއިން މިހާތަނަށް ހާމަކޮށްފައި ހުރި މަޢުލޫމާތުން އެގެން އެބައޮތް!! އަދި މިފައިސާ ދައުލަތަށް ހޯދުމުގެ މައްސަލަ ކޯޓްތަކުގައި ހިންގާކަންވެސް ހާމަވެގެން ގޮސްފައިވޭ!! ޓެކްސް އިދާރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާ ކުންފުނީގެ ހަތަރު ރިސޯޓަކަށް ރަލާ އޫރުމަސް 2017 ވަނަ އަހަރުގެ ފުރަތަމަ ކްއާޓާއިން ފެށިެގެން ގެންދިއުން އޮތީ މަނާކޮށްފަ!! މިހާރުވެގެން މިއުޅެނީ އެއެންގުމާ ޚިލާފަށް ހަތަރު ރިސޯޓުގައި ރަލާ އޫރުމަސް އެތާރީޚުގެ ފަހުން ގެންގޮސް ބޭނުންކުރަމުން ދިއުން!! އެކަމާ އެފިވަޅުއަޅަނީ ގާނޫނީ އިމުން!! ވިލާ ކުންފުނިން އެބަޖެހޭ ގާނޫނީ އިމުގެތެރެއިން މަސައްކަތްކުރަން!! އަދި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަން!! އޭރުން މިކަން ޙައްލުވާނެ!!

The name is already taken The name is available. Register?

ރިޒޯޓް

21 January 2018

ހުސޭނުބޭގެ މަޢުލޫމާތު ނެތުމަކީ ޤާސިމުގެ ކުށެއްނޫން. ތިޔަ ޖީއެސްޓީއެއް އުފަންވީ ޤާސިމް ސަރުކާރާ ދެކޮޅަށް ބަސްބުނަން ފެށި ހިސާބުން. ދެން ތިޔަ ޖީއެސްޓީއަކީ ޤާސިމް ރިޝްވަތު ހުށަހެޅިކަމަށް ބުނެ ކުރި ހުކުމާއެއްފަދަކަމެއް. ޤާސިމަކީ ބަރާބަރަށް ޖީއެސްޓީ ދައްކާމީހެއް. ކަމެއް ކުރާ ހިތްވަންޏާ ދައުލަތުން ކުރި ވައްކަންތައް ބަލާބަލަ. ބަލާހިތްވަންޏާ ތިހިރަބޮޑު ބިޔަ ނަސަންދުރަ ދިންގޮތް ބަލާބަލަ. ވާހަކަނުދައްކާތި. މިއީ އެންމެ ދެ މީހެއްގެ މުށުތެރޭގައިވާ ޤައުމެއްނޫން. މިއީ އެންމެހާ ދިވެހިންގެ ޙައްޤުތަކެއްވާ ތަނެއް. ހުސޭނުބޭމެންނަށް ވާނުވާ ނޭންގި ހަމަ ތަނަކުން އެއްޗެއްބުނާއިރަށް ކޮމެންޓުކުރާކަށް ނުޖެހޭނެ. ހުސޭނުބޭ މެންނަކީ ފަހަރުގައި ކޯޑިނޭޓަރުގެ މަޤާމުގައި ހުރިމީހަކަށްވެދާނެ. ވަރަށް ވެދުން. މަޤާމަކަށްޓަކައި ކަނު އަދިރި މަންމަން ބަޔަކަށްވުމަކީ މިއަދު ދިވެހިންނަށް ޖެހިފައިވާ ބަލިމަޑުކަމެއް.

The name is already taken The name is available. Register?

ދާންދޫ

21 January 2018

ހުސޭނުބޭ އަށް ތިޔަހެން ހީވިޔެއްކަމަކު ވިލާއިން ދައުލަތަސް އެއްމެ ލޯލާރިއެއްވެސް ދައްކަން ނުޖެހޭ ކަން މީރާއިން އެގޭނެ . މިނިވަންތަނަކުން އެކަން ބަލައިފިނަމަ . މީރާއަށް ދައްކަން ޖެހޭ އެއްޗެއް އޮތްނަމަ މިވަގުތު ނުދައްކާ މަޑުކޮއްލާ. ސަބަބަކީ ދައުލަތުގެ ތަންތަން މެދުވެރިކޮށް ޤައުމުގެ ޚަޒާނާއަށް ވަންނަން ޖެހޭ ފައިސާ ގޭގޭގެ ވަލުދޮރޯށީން ވަންނަމުން ދާއިރު އަދި އެގޮތަށް ވަންނަ ފައިސާ އިން ބުރި ބުރިއަށް ހިއްލެމުންދާއިރު ފައިސާ ދެއްކުމަކުން ޢާޢްމު ރައްޔިތަކަށް ވާނެ އެއްވެސް ފައިދާއެއް ކޮބާ ؟ ދައުލަތުގެ މާލިއްޔާ ދަވާލައިގެން ތިބެ ބޫންބޫންލާފައި ވައިއަރުވަމުން ދުވާއިރު ހިތަކަށް ނާރާ އެކައްޗެއްވެސް . މީރާއަށް ފައިސާ ދައްކަން ޖެހޭ އެބުނާ ބުނުން ޤަބޫލުކުރާ އެއްވެސް ޢާއްމު ރައްޔިތަކު ކޮބާތޯ މިޤައުމުގައި .

The name is already taken The name is available. Register?

ބޭބެ

21 January 2018

މިހާރު އެގެން އެބަޖެހޭ ގާސިމަކަސް ކާސިމަކަސް ގާނޫނީ އިމުގެތެރޭގައި އުޅެން!! އެހެން ނޫންނަމަ މިކަހަލަ ކަންތައްތަކާ ދިމާވާނެ!! ޓެކްސް ބަރާބަރަށް ދައްކަން ޖެހޭނެ!! މީރާއިން ގާނޫނީ އިމުގެތެރެއިން ކޮށްފައިވާ އަމުރުތަކަށް ބޯލަނބަންޖެހޭނެ!! އެހެން ނޫނީ ކަންތައްތައް ރަގަނޅެއްނުވާނެ!! މިހާރަކު ގާނޫނުގެ ކުރިމަތީގައި ނޮއޮންނާނެ ފައިސާ ވެރިއެއް ނިކަމެއްޗެއް ، މަގާމުގެ ގޮތުން މީހެއް ކުޑަމީހެއް އަދި ސިޔާސީ ގޮތުން ކިތަންމެ ފުންނާބު އުސް މީހެއް ފުންނާބު ތިރި މީހެއް!! އެކަން ފާއިތުވެ ދިޔައީ!! ކުރީގެ އެކިވެރިކަމުގެ މީހުން ގުނބޯ ހައްދައިގެން ފައިސާކޮޅުދީގެން ތިމާމެން ބޭނުންހާ ގޮތަކަށް ޖަރީމާ ހިންގިޔަސް މިހާރަކު އެފުރުސަތެއް ނެތް!! އެކަން ''ރިޒޯޓް'' ވެސް މިހާރު ގަބޫލުކުރަންވާނެ!! ޙުކުމަށް ފިލައިގެން ހުއްޓެއްކަމަކު ތިމާ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭނެ!! އަދި ފިލައިގެން ހިތުން އުޅޭ މީހުން ދަންނަންޖެހޭނެ ތިމާމެންގެ އެސެޓްސްތައް އަތްފޯރާ ފަށުގައި ހުރިކަން!!

The name is already taken The name is available. Register?

ޖަހާމު ޝަރީފް

21 January 2018

މިތާ މިވާގޮތަކީ ގާސިމުގެ މުވައްޒަފުންނާއި، އޭނާއަށް ތާއީދު ކުރާ ހަމްދަރުދީން ވަރަށް ވާހަކަ ދައްކާނެ. ސަރުކާރުން ކުރާ ނުވަތަ ދައުލަތުން ކުރާ އެއްވެސް ހެޔޮ ކަމެއް ނުފެންނާނެ. ވީމާ، މިކަން ރަނގަޅަށް ދިރާސާކޮށްފައި ނޫނީ ކޮމެންޓް ނުލިޔުން އެދެން. އިނގޭހާވެސް ކަމަކީ ގާސިމް އަކީ އަބަދުވެސް ކޮންމެ ސަރުކާރެއްގައިވެސް އޭނާގެ ވިޔަފާރި ފުޅާކުރުމަށް ކުރެވެން ހުރި ކަމެއް ސަރުކާރުގެ ތެރެއިން ކުރަން އުޅޭކަން.

The name is already taken The name is available. Register?

ހުސޭނުބެ

21 January 2018

"ރިޒޯޓް" ތިޔަ ހުންނެވީ ދެބަންދިހާރަ ވެފަ!! ނިކަން ހޭވެރިކަން ވެ ބަލަ!! ބަލަގަ ތިޔަ ދެ ލޯ ހުޅުވައިގެން ކަންފަތަށް ޖަހާފައި ހުރި އުނގުރިތައް ނައްޓަ ބަލަ!! އޭރުން ކޮންމެވެސް ވަރެއް ވެދާނެ!! ވަރަށް ސަލާމޭ!!

The name is already taken The name is available. Register?

އަހުލާފު

21 January 2018

ހުސޭނުބޭގެ އުގުރިތައް ހަމަ ބާރީއެވެ. ނިކަން ލޫޒެއް ދީބަލަ. ހެނދުނު އެވޯޑު ދިނީ މީރާއަށް ބަރާބަރަށް އެންމެ ގިނައިން ލާރި ދައްކާ ކަމަށް. ހަވީރު އައިސް ބުނެފި އަދި އެބަ އޮތޭ ނުދައްކާ 100 މިލިޔަން ޑޮލަރު، ވިލާއިން މީރާ އަށް ދައްކަންޖެހޭ އެއްޗެއް 5 އަހަރު ދުވަހުންވެސް މިވަރަކަށް ނާރާނެ. އެހެން ވީއިރު ކަންފަތާ ނޭފަތާ ދެންވެސް ހުޅުވަންވީ ތަނެއް ވިއްޔާ ހުޅުވައިގެން ތިބި ބަޔަކަށް އެނގި ކަށަވަރުވާނެ ހުސޭނުމޭގެ އުނގުރީގެ ބާރުމިން،

The name is already taken The name is available. Register?

އަހަރެން11

24 January 2018

ރިޒޯޓް.. ކަލެއަށް ތިހުރީ ވަރަށް އެންގިފަ އިންގޭ.. ގާސިމް ޖީއެސްޓީ ދައްކާނަމަ އެކަމުގެ ހެކި ހުށައެޅިދާނެ ދޯ.. އޭގެ ރަޝީދެއްގެ މިންވަރުވެސް ގާސިމަކަށް ނެތް ހުށަހެޅޭކަށް.. ގާސިމު މެންނަށް ހީވަނީއޭ ތިމާ މާ މުއްސަނދި ވީމަ ތިމާ މީ ގާނޫނާ ހުރިހާ އެއްޗެއްގެ މަތީގައި ވާ މީހެކޭ.. ގާސިމަކަސް ކާސިމަކަސް ރައްޔިތުންނަށް ދަރާފައިވާ ލާރި ދޭން ޖެހޭނެ ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454