ރިޕޯޓް / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އިބޫ ކެންޑިޑޭޓަކަށް ފައްކާވެފައި؟

މި މަހު 16 ވަނަ ދުވަހު ކުރި މުޒާހަރާގައި އިބްރާހިމް މުހައްމަދު ސޯލިހް ޖުމްހޫރީ މައިދާނުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި-- ފޮޓޯ: ހަފުތާ ނޫސް

ޖުމްހޫރީ މައިދާނުން ހައްޔަރުކޮށް ޖަލަށް ލައިފި ސިޔާސީ ލީޑަރަކު ވިއްޔާ ވެރިކަން ކުރާނެ ކަމަށް ބުނާ ސަމާސާ ވާހަކަ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާ ގުޅުވާލުމުން އެހާ ސަމާސާއެއް ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިޔާސީ ހުރިހާ މަގަކުން ހިންގެވި އިރު ވެސް އިބޫ އަށް މިހާތަނަށް ވަދެވަޑައިނުގެންނެވި އޮތީ ޖަލު އެކަންޏެވެ.

ސަރުކާރު "ހުއްޓުވަން" ބޭއްވި އިދިކޮޅު މުޒާހަރާގެ ތެރެއިން އިބޫ ހައްޔަރުކޮށް ޖަލުގައި ބަންދުކުރުމާ އެކު އިބޫ އަކީ ރައީސް ނަޝީދުގެ މަންދޫބެއްގެ ގޮތުގައި އެމްޑީޕީގެ ފިކުރުގެ ބައެއް މީހުން ސިފަކުރަން ފެށި އެވެ. ސޯޝަލް މީޑިއާ ބަންޑުންވީ އިބޫގެ ލީޑަޝިޕާއި އޭނާ އަށް ނަޝީދުގެ އިތުބާރު އޮތް މިންވަރާއި ސިޔާސީ ހިކުމަތްތެރިކަމުގެ ވާހަކައިންނެވެ.

މި ވާހަކަތަކުން ކުރަހާލެވޭ މަންޒަރަކީ، އެމަނިކުފާނަށް ވާދަނުކުރެވިއްޖެ ނަމަ، ނަޝީދުގެ ހޮވުމެއްގެ ގޮތުގައި އިބޫ 2018 ގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުން ހެއްޔެވެ؟

އިބޫ ހައްޔަރުކުރުމުން އޭނާ މިނިވަންކުރަން ގޮވާލައި ދެމުން ދިޔަ ނުވަތަ ދެވެމުން ދިޔަ މެސެޖު ސާފެވެ. އެއީ ސިޔާސީ މައިދާނުގައި 24 އަހަރު ހޭދަކުރެއްވި އިރު ވެސް ނަޝީދާ އެކު އިބޫ ސާބިތުވެ ހުންނެވި ކަމުގެ މެސެޖެވެ. ސްކޫލް ދައުރުން ފެށިގެން ސިޔާސީ އެންމެ ހަލަބޮލި ދުވަސްވަރު ވެސް އިބޫ އަކީ ނަޝީދުގެ އެންމެ އަރިސް އަދި އެންމެ އިތުބާރުކުރައްވާ އެކަކު ކަމުގެ މެސެޖެވެ.

އިބޫ އަކީ ސިޔާސީ ލީޑަރެއްގެ ހުރިހާ ސިފަތަކެއް ފުރިހަމަވާ، އެންމެންނާ ގުޅިގެން މަސައްކަތް ކުރައްވަން އެނގިވަޑައިގަންނަވާ ހިކުމަތްތެރިއެއް ކަމަށް ބުނަމުން ދިޔަ އެވެ. އެމްޑީޕީގެ ތެރެއިން ރިޔާސީ ޓިކެޓަށް އެހެން ބައެއް ބޭފުޅުން އުންމީދު ކުރެއްވި ނަމަވެސް މި ހާމަވެގެން ދިޔަ ކަންކަން އިބޫ އަށް ވެގެން ދިޔައީ ރަނެއް ފަދަ ކެމްޕެއިނަކަށެވެ. ނަޝީދަށް ވާދައެއް ނުކުރެއްވޭނެއޭ، އެހެން މީހަކު ހޯދަން ޖެހެއޭ، ބުނެފި ނަމަ އިބޫ އެ ހުރީ ނޫންހޭ ބުނެލެވޭ ވަރަށް އޭނާ ޕްރޮމޯޓްވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބޫ ޒުވާން ދުވަސްވަރު އެކުގައި: ސިޔާސީ ގޮތުން ވެސް އެހާމެ އެކުވެރި

އެކަމަކު ކުރީގެ ރައީސް ނަޝީދު ފެޔަށް ޖެހިވަޑައިގެން އިބޫ އަށް ފުރުސަތު ދެއްވަފާނެ ހެއްޔެވެ؟

އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ ނަޝީދަށް ރިޒާވްކޮށްފައި އޮތް އެއްޗެއް ކަމަށް ބުނެ ވާހަކަ ދައްކަނީ އެ ޕާޓީ ތެރޭގައި މީގެ ކުރިން ކަން ހިނގާފައިވާ ގޮތުންނެވެ. އެ ހުރިހާ ކަމެއް އެއް ފަރާތުގައި ބާއްވާފައި ބަލާ އިރު، ޓެރަރިޒަމްގެ ކުށެއްގައި 13 އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުންނެވި އިރު ވެސް އަދިވެސް ނަޝީދާއި އެމްޑީޕީގެ ވަރަށް ގިނަ ބައެއްގެ އުއްމީދަކީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމެވެ. އެކަމަކު އިބޫ ހައްޔަކުރުކުރި ހިސާބުން ކަންކަން އެނބުރެން ފެށި ގޮތުން އެހެން ގޮތަކަށް ވިސްނަން ފުރުސަތު އެބަ އޮތް ކަމަށް، އެމްޑީޕީގެ ބައެއް މީހުން ވެސް މިހާރު ބުނެ އެވެ.

ތިމަން މަނިކުފާނަކީ ރިޔާސީ ކެންޑިޑޭޓު ކަމަށް ނަޝީދު ވިދާޅުވަނީ ބައިނަލްއަގުވާމީ މައިދާނުގައި އެމަނިކުފާނުގެ ހައިބަތު ބޮޑުކޮށް، ހައިސިއްޔަތެއް ބޭއްވުމަށް ކަމަށް ވެދާނެ އެވެ. އިބޫ ހައްޔަރުކުރުމުން، އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް އެއް ކެންޑިޑޭޓު ނެރުމުގެ ވާހަކަ އަލުން ދައްކަން ފެށުމަކީ ވެސް އިބޫ އަށް އަމާޒުވާ ކަމެކޭ ބުނަން، ބައެއް މީހުންނަށް މިހާރު ފަސޭހަވެ އެވެ.

އިބޫ އަށް ރިޔާސީ ޓިކެޓް ދިނުމަކީ ރޭވިފައި އޮތް ކަމަކަށް ނުވިޔަސް އޭނާ އަށް ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުންގެ ތާއީދު އޮތް މިންވަރު ހާމަވެއްޖެ އެވެ. އެމްޑީޕީގެ ބައެއް މީހުން ބުނާ ގޮތުގައި އިބޫ މިހާރު ޓެސްޓް ކުރެވިއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫ (ކ-2) އަށް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ހުންނެވި އިބޫއާ ބެހޭ ގޮތުން، ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

"ލީޑަރެއްގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިންމު ސިފަތައް ހުންނަ ބޭފުޅެއް (އިބޫ އަކީ). ހިކުމަތްތެރި، ކެތްތެރި، ހުރިހާ ވިސްނުމެއްގެ މީހުންނާ އެކީ ގުޅިގެން މަސައްކަތްކުރައްވަން އެނގިލައްވާ، އިހުލާސްތެރި ބޭފުޅެއް. އުސޫލުތަކުގެ ހިފަހައްޓަވާ، ވަރުގަދަ ލީޑަރެއް."

ނަމަވެސް އެހެން ބައެއް ބޭފުޅުންގެ ވިސްނުމުގައި، އިބޫގެ ނަން މި ދަނޑިވަޅުގައި ނަގައިގެން އުޅެނީ، ގުޅިފައިވާ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ބަދަހި ސަފު ރޫޅައިލުމަށެވެ.

"އަސްލު މި ވާ ގޮތަކީ، މަންޒަރު ސާފުވެފައި އޮތް ވަރުން ކަމުގެ މުގޫ އޮތީ ކޮން ކޮޅެއްގައި ކަން އެބަ އެނގޭ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން ރައީސް ޔާމީނަށް މަޖުބޫރު ކުރުވީ ވެސް އިދިކޮޅު ފަރާތްތަކުގެ މެދުގައި އޮތް ވަރުގަދަ ގުޅުން،" އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

"އެމްޑީޕީ، ޖޭޕީ އަދި އަދާލަތާއި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަން ވެސް މި އޮތީ ހަމަ އެކައްޗެއްގެ ގޮތުގައި. އެހެންވީމާ މިހާރު، އެ ވާހަކަ ދައްކާ ބަޔަކު އެ ބޭނުންވަނީ، އެމްޑީޕީން މިހާރު ކެންޑިޑޭޓެއް ކަނޑައެޅީ ކަމަށް އާންމުންނަށް ވިސްނައިދީގެން، އިިދިކޮޅު ކޯލިޝަން ރޫޅައިލަން. އެކަމަކު ހަގީގަތަކީ އެއެއް ނޫން."

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުގައި ތިއްބެވި ކޮންމެ ލީޑަރަކީ ވެސް ގައުމުގެ ހުންގާނަށް އެންމެ އެކަށީގެންވާ ބޭފުޅުންނެވެ. ފުރުސަތެއް ލިބިވަޑައިގެންފި ނަމަ އެއިން ކޮންމެ ބޭފުޅަކީ ވެސް ލީޑާޝިޕް ސާބިތުކޮށްދެއްވާނެ ބޭފުޅެކެވެ. ނަމަވެސް ނުލިބިގެން އުޅެނީ ނުވަތަ ލިބޭނެ ކަމުގެ ޔަގީންކަން ނެތިގެން އުޅެނީ އެކަން ސާބިތު ކުރާނެ ފުރުސަތެކެވެ.

އެމްޑީޕީގެ ކެންޑިޑޭޓަކަށް ނަޝީދު ނާންނާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ލީޑަޝިޕުން އަބަދުވެސް ބުނެ އެވެ. ސަބަބަކީ، އެއްބަޔަކު ދެކޭ ގޮތުގައި، ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލީ ވެސް، 2018 ގެ އިންތިހާބު ރައީސް ޔާމީނަށް ފަސޭހަކުރުމަށެވެ. ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ގިނަ ވޯޓު ހޯއްދަވާނެ ސިޔާސީ ލީޑަރަކީ ނަޝީދުކަން، އޭރު ޕީޕީއެމްގެ "ހިސާބުތަކުން" ދައްކާތީ އެވެ.

ނަޝީދު ނޫން ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ލިބޭނެތޯ ނުވަތަ ނޫންތޯ ބައްލަވަން ޕީޕީއެމްގެ އިސް ވެރިން އެބަ ތިއްބެވި އެވެ. އަދި އިބޫގެ ބަންދާ އެކު، އަނެއްކާ މިވަނީ އެކަން ފެންނަން ފަށައިފަ އެވެ. އެގޮތުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވެސް އޭގެ ތެރެއަށް ވަންނަވައިފި އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެމްޑީޕީގެ ރިއާސީ ޓިކެޓް އެންމެ ހައްގުކަން ބޮޑު ބޭފުޅަކީ އިބޫ އެވެ.

ޖަލުގައި 12 ދުވަހު ބެހެއްޓުމަށް ފަހު އިބޫ ދޫކޮށްލި ހަބަރާ ގުޅިގެން ނިހާން އިއްޔެ ކުރެއްވި ޓުވީޓް

ނަމަވެސް އިބޫއާ މެދު މިހާރު ދެކެވެމުން އަންނަ ވާހަކަ އަކީ މިވަގުތު އަދި ބަހުސެކެވެ. އެމްޑީޕީގެ ބައެއް އެހެން ބޭފުޅުން ވެސް ރިޔާސީ ޓިކެޓްގެ އުއްމީދު ކުރައްވަ އެވެ. އެކަމަކު އެ ހުރިހާ ކަމެއްގެ ފަހު ބަސް އަދި އޮތީ ކުރީގެ ރައީސް ނަޝީދުގެ އަތްޕުޅުގަ އެވެ. އެމްޑީޕީ ބޮޑަށް ސިފަވަނީ އެމަނިކުފާނުގެ ޝަހުސިއްޔަތާ ގުޅުވައިގެން ކަމަށް ވާތީ އެވެ.

ބަސް މަދު ބޭފުޅެއްގެ ގޮތުގައި އިބޫ ސިފަކުރެވިފައި ވިޔަސް އޭނާ އަކީ ސިޔާސީ ގޮތުން ކިހާ އަޑުގަދަ ބޭފުޅެއްކަން ސާފުކޮށް ފާޅުވީ އިބޫގެ އަޑު ނީވޭ ގޮތަށް ޖަލުގައި ބެހެއްޓި 12 ދުވަހުގެ ތެރޭގަ އެވެ. އިބޫ އެ ކުޅިވަރަކަށް ފަރިތަ ރާޒުވާގެ މިސާލެއް ޖަހާ ނަމަ އަނެއްކޮޅުން ކޮންމެ ކުޅިއެއް ކުޅުނަސް އިބޫ ދެން ކިޔުއްވާނީ ބޮނދު ބުޑަށް ސައި ކަމަށް، ދެކޭ މީހުން މަދެއް ނުވާނެ އެވެ.

އެކަމަކު ރާއްޖޭގައި ސިޔާސީ ކަންކަން ބަދަލުވަނީ ހަމަ ކުއްލިއަކަށެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ބޭފުޅަކު ކަށަވަރުވާނީ ވެސް ހަމަ ކުއްލިއަކަށް ކަމަށް ވެދާނެ އެވެ.

49 ކޮމެންޓް, 128 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 4%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޯދު

29 March 2018

މަށަށް ހަމަ އެންމެ ފައްކާ އިދިކޮޅު ކެންޑިޑޭޓަކީ އަދިވެސް ފުއަަދު ތައުފީގު. މިވަރެއް ހަމަ ނެތް

The name is already taken The name is available. Register?

މިހާރުގެ

29 March 2018

އެމްޑީޕީގެ ކެންޑިޑޭޓަކަކަށް ހަދާނެ މީހަކު އެނގެނީ ނިހާނަށްތަ؟

The name is already taken The name is available. Register?

ެޒީރޯ

29 March 2018

ޢަންނި އިިބޫ އަކަށްވެސް އީވާއަކަށްވެސް ފުރުޞަތު ނުދޭނެ

The name is already taken The name is available. Register?

މަރީ

29 March 2018

މަވެސްމީ އެމްޑީއާއި އިދިކޮޅުފިކުރުގެ މީހެއް.. އެކަމު އިބޫގެ އެހުންނަ މަޑުމައިތިރިކަމާ ހިތްތިރިކަމުން ވޯޓެއް ދެވިދާނެ އިބޫއަށް

The name is already taken The name is available. Register?

ާއަފުން

29 March 2018

އިބޫއަކީ އެމްޑީޕީން ހިންގާ ކޮންމެ ނުބައި ރޭވުމެއްގެ ފަހަތުގައި ހުންނަ މީހެއް. މީހުންގެ ތެރޭ މާ ނިޔަނެތިކަން ދެއްކިޔަސް ފަހަތުގައި ވަނީ ހިޔަޅުގެ ރޭވުން. ނިކަމެތިރައްޔިތުން މަގުތަކަށް ނެރެ ގަނަތަޅުވައިފަ މިވެރިން ތިބެނީ ފިނި ކޮޓަރީގައި.

The name is already taken The name is available. Register?

ފަސްކުޅަނދު

29 March 2018

☝️ މިބޭފުޅުންނަށް ހާދަވާ މޮޅޭ! މިކުދިން ދޭން ވަޒީފާއެއް އުފައްދަންވީ - ޤައުމީ އިލްހާމްވާ ބޭފުޅުން ނަމުގައި.

The name is already taken The name is available. Register?

ގިނިރާޖާ

29 March 2018

ޖަލުގަ ބާރަދުވަސް ހޭދަކުރުމަކީ ކެންޑިޑޭޓަކައް ފައްކާވުމެއް ނޫނެވެ މިހާރު މިގައމުގެ ސިޔާސީ އޮއިވަރުގަ އިބޫއަކައް ކެތެއް ނުކޮއްލެވޭނެއެވެ އެވަރުގެ ގަޓެއް އެވަރުގެ ހިއްވަރެއް ނުހުންނާ ނެއެވެ ބޭރުގައުމުތަކުން އެކުރާޕުރެސަރައް ވެސް ހިފަހައް ޓައެއް ނުލެވޭނެއެވެ އެމްޑީޕީ އަކީ އެމީހުން ގަބޫލުކުރާގޮތައް ވެރިން ލެބެންޖިހޭ ޕާޓީއެކެވެ އެކަންމާޒީން ފެންނާނެއެވެ އިބްރާ ދީީދީ މުނައްވަރު އަލުހާން މިމީސް މީހުނަ ފެއިލް ވެފައިވަނީ މެންބަރުން ނާ ނަސީދު ބޭނުންވާގޮތައް ކަންތައް ނުކުރުމުންނެވެ އިބޫއައްވެސް ޖިހޭނި މިހާލެވެ

The name is already taken The name is available. Register?

ފަސްކުޅަނދު

29 March 2018

☝️ މެމްބަރުންގެ ވޯޓާއި - ތާއިދު ނެތި ކަންކަމެއް ނުނިންމޭނެ!

The name is already taken The name is available. Register?

ރަނބޭ

29 March 2018

ހަނދާންވޭ މަޖިލީސް ތެރޭގައި މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި ހިކްމަތްތެރިކަމާއެކު މަސައްކަތް ކުރެއްވި. ރައްޔިތުންގެ ލޯބި ލިބިފައިވާ އަދި އިދިކޮޅު ހިޔާލުގެ ލީޑަރުންނާއި ރައްޔިތުންވެސް އިހްތިރާމް ކުރާ ބޭފުޅެއް. ގުޅިފައިވާ ޕާޓީތަކުގެ އިސްލީޑަރުންނަށް ބަލާލާއިރު އިބޫއަށްވުރެ ކަމުދާނެއޭކިޔާފަނެގޭނެ އިތުރު އެކަކުވެސް ނުފެނޭ. (ހަމަ ބުނެލީ) (ޕްލީޒް ލައިކް އިފް ޔޫ އެގްރީ)

The name is already taken The name is available. Register?

ާަަާެއެމްވައި

29 March 2018

ޢިބޫ ކިތަންމެ އަހުލާގު ރަނގަޅަސް ވެރިކަމަކަށް ކަމަކުނުދޭ. މެމްބަރަކަށް މިއޮށްހާދުވަހު ހުރެ އަމިލަ ރަށަށް ކަމެއް ނުކޮދެވުން މީހަކަށް ދެންވަކި ހުރިޙާ ރައްޔިތުންނަށް ކަންތަށް ކޮދެވޭނެތަ.ކޮންމެ ފަހަރަކު ވޯޓަށް ރަށައްގޮސްފަ ދެން އަނެއްކާވެސް ދެން އަންނަ ފަހަރަކުން ވޯޓްހޯދަން ވީމަ ރަސަށް ދާން. ކިތަށްފަހަރު ވޯޓުން ހޮވުނީމަ ރަށުން ފައުބަމުން ބުނި ތިމަންނަ މިދަނީ ވޯޓް ގަނެގެންނޭ ނުޖެހޭނެޔޭ ކަމެެއްކޮދޫކަށް. މިހާރު އެނގޭނެ ކަންތަ ރަށް ނުމޮދިނީމަ ވާގޮއި. ޔެލޯ ޕަވަރު މިހާރު އެއޮތީ އަތުންބީވެފަ އަމިއްލަރަށުން.

The name is already taken The name is available. Register?

ހަޑިގިއްލާ

29 March 2018

"މިއޮއްހާދުވަހު އަމިއްލަ ރަށަށް ކަމެއްކޮށް ނުދެވުނުމީހަކަށް" ވުމަކީ ވެރިއެއްގެ ކޮންމެހެން ހުންނަންޖެހޭ ސިފައެއް. އަމިއްލަ އެދުމާއި، އަމިއްލަ ރަށާއި، އަމިއްލަ ގެދޮރާއި އަމިއްލަ ބޮނޑި ބޮޑުކުރުމަކީ ހުދުމުހުތާރުވެރިންގެ ސިފަތަކެއް. އިބޫގެ އިޙުލާސްތެރިކަން ދެކޮޅުވެރިންގެ އިއުތިރާފުން ހާމަވުމަކީވެސް އިބޫގެ ޤާބިލްކަމާ ދެބަސްވެވެންނެތް ހަޤީގަތެއް...

The name is already taken The name is available. Register?

ނަޒީމް

29 March 2018

ޕީޕީއެމް އިން އިދިކޮޅު ރިޔާސީ ކެނޑިޑޭޓަކައް އެންމެ ރަނގަޅީ އިބޫ އޭ ކިޔާ ސަބަބު ވިސްނާލުން ބުއްދިވެރި! އެހެނީ އިބޫ އަކީ އެންމެވެސް ބަލައިގަންނަ ފަދަ ޝަހުސީއަތެއް ހުންނަ ބޭފުޅެއް....މާނައަކީ އިބޫ ޔާމީނާ ވާދަ ކޮއްފި ނަމަ އެއީ ޔާމީން އޮއް ބޮޑު ބިރެއް! އޭގެ ހެއްކެއް އިބޫ ހައްޔަރު ކޮއް ދައުވާ އެކުރަނީ. އިބޫ އަށް ޓިކެޓް ލިބޭނެ ކަން ޕީޕީއެމް އަށް ވަރަށް ޔަގީންވޭ... އެހެންވެ އިބޫގެ ރިޔާސީ ޓިކެޓް ފަހުވަގުތު ގެެއްލުވާލުމުގެ ބޭނުމުގައި ދައުވާއެއް ބޯމަތީގައި އެބޭއްވީ.......އިބޫގެ ދައުވާ ދެން ހިނގައިގަންނާނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ މީހުންގެ ނަން ހުށެހެޅުމުގެ މުއްދަ ހަމަވެ ދެން އިދިކޮޅައް ކެނޑިޑޭޓެއް ނެގުމުގެ ފުރުސަތު ނުލިބޭ ގޮތައް.......ސިޔާސީ ކަންކަމަކީ ދޮގާ މަކަރާ ހީލަތުން ފުރިގެންވާ ޝައިތާނީ ކަމެއް!

The name is already taken The name is available. Register?

ރައްޔިތުން

29 March 2018

ޓެރަރިސްޓަކަށްވުރެ ރަނގަޅުވާނެ ގައިމުވެސް..!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454